Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ފ. މަގޫދޫ

މަގޫދޫ ރައްޔިތުންގެ ހިތުގައި ރައީސް ޞާލިޙް އަށް އޮތީ ޚާއްސަ ޤަދަރެއް

މަގޫދޫ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ރައީސް ޞާލިޙު ހޯމަ ދުވަހުގެ މެންދުރު ފަހު މާލެ ވަޑައިގެންފައިވާއިރު، މަގޫދޫގެ ރައްޔިތުންގެ ފަރާތުން ފެނުނީ ރައީސް ޞާލިޙު އަށް އަދިވެސް އޮތް ލޯތްބެވެ. މަގޫދޫ ގައި ތަރައްޤީގެ އެތައް މަސައްކަތްތަކެއް ހިންގަވައި ދެއްވި، ރައީސް ޞާލިޙު އަށް އެ ރަށު ރައްޔިތުންގެ ހިތުގައި އޮތް އިޙުތިރާމާއި، ޤަދަރެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 18 އޯގަސްޓު 2025 | ހޯމަ 10:58
މަގޫދޫ އަށް ވަޑައިގެން އެ ރަށުގެ ބައެއް ރައްޔިތުންނާ ރައީސް ޞާލިޙު ސަލާމް ކުރައްވަނީ

މަގޫދޫ އަށް ވަޑައިގެން އެ ރަށުގެ ބައެއް ރައްޔިތުންނާ ރައީސް ޞާލިޙު ސަލާމް ކުރައްވަނީ

ފ.މަގޫދޫ ކައުންސިލްގެ ދައުވަތަކަށް ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު އާދީއްތަ ދުވަހު އެ ރަށަށް ވަޑައިގެންނެވުމުން، އެ ރަށު ރައްޔިތުން ވަނީ ރައީސް ޞާލިޙު އަށް ހޫނު މަރުޙަބާއެއް ދަންނަވައިފަ އެވެ.

އާދީއްތަ ދުވަހުގެ ހަވީރު ރައީސް ޞާލިޙު މަގޫދޫ އަށް ވަޑައިގެންނެވިއިރު، އެމަނިކުފާނަށް މަރުޙަބާ ދެންނެވުމަށް މަގޫދޫ ބަނދަރު މަތީގައި ދަމާލާފައި އޮތީ ދިގު ސަފެކެވެ. މިއީ ރައީސް ޞާލިޙުގެ ވެރިކަމަށް ފަހު، އެމަނިކުފާނު މަގޫދޫ އަށް ވަޑައިގެންނެވި ދެ ވަނަ ފަހަރެވެ.

ރައީސް ޞާލިޙު މަގޫދޫ އަށް ވަޑައިގެންނެވީ އެ ރަށު ކައުންސިލް އިން އިމާރާތް ކޮށްފައިވާ ދަތުރުވެރިންގެ މައިޒާންގެ އިތުރުން، ރަަސްމީ ފާލަން އަދި ލައިސަންސް ޓްރެކު ރަސްމީކޮށް ހުޅުވައި ދެއްވުމަށެވެ. އާދީއްތަ ދުވަހުގެ ރޭ އޮތް ޖަލްސާގައި އެމަނިކުފާނު ވަނީ އެ ތަންތަން ރަސްމީކޮށް ހުޅުވައި ދެއްވައިފަ އެވެ.

އެ ޖަލްސާގައި ވާހަކަ ދައްކަވަމުން މަގޫދޫ ކައުންސިލްގެ ރައީސް ޢަބްދުﷲ ވަޙީދު ވެސް ވަނީ، ރައީސް ޞާލިޙުގެ ފަސް އަހަރުގެ ތެރޭގައި މަގޫދޫ އަށް ގެނެސް ދެއްވާފައިވާ ތަރައްޤީ ފާހަގަ ކުރައްވައިފަ އެވެ. އެންމެ އިސްކަމެއް ދީގެން ކުރިއަށް ގެންދެވުނު މަގޫދޫ އެއާޕޯޓުގެ މަސައްކަތަކީ ރައީސް ޞާލިޙުގެ ފަސް އަހަރުގެ ތެރޭގައި މަގޫދޫ ރައްޔިތުންނަށް ލިބުނު އެންމެ ބޮޑު ކުރިއެރުމެވެ.

މިއަދު މަގޫދޫ ރައްޔިތުންގެ އުންމީދީ މަސައްކަތަކަށް ވެފައި އޮތް އެއާޕޯޓުގެ މަސައްކަތް މަޑު ޖެހިފައިވާއިރު، މަގޫދޫ ރައްޔިތުންގެ މޫނު މަތިން އެ މާޔޫސްކަން ފެނެ އެވެ. ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މަގޫދޫ އެއާޕޯޓުގެ މަސައްކަތް މަޑު ޖައްސާލަފައި އޮތް ނަމަވެސް، މަގޫދޫގެ ރައްޔިތުންގެ އުންމީދު އޮތީ އެއާޕޯޓާ ގުޅިފަ އެވެ.

މީގެ އިތުރުން އެ ޖަލްސާގައި ވާހަކަ ދައްކަވަމުން ބިލެތްދޫ ދާއިރާގެ ކުރީގެ މެމްބަރު އަޙުމަދު ޙަލީމް (ދޮންބިލެތް) ވެސް ވަނީ، މަގޫދޫގެ ތަރައްޤީ އަށް ރައީސް ޞާލިޙު ކޮށްދެއްވާފައިވާ މަސައްކަތްތައް ފާހަގަ ކުރައްވައިފަ އެވެ.

އެގޮތުން މަގޫދޫގައި ތަރައްޤީ ކުރަން ފަަށާފައިވާ އެއާޕޯޓުގެ ރަންވޭ ގެ ސައިޒު ވެސް ރައީސް ޞާލިޙުގެ ސަރުކާރުގައި 1800 އަށް ބޮޑު ކޮށްދީފައިވާ ކަމަށް ފާހަގަ ކުރެއްވި އެވެ. ނަމަވެސް، ރައީސް މުޢިއްޒުގެ މި ސަރުކާރުން އެއާޕޯޓު ރަންވޭގެ ސައިޒު 1200 އަށް ކުޑަ ކޮށްފައިވާތީ އިންތިހާ އަށް ކަންބޮޑުވުން އޮތް ކަމަށް ދޮންބިލެތް ވެސް ވިދާޅުވި އެވެ.

މީގެ އިތުރުން ވެސް މަގޫދޫ އަށް އެކި ދާއިރާ ތަކުން ރައީސް ޞާލިޙުގެ ފަސް އަހަރު ދުވަހުގެ ތެރޭގައި ކޮށްދެއްވާފައިވާ ކަންކަން ދޮންބިލެތް ފާހަގަ ކުރެއްވި އެވެ. ޚާއްސަކޮށް މަގޫދޫ އަށް އުމުރާނީ ގޮތުން ގިނަ ކުރިއެރުންތަކެއް އެ ފަސް އަހަރުގެ ތެރޭގައި ލިބުނު ކަމަށް ވިދާޅުވި އެވެ.

މަގޫދޫގެ ރައްޔިތުންގެ ޝުއޫރުތައް ވެސް ހުރީ އެފަދައިންނެވެ. ރައީސް ޞާލިޙު އެ ރަށަށް ވަޑައިގެންނެވުމުން، ސަލާމް ކުރެއްވުމަށް ސަފުގައި ތިއްބެވި ޒުވާނުންނާއި، ހަރު މީހުން އަދި އުމުރުން ދުވަސް ވީ މީހުން ވެސް ފާހަގަ ކުރަމުން ދިޔައީ އެ ކަންކަމެވެ.

އެގޮތުން ރައީސް ޞާލިޙުގެ ފަސް އަހަރުގެ ތެރޭގައި މަގޫދޫ އަށް ގެނެސްދެއްވި ތަރައްޤީ އާއި ކުރިއެރުމާ އެކު، އެ ރަށު ރައްޔިތުންނަށް އިންތިހާ އަށް އުފާވެރިކަން ލިބުނު ކަމަށް އެކި މީހުން ދިޔައީ ބުނަމުންނެވެ. ނަމަވެސް، ރައީސް މުޢިއްޒުގެ ސަރުކާރުން މަގޫދޫ ރައްޔިތުން މުޅިން މާޔޫސްކޮށްފައިވާ ކަމަށާއި، މަގޫދޫ ރައްޔިތުން ބޭނުން ވަނީ އެ ނޫން ގޮތެއް ކަމަށް ގިނަ ރައްޔިތުން ދިޔައީ ފާހަގަ ކުރަމުންނެވެ.

ދަތުރުފުޅު ނިންމަވާލެެއްވުމުގެ ކުރިން، ހޯމަ ދުވަހު ރައީސް ޞާލިޙު ވަނީ މަގޫދޫގެ އެމްޑީޕީ މެމްބަރުން އަދި ބައެއް ރައްޔިތުންނާ ވެސް ބައްދަލު ކުރައްވައިފަ އެވެ. އެ ބައްދަލުވުމުގައި ވެސް ރައްޔިތުންގެ ޝުއޫރު ހުރީ އެފަދައިންނެވެ.

އެގޮތުން އަދި ވެސް ރައީސް ޞާލިޙުގެ ޚިދުމަތާއި، އެމަނިކުފާނުގެ ތަރައްޤީ އަށް ރައްޔިތުން ބޭނުންވެފައި ތިބި ކަމުގެ އިހުސާސްތައް ވަނީ ފާޅު ކޮށްފަ އެވެ. ރައްޔިތުންގެ ޝުއޫރު އެންމެ ބޮޑަށް ހުރީ، އަނެއްކާ ވެސް ރައީސް ޞާލިޙު މަގޫދޫ އެއާޕޯޓުގެ މަސައްކަތް ނިންމަވައި ދެއްވައި، އެކަން ހަގީގަތަކަށް ހައްދަވައި ދެއްވުމަށެވެ.

އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް ޞާލިޙު ވެސް ވަނީ، ދެން ވެސް އުފެދެނީ އެމްޑީޕީގެ ސަރުކާރެއް ކަަމަށާއި، އެ ސަރުކާރުން މަގޫދޫ އެއާޕޯޓުގެ މަސައްކަތް އެއްކޮށް ނިންމައި، މުޅިން ފުރިހަމަ ކޮށްދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ. މީގެ އިތުރުން، ދެން ވެސް މަގޫދޫގެ ތަރައްޤީ އަށް ކުރަން ހުރި ކަންކަމަށް އެމްޑީޕީ އިން އިސްކަން ދޭނެ ކަމުގައި އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.

މަގޫދޫ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ރައީސް ޞާލިޙު ހޯމަ ދުވަހުގެ މެންދުރު ފަހު މާލެ ވަޑައިގެންފައިވާއިރު، މަގޫދޫގެ ރައްޔިތުންގެ ފަރާތުން ފެނުނީ ރައީސް ޞާލިޙު އަށް އަދިވެސް އޮތް ލޯތްބެވެ. މަގޫދޫ ގައި ތަރައްޤީގެ އެތައް މަސައްކަތްތަކެއް ހިންގަވައި ދެއްވި، ރައީސް ޞާލިޙު އަށް އެ ރަށު ރައްޔިތުންގެ ހިތުގައި އޮތް އިޙުތިރާމާއި، ޤަދަރެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

"އިސްކަން ދޭންވީ އިދާރީ ހިންގުން ހަރުދަނާކުރަން، އަދި ރައީސް ނަޝީދަށް ކެންޑިޑެސީ ހޯދައިދިނުމަށް"

"އިސްކަން ދޭންވީ އިދާރީ ހިންގުން ހަރުދަނާކުރަން، އަދި ރައީސް ނަޝީދަށް ކެންޑިޑެސީ ހޯދައިދިނުމަށް"

11 ފެބުރުއަރީ 2017
ރައީސް ނަޝީދުގެ ގޮންޖެއްސެވުން ރައީސް ޔާމީނަށް!

ރައީސް ނަޝީދުގެ ގޮންޖެއްސެވުން ރައީސް ޔާމީނަށް!

09 ފެބުރުއަރީ 2017
މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި

މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި

07 ފެބުރުއަރީ 2017
ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

01 ފެބުރުއަރީ 2017
ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

30 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

30 އެޕްރީލު
އެސްޓީއޯގެ އާމްދަނީ އާއި ފައިދާ ދަށަށް ހިނގައްޖެ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯގެ އާމްދަނީ އާއި ފައިދާ ދަށަށް ހިނގައްޖެ

އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ

ރަންތާޖު ޤުރުއާން މުބާރާތުގެ އެއްވަނަ ސާއީއަށް - ދަރިފުޅަށް ލިބުނު ކާމިޔާބުން މަންމަ ރޮއްވާލައިފި
20233 އަހަރު ކުރިން
ރިޕޯޓު

ރަންތާޖު ޤުރުއާން މުބާރާތުގެ އެއްވަނަ ސާއީއަށް - ދަރިފުޅަށް ލިބުނު ކާމިޔާބުން މަންމަ ރޮއްވާލައިފި

ޢީދު ދުވަހު މެންދުރަށް ހައިދަރުއާބާދީ ޗިކަން ބިރިޔާނީ ކިހިނެއް ވާނެ؟
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޢީދު ދުވަހު މެންދުރަށް ހައިދަރުއާބާދީ ޗިކަން ބިރިޔާނީ ކިހިނެއް ވާނެ؟

ވޯޓުލާނެ ބަޔަކު ނެތިގެން ވޯޓުލުން ނުފެށިފައި
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާނެ ބަޔަކު ނެތިގެން ވޯޓުލުން ނުފެށިފައި

އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި 6000 ރުފިޔާއަކީ އެކަށީގެންވާ އުޖޫރައެއް: މައުރޫފް
20197 އަހަރު ކުރިން
ރާއްޖެ

އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި 6000 ރުފިޔާއަކީ އެކަށީގެންވާ އުޖޫރައެއް: މައުރޫފް

މޭޑޭގެ ހަނދާނުން: ލަބާން އަކީ މިހާރު މާފުށީ ޖަލުގެ މުދިމު!
20188 އަހަރު ކުރިން
ރިޕޯޓު

މޭޑޭގެ ހަނދާނުން: ލަބާން އަކީ މިހާރު މާފުށީ ޖަލުގެ މުދިމު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު