Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އެމްޔޫއޯ

ޖަލަށް ލައިގެން މި ސަރުކާރާއި ޑީލްއެެއް ނުހަދާނެ: އަލީ ޒާހިރު

ކިތަންމެ ބިރެއް ދެއްކިޔަސް މަޚްލޫފްގެ އަޒުމަކަށް ކުޑަވެސް ބަދަލެއް އައިސްފައި ނުވާކަން ފެނިއްޖެ

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ, ރާއްޖެ އެމްވީ | 9 ޖޫން 2017 | ހުކުރު 23:25
އެމްޔޫއޯއިން ހުކުރުދުވަހުގެރޭ އެމްޑީޕީ ހަރުގޭގައި ބޭއްވި ބޮޑު ތަރާވީހުގައި އަލީ ޒަހިރު ވާހަކަފުޅު ދައްކަވަނީ

އެމްޔޫއޯއިން ހުކުރުދުވަހުގެރޭ އެމްޑީޕީ ހަރުގޭގައި ބޭއްވި ބޮޑު ތަރާވީހުގައި އަލީ ޒަހިރު ވާހަކަފުޅު ދައްކަވަނީ

ޖަލަށް ލައިގެން މި ސަރުކާރާއި އެއްވެސް ބޭފުޅަކު ޑީލްއެެއް ނުހަދާނެ ކަމަށް އަދާލަތު ޕަޓީގެ ނައިބު ރައީސް އަލީ ޒާހިރު ވިދާޅުވެއްޖެއެެވެ.

ގަލޮޅު ދެކުނު ދާއިރަގެ މެމްބަރު އަހުމަދު މަޚްލޫފް މިނިވަން ވުމުގެ އުފަލުގައި އެމްޔޫއޯއިން ހުކުރުދުވަހުގެރޭ އެމްޑީޕީ ހަރުގޭގައި ބޭއްވި ޖަލްސާގައި އަލީ ޒާހިރު ވިދަޅުވީ، ޖަލަށް ލައިގެން އޮބަހައްޓައިގެން ޚިޔާލު ފާޅުކުރުން ނުހުއްޓުވޭނެކަން މިހާރުވެސް މިވަގުތުވެސް ފެނިގެން އެބަދާކަމަށެވެ.

Advertisement - newsAdvertisement

މަޚްލޫފަށް މަރުހަބާ ދަންނަވަމުން އަލީ ޒާހިރު ވިދާޅުވީ، މަޚްލޫފަށް އެނބުރި އައިސް ގުޅިވަޑައިގަތީތީ އުފާކުރާކަމަށެވެ.

އަދަބު ދީ ބިރުދައްކައިގެން އެބަޔަކު ގަބޫލުކުރާކަންކަން ނުހުއްޓުވޭނެ ރައީސް ޔާމީނަށް މަޚްލޫފަ ދައްކަވައިދީފިކަމަށާއި، ކިތަންމެ ބިރެއް ދެއްކިޔަސް މަޚްލޫފްގެ އަޒުމަކަށް ކުޑަވެސް ބަދަލެއް އައިސްފައި ނުވާކަން ފެނިއްޖެ ކަމަށް އަލީ ޒާހިރު ވިދާޅުވި އެވެ.

އަލީ ޒާހިރު ވިދަޅުވީ، މަޚްލޫފް ޖަލަށް ލުމާއެކު އެމްޔޫއޯއަށް ސްޕޯކްސް ޕާސަންއެއް އަލުން އައްޔަން ކުރުމަށް ވިސްނުން ގެންގުޅުކަމަށާއި، އެކަމުވެސް އެކަން ބަދަލުނުކުރީ މަޚްލޫފް އެނބުރި އައިސް އެމްޔޫއޯގެ މަސައްކަތާއި، ގުޅޭނެކަން ޔަގީންވާތީކަމަށެވެ.

"އެވަރުގެ ހިތްވަރު މަޚްލޫފްގެ އެބަހުރި، އެކަން އެނގެނީ ޖަލުގައި އޮންނަވައިވެސް ނެރުއްވަމުން ގެންދަވާ ބަޔާން ތަކުން، ރައީސް ޔާމީނު ދައްކާ ބިރަށް އެންމެ އިންޗިއެއްވެސް ފަހަތަށް ނުޖެހޭނެ" އަލީ ޒާހިރު ވިދާޅުވިއެވެ.

އަލީ ޒާހިރު ވިދާޅުވީ، އެބޭފުޅުން ފެށްޓެވި މަސައްކަތަށް އަހަރު ދެ އަހަރު ވީނަމަވެސް ހީނަރުނުވެ، ދަނީ އިތުރަށް ވަރުގަދަވަމުން ކަމަށާއި ސަރުކާރުދަނީ ބަލިކަށިވަމުން ކަމަށެވެ.

ބުދަ ދުވަހު ފުލުހުން ހައްޔަރުކުރި އެސްޓީއޯގެ ކުރީގެ އެމްޑީ އާދަމް އާޒިމް ހައްޔަރުކޮށް ޖަލަށްލަފައިވާއިރު، އާދަމް އާޒިމްގެ ހިތްވަރަށްވެސް ކުޑަވެސް ބަދަލެއްނައިސް ހުންނެވި ކަން އަލީ ޒާހިރު ފާހަގަކުރެއްވިއެެވެ.

ކުރީގެ ޑިފެންސް މިނިސްޓަރު ނާޒިމާއި އާޒިމް ޖަލަށް ލިޔަސް އެ ބޭފުޅުން ވެސް ސަރުކާރާއެކު ޑީލެއް ނުހަދާނެ ކަމަށް އަލީ ޒާހިރު ވިދާޅުވި އެވެ.

"އެބޭފުޅުން ތިއްބެވީ ޑީލް ހައްދަވާކަށް ނޫން އެއަށްވުރެ އެބޭފުޅުން މާ އަޒުމު ވަރުގަދަ، ޖަލަށް ލައިގެން އޮބަހައްޓައިގެން ޚިޔާލު ފާޅު ކުރުމެއް ދެން ނުހުއްޓުވޭނެ"އޭނާ ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޝިދާތާގެ ޕާސްޕޯޓް ހިފެހެއްޓީ ފްރޭމްކޮށް ޖަލަށްލުމަށް:އެމްޑީޕީ

ޝިދާތާގެ ޕާސްޕޯޓް ހިފެހެއްޓީ ފްރޭމްކޮށް ޖަލަށްލުމަށް:އެމްޑީޕީ

28 ޖެނުއަރީ 2017
އިރުޝާން މަރާލި މަރާމާރީގައި ބައިވެރިވި މީހަކު އެންމެ 27 ދުވަހަށް ޖަލަށް!

އިރުޝާން މަރާލި މަރާމާރީގައި ބައިވެރިވި މީހަކު އެންމެ 27 ދުވަހަށް ޖަލަށް!

25 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު އުމުރަށް ޖަލަށް

މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު އުމުރަށް ޖަލަށް

24 ޖެނުއަރީ 2017
ޖަލަށްލިކަމުގައިވިޔަސް ފަހަތަކަށް ނުޖެހޭނެ، ނޫސްވެރިން ތިބީ އެކަތިގަނޑެއްގެ ގޮތުގައި: ރާއްޖެޓީވީ

ޖަލަށްލިކަމުގައިވިޔަސް ފަހަތަކަށް ނުޖެހޭނެ، ނޫސްވެރިން ތިބީ އެކަތިގަނޑެއްގެ ގޮތުގައި: ރާއްޖެޓީވީ

24 ޖެނުއަރީ 2017
ކެންޑިޑެންސީ ބާތިލްކުރި މައްސަލަ ހައިކޯޓުން ބަލައިގެންފި

ކެންޑިޑެންސީ ބާތިލްކުރި މައްސަލަ ހައިކޯޓުން ބަލައިގެންފި

20 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

15 ޖޫން
އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި
20233 އަހަރު ކުރިން
ރާއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ
20197 އަހަރު ކުރިން
ރާއްޖެ

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު