Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޣައްޒާ ހނގުރާމަ

ކާބޯ ތަކެތި ނުލިބި ޣައްޒާގެ ކުޑަ ކުދިން ބަނޑަށް ޖެހިފައިވާއިރު، ރޯނެ ބާރު ވެސް ނެތް

އދ ގެ ސަލާމަތީ މަޖިލީހުގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އަޝިން ވިދާޅުވީ، ޣައްޒާގައި ބަނޑުހައި ހޫނުކަން އިންތިހާ އަށް ބޮޑުވެފައިވާ ކަމަށާއި، އދ އިން ފާއިތުވި ހަފުތާގައި ކޮށްފައިވާ އިއުލާނަކީ ހަމައެކަނި ޓެކްނިކަލް ބަހެއް ނޫން ކަމަށެވެ. އެއީ އެއަށް ވުރެ ބޮޑު، ނުރައްކާތެރި އަދި ވޭން ހުރި ޙާލަތެއް ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.

ޣައްޒާގައި ކުޑަކުދިން ބަނޑުހައިވެ ރޮއިގަތުމުގެ ބާރުވެސް ނެތް ހާލަތަށް ގޮސްފައިވާކަމަށް ސޭވް ދަ ޗިލްޑްރަންއިން ބުނޭ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 28 އޯގަސްޓު 2025 | ބުރާސްފަތި 07:39
ބަނޑުހައި ހޫނު ކަމުގެ ސަބަބުން ޙާލު ދެރަވެފައިވާ ތުއްތު ކުއްޖަކު އުރައިގެން އެ ކުއްޖާގެ މަންމަ

ބަނޑުހައި ހޫނު ކަމުގެ ސަބަބުން ޙާލު ދެރަވެފައިވާ ތުއްތު ކުއްޖަކު އުރައިގެން އެ ކުއްޖާގެ މަންމަ

އިސްރާއީލް އިން ޣައްޒާގައި ކުރިއަށް ގެންދާ ހަނގުރާމައިގެ ސަބަބުން، ޣައްޒާގެ ކުޑަ ކުދިން ބަނޑަށް ޖެހިފައިވާއިރު، އެ ކުދިންގެ ގައިގައި ރޯނެ ބާރު ނުވަތަ ހިތްވަރު ނެތް ކަމަށް، އިންސާނީ އެހީގެ ޖަމިއްޔާތަކުން ބުނެފި އެވެ.

ބުދަ ދުވަހު ސޭވް ދަ ޗިލްޑްރަންގެ އިސްވެރިން ދެއްކެވި ވާހަކައިގައި ވަނީ، ޣައްޒާގައި ކުޑަ ކުދިން ބަނޑަށް ޖެހި، އެތައް ކުދިންނެއް ޝަހީދުވަމުން އަންނަ މަންޒަރު ތަފްސީލުކޮށް ބަޔާން ކޮށްދީފަ އެވެ. އެ ޖަމިއްޔާގެ ރައީސް އިންގާ އަޝިން ވިދާޅުވެފައިވާ ގޮތުގައި، ޣައްޒާގެ ކުޑަ ކުދިން ވަނީ އެހާ ވެސް ބޮޑަަށް ބަލިކަށިވެފަ އެވެ. އެކަމުގެ ސަބަބުން އެ ކުދިންގެ ގައިގައި ރޯނެ ބާރު، ނުވަތަ ހިތްވަރު ނެތް ޙާލަތަށް ގޮސްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އދ ގެ ސަލާމަތީ މަޖިލީހުގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އަޝިން ވިދާޅުވީ، ޣައްޒާގައި ބަނޑުހައި ހޫނުކަން އިންތިހާ އަށް ބޮޑުވެފައިވާ ކަމަށާއި، އދ އިން ފާއިތުވި ހަފުތާގައި ކޮށްފައިވާ އިއުލާނަކީ ހަމައެކަނި ޓެކްނިކަލް ބަހެއް ނޫން ކަމަށެވެ. އެއީ އެއަށް ވުރެ ބޮޑު، ނުރައްކާތެރި އަދި ވޭން ހުރި ޙާލަތެއް ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.

ބަނޑުހައި ހޫނު ކަމުގެ ހަގީގަތް ސިފަ ކޮށްދެއްވަމުން އޭނާ ވިދާޅުވީ، ކާބޯ ތަކެތި ނުލިބުމުގެ ސަބަބުން އެތައް ހާސް ކުޑަ ކުދިންނެއް ވަރަަށް ބޮޑަށް ނިކަމެތިވެފައިވާ ކަަމަށެވެ. އެކަމުގެ ވޭނުގައި ތަހަންމަލު ކުރުމަށް ފަހު އެ ކުދިން ޝަހީދުވަމުން އަންނައިރު، އެއީ ވެސް ވޭން ހުރި ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެ ވަގުތު ތަކުގައި ވެސް އެ ކުދިންގެ ޙާލަތު ފެންނަނީ އިންތިހާ އަސަރުވެރި ގޮތަކަަށް ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ.

އިތުރަށް ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ، ބަނޑުހައި ހޫނު ކަމުގެ ސަބަބުން ކުޑަ ކުދިން ޝަހީދުވަމުން އަންނައިރު، އެ ކުދިންގެ މަސްތަކާއި މުހިންމު އެތައް ގުނަވަންތަކެއް ހަލާކު ވަމުން ވެސް ދާ ކަމަށެވެ. މީގެ އިތުރުން ކްލިނިކް ތަކުން ވެސް ފެންނަނީ މުޅިން ހަމަހިމޭން ކަމުގެ މަންޒަރު ކަމަށާއި، ކުޑަ ކުދިންގެ ކިބައިގައި ވާހަކަ ދެއްކުމުގެ ބާރު ވެސް ނެތް ކަމަަށް އޭނާ ވިދާޅުވި އެވެ.

އިސްރާއީލް އިން ޣައްޒާގައި ކުރިއަށް ގެންދަމުން އަންނަ ހަނގުރާމައިގައި އެތައް ހާސް ހަމަލާތަކެއް ދީފައިވާއިރު، ޣައްޒާގެ ރައްޔިތުންނަށް ބޭނުންވާ އިންސާނީ އެހީ އާއި ކާބޯ ތަކެތި ފޯރުކޮށްދިނުމަށް ވެސް އިސްރާއީލް އިން ވަނީ ހުރަސް އަޅައިފަ އެވެ. މީގެ އިތުރުން މި ހަނގުރާމައިގައި ޝަހީދު ވަމުން އަންނަ މީހުންގެ ތެރޭގައި ގިނަ އަދަދެއްގެ ކުޑަ ކުދިން ވެސް ހިމެނެ އެވެ.

އދ އިން ވަނީ ޣައްޒާގައި ބަނޑުހައި ހޫނުކަން ފެތުރިފައިވާ ކަމަށް ރަސްމީކޮށް އިއުލާން ކޮށްފަ އެވެ. އެގޮތުން ޣައްޒާގެ ފަސް ލައްކަ އަށް ވުރެ ގިނަ ރައްޔިތުންނަަށް ބަނޑުހައި ހޫނުކަން ކުރިމަތިވެފައިވާއިރު، ކުރިއަށް އޮތް ސެޕްޓެމްބަރު މަހުގެ ތެރޭގައި އެ އަދަދު އިތުރު ވާނެ ކަމަށް ވެސް ވަނީ ލަފާ ކޮށްފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ހަމާސްގެ އަސްކަރީ ކޮމާންޑަރު މަރާލި މައްސަލައިގައި ތިން މީހެއްގެ މައްޗަށް ޣައްޒާގެ ކޯޓަކުން މަރުގެ ހުކުމް އިއްވައިފި

ހަމާސްގެ އަސްކަރީ ކޮމާންޑަރު މަރާލި މައްސަލައިގައި ތިން މީހެއްގެ މައްޗަށް ޣައްޒާގެ ކޯޓަކުން މަރުގެ ހުކުމް އިއްވައިފި

21 މެއި 2017
އިންޑިއާގައި އަނެއްކާވެސް ރަހުމުކުޑަ ރޭޕްގެ މައްސަލައެއް!

އިންޑިއާގައި އަނެއްކާވެސް ރަހުމުކުޑަ ރޭޕްގެ މައްސަލައެއް!

15 މެއި 2017
ދެކުނު އެފްރިކާގައި ހިނގި ބަސް އެކްސިޑެންޓެއްގައި 19 ކުޑަކުދިން މަރުވެއްޖެ

ދެކުނު އެފްރިކާގައި ހިނގި ބަސް އެކްސިޑެންޓެއްގައި 19 ކުޑަކުދިން މަރުވެއްޖެ

23 އެޕްރީލު 2017
އެމެރިކާގެ ޕްރައިމަރީ ސްކޫލެއްގައި ބަޑިން ހަމަލާދީ ދެމީހުންނާއި ކުޑަ ކުއްޖަކު މަރާލައިފި

އެމެރިކާގެ ޕްރައިމަރީ ސްކޫލެއްގައި ބަޑިން ހަމަލާދީ ދެމީހުންނާއި ކުޑަ ކުއްޖަކު މަރާލައިފި

11 އެޕްރީލު 2017
ކުޑަކުޑަ ގާނާއަށް އެތެއް ވަރުގެ ކެބިނެޓެއް

ކުޑަކުޑަ ގާނާއަށް އެތެއް ވަރުގެ ކެބިނެޓެއް

20 މާރިޗު 2017

އަހަރުތަކުން މިއަދު

30 އެޕްރީލު
އެސްޓީއޯގެ އާމްދަނީ އާއި ފައިދާ ދަށަށް ހިނގައްޖެ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯގެ އާމްދަނީ އާއި ފައިދާ ދަށަށް ހިނގައްޖެ

އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ

ރަންތާޖު ޤުރުއާން މުބާރާތުގެ އެއްވަނަ ސާއީއަށް - ދަރިފުޅަށް ލިބުނު ކާމިޔާބުން މަންމަ ރޮއްވާލައިފި
20233 އަހަރު ކުރިން
ރިޕޯޓު

ރަންތާޖު ޤުރުއާން މުބާރާތުގެ އެއްވަނަ ސާއީއަށް - ދަރިފުޅަށް ލިބުނު ކާމިޔާބުން މަންމަ ރޮއްވާލައިފި

ޢީދު ދުވަހު މެންދުރަށް ހައިދަރުއާބާދީ ޗިކަން ބިރިޔާނީ ކިހިނެއް ވާނެ؟
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޢީދު ދުވަހު މެންދުރަށް ހައިދަރުއާބާދީ ޗިކަން ބިރިޔާނީ ކިހިނެއް ވާނެ؟

ވޯޓުލާނެ ބަޔަކު ނެތިގެން ވޯޓުލުން ނުފެށިފައި
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާނެ ބަޔަކު ނެތިގެން ވޯޓުލުން ނުފެށިފައި

އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި 6000 ރުފިޔާއަކީ އެކަށީގެންވާ އުޖޫރައެއް: މައުރޫފް
20197 އަހަރު ކުރިން
ރާއްޖެ

އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި 6000 ރުފިޔާއަކީ އެކަށީގެންވާ އުޖޫރައެއް: މައުރޫފް

މޭޑޭގެ ހަނދާނުން: ލަބާން އަކީ މިހާރު މާފުށީ ޖަލުގެ މުދިމު!
20188 އަހަރު ކުރިން
ރިޕޯޓު

މޭޑޭގެ ހަނދާނުން: ލަބާން އަކީ މިހާރު މާފުށީ ޖަލުގެ މުދިމު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު