Advertisement
ކ. މާލެ
|
17 އޯގަސްޓް 2025 | އާދީއްތަ 22:34
މުހައްމަދު އަތީފް ރައީސް މުއިއްޒު އާ އެކު
މުހައްމަދު އަތީފް ރައީސް މުއިއްޒު އާ އެކު
ސޯޝަލް މީޑިއާ
ތުޅާދޫ
ތުޅާދޫ ސިއްހީ މަރުކަޒުގެ ޕޮލިޓިކަލް ހެޑް އަތީފް މަރުކަޒުން ވަކިކޮށް ޓޫރިޒަމް މިނިސްޓްރީ އަށް ބަދަލު ކޮށްފި
އަތީފް ބަދަލު ކުރީ ޓޫރިޒަމް މިނިސްޓްރީގެ ހަމަ އެ މަގާމަށް
އަތީފް ބަދަލު ކުރީ ޕީއެންސީ ތުޅާދޫ ހިންގާ ކޮމިޓީގެ މެމްބަރުން ރައީސް މުއިއްޒަށް ޝަކުވާ ހުށަހަޅައިގެން ކަމަށްވޭ
ސިއްހީ މަރުކަޒުގެ ހިންގުން ދޯދިޔާވެފައިވާ ކަމަށް ރަށުން މައުލޫމާތު ދިން ފަރާތަކުން ބުނެފައިވޭ

ބ. ތުޅާދޫ ސިއްހީ މަރުކަޒުގެ ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރ މަގާމުގައި ހުރި މުހައްމަދު އަތީފް އެ މަގާމުން ވަކިކޮށް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީ އަށް ބަދަލު ކޮށްފިއެވެ.

އަތީފް ބަދަލު ކުރީ ވެސް ޓޫރިޒަމް މިނިސްޓްރީގެ ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރުގެ މަގާމަށެވެ.

އާދިއްދަ ދުވަހު މަގާމު ބަދަލު ކޮށް އަތީފް އަށް ރައީސް އޮފީހުން ފޮނުވި ސިޓީ ގައި ވަނީ ތުޅާދޫ ސިއްޙީ މަރުކަޒަށް އޭނާ ކޮށްދެވި ޚިދުމަތްތަކަށް ރައީސުލް ޖުމްހޫރިއްޔާ އިޚްލާސްތެރި ކަމާ އެކު ޝުކުރު އަދާ ކުރައްވާ ކަމަށެވެ.

ތުޅާދޫން ވާހަކަ ދެއްކި ފަރާތަކުން ބުނީ އަތީފް ސިއްހީ މަރުކަޒުން ބަދަލު ކުރީ މި ފަހުން ރައީސް މުއިއްޒު ތުޅާދޫ އަށް ކުރެއްވި ދަތުރުފުޅުގެ ތެރޭގައި ޕީއެންސީ ތުޅާދޫ ހިންގާ ކޮމިޓީގެ މެމްބަރުން ތަކެއް ރައީސް މުއިއްޒު އަށް ދަންނަވައިގެން އެމީހުންގެ އިތުބާރު އަތީފް ގެ މައްޗަށް ނެތް ކަމަށް ދަންނަވައިގެން ކަމަށެވެ. އެމީހުންގެ އިތުބާރު ނެތީ ސިއްޙީ މަރުކަޒުގެ ކަންކަން ގޯހުން ގޯހަށް ގޮސް ހިންގުން ދޯދިޔާ ވުމުގެ ޝަކުވާ ތައް ރަށުމީހުން ކުރާތީ ކަމަށް ވެސް މައުލޫމާތު ދިން ފަރާތުން ބުނެފައިވެއެވެ.

ރައީސް އޮފީހުން އަތީފް އަށް ފޮނުވި ސިޓީ ގައި ވަޒީފާ ބަދަލު ކުރި ސަބަބެއް ބަޔާން ކޮށްފައެއް ނުވެއެވެ.

- ކޮމެންޓް