Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަން

ސަރުކާރު ގެ ވައުދުތައް ނުފުއްދި ބޮޑު ކަންނެލި މަސްވެރިން އިހުތިޖާޖަށް ނިކުންނަނީ

ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަންއިން ސަރުކާރުން މެނިފެސްޓޯގައިވާ ވައުދުތައް ނުފުއްދާތީ ޑިސެމްބަރު 10 ވަނަ ދުވަހު އިހުތިޖާޖުކުރަން ނިންމައިފި

ފަޒީލް އަބްދުލް ލަތީފް
ފަޒީލް އަބްދުލް ލަތީފް, ރާއްޖެ އެމްވީ | 9 ޑިސެމްބަރު 2025 | އަންގާރަ 14:14
ރައީސުލްޖުމްހޫރިއްޔާ "މަސްވެރިންގެ ގުންޒަރު 2023" ގައި ބައިވެރިވެވަޑައިގަންނަވަނީ: މި ސަރުކާރު ވެރިކަމާ ހަވާލުވިފަހުން މަސްވެރިންގެ ޝަކުވާ ތައް ވަނީ އިތުރުވެފަ

ރައީސުލްޖުމްހޫރިއްޔާ "މަސްވެރިންގެ ގުންޒަރު 2023" ގައި ބައިވެރިވެވަޑައިގަންނަވަނީ: މި ސަރުކާރު ވެރިކަމާ ހަވާލުވިފަހުން މަސްވެރިންގެ ޝަކުވާ ތައް ވަނީ އިތުރުވެފަ

ބޮޑު ކަންނެލި މަސްވެރިކަމުގައި ހުރި ކަންބޮޑުވުންތަކަށް ސަރުކާރުން އެދެވޭ ހައްލެއް ހޯދައިދީފައި ނުވާ ކަމަށް ބުނެ، ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހު ފާހަގަކުރާ މަސްވެރިންގެ ދުވަހު، ބޮޑު ކަންނެލި މަސްވެރިން ގެ ޔޫނިއަންއިން އިހުތިޖާޖުކުރުމަށް ނިންމައިފި އެވެ.

އެ ޔޫނިއަންގެ ފަރާތުން ނެރުނު ބަޔާނެއްގައި ވަނީ މި ސަރުކާރުގެ މެނިފެސްޓޯގައި ކަންނެލި މަސްވެރިންނަށް ކޮށްދެއްވާނެ ކަމަށް ހިމަނާފައިވާ ކަންކަން ހިއްސާކޮށްފަ އެވެ. އޭގެ ތެރޭގައި ސަރުކާރު ގެ މަސްކުންފުނި މިފްކޯއަށް ބޮޑު ކަންނެލި ގަންނަން ފެށުން، ކަންނެލި ގަނެވޭނެ އެންމެ ދަށް އަގަކީ 80 ރުފިޔާ އަދި 100 ރުފިޔާ ކަމަށް ހެދުން އަދި މަސްވެރިންނަށް ބޭސް ރޭޓުގައި ތެޔޮ ފޯރުކޮށްދިނުމަށާއި، ފަސޭހައިން އައިސް ލިބޭނޭ އިންތިޒާމު ހަމަޖެއްސުން ހިމެނެ އެވެ.

Advertisement - newsAdvertisement

ސަރުކާރު ގެ އެ ވައުދުތައް ފާހަގަކޮށް އެ ޔޫނިއަންއިން ބުނީ އެ ވައުދުތައް ފުއްދުމަށް އެދި މި ސަރުކާރުގެ ދައުރު ފެށުނީއްސުރެ އެކި ސިފަސިފައިގައި އެ ޔޫނިއަންއިން ގޮވާލަމުން އައި ކަމަށެވެ. އަދި ތަފާތު މަޝްވަރާ ބައްދަލުވުންތަކާއި، މީޓިންތައް، ސަރުކާރާއި މަސް ގަންނަ ފަރާތްތަކާ އެކު ބޭއްވުމުގެ އިތުރުން ބަޔާންތައް ވެސް ނެރެފައިވާނެ ކަމަށް ބުންޏެވެ. އަދި ފިޝަރީޒް މިނިސްޓްރީއަށް ސިޓީ ފޮނުވައިގެން ވެސް އެދިފައިވާނެ ކަމަށް އެ ޔޫނިއަން އިން ފާހަގަކޮށްފައިވެ އެވެ.

މިއަދާ ހަމައަށް އެ ޔޫނިއަންއިން ކުރި އެއްވެސް މަސައްކަތަކުން ކަންނެލި މަސްވެރިންނަށް އެދެވޭ އަލި މަގެއް ނުފެނި، މިހާރު ވަނީ މާޔޫސްވެފައިވާ ކަމަށް އެ ޔޫނިއަން އިން ފާހަގަކުރި އެވެ. އެހެންކަމުން ބުދަ ދުވަހު ބާއްވާ އެ ޔޫނިއަންގެ އަހަރީ ބައްދަލުވުމަށްފަހު އިހުތިޖާޖު ކުރުމަށް ނިންމާފައިވާކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.

އެ ޔޫނިއަންގެ ބަޔާނުގައި ބުނީ ކަންނެލި މަސްވެރިންގެ ކަންބޮޑުވުންތަކަށް ސަރުކާރުން އަޅާނުލުމާއެކު ހައްލެއް ހޯދައިދީފައި ނުވާތީ، މިއަހަރުގެ ޑިސެމްބަރު 10 ވަނަ ދުވަހު މި ޔޫނިއަންގެ އަހަރީ ބައްދަލުވުމަށްފަހު ކަންނެލި މަސްވެރިންގެ ހައްގުގައި އަޑުއުފުލައި، އިހުތިޖާޖުކުރާނެ ވާހަކަ ކަމާ ބެހޭ ފަރާތްތަކުގެ މައުލޫމާތަށްޓަކައި ދަންނަވާ ކަމަށެވެ.

އެ ޔޫނިއަންގެ ފަރާތުން ވަނީ އެ ސުލްހަވެރި އިހުތިޖާޖުގައި އެންމެހާ މަސްވެރިން ބައިވެރިވެ، އެކަން ކޮޅެއްގައި ޖެހެންދެން އަޑު އުފުލުމަށް ގޮވާލާފަ އެވެ.

މަސްވެރިންނަށް ދިމާވެފައިވާ ދަތިތައް ފާހަގަކޮށް، އެކަންކަމަށް ހައްލު ހޯދުމަށް މަސްވެރިން ވަނީ ވަރަށް ގިނަ ފަހަރު މަތިން ސަރުކާރަށް ގޮވާލާފަ އެވެ. މީގެކުރިން ވެސް މަސްވެރިންގެ އަތުން މަސް ގަތުމަށްފަހު، ފައިސާ ނުދީ ގިނަ ދުވަސްވީ މައްސަލައިގައި މަސް ދޯނިތަކެއް މާލެ ފަޅު ކައިރީގައި މުޒާހަރާކޮށްފައިވެ އެވެ.

ބޮޑުކަންނެލި މަސްވެރިންބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަންމަސްވެރިންގެ ދުވަސްފިޝަރީޒް މިނިސްޓްރީ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ލައިވް ކުރަމުން ދިޔަ މަސްވެރިންގެ މުޒާހަރާ މެދު ކަނޑާލަން ފުލުހުން އަންގައިގެން ރާއްޖެޓީވީގެ ލައިވް މެދުކަނޑާލައިފި

ލައިވް ކުރަމުން ދިޔަ މަސްވެރިންގެ މުޒާހަރާ މެދު ކަނޑާލަން ފުލުހުން އަންގައިގެން ރާއްޖެޓީވީގެ ލައިވް މެދުކަނޑާލައިފި

11 ޑިސެމްބަރު 2025
ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް

ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް

10 ޑިސެމްބަރު 2025
2 އަހަރުވި އިރު ވެސް ބޮޑުކަންނެލި މަސްވެރިންގެ ކަންބޮޑުވުންތައް ހައްލު ނުވާކަމަށް ފިޝަރީޒް މިނިސްޓަރު އެއްބަސްވެއްޖެ

2 އަހަރުވި އިރު ވެސް ބޮޑުކަންނެލި މަސްވެރިންގެ ކަންބޮޑުވުންތައް ހައްލު ނުވާކަމަށް ފިޝަރީޒް މިނިސްޓަރު އެއްބަސްވެއްޖެ

10 ޑިސެމްބަރު 2025
45 ވަނަ މަސްވެރިންގެ ދުވަސް ރަސްމީ ކޮށް ފާހަގަ ކުރުމަށް މައިގަނޑު ގޮތެއްގައި އޮތީ މަޖާ ކަންކަމާއި ކެއްކުމާއި ކެއުން

45 ވަނަ މަސްވެރިންގެ ދުވަސް ރަސްމީ ކޮށް ފާހަގަ ކުރުމަށް މައިގަނޑު ގޮތެއްގައި އޮތީ މަޖާ ކަންކަމާއި ކެއްކުމާއި ކެއުން

10 ޑިސެމްބަރު 2025
މަސްވެރިންގެ ދުވަހު މުހިއްމީ ޖަލްސާ ބައްވާ އެވޯޑު ދިނުމެއް ނޫން، މުހިއްމީ މަސްވެރިންގެ ކަންބޮޑުވުން އަޑު އަހައި ހައްލު ހޯދުން: މައުރޫފް

މަސްވެރިންގެ ދުވަހު މުހިއްމީ ޖަލްސާ ބައްވާ އެވޯޑު ދިނުމެއް ނޫން، މުހިއްމީ މަސްވެރިންގެ ކަންބޮޑުވުން އަޑު އަހައި ހައްލު ހޯދުން: މައުރޫފް

10 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

27 ފެބުރުއަރީ
ރައީސް ނަޝީދަށް ރަޝިއާ ސަފީރުގެ ބަހުގެ ހޫނު ހަމަލާ އެއް!
20251 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދަށް ރަޝިއާ ސަފީރުގެ ބަހުގެ ހޫނު ހަމަލާ އެއް!

ޕީޖީ ޝަމީމުގެ އަތުލިޔުއްވުން ފޮންޓަކަށް: "މަގޭ ހުސޭނު"
20242 އަހަރު ކުރިން
ރާއްޖެ

ޕީޖީ ޝަމީމުގެ އަތުލިޔުއްވުން ފޮންޓަކަށް: "މަގޭ ހުސޭނު"

އެމްޑަބްލިއުއެސްސީގެ 'މަލަސް ރެސިޑެންސް' ފްލެޓްތައް މުވައްޒަފުންނާ ހަވާލުކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

އެމްޑަބްލިއުއެސްސީގެ 'މަލަސް ރެސިޑެންސް' ފްލެޓްތައް މުވައްޒަފުންނާ ހަވާލުކޮށްފި

ބޮލްސޮނާރޯ ޔޫކްރެއިން އަށް - ތިހެންތިވީ ގައުމުގެ ހުންގާނު ހެއްވާ މަޖާ ރޯލު ކުޅޭ އެކްޓަރަކާއި ހަވާލުކުރުމުން
20224 އަހަރު ކުރިން
ދުނިޔެ

ބޮލްސޮނާރޯ ޔޫކްރެއިން އަށް - ތިހެންތިވީ ގައުމުގެ ހުންގާނު ހެއްވާ މަޖާ ރޯލު ކުޅޭ އެކްޓަރަކާއި ހަވާލުކުރުމުން

ބުރިޖު މަތިން ފުންމާލަން އުޅުނު މީހަކު އާންމުން ހިފަހައްޓައިފި
20215 އަހަރު ކުރިން
ރާއްޖެ

ބުރިޖު މަތިން ފުންމާލަން އުޅުނު މީހަކު އާންމުން ހިފަހައްޓައިފި

ދިވެހިރާއްޖޭގެ ޕްރައިމަރީ ގްރޭޑްތަކުގައި މީޑިއަމް އޮފް އިންސްޓްރަކްޝަންގެ ގޮތުގައި ބޭނުންކުރަން އެންމެ ރަނގަޅީ ދިވެހި ބަސް
20197 އަހަރު ކުރިން
ދިވެހި ބަސް

ދިވެހިރާއްޖޭގެ ޕްރައިމަރީ ގްރޭޑްތަކުގައި މީޑިއަމް އޮފް އިންސްޓްރަކްޝަންގެ ގޮތުގައި ބޭނުންކުރަން އެންމެ ރަނގަޅީ ދިވެހި ބަސް

ތާނަ ލިޔުމުގައި ސުކުން ކުރެވޭ ހަމަތައް
20188 އަހަރު ކުރިން
ދިވެހި ބަސް

ތާނަ ލިޔުމުގައި ސުކުން ކުރެވޭ ހަމަތައް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު