Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
ފިޝަރީޒް މިނިސްޓްރީ

އެކުއަކަލްޗަރ މަސައްކަތައް ފަޅުރަށާއި، ފަޅު ދޫކުރަނީ

މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ މިނިސްޓްރީން ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި އެކުއަކަލްޗަރ މަސައްކަތް ކުރުމަށް ފަޅުރަށްތަކާއި ފަޅުތައް ކުއްޔަށް ދޫކުރުމަށް ހުޅުވާލައިފި. މި ޕްރޮޖެކްޓްތަކަށް 21 އަހަރާއި 50 އަހަރާ ދެމެދުގެ މުއްދަތަށް ބިން ކުއްޔަށް ދޫކުރުމަށް ވަނީ ހަމަޖެހިފައި.

ރާއްޖެ އެމްވީ | 22 އޯގަސްޓު 2025 | ހުކުރު 04:25
ށ. ނަލަންދޫގެ ހުއިފިލަނޑާ ފާމް (ފައިލް)

ށ. ނަލަންދޫގެ ހުއިފިލަނޑާ ފާމް (ފައިލް)

އެކުއަކަލްޗަރ މަސައްކަތް ކުރަން ފަޅުރަށްތަކާއި، އެ ރަށްތަކުގެ ފަރުގެ ސަރަޙައްދާއި، ވަކިން އޮންނަ ފަޅުތައް ކުއްޔަށް ދޫކުރުމަށް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އިން ހުޅުވާލައިފިއެވެ.

މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ރާއްޖެއިންނާއި ރާއްޖެއިން ބޭރުގެ ޝަރުޠު ހަމަވާ އަދި ޤާބިލު ބީލަންވެރިންނަށް ފަޅުރަށްތަކާއި ވަކިން އޮންނަ ފަޅުތައް ކުއްޔަށް ހިފުމުގެ ބީލަން ހުށަހެޅުމަށް ދައުވަތު ދޭކަމަށެވެ.

ފަޅުރަށްތައް ކުއްޔަށް ދޫކުރަނީ ފުރަތަމަ 21 (އެކާވީސް) އަހަރުގެ މުއްދަތަށެވެ. އަދި އެންމެ ގިނަވެގެން 50 (ފަންސާސް) އަހަރަށް އިތުރުކުރުމުގެ ފުރުޞަތު އޮންނާނެ ކަމަށް ބުނެފައިވެއެވެ.

ވަކިން އޮންނަ ފަޅުތައް ކުއްޔަށް ދޫކުރަނީ 50 (ފަންސާސް) އަހަރަށްވުރެ ދިގުނޫން މުއްދަތަކަށެވެ.

ދެ (2) ނުވަތަ އެއަށްވުރެ ގިނަ ފަރާތްތަކަށް ގުޅިގެން ޖޮއިންޓް ވެންޗަރއެއްގެ ގޮތުގައި ބީލަން ހުށަހެޅިދާނެ ކަމަށާއި މިފަދަ ޙާލަތްތަކުގައި، ސޮއި ކޮށްފައިވާ ޖޮއިންޓް ވެންޗަރ އެއްބަސްވުމެއް، ނުވަތަ ޖޮއިންޓް ވެންޗަރގައި ކޮންމެ ފަރާތެއްގެ ދައުރާއި، ޒިންމާތަކާއި، ބައިވެރިވުން ސާފުކޮށް ބަޔާންކޮށްފައިވާ ލެޓަރ އޮފް އިންޓެންޓް/އެމްއޯޔޫއެއް ބީލަމާއެކު މިނިސްޓްރީއަށް ހުށަހަޅަންވާނެ ކަމަށް ވަނީ ބުނެފައެވެ.

ކޮންމެ ބީލަންވެރިޔަކަށް ވެސް ހުއްދަ ކުރަނީ ކޮންމެ ޒޯނަކަށް 1 (އެކެއް) ބީލަން ހުށަހެޅުމަށް ކަމަށް ވެސް ބުނެފައިވެއެވެ.

ރަށްތައް ކުއްޔަށް ދޫކުރެވޭނީ އަހަރަކު އަކަފޫޓަކަށް 0.10 ރުފިޔާ (ދިހަ ލާރި) ގެ ރޭޓުންނެވެ. މިއީ ރަށުގެ މުޅި ބިމުގެ ސަރަޙައްދަށް ދައްކަންޖެހޭ ކުލީގެ ގޮތުގައެވެ.

ވަކިން އޮންނަ ފަޅުތައް ކުއްޔަށް ދޫކުރެވޭނީ އަހަރަކު އަކަފޫޓަކަށް 0.05 ރުފިޔާ (ފަސް ލާރި) ގެ ރޭޓުންނެވެ. މިއީ ކުއްޔަށް ދޫކުރެވޭ ފަޅުގެ މުޅި ސަރަޙައްދަށް ދައްކަންޖެހޭ ކުލީގެ ގޮތުގައެވެ.

ބީލަން ހުށަހަޅަންޖެހޭނީ ބިޑް ސެކިއުރިޓީގެ ގޮތުގައި ބޭންކު ގެރެންޓީއަކާ އެކުގައެވެ. މި ބިޑް ސެކިއުރިޓީގެ އަދަދަކީ ބީލަން ހުށަހަޅާ ޕްރޮޕޯސަލްގެ ފުރަތަމަ 5 (ފަހެއް) އަހަރުގެ ޖުމްލަ އިންވެސްޓްމަންޓުގެ 1% (އެއް އިންސައްތަ) އެވެ.

ބީލަންވެރިޔާ ބީލަން ހުށަހަޅާ ރަށް ނުވަތަ ވަކިން އޮންނަ ފަޅު މިނިސްޓްރީގެ ހުއްދަ ނަގައިގެން އެސެސްކުރުމަށް ހިތްވަރުދޭ ކަމަށާއި އެހެން ނަމަވެސް ރަށް ނުވަތަ ފަޅުގެ އެސެސްމަންޓެއް ހަދާފައި ނުވުމަކީ އެކަނި ބީލަން ބާޠިލުވާނެ ސަބަބެއް ނޫން ކަމަށް ވަނީ ބުނެފައެވެ.

ބީލަންވެރިން ޝަރުޠު ހަމަވާ ކަމަށް ބަލަނީ ފުރަތަމަ ފަސް (5) އަހަރަށް އަންނަނިވި އެންމެ ދަށް އިންވެސްޓްމަންޓް ތްރެޝްހޯލްޑްތައް ހަމަވާ ނަމަ ކަމަށް ބުނެފައިވެއެވެ.

ހ) 20 ހެކްޓަރަށްވުރެ ކުޑަ ސަރަޙައްދުތަކަށް، މަދުވެގެން ފަނަރަ މިލިއަން ދިވެހި ރުފިޔާ.

ށ) 20 ހެކްޓަރާއި 50 ހެކްޓަރާ ދެމެދުގެ ސަރަޙައްދުތަކަށް، މަދުވެގެން ފަންސާސް މިލިއަން ދިވެހި ރުފިޔާ.

ނ) 50 ހެކްޓަރާއި 100 ހެކްޓަރާ ދެމެދުގެ ސަރަޙައްދުތަކަށް، މަދުވެގެން އަށްޑިހަ މިލިއަން ދިވެހި ރުފިޔާ.

ރ) 100 ހެކްޓަރާއި 300 ހެކްޓަރާ ދެމެދުގެ ސަރަޙައްދުތަކަށް، މަދުވެގެން އެއް ސަތޭކަ ފަންސާސް މިލިއަން ދިވެހި ރުފިޔާ.

ބ) 300 ހެކްޓަރާއި 500 ހެކްޓަރާ ދެމެދުގެ ސަރަޙައްދުތަކަށް، މަދުވެގެން ތިން ސަތޭކަ މިލިއަން ދިވެހި ރުފިޔާ.

ޅ) 500 ހެކްޓަރަށްވުރެ ބޮޑު ސަރަޙައްދުތަކަށް، ފަސް ސަތޭކަ މިލިއަން ދިވެހި ރުފިޔާ.

ހުށަހަޅާ މަޝްރޫޢުއަށް ފައިސާ ލިބެން ހުރިކަން ނުވަތަ ޔަޤީންކަން އޮތްކަން ވަޒަން ކުރެވޭނީ ބީލަންވެރިޔާ ހުށަހަޅާ ފައިނޭންސިންގ ހޯދާފައިވާކަމުގެ ހެއްކަށް ބަލައިގެން ކަމަށް ވަނީ ބުނެފައެވެ.

މިނިސްޓްރީން ވަޒަންކޮށް އަޅާކިޔާނީ އެކަށީގެންވާ ގޮތެއްގައި ރެސްޕޮންސިވް ބީލަންތައް ކަމަށާއި އެވޯޑަށް ޝަރުތު ހަމަވުމަށް، ބީލަންވެރިޔާ ވަޒަންކުރުމުގައި މަދުވެގެން 70 މާކްސް ހޯދަންވާނެ ކަމަށް ވަނީ ބުނެފައެވެ.

ބިޑިންގ ޑޮކިއުމަންޓްސް މިނިސްޓްރީން ގަންނަން ހުންނާނެ ކަމަށާއި ޑޮކިއުމަންޓްސްގެ އަގަކީ ވިހި ހާސް ރުފިޔާ ނުވަތަ އެއާ އެއްވަރުގެ އަދަދެއްގެ އެމެރިކާ ޑޮލަރު ކަމަށް ބުނެފައިވެއެވެ.

ޝައުޤުވެރިވާ ފަރާތްތަކަށް އިތުރު މަޢުލޫމާތު ހޯދުމަށާއި ބިޑިންގ ޑޮކިއުމަންޓްސް ގަތުމަށް ފުރުސަތު ހުޅުވާލާފައިވަނީ 26 އޮގަސްޓު 2025 އިން ފެށިގެން 30 އޮކްޓޯބަރު 2025 އާ ހަމައަށް، ހެނދުނު 09:00 އިން މެންދުރުފަހު 14:00 އާ ދެމެދު ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފައިވެއެވެ.

އެކުއަކަލްޗަރފިޝަރީޒް މިނިސްޓްރީ

ކޮމެންޓް

އިތުރަށް ކިޔާލަން

2 އަހަރުވި އިރު ވެސް ބޮޑުކަންނެލި މަސްވެރިންގެ ކަންބޮޑުވުންތައް ހައްލު ނުވާކަމަށް ފިޝަރީޒް މިނިސްޓަރު އެއްބަސްވެއްޖެ

2 އަހަރުވި އިރު ވެސް ބޮޑުކަންނެލި މަސްވެރިންގެ ކަންބޮޑުވުންތައް ހައްލު ނުވާކަމަށް ފިޝަރީޒް މިނިސްޓަރު އެއްބަސްވެއްޖެ

10 ޑިސެމްބަރު 2025
45 ވަނަ މަސްވެރިންގެ ދުވަސް ރަސްމީ ކޮށް ފާހަގަ ކުރުމަށް މައިގަނޑު ގޮތެއްގައި އޮތީ މަޖާ ކަންކަމާއި ކެއްކުމާއި ކެއުން

45 ވަނަ މަސްވެރިންގެ ދުވަސް ރަސްމީ ކޮށް ފާހަގަ ކުރުމަށް މައިގަނޑު ގޮތެއްގައި އޮތީ މަޖާ ކަންކަމާއި ކެއްކުމާއި ކެއުން

10 ޑިސެމްބަރު 2025
ސަރުކާރު ގެ ވައުދުތައް ނުފުއްދި ބޮޑު ކަންނެލި މަސްވެރިން އިހުތިޖާޖަށް ނިކުންނަނީ

ސަރުކާރު ގެ ވައުދުތައް ނުފުއްދި ބޮޑު ކަންނެލި މަސްވެރިން އިހުތިޖާޖަށް ނިކުންނަނީ

09 ޑިސެމްބަރު 2025
ދ.މީދޫ އަށް ފިޝަރީޒް މިނިސްޓަރ ވަޑައިގަތުމުން މަސްވެރިންގެ ކަންބޮޑުވުންތައް ބަންޑުންކޮށް، ލަދުގަންނަވާލައިފި

ދ.މީދޫ އަށް ފިޝަރީޒް މިނިސްޓަރ ވަޑައިގަތުމުން މަސްވެރިންގެ ކަންބޮޑުވުންތައް ބަންޑުންކޮށް، ލަދުގަންނަވާލައިފި

31 އޮކްޓޯބަރު 2025
ދަނޑުވެރިކަން ކުރުމަށް 6 ފަޅު ރަށެއް ބީލަމަށް ހުޅުވާލައިފި

ދަނޑުވެރިކަން ކުރުމަށް 6 ފަޅު ރަށެއް ބީލަމަށް ހުޅުވާލައިފި

08 އޮކްޓޯބަރު 2020

އަހަރުތަކުން މިއަދު

20 ޖެނުއަރީ
ޕިއްޒާ ސްޓަންޓް އަތަށް ގޮވާ، ޑީއެންއާރުގެ މަސައްކަތާއި މެދު ޖަވާބު ނުދެވި ނޫސްވެރިންނަށް ފިއްލަވައިފި
20251 އަހަރު ކުރިން
ރާއްޖެ

ޕިއްޒާ ސްޓަންޓް އަތަށް ގޮވާ، ޑީއެންއާރުގެ މަސައްކަތާއި މެދު ޖަވާބު ނުދެވި ނޫސްވެރިންނަށް ފިއްލަވައިފި

އައްމަޓީ ފުރުމަށް ދީފައިވާ ހުއްދަ ބާތިލުކުރަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

އައްމަޓީ ފުރުމަށް ދީފައިވާ ހުއްދަ ބާތިލުކުރަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށްފި

ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްއާ ބެހޭ ގަވާއިދު ނެރެފި
20233 އަހަރު ކުރިން
ރާއްޖެ

ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްއާ ބެހޭ ގަވާއިދު ނެރެފި

ކޮމަންޑޫ ދާއިރާގެ ރައްޔިތުން ގޮވަނީ 346 މިލިއަން ރުފިޔާ ގެންދިޔައީ ގޯނިގޯނީގައިތޯއެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ކޮމަންޑޫ ދާއިރާގެ ރައްޔިތުން ގޮވަނީ 346 މިލިއަން ރުފިޔާ ގެންދިޔައީ ގޯނިގޯނީގައިތޯއެވެ.

ހޯޕް ޓްރެވަލްސްއިން ތަފާތު މޮޑެލްއެއްގެ ލޯންޗެއް - ގަލްފް ކްރާފްޓްގެ \"ސިލްވަރ ކެޓް 34\"
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ހޯޕް ޓްރެވަލްސްއިން ތަފާތު މޮޑެލްއެއްގެ ލޯންޗެއް - ގަލްފް ކްރާފްޓްގެ \"ސިލްވަރ ކެޓް 34\"

ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!
20197 އަހަރު ކުރިން
ރިޕޯޓު

ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!

އެއް އުކުޅެއް: ގާސިމްގެ ވިޔަފާރި ނައްތާލަން މަސައްކަތް ކުރަނީ ގުޅީ އީސާ ކަލޭފާނުގެ ވިޔަފާރި ނައްތާލި ގޮތަށް!
20188 އަހަރު ކުރިން
ރިޕޯޓު

އެއް އުކުޅެއް: ގާސިމްގެ ވިޔަފާރި ނައްތާލަން މަސައްކަތް ކުރަނީ ގުޅީ އީސާ ކަލޭފާނުގެ ވިޔަފާރި ނައްތާލި ގޮތަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު