Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މީޑިއާ ކޮންޓްރޯލް ކުރާ ބިލް

މީޑީއާ ކޮންޓްރޯލް ކުރާ ބިލުގެ މަސައްކަތް އަންނަ މަހު 15ގެ ކުރިން ނިންމަނީ

6 ސެޕްޓެމްބަރުގެ ނިޔަލަށް ހިޔާލު ހުށަހެޅޭނެ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 28 އޯގަސްޓު 2025 | ބުރާސްފަތި 07:41
މިނިވަން މީޑިއާގައި ތަޅުއަޅުވާ ބިލާ ދެކޮޅަށް ނޫސްވެރިން މުޒާހަރާ ކުރަނީ

މިނިވަން މީޑިއާގައި ތަޅުއަޅުވާ ބިލާ ދެކޮޅަށް ނޫސްވެރިން މުޒާހަރާ ކުރަނީ

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ބިލުގެ މަސައްކަތް އަންނަ މަހުގެ 15ގެ ކުރިން ނިންމާނެ ކަމަށް މިނިވަން މުއައްސަސާތަކުގެ ކޮމެޓީން ނިންމައިފިއެވެ.

ބުރާސްފަތި ދުވަހު ކުރިއަށް ގެންދިޔަ ކޮމެޓީގައި ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ހުސެއިން ވިދާޅުވީ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ބިލު ކޮމެޓީން ނިންމާނެ ސުންގަޑިއަކީ 15 ސެޕްޓެންބަރު 2025 ކަމަށެވެ. އަދި ބިލާ ގުޅޭގޮތުން އާއްމުންގެ ހިޔާލަށް ހުޅުވާލުމަށް ކުރާ އިއުލާން ބުރާސްފަތި ދުވަހުން ފެށިގެން 6 ސެޕްޓެންބަރު 2025 ގެ ނިޔަލަށް އިއުލާންކުރުމަށް ހުޅުވާލުމަށް ހުށަހަޅުއްވާ ކަމަށެވެ.

Advertisement - newsAdvertisement

މެންބަރު އިބްރާހިމް ހުސެއިންގެ ހުށަހެޅުއްވުމަށް ކެލާ ދާއިރާގެ މެމްބަރު އަބްދުﷲ ޝަރީފް ވަނީ ތާއިދުކުރައްވާފައެވެ.

މި ބިލުގެ މަސައްކަތްތައް އަވަސްއަރުވާލައިގެން ކުރިއަށް ގެންދާނެ ކަމަށް ގިނަ ނޫސްވެރިންނާއި، އާއްމު ރައްޔިތުން ދަނީ ބުނަމުންނެވެ.

މިނިވަން މީޑިއާ ނެތިކޮށްލުމަށް ފަރުވާ ކޮށްފައިވާ މި ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ 19 އޯގަސްޓް 2025 ގައެވެ. ދައުރުން ބޭރުގައި ޖަލްސާއެއް ބާއްވައި، މަޖިލީހުން މި ބިލު ބަލައިގަނެފައިވަނީ 27 އޯގަސްޓް 2025 ގައެވެ. ގިނަ އަދަދެއްގެ ނޫސްވެރިންނާއި، އިދިކޮޅު މެންބަރުން އިހުތިޖާޖު ކުރަމުން ދަނިކޮށް ނެގި ވޯޓުގައި މި ބިލު ބަލައިގަތީ ސަރުކާރު ހިންގާ ޕީއެންސީގެ މެޖޯރިޓީ އާއެކު އެވެ. ބިލާ އެއްކޮޅަށް 49 މެންބަރުން ވޯޓު ދެއްވިއިރު ބިލު ބަލައިނުގަންނަން 12 މެންބަރުން ވޯޓު ދެއްވި އެވެ.

މި ބިލު މަޖިލީހަށް ހުށަހަޅާފައިވަނީ ސަރުކާރު އަޑީގައި އޮވެގެން ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލް ހަންނާން އަބޫބަކުރެވެ.

މި ގާނޫނުގެ ދަށުން އަލަށް އުފައްދާ މޯލްޑިވްސް މީޑީއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން އަށް ބޮޑެތި ބާރުތައްކެއް ލިބިދީފައިވާ އިރު، ބިލުގައިވާ ގޮތުން މީޑިއާގައި މަސައްކަތް ކުރާ ފަރާތެއް ނުވަތަ ނޫސްވެރިން ސުލޫކީ މިންގަނޑާ ޚިލާފުވެއްޖެ ނަމަ ފިޔަވަޅު އެޅޭނެއެވެ. ކޮމިޝަނުން ރަނގަޅު ކުރުމަށް އަންގާ ކަމެއް އިސްލާހު ނުކޮށްފިނަމަ 5،000ރ އާއި 25،000ރ އާ ދެމެދުގެ އަދަދަކުން ޖުރިމަނާ ކުރެވިދާނެ ކަމަށް ބުނެފައިވެއެވެ.

ކޮމިޝަނަށް ލިބިދީފައިވާ ބާރުގެ ދަށުން އެޅިދާނެ ކަމަށް ގާނޫނު ގައި ބުނާ ފިޔަވަޅު ތަކުގެ ތެރޭގައި ބްރޯޑްކާސްޓަރުންނަށް ކަމެއް ރަނގަޅު ކުރަން އެންގުމާއި، އިންޒާރު ދިނުމާއި، ކުށުގެ އިސްލާހު އާންމު ކުރުމާއި، ކުށެއް ތަކުރާރު ވިޔަ ނުދިނުމަށް ކަންކަން ކުރަން އެންގުމާއި، ވޭތުވެ ދިޔަ އަހަރު އެފަރާތައް ލިބުނު އާމްދަނީގެ 10 އިން ސައްތަ އަށް ވުރެ ބޮޑު ނޫން އަދަދަކުން ޖުރިމަނާ ކުރުމާއި، ޕްރޮގްރާމް ޝެޑިއުލް އިން ބައެއް ވަގުތީ ގޮތުން މެދުކަނޑާލަން އެންގުމާއި، ކޮންޓެންޓް ބްރޯޑްކާސްޓް ކުރުން ހުއްޓުވުމަށް އެންގުމާއި، ކޯޓަށް ހުށަހަޅައިގެން ލައިސަންސް ބާތިލު ކުރުން ހިމެނެއެވެ.

މީގެ އިތުރުން ނޫސް މަޖައްލާ އަކުން ސުލޫކީ މިންގަނޑާ ޚިލާފުވާ ނަމަ 5000ރ އާއި 100،000ރ އާ ދެމެދުގެ އަދަދަކުން ޖުރިމަނާ ކުރެވިދާނެ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި

އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި

12 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

13 ފެބުރުއަރީ
ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި
20233 އަހަރު ކުރިން
ރާއްޖެ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"
20224 އަހަރު ކުރިން
ރާއްޖެ

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން
20215 އަހަރު ކުރިން
ރާއްޖެ

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު