Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފ.މަގޫދޫ

އެމްޑީޕީ ގެ ސަބަބުން ކައުންސިލް ތަކަށް ބޮޑެތި ބާރުތަކެއް ލިބިގެން ދިޔަ: މަގޫދޫ ކައުންސިލްގެ ރައީސް

މަގޫދޫ އަށް މިހާތަނަށް އައިސްފައިވާ ތަރަައްޤީގެ އެންމެ ބޮޑު އެއް ހިއްސާދާރަކީ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ކަމަަށް ވަހީދު ވިދާޅުވި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 17 އޯގަސްޓު 2025 | އާދީއްތަ 18:28
ފ.މަގޫދޫގައި އޮތް ޖަލްސާގައި މަގޫދޫ ކައުންސިލްގެ ރައީސް ޢަބްދުﷲ ވަޙީދު ވާހަކަފުޅު ދައްކަވަނީ

ފ.މަގޫދޫގައި އޮތް ޖަލްސާގައި މަގޫދޫ ކައުންސިލްގެ ރައީސް ޢަބްދުﷲ ވަޙީދު ވާހަކަފުޅު ދައްކަވަނީ

ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ވެރިކަމުގައި ލާމަރުކަޒީ ޤާނޫނަށް ގެނައި އިސްލާޙު ތަކުގެ ސަބަބުން، ކައުންސިލް ތަކަށް ބޮޑެތި ބޭރުތަކެއް ލިބިގެން ދިޔަ ކަމަށް ފ.މަގޫދޫ ކައުންސިލްގެ ރައީސް ޢަބްދުﷲ ވަޙީދު ވިދާޅުވެއްޖެ އެވެ.

ވަޙީދު މިހެން ވިދާޅުވީ މަގޫދޫ ކައުންސިލް އިން އެ ރަށުގައި ތަރައްޤީ ކޮށްފައިވާ ދަތުރުވެރިންގެ މާލަމާއި، ރަސްމީ ފާލަން އަދި ލައިސަންސް ޓްރެކް ރަސްމީކޮށް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

Advertisement - newsAdvertisement

އާދީއްތަ ދުވަހުގެ ރޭ މަގޫދޫ ބަނދަރުގައި އޮތް ޖަލްސާގައި ވާހަކަ ދައްކަވަމުން ވަޙީދު ވިދާޅުވީ، އެމްޑީޕީގެ ސަރުކާރުން އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް ގެނައި މުހިންމު ބަދަލު ތަކުގެ ސަބަބުން ކައުންސިލް ތަަކަށް ނުހަނު ފައިދާ ވެގެން ދިޔަ ކަމަށެވެ.

ޚާއްސަކޮށް މަގޫދޫ ކައުންސިލް އަށް ބޮޑެތި ފައިދާތަކެއް ވެގެން ދިޔަ ކަމަށާއި، ރައްޔިތުންނަށް ބޭނުންވާ ކަންކަން ކޮށްދިނުމުގައި ކައުންސިލަށް ބޮޑެތި ލުއި ފަސޭހަ ތަކެއް ލިބިިގެން ދިޔަ ކަމުގައި ވަޙީދު ވިދާޅުވި އެވެ.

އެގޮތުން ކައުންސިލްގެ އިޙުތިސާސްގެ ތެރޭގައި ހިމެނިފައިވާ ބިންތަކުން ކައުންސިލަށް ބޮޑު ފައިދާއެއް ވެގެން ދާ ކަމަށް ވަޙީދު ފާހަގަ ކުރެއްވި އެވެ. ވަޙީދު ވިދާޅުވީ ލާމަރުކަޒީ ނިޒާމުގެ ދަށުުން ލިބުނު ބާރުވެރިކަމާ އެކު، ކައުންސިލްގެ އާމްދަނީ ވެސް އިންތިހާ އަށް އިތުރުވެފައިވާ ކަމުގައި ވަޙީދު ވިދާޅުވި އެވެ.

މި ހިނގާ ކައުންސިލްގެ ދައުރުގައި މަގޫދޫ ކައުންސިލް އިން ދުއިސައްތަ މިލިއަން ރުފިޔާ އަށް ވުރެ ބޮޑު ބަޖެޓަށް ފާސް ކުރެވިފައިވާ ކަމަށާއި، އެކަމުގެ ސަބަބުން މަގޫދޫގެ ތަރައްޤީ އަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށް ވަޙީދު ވިދާޅުވި އެވެ. އެގޮތުން މަގޫދޫގެ ތައުލީމީ ދާއިރާ އާއި، އުމްރާނީ ދާއިރާ އަދި ޞިއްޙީ ދާއިރާ އަށް ކައުންސިލުން ގިނަ ކަންތައްތަކެއް ކޮށްދީފައިވާ ކަމަށް ވަޙީދު ވަނީ ވިދާޅުވެފަ އެވެ.

މީގެ އިތުރުން ވަޙީދު ވިދާޅުވީ ކައުންސިލްތަކަށް ލިބިފައި އޮތް ބާރުގެ ދަށުން މަގޫދޫގެ ތަރައްޤީ އަށް ގިނަ މަސައްކަތްތަކެއް މިހާތަނަށް ކުރެވިފައިވާ ކަމަށެވެ. މިއަދު މަގޫދޫގެ މަލަމަތިން އަދި އެކި ސަރަހައްދު ތަކުން ފެންނަން ހުރި ތަރައްޤީ އަކީ، ލާމަރުކަޒީ ޤާނޫނުގެ ދަށުން ކައުންސިލަށް ލިބުނު ބާރުވެރި ކަމުގެ ނަތީޖާ ކަމަށް ވަޙީދު ވިދާޅުވި އެވެ.

އިތުރަށް ވާހަކަ ދައްކަވަމުން ވަޙީދު ވިދާޅުވެފައި ވަނީ، މިވަގުތު ވެސް މަގޫދޫގެ ފަޅުގައި އިންޓަގްރޭޓެޑް ޓޫރިޒަމް އަށް ތަރައްޤީ ކުރުމަށް ބޭނުންވާ އެއްބަސްވުމުގައި މިހާރު ސޮއި ކުރެވިފައިވާ ކަމަށާއި، އެކަމުން ވެސް ކައުންސިލްގެ އާމްދަނީ އަށް ބޮޑު ބާރުވެރި ކަމެއް ލިބިފައިވާ ކަމަށް ވަޙީދު ވަނީ ވިދާޅުވެފަ އެވެ.

އެ ޖަލްސާގައި ވާހަކަ ދައްކަވަމުން ވަޙީދު ވަނީ މަގޫދޫ އަށް މިހާތަނަށް އައިސްފައިވާ ތަރަައްޤީގެ އެންމެ ބޮޑު އެއް ހިއްސާދާރަކީ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ކަމަަށް ވިދާޅުވެފަ އެވެ. އެކަމަށްޓަކައި ވަޙީދު ވަނީ ރައީސް ޞާލިޙު އަށް ޝުކުރު އަދާ ކުރައްވައިފަ އެވެ.

ރައީސް ޞާލިޙުގެ ސަރުކާރުން މަގޫދޫގައި ތަރަައްޤީ ކުރަން ފަށާފައިވާ އެއާޕޯޓުގެ މަސައްކަތް މިވަގުތު މަޑު ޖެހިފައި ވީ ނަަމަވެސް، ވަޙީދު ވިދާޅުވެފައި ވަނީ މަގޫދޫގެ ރައްޔިތުންގެ އެކުވެރިކަމާއި، އެއްބައިވަންތަކަމާ އެކު އެ އެއާޕޯޓުގެ މަސައްކަތް ވެސް ނިމޭނެ ކަމަށާއި، އަދި އެ އެއާޕޯޓުގެ ބޭނުން ކުރުމުގެ ފުރުސަތު މަގޫދޫ އަދި ފ.އަތޮޅުގެ ރައްޔިތުންނަށް ލިބިގެން ދާނެ ކަމުގައި ވަޙީދު ވަނީ ވިދާޅުވެފަ އެވެ.

އެ ޖަލްސާގައި މަގޫދޫ ކައުންސިލްގެ ރައީސް ވަޙީދު މި ފަދައިން ވާހަކަ ދައްކަވާފައިވާއިރު، މި ސަރުކާރުން ގެންދަނީ ލާމަރުކަޒީ ނިޒާމަށް ބަދަލުތަކެއް ގެެނެސް، ކައުންސިލްތަކަށް ލިބިފައިވާ ބާރުތައް ވަރަށް ބޮޑަށް ހަނި ކުރަމުންނެވެ. އެކަމާ ދެކޮޅަށް ގިނަ ކައުންސިލްތަކަކުން ވަނީ ބަޔާންތައް ވެސް ނެރެފަ އެވެ. އެކަމާ ދެކޮޅަށް ބަޔާން ނެރުނު ކައުންސިލް ތަކުގެ ތެރޭގައި މަގޫދޫ ކައުންސިލް ވެސް ހިމެނެ އެވެ.

އިތުރަށް ކިޔާލަން

12 ޖެނުއަރީ 2017

ހަސަން ލަތީފް ނ. އަތޮޅުގެ ރަށްތަކަށް ވަޑައިގަންނަވައިފި

12 ޖެނުއަރީ 2017
ހަސަން ލަތީފް ނ. އަތޮޅުގެ ރަށްތަކަށް ވަޑައިގަންނަވައިފި
12 ޖެނުއަރީ 2017

ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް

12 ޖެނުއަރީ 2017
ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް
11 ޖެނުއަރީ 2017

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ
10 ޖެނުއަރީ 2017

ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި

10 ޖެނުއަރީ 2017
ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި
10 ޖެނުއަރީ 2017

އަދާލަތު ޕާޓީން ލޯކަލް ކައުންސިލް އިންތިޚާބު ބޮއިކޮޓްކޮށްފި

10 ޖެނުއަރީ 2017
އަދާލަތު ޕާޓީން ލޯކަލް ކައުންސިލް އިންތިޚާބު ބޮއިކޮޓްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު