Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުޔޭޔޭ ސްކޭން އެންޑް ވިން ޕްރޮމޯޝަން

ޔޭޔޭ ސްކޭން އެންޑް ވިން ޕްރޮމޯޝަންގެ ނަސީބުވެރިންނާއި އިނާމް ހަވާލްކޮށްފި

މިދިޔަ ޖުލައި 1ން ފެށިގެން ނިމިދިޔަ އޮކްޓޯބަރު 31 ގެ ނިޔަލަށް ކުރިއަށް ގެންގޮސްފައިވާ މި ޕްރޮމޯޝަންގައި ބައިވެރިވުމުގެ ފުރުސަތު، ބޮޑު ކޮފީ ޕެކެޓު ގަންނަ ކޮންމެ ފަރާތަކަށް ވަނީ ހުޅުވާލާފައެވެ.

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 7 ޑިސެމްބަރު 2024 | ހޮނިހިރު 15:02
ޔޭޔޭ ސްކޭން އެންޑް ވިން ޕްރޮމޯޝަންގެ ނަސީބުވެރިންނާއި އިނާމް ހަވާލްކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

ޔޭޔޭ ސްކޭން އެންޑް ވިން ޕްރޮމޯޝަންގެ ނަސީބުވެރިންނާއި އިނާމް ހަވާލްކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

ދިވެހިންގެ މެދުގައި މަގުބޫލު ޔޭޔޭ ކޮފީގެ ބޮޑު ޕްރޮމޯޝަނެއްކަމަށްވާ ޔޭޔޭ ސްކޭން އެންޑް ވިން ޕްރޮމޯޝަންގެ ނަސީބުވެރިންނާއި އިނާމް ހަވާލްކޮށްފިއެވެ.

ބީއެޗްއެމް ޓްރޭޑާސްއިން ކުރިއަށް ގެންދިޔަ މި ޕްރޮމޯޝަންގެ ނަސީބުވެރިންނާއި އިނާމް ހަވާލުކޮށްފައި ވަނީ މިދިޔަ ހޯމަ ދުވަހުއެވެ. އެކަމަށްޓަކާ ބީއެޗްއެމްގައި ކުރިއަށްދިޔަ ރަސްމިއްޔާތުގައި މި ޕްރޮމޯޝަންގެ ދަށުން އުމުރާ ދަތުރު ލިބުނު ނަސީބުވެރިންނާއި ވަނީ އިނާމް ހަވާލުކޮށްފައެވެ. އެ ފަރާތްތަކާއި އިނާމް ހަވާލުކޮށްދެއްވީ އެކްސްޕޯޓް މެނެޖަރ މިސް ބެރިލްއެވެ. އެ އިނާމް ފަސް މީހަކަށް ލިބުނު އިރު އިނާމާއި ހަވާލުވުމަށް ވަޑައިގަތީ 3 ބޭފުޅުންނެވެ. ޕްރޮމޯޝަންގެ ދަށުން އުމުރާ ދަތުރު ލިބުނު ފަރާތްތަކުގެ ތެރެއިން އިނާމާއި ހަވާލުވެވަޑައިގަންނަވަން ވަޑައިގެންނެވި ބޭފުޅުންނަކީ މަރިޔަމް ރުމައިޒާ، އަސްމާ އަހުމަދު، މުހައްމަދު ޝާހުއެވެ.

މީގެ އިތުރުން 10،000ރ. ގެ ފައިސާ އިނާމު ލިބުނު ފަސް ނަސީބުވެރިންނާއި ވެސް ވަނީ އިނާމް ހަވާލުކޮށްފައެވެ. އެ ފަރާތްތަކާއި އިނާމް ހަވާލުކޮށްފައި ވަނީ އެކްސްޕޯޓް ސްޕެޝަލިސްޓް މިސް ޔީކިޔާންއެވެ. އެ އިނާމް ލިބިފައި ވަނީއާދަމް މޫސާ، މަރިޔަމް ޝާލިޔާ، ފާތިމަތު އަމާނަތު، ފާތިމަތު މުހައްމަދު، އައިޝަތު ވިޒްނާއެވެ.

ހަމައެހެންމެ 5،000ރ. ގެ ފައިސާގެ އިނާމު ލިބުނު 10 ނަސީީބުވެރިންނާވެސް ވަނީ އިނާމް ހަވާލުކޮށްފައެވެ. އޭގެ ތެރެއިން 6 ބޭފުޅަކަށް ވަނީ އިނާމް ދޫކޮށްފައެވެ. އެއީ އިނާމާއި ހަވާލުވާން ވަޑައިގެންނެވުނު ބޭފުޅުންނެވެ. އެ ބޭފުޅުންނާއި އިނާމް ހަވާލުކޮށްދެއްވީ ބީއެޗްއެމްގެ ބިޒްނަސް ޑިވެލޮޕްމެންޓް މެނޭޖަރ އިބްރާހިމް މައިމޫނެވެ. އެ އިނާމް ލިބުނު ބޭފުޅުންގެ ތެރޭގައި އަސްލަމް އަބޫބަކުރު، ޢަނިއްޔާ އަބްދުލްޤަފޫރު، ފާތިމަތު އީނާސް އަބްދުއްލަތީފް، އަބްދުލްމަޖީދު އަލީ، ހަލީމަތު ނަސީރާ އަދި ފާތުމަތު އަބްދުﷲއެވެ.

މިދިޔަ ޖުލައި 1ން ފެށިގެން ނިމިދިޔަ އޮކްޓޯބަރު 31 ގެ ނިޔަލަށް ކުރިއަށް ގެންގޮސްފައިވާ މި ޕްރޮމޯޝަންގައި ބައިވެރިވުމުގެ ފުރުސަތު، ބޮޑު ކޮފީ ޕެކެޓު ގަންނަ ކޮންމެ ފަރާތަކަށް ވަނީ ހުޅުވާލާފައެވެ.

މިޕްރޮމޯޝަންގެ ދަށުން އެ ޕްރޮމޯޝަންގެ މުއްދަތުގައި ކޮންމެ ދުވަހަކު ވެސް ހޮވާލެވޭ ތިން މީހަކަށް ޕްރިމިއަމް ކޮފީ މިކްސް ބޮޑު ޕެކެެޓެއް ވަނީ ހަދިޔާކޮށްފައެވެ. ފުޅާދާއިރާއެއްގައި ރާއްޖޭގައި ހޯލްސޭލް އަދި ރީޓެއިލް ޚިދުމަތްދެމުން އަންނަ ބީއެޗްއެމްއަކީ ދިވެހިންގެ މެދުގައި އިތުބާރު ހޯދާފައިވާ ކުންފުންޏެކެވެ.

ބީއެޗްއެމް ޓްރޭޑާާސް

އިތުރަށް ކިޔާލަން

23 އޮކްޓޯބަރު 2025

ޔޭޔޭ ސްކޭން އެންޑް ވިން ޕްރޮމޯޝަންގެ ނަސީބުވެރިންނާއި އިނާމް ހަވާލްކޮށްފި

23 އޮކްޓޯބަރު 2025
ޔޭޔޭ ސްކޭން އެންޑް ވިން ޕްރޮމޯޝަންގެ ނަސީބުވެރިންނާއި އިނާމް ހަވާލްކޮށްފި
09 ޖުލައި 2017

ސިޓްރޯން"ރޯދަ ވެދުން"ގެ ޕްރޮމޯޝަންގެ ގުރުއަތުލުން ބާއްވައިފި

09 ޖުލައި 2017
ސިޓްރޯން"ރޯދަ ވެދުން"ގެ ޕްރޮމޯޝަންގެ ގުރުއަތުލުން ބާއްވައިފި
25 ޖޫން 2017

ޕްރޮމޯޝަންގެ ނަމުގައި އޮޅުވާލައިގެން ބޭންކު އެކައުންޓުގެ މަޢުލޫމާތާއި ފައިސާ ހޯދާ މައްސަލަ ފެންމަތިވެއްޖެ!

25 ޖޫން 2017
ޕްރޮމޯޝަންގެ ނަމުގައި އޮޅުވާލައިގެން ބޭންކު އެކައުންޓުގެ މަޢުލޫމާތާއި ފައިސާ ހޯދާ މައްސަލަ ފެންމަތިވެއްޖެ!
11 ޖޫން 2017

އިންޓަރނޭޝަލް ބޯޓް އެންޑް ޑައިވް ޝޯވްގައި 50 ވުރެ ގިނަ މީޑިއާ އަދި ޑައިވް އޮޕަރޭޓަރުން!

11 ޖޫން 2017
އިންޓަރނޭޝަލް ބޯޓް އެންޑް ޑައިވް ޝޯވްގައި 50 ވުރެ ގިނަ މީޑިއާ އަދި ޑައިވް އޮޕަރޭޓަރުން!
29 މެއި 2017

އިންޓަރނޭޝަލް ބޯޓް އެންޑް ޑައިވް ޝޯވް އަންނަ އަހަރު ރާއްޖޭގައި

29 މެއި 2017
އިންޓަރނޭޝަލް ބޯޓް އެންޑް ޑައިވް ޝޯވް އަންނަ އަހަރު ރާއްޖޭގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު