Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފ. މަގޫދޫ

މަގޫދޫގެ ދަތުވެރިންގެ ހިޔާ، ރަސްމީ ފާލަން އަދި ލައިސަންްސް ޓްރެކް ރައީސް ޞާލިޙު ހުޅުވައި ދެއްވައިފި

މަގޫދޫ ކައުންސިލް އިން ވަނީ ދަތުރުވެރިންގެ ހިޔާ ތަރައްޤީ ކުރުމަށް ހަ ލައްކާ ފަންސާސް ހާހަށް ވުރެ ގިނަ ރުފިޔާ ޚަރަދު ކޮށްފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 17 އޯގަސްޓު 2025 | އާދީއްތަ 16:46
މަގޫދޫ ކައުންސިލް އިން ތަރައްޤީ ކޮށްފައިވާ ދަތުރުވެރިންގެ ހިޔާ ރައީސް ޞާލިޙު، އަދި ބިލެތްދޫ ދާއިރާގެ ކުރީގެ މެމްބަރު އަޙުމަދު ޙަލީމް ހުޅުވައި ދެއްވަނީ

މަގޫދޫ ކައުންސިލް އިން ތަރައްޤީ ކޮށްފައިވާ ދަތުރުވެރިންގެ ހިޔާ ރައީސް ޞާލިޙު، އަދި ބިލެތްދޫ ދާއިރާގެ ކުރީގެ މެމްބަރު އަޙުމަދު ޙަލީމް ހުޅުވައި ދެއްވަނީ

ފ.މަގޫދޫ ބަނދަރު މަތީގައި އެ ރަށު ކައުންސިލް އިން ތަރައްޤީ ކޮށްފައިވާ ދަތުރުވެރިންގެ ހިޔާ، ރަސްމީ ފާލަން އަދި ލައިސަންސް ޓްރެކް، ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ރަސްމީކޮށް ހުޅުވައި ދެއްވައިފި އެވެ.

މަގޫދޫ ކައުންސިލް އިން ތަރައްޤީ ކޮށްފައިވާ މި ތަންތަން ރައީސް ޞާލިޙު ހުޅުވައި ދެއްވީ އާދީއްތަ ދުވަހުގެ ރޭ އެކަމަށްޓަކައި އޮތް ޚާއްސަ ރަސްމިއްޔާތެއް ގައެވެ. މި ރަސްމިއްޔާތުގައި ރައީސް ޞާލިޙުގެ އިތުރުން، ބިލެތްދޫ ދާއިރާގެ ކުރީގެ މެމްބަރު އަޙުމަދު ޙަލީމް (ދޮންބިލެތް)، ކުރީގެ އެންވަޔަރަމަންޓް މިނިސްޓަރު އާމިނަތު ޝައުނާ އަދި އަލިފުށީ ދާއިރާގެ ކުރީގެ މެމްބަރު މުޙައްމަދު ރަޝީދު ޙުސެއިން (ބިގޭ) ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.

Advertisement - newsAdvertisement

ރަސްމިއްޔާތުގައި މަގޫދޫ ކައުންސިލް އިން ވަނީ "ވާރު ހަނދާނީ ފިލާ"، މަގޫދޫ ކައުންސިލް އަށް ޚިދުމަތް ކޮށްދީފައިވާ އެކި އެކި ފަރާތްތަކަށް އަރުވައިފަ އެވެ. މީގެ އިތުރުން ހިނގަމުން މިދާ ކައުންސިިލް ދައުރުގެ ފާއިތުވި ހަތަރު އަހަރުގެ އުސް އަލިތައް ހިމެނޭ ވީޑިއޯ ރިޕޯޓު ވެސް ވަނީ ދައްކައިފަ އެވެ.

މަގޫދޫ ކައުންސިލް އިން ތަރައްޤީ ކޮށްފައިވާ މި ތަންތަނަކީ އެ ކައުންސިލްގެ ބަޖެޓުން ޚަރަދު ކޮށްގެން ތަރައްޤީ ކޮށްފައިވާ ތަންތަނެވެ. އެގޮތުން މަގޫދޫ ކައުންސިލް އިން ވަނީ ދަތުރުވެރިންގެ ހިޔާ ތަރައްޤީ ކުރުމަށް ހަ ލައްކާ ފަންސާސް ހާހަށް ވުރެ ގިނަ ރުފިޔާ ޚަރަދު ކޮށްފަ އެވެ.

މީގެ އިތުރުން ރަސްމީ ފާލަން އަދި ވޯކް ވޭ ތަރައްޤީ ކުރުމަށް ވަނީ އެއް ލައްކާ ފަންސާސް ހާސް ރުފިޔާ އަށް ވުރެ ގިނައިން ޚަރަދު ކޮށްފަ އެވެ. އަދި ލައިސަންސް ޓްރެކް ތަރައްޤީ ކުރުމަށް ވަނީ އެއް ލައްކަ ނުވަދިހަ ހާހަށް ވުރެ ގިނަ ރުފިޔާ ޚަރަދު ކޮށްފަ އެވެ.

މީގެ އިތުރުން ވެސް މިވަގުތު ވެސް މަގޫދޫ ކައުންސިލް އިން އަންނަނީ އެ ރަށުގެ ތަރައްޤީ އަށް ބޭނުންވާ ގިނަ މަސައްކަތްތަކެއް ކުރިއަށް ގެންދަމުންނެވެ. އެގޮތުން މަގޫދޫ ސްކޫލުގައި ލައިބްރަރީއެއް ޤާއިމު ކުރުމުގެ މަސައްކަތުގެ އިތުރުން، ކޮމްޕިއުޓަރު ލެބެއް ޤާއިމު ކުރުމާއި، ސްކޫލަށް ބޭނުންވާ ބައެއް އެހެން ކަންކަން ވެސް އެ ކައުންސިލް އިން އަންނަނީ ކުރިއަށް ގެންދަމުންނެވެ.

މަގޫދޫ ކައުންސިލް އިން ތަރައްޤީ ކޮށްފައިވާ ބައެއް މުހިންމު ތަންތަން ރައީސް ޞާލިޙު ރަސްމީކޮށް ހުޅުވައި ދެއްވާފައިވާއިރު، އެމަނިކުފާނުގެ ވެރި ކަމުގައި ވެސް ވަނީ މަގޫދޫގައި ތަރައްޤީގެ ގިނަ މަޝްރޫއުތަކެއް ކުރިއަށް ގެންދަވައިފަ އެވެ.

އެގޮތުން މަގޫދޫގެ ފެނާއި ނަރުދަމާގެ މަސައްކަތް ނިންމާފަައިވާއިރު، އެ ރަށުގައި ވަނީ އައުޓްޑޯ ވޮލީ ކޯޓަކާއި، ކުޑަ ކުދިންގެ ޕާކެެއް ވެސް ތަރައްޤީ ކޮށްފަ އެވެ. ރައީސް ޞާލިޙުގެ ވެރި ކަމުގައި މަގޫދޫގައި ކުރިއަށް ގެންދިޔަ އެންމެ ބޮޑު މަޝްރޫއަކީ މަގޫދޫގައި ތަރައްޤީ ކުރަން ފަށާފައިވާ އެއާޕޯޓުގެ މަސައްކަތެވެ.

މަގޫދޫ އެއާޕޯޓުގެ މަސައްކަތުގެ ބޮޑު އިންސައްތައެއް ރައީސް ޞާލިޙުގެ ވެރި ކަމުގެ ދައުރުގެ ތެރޭގައި ވަނީ ނިންމައިފަ އެވެ. ނަމަވެސް 2023 ވަނަ އަހަރު ރައީސް ޞާލިޙުގެ ވެރިކަން ބަދަލުވެ، ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒުގެ ވެރިކަން ފެށުމާ އެކު އެއާޕޯޓުގެ މަސައްކަތް ވަނީ މަޑު ޖެހިފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭން އެމްޔޫއޯއިން ރަސްމީކޮށް ފަށައިފި

ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭން އެމްޔޫއޯއިން ރަސްމީކޮށް ފަށައިފި

09 މާރިޗު 2017
އެމްޔޫއޯއިން ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ކެމްޕެއިން ރަސްމީކޮށް  މާޗް 9 ގައި ފަށަނީ

އެމްޔޫއޯއިން ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ކެމްޕެއިން ރަސްމީކޮށް މާޗް 9 ގައި ފަށަނީ

27 ފެބުރުއަރީ 2017
އިންޑިއާގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެކްސްޓަރނަލް އެފެއާޒް ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންފި

އިންޑިއާގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެކްސްޓަރނަލް އެފެއާޒް ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންފި

21 ފެބުރުއަރީ 2017
ޙައްގުތަށް ހޯދަން ހިޔާރުކުރާ މަގާމެދު ވިސްނާލަންޖެހޭ: ރައީސް ޔާމީން

ޙައްގުތަށް ހޯދަން ހިޔާރުކުރާ މަގާމެދު ވިސްނާލަންޖެހޭ: ރައީސް ޔާމީން

16 ފެބުރުއަރީ 2017
ރަސްމީ ދަތުރުފުޅެއްގައި ޖެނެރަލް ޝިޔާމް ޔޫއޭއީއަށް ވަޑައިގެންފި

ރަސްމީ ދަތުރުފުޅެއްގައި ޖެނެރަލް ޝިޔާމް ޔޫއޭއީއަށް ވަޑައިގެންފި

16 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

30 އެޕްރީލު
އެސްޓީއޯގެ އާމްދަނީ އާއި ފައިދާ ދަށަށް ހިނގައްޖެ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯގެ އާމްދަނީ އާއި ފައިދާ ދަށަށް ހިނގައްޖެ

އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ

ރަންތާޖު ޤުރުއާން މުބާރާތުގެ އެއްވަނަ ސާއީއަށް - ދަރިފުޅަށް ލިބުނު ކާމިޔާބުން މަންމަ ރޮއްވާލައިފި
20233 އަހަރު ކުރިން
ރިޕޯޓު

ރަންތާޖު ޤުރުއާން މުބާރާތުގެ އެއްވަނަ ސާއީއަށް - ދަރިފުޅަށް ލިބުނު ކާމިޔާބުން މަންމަ ރޮއްވާލައިފި

ޢީދު ދުވަހު މެންދުރަށް ހައިދަރުއާބާދީ ޗިކަން ބިރިޔާނީ ކިހިނެއް ވާނެ؟
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޢީދު ދުވަހު މެންދުރަށް ހައިދަރުއާބާދީ ޗިކަން ބިރިޔާނީ ކިހިނެއް ވާނެ؟

ވޯޓުލާނެ ބަޔަކު ނެތިގެން ވޯޓުލުން ނުފެށިފައި
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާނެ ބަޔަކު ނެތިގެން ވޯޓުލުން ނުފެށިފައި

އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި 6000 ރުފިޔާއަކީ އެކަށީގެންވާ އުޖޫރައެއް: މައުރޫފް
20197 އަހަރު ކުރިން
ރާއްޖެ

އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި 6000 ރުފިޔާއަކީ އެކަށީގެންވާ އުޖޫރައެއް: މައުރޫފް

މޭޑޭގެ ހަނދާނުން: ލަބާން އަކީ މިހާރު މާފުށީ ޖަލުގެ މުދިމު!
20188 އަހަރު ކުރިން
ރިޕޯޓު

މޭޑޭގެ ހަނދާނުން: ލަބާން އަކީ މިހާރު މާފުށީ ޖަލުގެ މުދިމު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު