Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

އަނެއްކާ އަނެއް ގުނބޯ. މިފަހަރު ދަނޑުމަތީ ވެސް ދަނޑު!!

ކައުންސިލް އިންތިޚާބާ ދިމާކޮށް މުއިއްޒު އެކުޅެނީ ކުރިންވެސް ކުޅުނު ކުޅިއެވެ. ކުރީގައި ކަޑަޖެހި އުސޫލުން ރަށްރަށުގައި މިފހަރަު ކިތައްމެ ކަމެއްވެސް ފަށާފާނެއެވެ.

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 15 އޯގަސްޓު 2025 | ހުކުރު 05:57
ރައީސް މުއިއްޒު ދޮންފަނު ކައުންސިލާއި، އ.ތ.މ ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލު ކުރެއްވުން - 13 އޮގަސްޓް 2025

ރައީސް މުއިއްޒު ދޮންފަނު ކައުންސިލާއި، އ.ތ.މ ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލު ކުރެއްވުން - 13 އޮގަސްޓް 2025

ކުރިއަށް އޮތީ ކައުންސިލް އިންތިޚާބެވެ. އެއިންތިޚާބު ކާމިޔާބު ކުރުމަށް ސަރުކާރުން އެދަނީ ހެދުނު އެއްޗެއް ހެދުމަށް ތައްޔާރުވަމުންނެވެ. އޭގެ މަސައްކަތް އެވަނީ ފަށާފައެވެ. ވަޒީރުންނާއި މަޖިލިސް މެންބަރުން އަދި ސަރުކާރުގެ އެހެނިހެން ބޮޑުންތައް ގޮވައިގެން މުިއްޒު އެވަނީ ރަށްރަށަށް ދަތުރުތައް ފަށަފައެވެ.

މާބޮޑު ކެންޕޭނެއް ކުރާންވެސް ނުޖެހޭ ސަރުކާރު ހިންގާ ޕީއެންސީން އެހާއަވަހަށް ދަތުރުތައް ފެށިއިރު ކެމްޕޭނުގައި އެމީހުން ވިއްކަފާނެ އެއްޗަކާއި ގައުމުގެ ހާލަތާއި ރައްޔިތުން ތިބިގޮތް ބަލާލަން ޖެހެއެވެ.

ޕީއެންސީން ރިޔާސީ އިންތިޚާބުގެ ކެންޕޭނުގައި އެޕާޓީންނާއި ޑރ މުއިއްޒު ވިދާޅުވަމުން ގެންދެވީ ހުރިހާކަމެއްވެސް ކޮށްދެވޭނެ ބަޔަކީ އެބޭފުޅުން ކަމަށާއި ކަންކުރާނެގޮތް އެނގެނީވެސް އެބޭފުޅުންނަށް ކަމަށެވެ. އަދި ގައުމުގެ ހާލަތު، ޚާއްޞަކޮށް އިގްތިސޯދީ ހާލަތު އޮތްގޮތްވެސް އެނގޭ ކަމަށާއި އެކަމުގެ ފަރުވާލެއް ނެތްކަމަށެވެ. ފައިސާ ލިބޭނެ ކޮޅުތަކާއި ގޮތްތައް ހޯދާފައިވާ ކަމަށެވެ. އަދި ހާލަތު ކޮންމެ ގޮތަކަށް އޮތަސް މެނޭޖްކޮށްގެން ހުރިހާ ކަމެއްވެސް ކޮށްނިންމަވާނެ ކަމަށް ވިދާޅުވިއެވެ. މީގެއިތުރުން އެއްވެސް ރަށެއްގައި ހިންގާ ތަރައްގީގެ އެއްވެސް މަސައްކަތެއް ހުއްޓުނަ ނުދޭނެ ކަމަށާއި އެމަސައްކަތްތައް ގެންދާނީ ކުރިއަށްވުރެ ބާރަށް ކުރިއަށް ކަމަށްވެސް ވިދާޅުވިއެވެ. ރައްޔިތުން އެބަހުގައި ހިފައިގެން ވެރިކަން ދިނެވެ.

ދެންއައި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ދިމާކޮށް ތާއީދު ހޯދުމަށް ކިޔަމުންދިޔަ މައިގަނޑު ލަވައަކީ ސަރުކާރަށް މެޖޯރިޓީ ނުދީފިނަމަ ކަންކަން ނުވާނެ ކަމަށެވެ. ވެރިކަން ކުރަން އިދިކޮޅުން ހުރަސްއަޅާނެ ކަމަށެވެ. ސަރުކާރުން ކުރާނެ ކަމަށް ބުނި ކަންކަން ކުރެވޭނީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ދީގެން ކަމަށެވެ.

ރައްޔިތުން މަޖިލީހުގެ މެޖޯރިޓީ ބޮޑުތަނުން ދިނީއެވެ. ހަދާނެ އެއްޗެއް ހަދާވަރުގެ ސުޕަރ މެޖޯރިޓީއެކެވެ. ސަރުކާރާ މަޖިލީހުގެ އިންތިޚާބާ ދައުލަތުގެ ޚަޒާނާއާ ހުރިހާ ބާރެއް ދީގެން ވެރިކަން ކުރާތާ މިހާރު ދެއަހަރާ ގާތް ކުރަނީއެވެ. ވީ ކަމެއް ލިބުނު ކުރިއެރުމެއް ނެތެވެ. މީން ދުވަހަކު ނުދާހާ މައްޗަށް ޑޮލަރުގެ އަގު އުފުލި ތަކެތީގެ އަގު އިންތިހާއަށް އެވަނީ ބޮޑުވެފައެވެ. ރައްޔިތުންގެ ހާސްކަން އިތުރުވެ މި ސަރުކާރާމެދު ރައްޔިތުންގެ ހިތްހަމަނުޖެހުން އެވަނީ ބޮޑުތަނުން ބޮޑުވެފައެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގެ ކެންޕެއިން ސަރުކާރުން އެފެށީ ރަށްރަށުގައި ހައްދަވައިގެން ކަމެއް ފެށިފައި ނެތި އަދި ކުރިން ކުރަމުން އައި ކަންކަން ހުއްޓި ރައްޔިތުންގެ ކެތްެރިކަން ކޮޅުން ލައިފާ ވަނިކޮށްށެވެ. ރައްޔިތުންގެ ހާލު ގާތުން ބެލުމުގެ ރީތި ނަމުގައި މުިއްޒާއި އޭނާގެ ބައިވެރިން ކުރަމުން އެދާ ދަތުރުތަކުގެ މައިގަނޑަކީ ލޯކަލް ކައުންސިލް އިންތިޚާބަށް ރަށްރަށުގެ ރައްޔިތުން ބޯކެއުމެވެ. އެކަމަށްޓަކައި އަނެއްކާވެސް އެދަނީ ބޮޑެތި ވައުދުތައް ވަމުންނެވެ. ނިމިދިޔަ ދެ އިންތިޚާބާ ދިމާކޮށް ވެފައިވާ ވައުދުތައް އަނެއްކާވެސް އިތުރު ތާރީޚް ތަކާއެކު އާ ކުރަމުންނެވެ. އޭގެ ތެރެއިން ބައެއް ކަންކަން ކުރަން އިއުލާން ކުރަމުން އެދަނީ އެފަހަރަކު އަރަން ބޭނުންވާ ރަށެއްގެ ނުވަތަ އަތޮޅަކާ ގުޅުވާއެތަނަށް ދިއުމުގެ ކުޑަ ދުވަސްކޮޅެއްގެ ކުރިންނެވެ. އެއިން ކަމެއް ދުވަހަކުވެސް ކޮށްފައި ނުވާ އަދި އޭގެ ކަމެއް ކުރުމުގެ ތަކެއްޗާ މީހުންވެސް ނެތް ސަރުކާރުގެ ކުންފުނިތަކަށް އެފަދަ ބޮޑެތި ޕްރޮޖެކްޓްތައް ހަވާލުކޮށް އެދަނީ ސޮއި ކުރަމުންނެވެ. ބައެއް ރަށްރަށުގައި ބައެއް މަސައްކަތް އެދަނީ ރޭވުމެއް ޕްލޭނެއް ނެތި ކުރަން ފަށަމުންނެވެ. ބައެއް ރަށްރަށުގެ ކަންކަން ހަވާލު ކުރާއިރު ކުރިން އެރަށުގައި އެކަން ކޮށްފައި އޮތްކަންވެސް ނޭނގި ކަންކަން އިއުލާން ކުރަނީއެވެ.

މުއިއްޒުގެ މިހާރުގެ އަމަލްތައް ހުރި ގޮތުން ވައްތަރީ މައުމޫންގެ ދުވަސްވަރު ރަށްރަށުގައި އިންތިޚާބާ ދިމާކޮށް ކަޑަ ޖަހަމުންދިޔަ ބީދައަށެވެ.

ކޮންމެއަކަސް ރައްޔިތުންގެ ލޮލުގައި އަދުން އަޅުވައިގެން ކުރިއަށް އޮތް އިންތިޚާބު ކާމިޔާބު ކުރުމުގެ މަސައްކަތް މުިއްޒު ފަށާފައިވާއިރު އަދި އެހެން މައްނަޒަރެއް ފެންނާނެ ކަމަށް ބެލެވެއެވެ. ރަށްރަށުގައި ފަށަން އުޅޭކަމަށް ދައްކާ ތަރއްގީގެ މަޝްރޫއުތައް ހަވާލުކުރާ ސަރުކާރުގެ ކުންފުނިތަކަށް އެރަށްރަށުން މީހުން ނެގުމެވެ. ވަގުތީ މުވައްޒަފުން ނެގުމެވެ. ރަށުގެ ބޮޑެތި އާއިލާތަކަށް ނިސްބަތްވާ އެކިއެކި މީހުންނަށް ވަގުތީ ވަޒީފާތައް ދީގެން އެ އާއިލާތަކުގެ ބޯ ކާލުމެވެ. ކޮއްކޮ ނުވަތަ ބޭބެ ނޫންނަމަ އާއިލާގެ މީހާގެ ވަޒީފާގެ ދަޅަދައްކުވައިގެން އެއާއިލާތަކުގެ ވޯޓުކޮޅު ޕީއެންސީއަށް ކަހާލުމެވެ. އެވަޒީފާތައް ދަމަހައްޓަން ސަރުކާރު ކެންޑިޑޭޓުން ހޮވަން ޖެހޭނޭ ކަމުގެ މަޖްބޫރީ ހާލަތު އެމީހުންނަށް މެދުވެރި ކުރުވުމެވެ. މުއިއްޒު އެކުޅެނީ ކުރިންވެސް ކުޅުނު ކުޅިއެވެ. ބޭނުން އެކުރަނީ އޭރުވެސް ބޭނުންކުރި އުކުޅެވެ. ހައްދަމުން އެދަނީ ރައްޔިތުން ގުނބޯލެވެ. ދަނޑުމަތީގައިވެސް ދަނޑު އަޅާ ވަރަށެވެ. އެދަނޑު އަޅަން ކަމެއް ނުކޮށް ބައިތިއްބަންވެސް ދުވަސްކޮޅަކަށް ބަޔަކަށް ވަޒީފާ ދީގެންނެވެ. މިއީ މީގެ ކުރީގެ ދެ އިންތިޚާބުގެ ތަޖްރިބާއަށް ބަލައި ރައްޔިތުން ހޭއަރައި ވިސްނަން ޖެހޭ ކަމެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ދިވެހި ސިފައިންގެ ގައުމީ ލަވަ އަލްބަމް މިފަހަރު ވަރަށް ތަފާތު، ބަހުރުވައަކުން ލަވައެއް!

ދިވެހި ސިފައިންގެ ގައުމީ ލަވަ އަލްބަމް މިފަހަރު ވަރަށް ތަފާތު، ބަހުރުވައަކުން ލަވައެއް!

19 ނޮވެމްބަރު 2017
އދ.ގެ ސަލާމަތީ މަޖިލިސް: ދިވެހި ސަރުކާރުގެ އަނެއް އަވާމެންދުރު!

އދ.ގެ ސަލާމަތީ މަޖިލިސް: ދިވެހި ސަރުކާރުގެ އަނެއް އަވާމެންދުރު!

29 އޮކްޓޯބަރު 2017
ސެޕްޓެމްބަރު 19-20 ގެ ހާދިސާއަށް މިފަހަރު އެމްޑީޕީ ހަނުހިމޭން ވެފައި!

ސެޕްޓެމްބަރު 19-20 ގެ ހާދިސާއަށް މިފަހަރު އެމްޑީޕީ ހަނުހިމޭން ވެފައި!

20 ސެޕްޓެމްބަރު 2017
ސާބަސް! އައްސަރިބަހުން ސާބަސް!. ހަމްދަރުދީ ވުމާއި ދީލަތިކަމުން އަނެއްކާވެސް އިތުރު ނަމޫނާއެއް

ސާބަސް! އައްސަރިބަހުން ސާބަސް!. ހަމްދަރުދީ ވުމާއި ދީލަތިކަމުން އަނެއްކާވެސް އިތުރު ނަމޫނާއެއް

11 ސެޕްޓެމްބަރު 2017
ރައީސް ނަޝީދު ގޭ ބަންދަށް ބަދަލުކުރިކަމަށް ބުނާ ލިޔުމަށް ވީގޮތެއް ނޭނގެ، އަނެއްކާވެސް މަޝްވަރާއަށް!

ރައީސް ނަޝީދު ގޭ ބަންދަށް ބަދަލުކުރިކަމަށް ބުނާ ލިޔުމަށް ވީގޮތެއް ނޭނގެ، އަނެއްކާވެސް މަޝްވަރާއަށް!

02 ސެޕްޓެމްބަރު 2017

އަހަރުތަކުން މިއަދު

12 އެޕްރީލު
ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ
20251 އަހަރު ކުރިން
ރާއްޖެ

ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި
20242 އަހަރު ކުރިން
ރާއްޖެ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި
20233 އަހަރު ކުރިން
ކުޅިވަރު

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ
20224 އަހަރު ކުރިން
ރާއްޖެ

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!
20197 އަހަރު ކުރިން
ރާއްޖެ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް
20188 އަހަރު ކުރިން
ތަފާތު ޚަބަރު

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު