Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެގާސިމް އިބްރާހީމް

ޔާމީން ފަތުރައްވުމުން ގެންދަވަނީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށް ވިދާޅުވެ، ގާސިމް ޔާމީނަށް ހޫނު ރައްދެއް ދެއްވައިފި

24 އޯގަސްޓު 2025 | އާދީއްތަ 14:42

އެއަރޕޯޓު އަތުލުމަށް ފަހު ގާސިމަށް ބަދަލެއް ދޭން އުޅޭ ވާހަކަ ޔާމީން ހާމަކުރެއްވީ ބުރާސްފަތި ދުވަހުގެ ރޭ އާޓިފިޝަލް ބީޗުގައި "ވޭކް އަޕް"ގެ ނަމުގައި ބޭއްވި ޖަލްސާގަ

އަލީ ޝާހީން
އަލީ ޝާހީން | 24 އޯގަސްޓު 2025 | އާދީއްތަ 14:42
ގާސިމް އިބްރާހިމް އާއި ކުރީގެ ރައީސް ޔާމީން

ގާސިމް އިބްރާހިމް އާއި ކުރީގެ ރައީސް ޔާމީން

ވިލާ އެއަރ ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފައި އޮތް ގދ. ކާޑެއްދޫ އެއަރޕޯޓު ސަރުކާރުން ބޭނުން ވެގެން ދޫކޮށްލަން ނިންމި ނިންމުމާއި، އޭގެ ބަދަލާ ގުޅޭ ގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީން ފަތުރައްވަމުން ގެންދަވަނީ ހަގީގަތާ ހިލާފު ވާހަކައެއް ކަމަށް ވިދާޅުވެ ޔާމީނަށް ހޫނު ރައްދެއް ދެއްވައިފި އެވެ.

އެއަރޕޯޓު އަތުލުމަށް ފަހު ގާސިމަށް ބަދަލެއް ދޭން އުޅޭ ވާހަކަ ޔާމީން ހާމަކުރެއްވީ ބުރާސްފަތި ދުވަހުގެ ރޭ އަރޓިފިޝަލް ބީޗުގައި "ވޭކް އަޕް"ގެ ނަމުގައި ބޭއްވި ޖަލްސާގަ އެވެ. ޔާމީންގެ ވާހަކަ އަށް ރައްދު ދެއްވުމުގެ ގޮތުން ގާސިމް ވަނީ ރައީސް އޮފީހުގެ ސިޓީ އެކްސްގައި ޕޯސްޓުކުރަށްވާފަ އެވެ. އަދި އެއަށް ފަހު ހަތަރު ސަފުހާގެ ބަޔާނެއް ރޭ ވަނީ ނެރުއްވައިފަ އެވެ.

Advertisement - newsAdvertisement

ގާސިމް އިބްރާހިމް ނެރުއްވި ބަޔާނުގައި ވިދާޅުވީ، ސަރުކާރާއެކު އެއާރޕޯޓު ކުއްޔައްދޭ މުއްދަތު 99 އަހަރަށް ބަދަލުކުރުމަށް އެދިފައިވަނިކޮށް ރައީސް ޔާމީން ވަނީ އެކިއެކި ބަހަނާތައް ދައްކަވާ ސިވިލް އޭވިއޭޝަން ގެ މިންގަނޑުތަކަށް ނުފެތޭކަމަށް ބަޔާންކޮށް މައްސަލަތަކެއް ފެންމަތިކޮށް، ވިލާ ގްރޫޕްގެ ޕާރމިޓްތައް ކެންސަލްކޮށް، އިމްޕޯޓް ލައިސަންސް ބާތިލުކޮށް، އަދި އެކައުންޓްތައް ފްރީޒްކުރުމުގެ ސަބަބުން އެތަކެއް ހާސް މުވައްޒަފުންނަށް މުސާރަ ނުދެވޭފަދަ ދަތި ދުވަސްތަކެއް ކުރިމަތިވި ކަމަށެވެ. އަދި 2018 ގެ ރިޔާސީ އިންތިޚާބު ނިމެންދެން މި އަނިޔާވެރިކަމުގެ ވޭން ތަހައްމަލު ކުރަން ޖެހުނު ކަމަށް ވެސް ފާހަގަކުރައްވާފައިވެއެވެ.

ގާސިމް ވިދާޅުވީ، ކޫއްޑޫ އެއަރޕޯޓް ސަރުކާރަށް ނަގަނީ ނުހައްގު ބަދަލެއް ދީފައި ކަމަށް ޔާމީން ވިދާޅުވަމުން ގެންދަވަނީ އޭނާގެ ޢާންމު އުސޫލުން، ރައްޔިތުންނަށް މައްސަލައިގެ ހަގީގަތް އޮޅުވާލާފައި ކަމަށް ގާސިމް ވިދާޅުވި އެވެ. އަދި ޔާމީން އަކީ ޒާތީ ހަސަދަވެރިއެއް ކަމަށާއި އެއްފަހަރަށްވުރެ ގިނަފަހަރު "ޤާސިމް ލުބޯ ކިބައެއްހެން ފެލާލާނެ" ކަމަށް ޔާމީން ވިދާޅުވެފައިވާ ކަމަށް ގާސިމް ގެ ބަޔާނުގައި ވިދާޅުވެފައި ވެއެވެ.

އަޅުގަނޑު އޭނާ އަށް ތާއީދު ކުރީ އެއީ ކާކުކަން އަޅުގަނޑަށް ނޭންގިހުރެގެންނެއް ނޫން، ނަމަވެސް ކުރީގެ ރައީސް މައުމޫންގެ އެދިލެއްވުމާއި އަދި ހަރުކުލައިގެ ކިތަންމެ ބަޔަކު ކުރި އާދޭހުގެ ސަބަބުން އޭރު އޮތް ހާލަތުން ގައުމަށް ހެޔޮގޮތް އެދިގެން
ގާސިމް އިބްރާހިމް

ގާސިމް ވިދާޅުވީ މިއީ ވިލާ ކުންފުންޏާއި އޭނާގެ އަގު ވައްޓާލަން ޔާމީން މަސައްކަތް ކުރެއްވި ފުރަތަމަ ފަހަރެއް ނޫން ކަމަށެވެ. އަދި ރޭގަނޑެއްގެ ފުރަ ދަންވަރު ރާއްޖޭގެ ކްރިމިނަލް ކޯޓު ހުޅުވައި ގާސިމް އައިސީޔޫގެ އެނދުގައި އެނދުމަތިކޮށްފައިވަނިކޮށް ގާނޫނުއަސާސީއާއި ހިލާފު ހުކުމެއްް ކުރުވި ބޭފުޅަކު ގާސިމް އާއި އޭނާގެ އާއިލާއާއި މެދު ކޮށްފައި ނުކުރާނޭ އެއްކަމެއްވެސް މި އުޑުދަށުގައި ނުވާނެ ކަމަށްވެސް ގާސިމް ވިދާޅުވި އެވެ.

ޔާމީނަކީ މީހެއްގެ މައްޗަށް ނުރުހިއްޖެނަމަ އެމީހަކާ މެދު ކޮންމެ ފަދަކަމެއްވެސް ހިންގަފާނެ މީހެއްކަން އޭނާގެ ވެރިކަމުގެ މުއްދަތުގައި ދިވެހި މުޅި ގައުމަށް ސާފުވެގެން ގޮސްފައިވާ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.

ގާސިމްގެ ބަޔާނުގައި ވާގޮތުން، ޔާމީންގެ ވެރިކަމުގައި އެއަރޕޯޓު އަތުލީ ރާއްޖޭން ބޭރުގެ ޕާޓްނަރައަކާ އެކު ކާޑެއްދޫ އެއަރޕޯޓް ބައިނަލްއަގުވާމީ އެއަރޕޯޓަކަށް ބަދަލުކުރުމަށް 150 މިލިއަން ޑޮލަރުގެ ޕްލޭނެއް ކޮށް، އެއަރޕޯޓުގެ ކުލީގެ މުއްދަތު 99 އަހަރަށް ބަދަލުކުރުމަށް އެދިފައި ވަނިކޮށެވެ.

އަދި އެކި ބަހަނާތައް ދައްކާ ސިވިލް އޭވިއޭޝަން ގެ މިންގަނޑުތަކަށް ނުފެތޭކަމަށް ބަޔާންކޮށް މައްސަލަތަކެއް ފެންމަތިކޮށް، ކާޑެއްދޫ އެއަރޕޯޓް އަދުލުވެރި ބަދަލެއް ދިނުމެއް ނެތި، 2017 ވަނަ އަހަރު ދިވެހި ފުލުހުން މެދުވެރިކޮށް ވިލާ އެއަރ އަތުން އެއަރޕޯޓް ސަރުކާރުން އަތުލި ކަމަށް ގާސިމް ވިދާޅުވި އެވެ.

އެކަން އެގޮތަށް ކުރީ އޭރުގައި ސަރުކާރުން ރާއްޖޭގެ ސިޔާސީ ލީޑަރުން ޖަލަށް ލަމުން ދިއުމުން އެކަމުގައި ބަސްބުނި ހިސާބުން ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

19 ޖެނުއަރީ 2017

ރައީސް ޔާމީން ފެކްޝަނުން ރައީސް މައުމޫނަށް އިންޒާރު ދީފި

19 ޖެނުއަރީ 2017
ރައީސް ޔާމީން ފެކްޝަނުން ރައީސް މައުމޫނަށް އިންޒާރު ދީފި
17 ޖެނުއަރީ 2017

ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން

17 ޖެނުއަރީ 2017
ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން
16 ޖެނުއަރީ 2017

ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!

16 ޖެނުއަރީ 2017
ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!
16 ޖެނުއަރީ 2017

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް