Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރު 2 ޖަލްސާ ބާއްވަނީ

ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރު 2 ޖަލްސާއެއް މި މަހުގެ 27 އަދި 28 ވަނަ ދުވަހު ބޭއްވުމަށް ނިންމައިފި

ފަޒީލް އަބްދުލް ލަތީފް
ފަޒީލް އަބްދުލް ލަތީފް | 19 އޯގަސްޓު 2025 | އަންގާރަ 19:20
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން

ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރު 2 ޖަލްސާއެއް ބާއްވަން ނިންމައިފި އެވެ. މި މަހުގެ 27 ވަނަ ދުވަހާއި 28 ވަނަ ދުވަހު، ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އަށް އާ މެންބަރަކު އައްޔަންކުރުމުގެ މަސައްކަތް ކުރުމަށްޓަކައި މަޖިލީހުގެ ޖަލްސާއެއް އޮންނާނެ ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.

އަންގާރާ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ހިއުމަން ރައިޓްސް ކޮމިޝަނަށް އައްޔަނު ކުރަން ރައީސް މުއިއްޒު ފޮނުވި 3 ނަމެއް ވަނީ ދިރާސާ ކުރަން ކޮމިޓީއަށް ފޮނުވާފަ އެވެ. އެ ނަންތަކަކީ އަހްމަދު މަޤްސޫމް / ސީބްރީޒް، އައްޑޫ ހުޅުދޫ، އަމީރާ ނައީމް / ހ. ގުރުސް އަދި ފާތިމަތު ނަފްއަތު އަބްދުލްވައްހާބު / ދަފްތަރު ނަންބަރު ދރ 712 އެވެ.

ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ވަނީ، ރައީސް ފޮނުވި ނަންތައް އޮގަސްޓް މަހުގެ 26 ގެ ކުރިން ދިރާސާ ކުރުމަށްފަހު އިންޓަވިއު ކުރުމަށް ނިންމާފަ އެވެ. އަދި މިއަދުން ފެށިގެން ޝަކުވާ ހުށަހަޅަން 5 ދުވަހުގެ މުއްދަތެއް ދީފައި ވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މި ދައުރުގެ ގަވާއިދުގައި ވާގޮތުން، މި ނިމުނު ދައުރުގެ ފަހު ދުވަހެއް ކަމަށް ކަނޑައަޅާފައި އޮތީ މި ހިނގާ އޮގަސްޓް މަހުގެ 15 ވަނަ ދުވަހެވެ. ނަމަވެސް މުހިންމު މަސައްކަތްތަކެއް އޮތް ކަމަށް ބުނު މަޖިލީހުގެ ރިޔާސަތުން ވަނީ އަންނަ ބުރާސްފަތި ދުވަހާ ހަމަޔަށް ދައުރު ދިގުދަންމާފަ އެވެ. އެކަމަކު މިއަދު ވަނީ މަޖިލީހުގެ ދެވަނަ ދައުރުގެ ޖަލްސާތައް ނިންމާލާފައެވެ.

މި ނިމުނު ދައުރު ދަންމާލި މުއްދަތުގައި މާ ބޮޑު މަސައްކަތެއް ނުކުރި ކަމުގައި ވިޔަސް، އިއްޔެ ވަނީ އިންޝުއަރެންސް ބިލާއި, އެމްއެމްއޭގެ ކުންފުނި "ޕޭމަންޓް މޯލްޑިވްސް" އުފެއްދުމަށް ގައުމީ ޕޭމަންޓް ސިސްޓަމަށް ގެނައި އިސްލާހުގެ އިތުރުން، ހިއުމަން ރައިޓްސް ކޮމިޝަނަށް މެންބަރަކު އައްޔަންކުރަން ރުހުން ދީފައެވެ.

ރައްޔިތުންގެ މަޖިލިސް

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ
11 ޑިސެމްބަރު 2025

ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު

11 ޑިސެމްބަރު 2025
ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު
09 ޑިސެމްބަރު 2025

ސަރވިސް ޗާޖު ޑޮލަރުން ދިނުން ލާޒިމު ކުރަން ގާނޫނަށް އިސްލާހެއް

09 ޑިސެމްބަރު 2025
ސަރވިސް ޗާޖު ޑޮލަރުން ދިނުން ލާޒިމު ކުރަން ގާނޫނަށް އިސްލާހެއް
08 ޑިސެމްބަރު 2025

ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

08 ޑިސެމްބަރު 2025
ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް
06 ޑިސެމްބަރު 2025

ކުރީގެ ރައީސުންގެ އޮފީސް ޚަރަދު އުނިކޮށް، ނައިބު ރައީސުންނަށް 30،000 ރުފިޔާގެ އިނާޔަތް ދޭން ހުށަހެޅި ބިލު ތަސްދީގުކޮށްފި

06 ޑިސެމްބަރު 2025
ކުރީގެ ރައީސުންގެ އޮފީސް ޚަރަދު އުނިކޮށް، ނައިބު ރައީސުންނަށް 30،000 ރުފިޔާގެ އިނާޔަތް ދޭން ހުށަހެޅި ބިލު ތަސްދީގުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު