Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސިޔާސީ ޕާޓީތަކުގެ މަޝްވަރާ

ސަރުކާރާ މަޝްވަރާކުރާނަމަ ކުރަންޖެހޭނީ ލައިވް ޓީވީގައި: އިބްރާ

އެކަން ކުރަންޖެހޭނީ ދައްކާ ވާހަކައެއް ވަންހަނާނުކޮށް، ރައްޔިތުންނަށް އަޑުއިވޭ ވަރަށް

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް | 1 ސެޕްޓެމްބަރު 2017 | ހުކުރު 13:43
އިބްރާހިމް އިސްމާއިލް - އިބްރާ ވަނީ މަޝްވަރާތައް ކުރިއަށްގެންދަންޖެހޭނީ ލައިވް ޓީވީގައިކަމަށް ވިދާޅުވެފަ

އިބްރާހިމް އިސްމާއިލް - އިބްރާ ވަނީ މަޝްވަރާތައް ކުރިއަށްގެންދަންޖެހޭނީ ލައިވް ޓީވީގައިކަމަށް ވިދާޅުވެފަ

އިދިކޮޅު ފަރާތްތަކުން ސަރުކާރާއެކު މަޝްވަރާތައް ކުރިއަށް ގެންދާނަމަ އެކަން ކުރަންޖެހޭނީ ލައިވް ޓީވީގައިކަމަށް ޤާނޫނު އަސާސީ ޑްރާފްޓްކުރި ކޮމެޓީގެ މުޤައްރިރު އިބްރާހިމް އިސްމާއިލް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަންވެސް ގިނަ ދުވަސްތަކެއްވަންދެން ކުރައްވާފައިވާ އިބްރާހިމް އިސްމާއިލް އެފަދައިން ވިދާޅުވީ، ސަރުކާރުން އަނެއްކާވެސް މަޝްވަރާއަށް ގޮވާލައިފައިވުމުން އެކަމަށް އިޝާރަތްކުރައްވާ ކުރެއްވި ޓުވީޓެއްގައެވެ. އިބްރާ ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން ސަރުކާރާއެކު މަޝްވަރާ ކުރާކަމުގައިވާނަމަ އެކަން ކުރަންޖެހޭނީ ލައިވް ޓީވީގައި ކަމަށާއި، ރައްޔިތުންނަށް އަޑު އިވޭވަރަށް ކަމަށެވެ. އަދި އެކަން ކުރަންޖެހޭނީ ދައްކާ ވާހަކައެއް ވަންހަނާނުކޮށްކަމަށް އިބްރާ ވިދާޅުވިއެވެ.

"އިދިކޮޅު ފަރާތްތަކުން ސަރުކާރާ ވާހަކަދައްކާނަމަ އެކަން ކުރަންވާނީ ލައިވް ޓީވީގައި. ރައްޔިތުންނަށް އިވޭ ވަރަށް. ދެއްކޭ ވާހަކައެއް ވަންހަނާ ނުކޮށް." އިބްރާހިމް އިސްމާއިލް ޓުވިޓާގައި ވިދާޅުވެފައިވެއެވެ.

އިބްރާހިމް އިސްމާއިލް އެފަދައިން ވިދާޅުވެފައިވާއިރު، ސަރުކާރުން ވަނީ މިގެކުރިން އިދިކޮޅު ފަރާތްތަކާއެކު މަޝްވަރާގައި އެއްބަސްވި ބައެއް ކަންތައްތަކަށް އެއްބަސްވެފައިނުވާނެކަމަށް ބުނެ ދޮގުހަދާފައެވެ. އަދި ކުރީގެ ނައިބް ރައީސް އަހުމަދު އަދީބާއެކު 2015 ވަނަ އަހަރުގެ ޖުލައި މަހު ކުރިއަށްގެންދިޔަ މަޝްވަރާއަކީ، ސަރުކާރުން ދެއްކި ވާހަކައެއް ނޫންކަމަށާއި، އެއީ އަދީބާ ދެއްކެވި ވާހަކައެއްކަމަށް ބުނެފައިވެއެވެ. ނަމަވެސް އަދީބް އޭރު ހުންނެވީ ސަރުކާރުގެ އެންމެ ބާރުގަދަ ވަޒީރުގެ ގޮތުގައެވެ. 2015 ވަނަ އަހަރު ސަރުކާރުން މަޝްވަރާތައް ފެށުމަށްފަހު އިދިކޮޅު ފަރާތްތަކަށް "ލަނޑުދިނުމާއި" ގުޅިގެން އިދިކޮޅު ފަރާތްތަކުން އޭގެ ފަހުން މަޝްވަރާތަކުގައި ބައިވެރިވެފައެއް ނުވެއެވެ.

ބުދަ ދުވަހު ރައީސް އޮފީހުން ޕާޓީތަކަށް ފޮނުވި ސިޓީއެއްގައި ބުނީ ސިޔާސީ ގޮތުން އޮތް ޚިޔާލު ތަފާތުވުންތައް ނައްތާލައި، ގައުމު ތަރައްގީކުރުމާއި ގައުމު ބިނާކުރުމުގެ މަސައްކަތް ހަލުއި ކުރުމާއި ރައްޔިތުންގެ އެއްބައިވަންތަކަން އިތުރުކުރުމަށްޓަކައި ސަރުކާރުން އިސް ނަގައިގެން މަޝްވަރާ އަށް އެކި ފަހަރުގެ މަތިން ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އެކަމަކު އެ މަޝްވަރާ ކުރިއަށް ނުގެންދެވުނީ އިދިކޮޅު ފަރާތްތަކުން ޝަރުތުތައް ކުރިމަތިކުރުވުމުން ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ. އެހެންކަމުން އެއްވެސް ޝަރުތަކާއިނުލާ މަޝްވަރާތަކުގައި ބައިވެރިވުމަށް ސަރުކަރުން ވަނީ އިދިކޮޅު ފަރާތްތަކަށް ގޮވާލާފައެވެ. އެއްވެސް ޝަރުތެއް ނެތި މަޝްވަރާކުރުމަށް ދައުވަތު ދިނުމަށްފަހު، ސަރުކާރުން ވަނީ އިދިކޮޅު ޕާޓީތޔަކުގެ ލީޑަރު މަޝްވަރާތަކުގައި ބައިވެރިކުރުމަށް ނުކުރާނެކަމަށް ބުނެފައެވެ.

ސަރުކާރުން ބުދަ ދުވަހު އިދިކޮޅު ފަރާތްތަކަށް ދިން ދައުވަތާއި ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުން އަދި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

އިތުރަށް ކިޔާލަން

12 ޖޫން 2017

އާޒިމްއާ ސުވާލު ކުރަނީ ސަންގުޓީވީގައި ދެއްކެވި ވާހަކަތަކަކާ ގުޅިގެން: ވަކީލް

12 ޖޫން 2017
އާޒިމްއާ ސުވާލު ކުރަނީ ސަންގުޓީވީގައި ދެއްކެވި ވާހަކަތަކަކާ ގުޅިގެން: ވަކީލް
09 ޖޫން 2017

ޖަލަށް ލައިގެން މި ސަރުކާރާއި ޑީލްއެެއް ނުހަދާނެ: އަލީ ޒާހިރު

09 ޖޫން 2017
ޖަލަށް ލައިގެން މި ސަރުކާރާއި ޑީލްއެެއް ނުހަދާނެ: އަލީ ޒާހިރު
07 ޖޫން 2017

"ރަހުމަތްތެރިކަމަކީ" މިސަރުކާރާ ބީރައްޓެހި ކަމެއް: އާޒިމް

07 ޖޫން 2017
 "ރަހުމަތްތެރިކަމަކީ" މިސަރުކާރާ ބީރައްޓެހި ކަމެއް: އާޒިމް
31 މެއި 2017

ރާއްޖެއިން ލަންކާއަށްދޭ ފައިސާގެ އެހީ އެގައުމުގެ ސަރުކާރާއި ހަވާލުކޮށްފި

31 މެއި 2017
ރާއްޖެއިން ލަންކާއަށްދޭ ފައިސާގެ އެހީ އެގައުމުގެ ސަރުކާރާއި ހަވާލުކޮށްފި
16 މެއި 2017

މަޖިލިސް މެންބަރުން ހުވާ ކުރައްވަނީ ރައީސަށް އިޚުލާސްތެރިވާކަށް ނޫން، ސަރުކާރާއި ޕާޓީ ހިންގުން އެއްކޮށްގެން ނުވާނެ: ތައުފީޤު

16 މެއި 2017
މަޖިލިސް މެންބަރުން ހުވާ ކުރައްވަނީ ރައީސަށް އިޚުލާސްތެރިވާކަށް ނޫން، ސަރުކާރާއި ޕާޓީ ހިންގުން އެއްކޮށްގެން ނުވާނެ: ތައުފީޤު
13 މެއި 2017

އެމްޑީޕީ ކައުންސިލަރުން ވެސް ލަހެއް ނުވެ ސަރުކާރާ ގުޅޭނެ: ނިހާން

13 މެއި 2017
އެމްޑީޕީ ކައުންސިލަރުން ވެސް ލަހެއް ނުވެ ސަރުކާރާ ގުޅޭނެ: ނިހާން
15 އެޕްރީލު 2017

އޭޑީކޭ އިން ރާއްޖޭގެ ފުރަތަމަ ސްޕައިނަލް ކޮންފަރެންސް ބާއްވައި، މައިބަދައިގެ ބޮޑު އޮޕަރޭޝަނެއް ލައިވްކޮށްފި

15 އެޕްރީލު 2017
އޭޑީކޭ އިން ރާއްޖޭގެ ފުރަތަމަ ސްޕައިނަލް ކޮންފަރެންސް ބާއްވައި، މައިބަދައިގެ ބޮޑު އޮޕަރޭޝަނެއް ލައިވްކޮށްފި
10 އެޕްރީލު 2017

ބިރުދެއްކުމަކީ ޓެރަރިޒަމްގެ އަމަލެއް ނަމަ ޓެރަރިޒަމްގެ ދައުވާ ކުރަންޖެހޭނީ ރައީސް ޔާމީނަށް: މެންބަރު އިބްރާހިމް ހަސަން

10 އެޕްރީލު 2017
ބިރުދެއްކުމަކީ ޓެރަރިޒަމްގެ އަމަލެއް ނަމަ ޓެރަރިޒަމްގެ ދައުވާ ކުރަންޖެހޭނީ ރައީސް ޔާމީނަށް: މެންބަރު އިބްރާހިމް ހަސަން
17 ޖެނުއަރީ 2017

މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ ހައްލު ކުރުމަށް ބަންގަލޭދޭޝް ސަރުކާރާއެކު ދަނީ މަޝްވަރާ ކުރަމުން: ފޮރިން މިނިސްޓްރީ

17 ޖެނުއަރީ 2017
މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ ހައްލު ކުރުމަށް ބަންގަލޭދޭޝް ސަރުކާރާއެކު ދަނީ މަޝްވަރާ ކުރަމުން: ފޮރިން މިނިސްޓްރީ
05 ޖެނުއަރީ 2017

ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު

05 ޖެނުއަރީ 2017
ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު