Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކްރިމިނަލް ކޯޓް

ކްރިމިނަލް ކޯޓަށް އައީ "އީދެއް"، ބަންދުގެ މުއްދަތު ޖަހަން ނުޖެހުނު ފުރަތަމަ ދުވަސް!

2 ސެޕްޓެމްބަރު 2017 | ހޮނިހިރު 04:53

ފެހި ގާނޫނު އަސާސީ ތަސްދީގުކުރެވުނު ފަހުން ބަންދުގެ މުއްދަތު ޖަހަން ނުޖެހުނު ފުރަތަމަ ފަހަރު

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު | 2 ސެޕްޓެމްބަރު 2017 | ހޮނިހިރު 04:53
ކްރިމިނަލް ކޯޓް - ކޮންމެ ދުވަހަކު ބަންދުގެ މުއްދަތު ޖެހުމަށް 35 އެއްހާ މީހުން ހާޒިރުކުރޭ

ކްރިމިނަލް ކޯޓް - ކޮންމެ ދުވަހަކު ބަންދުގެ މުއްދަތު ޖެހުމަށް 35 އެއްހާ މީހުން ހާޒިރުކުރޭ

ފެހި ގާނޫނު އަސާސީ ތަސްދީގުކުރެވުނު ފަހުން ކްރިމިނަލް ކޯޓުގެ ތާރީޚުގައި ބަންދުގެ މުއްދަތު ޖަހަން ނުޖެހުނު ފުރަތަމަ ދުވަހަށް، މިއަހަރުގެ އަޟްޙާ އީދު ދުވަސް ވެއްޖެއެވެ.

ކޮންމެ ދުވަހަކީ ވެސް، އެކިއެކި ކުށްކުށުގައި ފުލުހުން ހައްޔަރުކުރާ މީހުންގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރެވޭ ދުވަހެކެވެ. ނަމަވެސް، ހުކުރު ދުވަސް ވެގެން ދިޔައީ ފަހުގެ ތާރީޚުގައިވެސް ބަންދުގެ މުއްދަތަށް އެންމެ މީހަކުވެސް ހާޒިރުނުކުރާ ދުވަހަކަށެވެ.

Advertisement - newsAdvertisement

މައުލޫމާތު ލިބޭ ގޮތުގައި، މިއީ މިހާރު އަމަލުކުރަމުންދާ ފެހި ގާނޫނު އަސާސީ 2008 ވަނަ ތަސްދީގު ކުރެވުނު ފަހުން ބަންދުގެ މުއްދަތު ޖަހަން ނުޖެހުނު ފުރަތަމަ ދުވަހެވެ.

ހުކުރު ދުވަހުގެ ބަންދުގެ މަޖިލިސް ބަލަހައްޓަވާ ގާޒީއަކަށް ކަނޑައެޅިފައި އޮތީ، ވަގުތީ ގޮތުން ކޯޓް ހިންގެވުމާ ހަވާލުވެ ހުންނެވި ގާޒީ އާދަމް އާރިފެވެ.

ރާއްޖެއެމްވީއާ ވާހަކަ ދެއްކެވި ކޯޓުގެ އޮފިޝަލަކު ވިދާޅުވީ ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން ކޮންމެ ދުވަހަކު ވެސް 35 އާއި ގާތްކުރާ އަދަދަކަށް ބަންދުގެ މުއްދަތު ޖެހުމަށް އެ ކޯޓަށް މީހުން ހާޒިރުކުރާ ކަމަށެވެ. އެހެން ނަމަވެސް، ގާނޫނަށް އަމަލުކުރަން ފެށި ފަހުން އެ އަދަދު ދެބައިކުޅަ އެއްބަޔަކަށް ވުރެ ދަށް ވެފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

އަދަދު ދަށްވުމަށް މެދުވެރިވާ ސަބަބެއް ކަމަށް އޭނާ ފާހަގަކުރެއްވީ ޖިނާއީ އިޖުރާއަތުގެ ގާނޫނާއެކު މުއްދަތު ޖަހަން ކަނޑައެޅިފައިވާ އުސޫލުތަކަށް ބަދަލު އައުމެވެ.

އެގޮތުން ކުދި ކުށްތައް ކުރާ މީހުން ޝަރުތުތަކާއެކު ދޫކޮށްލުމާއި، ކަފާލާތުގެ ދަށުން މިނިވަން ވުމުގެ ފުރުސަތު ފަހިކޮށްދީފައިވުމުގެ އިތުރުން، ބޮޑެތި ކުށްތަކުގައި ހިމެނޭ މީހުން ޝަރީއަތް ނިމެންދެން ބަންދުކުރުމުގެ އިޚްތިޔާރު އިޖުރާއަތުގެ ގާނޫނުގެ ދަށުން ފަނޑިޔާރަށް ލިބިދީފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

5

މިސް ވޯރލްޑުގައި ދިވެހިރާއްޖެ ތަމްސީލު ކުރާ އީމާ އޭޝިއާ އާއި އޯޝޭނިއާ ރީޖަންގެ ގަދަ 5 ގައި ހިމެނިއްޖެ

އިތުރަށް ކިޔާލަން

29 ޖެނުއަރީ 2017

ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ

29 ޖެނުއަރީ 2017
ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ
23 ޖެނުއަރީ 2017

ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް

23 ޖެނުއަރީ 2017
ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް
22 ޖެނުއަރީ 2017

ހައި ކޯޓަށް ހުށަހެޅި މެރީޑިއަމްގެ މައްސަލަ ކުރިއަށް ނުދޭ:އެމްޕީއެލް

22 ޖެނުއަރީ 2017
ހައި ކޯޓަށް ހުށަހެޅި މެރީޑިއަމްގެ މައްސަލަ ކުރިއަށް ނުދޭ:އެމްޕީއެލް
15 ޖެނުއަރީ 2017

ކެންޑިޑެސީ ބާތިލްކުރި މައްސަލަ ހައި ކޯޓަށް ހުށަހަޅައިފި

15 ޖެނުއަރީ 2017
ކެންޑިޑެސީ ބާތިލްކުރި މައްސަލަ ހައި ކޯޓަށް ހުށަހަޅައިފި
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
10 ޖެނުއަރީ 2017

ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!

10 ޖެނުއަރީ 2017
  ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
07 ޖެނުއަރީ 2017

މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން

07 ޖެނުއަރީ 2017
މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް