Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުދިރާގު

ދިރާގު ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް "ލިމިޓްލެސް ބޫސްޓަރސް" ތައާރަފުކޮށްފި

މި ބޫސްޓަރތައް އެކްޓިވޭޓް ކުރަން ބޭނުންވާ ކަސްޓަމަރުންނަށް ދިރާގު އެޕް، މައި އެކައުންޓް މެދުވެރިކޮށް، ނުވަތަ އެ ބޫސްޓަރެއްގެ އެސް.އެމް.އެސް ޝޯޓް ކޯޑް 343އަށް އެސް.އެމް.އެސްކޮށްގެން އެކްޓިވޭޓްކުރެވޭނެ.

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 8 ޑިސެމްބަރު 2025 | ހޯމަ 09:09
ދިރާގު ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް "ލިމިޓްލެސް ބޫސްޓަރސް" ތައާރަފުކުރުން

ދިރާގު ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް "ލިމިޓްލެސް ބޫސްޓަރސް" ތައާރަފުކުރުން

ދިރާގުން ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ހާއްސަކޮށްގެން މުޅިން އާ "ލިމިޓްލެސް ބޫސްޓަރސް" ތައާރަފުކޮށްފި އެވެ.

މިއީ ކަސްޓަމަރުންނަށް ހަލުއި ސްޕީޑެއްގައި ޑޭޓާ އަންލިމިޓެޑްކޮށް ބޭނުން ކުރުމުގެ ފުރުސަތު ފަހިކޮށްދޭ ހިދުމަތެކެވެ.

ކަސްޓަމަރުންގެ އެކި ބޭނުންތަކަށް އެކަށީގެންވާގޮތަށް ހިޔާރުކުރެވޭ، 1 ދުވަހުގެ މުއްދަތުން ފެށިގެން 15 ދުވަހުގެ މުއްދަތައް ބޭނުންކުރެވޭ މި ބޫސްޓަރތަކުގެ 5 ވައްތަރެއް ވަނީ ތައާރަފްކޮށްފަ އެވެ. މި ބޫސްޓަރތައް އެކްޓިވޭޓް ކުރަން ބޭނުންވާ ކަސްޓަމަރުންނަށް ދިރާގު އެޕް، މައި އެކައުންޓް މެދުވެރިކޮށް، ނުވަތަ އެ ބޫސްޓަރެއްގެ އެސް.އެމް.އެސް ޝޯޓް ކޯޑް 343އަށް އެސް.އެމް.އެސްކޮށްގެން އެކްޓިވޭޓްކުރެވޭނެ ކަމަށް ދިރާގުން ބުންޏެވެ.

ލިމިޓްލެސް ބޫސްޓަރތަކުގެ އެހީގައި، ސްޓްރީމް ކުރުމަށް، ގޭމް ކުޅުމަށް، ކޮންމެ ތަނެއްގައި ހުރެގެން ވެސް މަސައްކަތްކުރުމަށާއި އެހެނިހެން ބޭނުންތަކަށް ގިނައިން ޑޭޓާ ބޭނުންވާ ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ހަލުއި ސްޕީޑުގައި އިންޓަރނެޓްގެ ހިދުމަތް ލިބިގެންދާނެ ކަމަށް ވެސް އެކުންފުނިން ބުންޏެވެ.

ދިރާގުން މުޅިން އަލަށް މާކެޓަށް ތައާރަފުކޮށްފައިވާ މި ހިދުމަތަކީ ދިރާގުގެ އަންލިމިޓެޑް ޕްލޭންތަކަށް އިތުރު ފުރިހަމަކަމެއް ގެނެސްދޭ ހިދުމަތެއް ކަމަށާއި ދިރާގުން ދަނީ ލިމިޓްލެސް ޕޯސްޓްޕެއިޑް ޕްލޭންތަކާއި، ލިމިޓެއްނެތް ފައިބަރގެ ހިދުމަތްތަކާ އެކު ކަސްޓަމަރުން ގެ ތަފާތު ބޭނުންތަކަށް ހާއްސަކޮށްގެން ހެޔޮ އަގުގައި އަގުހުރި ހިދުމަތްތައް ފޯރުކޮށްދެމުން ކަމަށް ދިރާގުން އާންމު ކުރި ނޫސްބަޔާނުގައި ވަނީ ބުނެފަ އެވެ.

ދިރާގުލިމިޓްލެސް ބޫސްޓަރސްޕޯސްޓްޕެއިޑް

އިތުރަށް ކިޔާލަން

27 ނޮވެމްބަރު 2025

ދިރާގުން ދޭ 2 ސްޕީޑްބޯޓް ހޯދުމުގެ ފުރުސަތު 2 ގުނަ ކުރުމަށް ބާކީ 3 ދުވަސް

27 ނޮވެމްބަރު 2025
ދިރާގުން ދޭ 2 ސްޕީޑްބޯޓް ހޯދުމުގެ ފުރުސަތު 2 ގުނަ ކުރުމަށް ބާކީ 3 ދުވަސް
25 ނޮވެމްބަރު 2025

ދިރާގު އެމްއެލްބީބީ މިނީ ސީރީޒް IV އަށް ރަޖިސްޓްރޭޝަން ފަށައިފި

25 ނޮވެމްބަރު 2025
ދިރާގު އެމްއެލްބީބީ މިނީ ސީރީޒް IV އަށް ރަޖިސްޓްރޭޝަން ފަށައިފި
07 ނޮވެމްބަރު 2025

ދިރާގުން މީޑީއާނެޓް އަންލިމިޓެޑް ސްޕޯޓްސްޕާސް ތައާރަފުކޮށްފި

07 ނޮވެމްބަރު 2025
ދިރާގުން މީޑީއާނެޓް އަންލިމިޓެޑް ސްޕޯޓްސްޕާސް ތައާރަފުކޮށްފި
30 އޮކްޓޯބަރު 2025

ދިރާގު މޯލްޑިވްސް ރޯޑް ރޭސް 2025: އިޔާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން އައު ލަނޑުދަނޑިއެއް ހާސިލުކޮށްފި

30 އޮކްޓޯބަރު 2025
ދިރާގު މޯލްޑިވްސް ރޯޑް ރޭސް 2025: އިޔާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން އައު ލަނޑުދަނޑިއެއް ހާސިލުކޮށްފި
30 އޮކްޓޯބަރު 2025

ދިރާގު x އައިސިކް – ޕީއެސް5 ޕްރޯއެއް ހޯދުމުގެ ފުރުސަތު

30 އޮކްޓޯބަރު 2025
ދިރާގު x އައިސިކް – ޕީއެސް5 ޕްރޯއެއް ހޯދުމުގެ ފުރުސަތު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު