Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބަޔާ ލެވަކޫސަން

ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ވަޒްކުއޭޒް ލެވަކޫސަން އަށް

ލެވަކޫސަން އަށް ބަދަލުވުމަށް ފަހު ވާހަކަ ދައްކަމުން ވަޒްކުއޭޒް ބުނެފައި ވަނީ، އެ ކުލަބަށް އޭނާ ބަދަލުވީ ގިން ގޮތް ގޮތުން ވިސްނުމަށް ފަހު ކަމަށެވެ. އަދި ލެވަކޫސަން އަކީ އަބަދު ވެސް ކާމިޔާބީތައް ހޯދުމާއި، ތަށިތައް ކާމިޔާބު ކުރުމަށް ބޭނުން ވެފައި އޮންނަ ޓީމެއް ކަމަށް ވެސް ވަޒްކުއޭޒް ވަނީ ބުނެފަ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 27 އޯގަސްޓު 2025 | ބުދަ 07:47
ލެވަކޫސަން އަށް ބަދަލުވި ވަޒްކުއޭޒް

ލެވަކޫސަން އަށް ބަދަލުވި ވަޒްކުއޭޒް

ސްޕެއިންގެ ރެއާލް މެޑްރިޑަށް ކުޅުނު ޑިފެންޑަރު ލޫކަސް ވަޒްކުއޭޒް، ޖަރުމަނުގެ ބަޔާ ލެވަކޫސަން އަށް ބަދަލު ވެއްޖެ އެވެ.

އުމުރުން 34 އަހަރުގެ ކުޅުންތެރިޔާ އެންމެ ފުރަތަމަ ރެއާލް އަށް ބަދަލުވީ 2015 ވަނަ އަހަރު އެވެ. ރެއާލް އާއެކު އޭނާ ސޮއި ކޮށްފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން، އެއްބަސްވުން އައު ކުރުމުގު ބަދަލުގައި ވަޒްކުއޭޒް ވަނީ ރެއާލް ދޫކޮށްލަން ނިންމައިފަ އެވެ.

އެގޮތުން ރެއާލް ދޫކޮށްލުމަށް ފަހު ވަޒްކުއޭޒް ވަނީ، ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ޖަރުމަނުގެ ބަޔާ ލެވަކޫސަން އަށް ބަދަލުވެފަ އެވެ. ލެވަކޫސަންގެ އެއްބަސްވުމުގައި ވަޒްކުއޭޒް ސޮއި ކޮށްފައިވާއިރު، އެ ކުލަބުން ވަނީ އެކަން ރަސްމީކޮށް އިއުލާން ކޮށްފަ އެވެ.

އެހެންކަމުން ލެވަކޫސަން އާއެކު ވަޒްކުއޭޒް ސޮއި ކޮށްފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2027 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. ލެވަކޫސަންގައި ވަޒްކުއޭޒް ބޭނުން ކުރާނީ 21 ނަންބަރު ޖާޒީ އެވެ. ހިލޭ އެއްބަސްވުމެއްގެ ދަށުން ވަޒްކުއޭޒް ލެވަކޫސަން އަށް ބަދަލުވެފައިވާއިރު، ލެވަކޫސަން އަކީ ވަޒްކުއޭޒްގެ ކެރިއަރުގައި އޭނާ ކުޅޭނެ ތިން ވަނަ ކުަލަބެވެ.

ވަޒްކުއޭޒް ވަނީ އޭނާ ރެއާލް އާއެކު ހޭދަ ކުރި 10 ސީޒަންގެ ތެރޭގައި އެ ކުލަބަށް ކުޅެދިން 402 މެޗުގައި 38 ލަނޑު ޖަހައިފަ އެވެ. އަދި އެ ކުލަބާ އެކު އޭނާ ވަނީ 20 ތައްޓެއް ވެސް ކާމިޔާބު ކޮށްފަ އެވެ. އޭގެ ތެރޭގައި ސްޕެނިޝް ލީގުގެ އިތުރުން، ކޮޕާ ޑެލް ރޭ، ސެޕެނިޝް ސުޕަ ކަޕް، ޔުއެފާ ޗެމްޕިއަންސް ލީގު، ޔުއެފާ ސުޕަ ކަޕް، ފީފާ ކުލަބު ވޯލްޑް ކަޕް އަދި ފީފާ އިންޓަކޮންޓިނެންޓަލް ކަޕް ކާމިޔާބު ކުރުން ހިމެނެ އެވެ.

ލެވަކޫސަން އަށް ބަދަލުވުމަށް ފަހު ވާހަކަ ދައްކަމުން ވަޒްކުއޭޒް ބުނެފައި ވަނީ، އެ ކުލަބަށް އޭނާ ބަދަލުވީ ގިން ގޮތް ގޮތުން ވިސްނުމަށް ފަހު ކަމަށެވެ. އަދި ލެވަކޫސަން އަކީ އަބަދު ވެސް ކާމިޔާބީތައް ހޯދުމާއި، ތަށިތައް ކާމިޔާބު ކުރުމަށް ބޭނުން ވެފައި އޮންނަ ޓީމެއް ކަމަށް ވެސް ވަޒްކުއޭޒް ވަނީ ބުނެފަ އެވެ.

އޭނާ ބުނީ ލެވަކޫސަން އަށް ބަދަލުވީ ކެރިއަރުގައި އައު ތަޖުރިބާއެއް ކުރަން ބޭނުންވާތީ ކަމަށާއި، މިއީ ކެރިއަރުގައި އޭނާ ނިންމި ވަރަށް މުހިންމު ނިންމުމެއް ކަމަށެވެ. އަދި އޭނާގެ އެންމެ ބޮޑު އުންމީދަކީ، އަދި އަމާޒަކީ ލެވަކޫސަން އާއެކު ވީހާ ވެސް ގިނަ ކާމިޔާބީތައް ހޯދުން ކަމަށް ވަޒްކުއޭޒް ވަނީ ބުނެފަ އެވެ.

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2017

ފާއިތުވި އަހަރުގެ އެންމެ މޮޅު ބިލިއަޑް ކުޅުންތެރިޔާގެ މަގާމު ޝަރީ އަށް

25 ޖެނުއަރީ 2017
ފާއިތުވި އަހަރުގެ އެންމެ މޮޅު ބިލިއަޑް ކުޅުންތެރިޔާގެ މަގާމު ޝަރީ އަށް
20 ޖެނުއަރީ 2017

މިނިވަން 50 ޗެމްޕިއަންޝިޕްގައި ޓީމުތަކަށް ދޭން ޖެހޭ ފައިސާ މި އަހަރު ބަޖެޓުގެ ތެރެއިން ދެނީ!

20 ޖެނުއަރީ 2017
މިނިވަން 50 ޗެމްޕިއަންޝިޕްގައި ޓީމުތަކަށް ދޭން ޖެހޭ ފައިސާ މި އަހަރު ބަޖެޓުގެ ތެރެއިން ދެނީ!
17 ޖެނުއަރީ 2017

މޯލްޑިވްސް ފުޓްބޯލް އެވޯޑް އަންނަ އަހަރު އިތުރުވާނެ: ބައްސާމް

17 ޖެނުއަރީ 2017
މޯލްޑިވްސް ފުޓްބޯލް އެވޯޑް އަންނަ އަހަރު އިތުރުވާނެ: ބައްސާމް
11 ޖެނުއަރީ 2017

ދެ އަހަރުގެ އެއްބަސްވުމަކާއެކު ސާންތި އެނބުރި އީގަލްސް އަށް

11 ޖެނުއަރީ 2017
ދެ އަހަރުގެ އެއްބަސްވުމަކާއެކު ސާންތި އެނބުރި އީގަލްސް އަށް
10 ޖެނުއަރީ 2017

ލޯނެއްގެ ދަށުން ބަޓްޝުއާއީ ގެންނަން ވެސްޓްހަމްއިން ޝައުގުވެރިވޭ

10 ޖެނުއަރީ 2017
ލޯނެއްގެ ދަށުން ބަޓްޝުއާއީ ގެންނަން ވެސްޓްހަމްއިން ޝައުގުވެރިވޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު