Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރަށު ފަތުރުވެރިކަން

އަހަރެއްގެ ތެރޭގައި އދ. ދިގުރަށުން އެންމެ މަދުވެގެން ވެސް ސަރުކާރަށް މިލިއަނެއްހާ ޑޮލަރު ވަންނާނެ: ކައުންސިލްގެ ނައިބު ރައީސް

16 އޯގަސްޓު 2025 | ހޮނިހިރު 08:39

ފެނާއި ނަރުދަމާގެ ޚިދުމަތް އަވަހަށް ރައްޔިތުންނަށް ލިބޭ

އަމްނާ އިމާދު
އަމްނާ އިމާދު | 16 އޯގަސްޓު 2025 | ހޮނިހިރު 08:39
ފަށާއިރު ޕްރޮގްރާމްގައި އދ.ދިގުރަށުގެ ކައުންސިލްގެ ނައިބު ރައީސް އިބްރާހިމް އަބްދުއްރަހީމް ވާހަކަދައްކަވަނީ

ފަށާއިރު ޕްރޮގްރާމްގައި އދ.ދިގުރަށުގެ ކައުންސިލްގެ ނައިބު ރައީސް އިބްރާހިމް އަބްދުއްރަހީމް ވާހަކަދައްކަވަނީ

އަހަރެއްގެ ތެރޭގައި އދ. ދިގުރަށުން އެންމެ މަދުވެގެން ވެސް ސަރުކާރަށް މިލިއަނެއްހާ ޑޮލަރު ވަންނާނެ ކަމަށް އެރަށުގެ ކައުންސިލްގެ ނައިބު ރައީސް އިބްރާހިމް އަބްދުއްރަހީމް ވިދާޅުވެއްޖެއެވެ.

ހޮނިހިރު ދުވަހު ފަށާއިރު ޕްރޮގްރާމްގައި ކައުންސިލްގެ ނައިބު ރައީސް އަބްދުއްރަހީމް ވިދާޅުވީ ލޯކަލް ޓޫރިޒަމް ރަނގަޅު ފެންވަރުގައި ހިންގާ މަދު ރަށްތަކުގެ ތެރޭގައި ދިގުރަށް ހިމެނޭނެ ކަމަށާއި، މީހުން ދިރިއުޅޭ ރަށްތަކުން ސަރުކާރަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ ރަށްތަކުގެ ތެރޭގައި ވެސް އެރަށް ހިިމެނޭނެ ކަމަށެވެ.

Advertisement - newsAdvertisement

އެގޮތުން އަހަރެއްގެ ތެރޭގައި އެރަށުން އެކަނި ވެސް ސަރުކާރަށް އެންމެ މަދުވެގެން މިލިއަނެއްހާ ޑޮލަރު ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ އެރަށުގައި ޓޫރިޒަމް ހަރުދަނާކޮށް ސަސްޓެއިންކޮށް ކުރިއަށް ގެންދިއުމަށް ރަށުގެ އާއްމު ޚިދުމަތްތައް ރަނގަޅުވާންޖެހޭ ކަމަށެވެ.

އެގޮތުން ފެނާއި ނަރުދަމާގެ ޚިދުމަތް ލިބެންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ ފެނާއި ނަރުދަމާގެ މަޝްރޫއު ގާތްގަނޑަކަށް ނިމިފައިވާ ކަމަށާއި، ޚިދުމަތް ނުދެވޭ ކަމަށެވެ. މި ޚިދުމަތް އަވަހަށް ރައްޔިތުންނަށް ލިބެންޖެހޭ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

މީގެ އިތުރުން އަބްދުއްރަހީމް ވިދާޅުވީ އެރަށުގެ ސިއްހީ ނިޒާމުގެ ޚިދުމަތް ވެސް ވަރަށް ބޮޑަށް ރަނގަޅު ކުރަންޖެހޭ ކަމަށާއި، ސިއްހީ މަރުކަޒުން 24 ގަޑިއިރު ޚިދުމަތް ލިބޭ ގޮތަށް ބަދަލު ކުރަންޖެހޭ ކަމަށެވެ. އަދި ވިދާޅުވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގައި އިމާރާތް ކުރި ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން ޢިމާރާތު ގާތްގަނޑަކަށް އެއްކޮށް ނިމިފައިވާއިރު، އެ އިމާރާތުން ރައްޔިތުންނަށް ޚިދުމަތް ލިބޭ ގޮތް ހަދަންޖެހޭ ކަމަށެވެ.

މުޅި ރާއްޖެއެކޭ އެއްގޮތަށް ދިގުރަށުގައި ވެސް ސިއްހީ ނިޒާމު ހަރުދަނާ ކުރަންޖެހިފައި އެބައޮތް. ސިއްހީ ނިޒާމުގެ ތެރެއިން އަޅުގަނޑު ފާހަގަކޮށްލަން ސިއްހީ މަރުކަޒު 24 ގަޑިއިރު ބަދަލުކުރަން. މިއީ ކޮންމެހެން ކުރަންޖެހޭ ކަމެއް. ސަބަބަކީ ދިގުރަށުގައި 800 ނުވަތަ 700 ޓޫރިސްޓުން ސީޒަންތެރޭގައި އުޅެމުންދާއިރު ކޮންމެ ވަގުތެއްގައި ވެސް ކަމެއް ދިމާވެދާނެ އަދި ދިވެހިންނަށް ކަމެއް ދިމާވެދާނެ. މިފަދަ ހާލަތްތަކަށް ބަލައި އިންޑަސްޓްރީއެއް ހިމާޔަތް ކުރަން ސިއްހީ ނިޒާމު ހަރުދަނާ ކުރަންޖެހޭ. މިވަގުތު 24 ގަޑިއިރު ޚިދުމަތްދޭންޖެހޭ. 16 ގަޑިއިރު މިހާރު ޚިދުމަތް ދެމުންދަނީ.
ކައުންސިލްގެ ނައިބު ރައީސް އިބްރާހިމް އަބްދުއްރަހީމް

އަބްދުއްރަހީމް ވިދާޅުވީ މިސަރުކާރުގައި ވެސް ދިގުރަށުގެ ސިއްހީ މަރުކަޒުގެ ހާލަތު ރަނގަޅުކޮށް، ޚިދުމަތްތައް ފުޅާކުރާނެ ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވައުދު ވެވަޑައިގެންފައިވާ ކަމަށެވެ. ނަމަވެސް މިއަދާ ހަމައަށް އެކަމުގެ އަމަލީ އެއްވެސް މަސައްކަތެއް ކޮށްފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

4

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2017

ރައީސް ޔާމީން ވާހަކަ ދެއްކެވީ ހަގީގަތް އޮޅުވާލަން، ޕާޓީތެރޭގައި ބައިބައިވުން އެބަ އޮތް:މައުމޫނު

31 ޖެނުއަރީ 2017
 ރައީސް ޔާމީން ވާހަކަ ދެއްކެވީ ހަގީގަތް އޮޅުވާލަން، ޕާޓީތެރޭގައި ބައިބައިވުން އެބަ އޮތް:މައުމޫނު
26 ޖެނުއަރީ 2017

ނާޒިމް މިނިވަންކޮށް ބަދަލުދޭން އދ. އިން ސަރުކާރަށް އަންގައިިފި

26 ޖެނުއަރީ 2017
ނާޒިމް މިނިވަންކޮށް ބަދަލުދޭން އދ. އިން ސަރުކާރަށް އަންގައިިފި
24 ޖެނުއަރީ 2017

މާލޭގެ ގެއެއްގެ ތެރޭގައި ލަންކާ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ

24 ޖެނުއަރީ 2017
މާލޭގެ ގެއެއްގެ ތެރޭގައި ލަންކާ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ
24 ޖެނުއަރީ 2017

މާފަންނު ގެއެއްގެ ތެރޭގައި އަންހެނަކު މަރުވެފައި އޮއްވާ ފެނިއްޖެ

24 ޖެނުއަރީ 2017
މާފަންނު ގެއެއްގެ ތެރޭގައި އަންހެނަކު މަރުވެފައި އޮއްވާ ފެނިއްޖެ
23 ޖެނުއަރީ 2017

ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި

23 ޖެނުއަރީ 2017
ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި
22 ޖެނުއަރީ 2017

ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު

22 ޖެނުއަރީ 2017
ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު
22 ޖެނުއަރީ 2017

ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް

22 ޖެނުއަރީ 2017
ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް
18 ޖެނުއަރީ 2017

ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ

18 ޖެނުއަރީ 2017
ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ
07 ޖެނުއަރީ 2017

މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން

07 ޖެނުއަރީ 2017
މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން
07 ޖެނުއަރީ 2017

އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި

07 ޖެނުއަރީ 2017
އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް