Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެގެސްޓްހައުސް ވިޔަފާރި

ވެމްކޯ އިން ގެސްޓްހައުސް ވިޔަފާރި ކުރަން ތުލުސްދޫ ކައުންސިލް އާ އެކު މަޝްވަރާ ކޮށްފި

16 އޯގަސްޓު 2025 | ހޮނިހިރު 11:36

ގެސްޓްހައުސް ވިޔަފާރިއަށް ސަރުކާރުގެ ހިއްސާ އޮންނަ ކުންފުނިތައް ވަނުމަށް މަސައްކަތް ކުރާތީ ގިނަ ވިޔަފާރިވެރިންނާއި އާންމުން ކަންބޮޑުވުން ވަނީ ފާޅުކޮށްފައި

އަމްނާ އިމާދު
އަމްނާ އިމާދު | 16 އޯގަސްޓު 2025 | ހޮނިހިރު 11:36
ކ.ތުލުސްދޫ

ކ.ތުލުސްދޫ

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ)އިން ގެސްޓް ހައުސް ވިޔަފާރިއަށް ވަނުމަށް ނިންމައި، ކައުންސިލްތަކާއެކު މަޝްވަރާ ފަށައިފިއެވެ.

ރާއްޖެއެމްވީއަށް ތުލުސްދޫ ކައުންސިލްގެ ނައިބު ރައީސް މުހައްމަދު ޝަހީމް ވިދާޅުވީ ވެމްކޯ އިން ގެސްޓްހައުސް ހިންގަން ބޭނުންވެ، ބިން ހޯދުމަށް ކައުންސިލްއާއެކު މަޝްވަރާ ބައްދަލުވުންތަކެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

Advertisement - newsAdvertisement

މައުލޫމާތު ލިބޭ ގޮތުގައި، ވެމްކޯއިން ގެސްޓްހައުސް ވިޔަފާރިއަށް ވަނުމަށް ނިންމާފައި ވަނީ ކުނި މެނޭޖްކުރުމުގެ މަސައްކަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށެވެ. ސަރުކާރުގެ ކުންފުންޏަކަށް ވާތީ، ބިމުން ކުލި ނެގުމަކާ ނުލައި، ބިން ދޫކުރުމަށް އެދެމުންދާ ކަމަށް ވެސް މައުލޫމާތު ލިބެއެވެ. ކުރިއަށް އޮތްތަނުގައި ގެސްޓްހައުސް މިހާރު އެންމެ ގިނައިން ހިންގާ ރަށްތަކުގެ ކައުންސިލްތަކާ ބައްދަލުވުންތައް ބާއްވައި، މިކަމުގެ މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ވެމްކޯ އިން ރާވާފައިވާ ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.

މީގެ އިތުރުން، ތުލުސްދޫގައި މިވިޔަފާރި ކުރިއަށް ގެންދިއުމަށް ނިންމައި، ވެމްކޯ އިން މިހާރު ވަނީ ތުލުސްދޫ ކައުންސިލަށް އެއްބަސްވުން ފޮނުވާފައެވެ.

ވެމްކޯއިން ގެސްޓްހައުސް ވިޔަފާރި އަށް ވަނުމަށް މަސައްކަތް ކުރާތީ، އެކަމުގެ އިތުރު ތަފްސީލު ހޯދުމަށް ކުރި މަސައްކަތް ވަނީ ކާމިޔާބުވާ ގޮތް ނުވެފައެވެ.

ވެމްކޯ އިން ރަށްރަށުގައި ކުނި މެނޭޖްކުރުމުގެ މަސައްކަތްތައް ކުރަމުންދާއިރު، ކުނި ނަގާ ކޮންމެ ގޭބިސީއަކުން ފީ އެއް ނަގައެވެ. ޕްރައިވެޓް ސެކްޓަރ އިން ކުރަމުން ގެންދާ ގެސްޓްހައުސް ވިޔަފާރި އަށް ސަރުކާރުގެ ހިއްސާ އޮންނަ ކުންފުނިތައް ވަނުމަށް މަސައްކަތް ކުރާތީ ގިނަ ވިޔަފާރިވެރިންނާއި އާންމުން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. މިފަހުން ހައްޖު ކޯޕަރޭޝަނުން ކ. މާފުށީގައި ހަލާލު ޓޫރިޒަމްގެ ކުރިއަށް ގެންދަން ނިންމައި، ހޮޓެލްއެއް އެޅުމަށް ވަނީ ނިންމާފައެވެ. ސަރުކާރުން މިފަދަ ވިޔަފާރިތަކުގެ ތެރެއަށް ވަންނާތީ ގިނަބަޔަކު އަންނަނީ ނުރުހުން ފާޅު ކުރަމުންނެވެ.

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

4

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

މީޑިއާ ކައުންސިލްގެ މީޑިއާގެ މަގާމަށް މެންބަރަކު އިންތިޚާބް ކުރުމަށް ބާއްވާ ވޯޓުނެގުން 28 ގައި!

20 ޖެނުއަރީ 2017
މީޑިއާ ކައުންސިލްގެ މީޑިއާގެ މަގާމަށް މެންބަރަކު އިންތިޚާބް ކުރުމަށް ބާއްވާ ވޯޓުނެގުން 28 ގައި!
17 ޖެނުއަރީ 2017

މާލޭގެ ގޭބީސީތަކުންނާއި ވިޔަފާރި ކުރާ ތަންތަނުގެ ކުނި އުކާލަދޭ އަގުތައް ވެމްކޯއިން ކަނޑައަޅައިފި

17 ޖެނުއަރީ 2017
މާލޭގެ ގޭބީސީތަކުންނާއި ވިޔަފާރި ކުރާ ތަންތަނުގެ ކުނި އުކާލަދޭ އަގުތައް ވެމްކޯއިން ކަނޑައަޅައިފި
14 ޖެނުއަރީ 2017

ގއ. އަތޮޅު ކައުންސިލްގެ ރައީސް އަތޮޅުގެއިން ބޭރުކޮށްފި

14 ޖެނުއަރީ 2017
ގއ. އަތޮޅު ކައުންސިލްގެ ރައީސް އަތޮޅުގެއިން ބޭރުކޮށްފި
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
13 ޖެނުއަރީ 2017

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

13 ޖެނުއަރީ 2017
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
12 ޖެނުއަރީ 2017

ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް

12 ޖެނުއަރީ 2017
ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް
10 ޖެނުއަރީ 2017

ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި

10 ޖެނުއަރީ 2017
ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި
10 ޖެނުއަރީ 2017

އަދާލަތު ޕާޓީން ލޯކަލް ކައުންސިލް އިންތިޚާބު ބޮއިކޮޓްކޮށްފި

10 ޖެނުއަރީ 2017
އަދާލަތު ޕާޓީން ލޯކަލް ކައުންސިލް އިންތިޚާބު ބޮއިކޮޓްކޮށްފި
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް