Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުއެމެރިކަން ޗެމްބަރ އޮފް ކޮމާސް

އެމެރިކަން ޗެމްބަރ އޮފް ކޮމާސް ރާއްޖޭގައި ގާއިމުކުރުމުގެ މަސައްކަތް ކުރާ ކަން ހާމަ ކޮށްފި

15 އޯގަސްޓު 2025 | ހުކުރު 02:41

ރާއްޖޭގައި އެމެރިކަން ޗެމްބަރ އޮފް ކޮމާސްގެ ޗެޕްޓަރެއް ގާއިމުކުރުމުގެ ޚަބަރު އެމެރިކާ އެމްބަސީގެ މިނިވަން ދުވަހުގެ ރިސެޕްޝަންގައި ވަނީ ހާމަކޮށްފަ. މި ޗެޕްޓަރަކީ ދެ ގައުމުގެ ވިޔަފާރިތަކުގެ ދެމެދު ފާލަމެއްގެ ގޮތުގައި މަސައްކަތްކޮށް، ސަރުކާރުގެ އިޤްތިޞާދީ ލަނޑުދަނޑިތަކަށް އެހީތެރިވެދޭނެ ތަނެއް.

ރާއްޖެ އެމްވީ | 15 އޯގަސްޓު 2025 | ހުކުރު 02:41
އެމެރިކާގެ މިނިވަން ދުވަސް ފާހަގަ ކުރުމަށް މާލޭ ގައި ބޭއްވި ރިސެޕްޝަން

އެމެރިކާގެ މިނިވަން ދުވަސް ފާހަގަ ކުރުމަށް މާލޭ ގައި ބޭއްވި ރިސެޕްޝަން

އެމެރިކަން ޗެމްބަރ އޮފް ކޮމާސް ގެ ޗެޕްޓަރ އެއް ރާއްޖޭގައި ގާއިމުކުރުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށް ރާއްޖެ އަށް އެމެރިކާ އިން ކަނޑައަޅާފައި ހުންނަވާ ސަފީރު ހާމަ ކުރައްވައިފިއެވެ.

އޯގަސްޓް 13 ވަނަ ދުވަހު އެމެރިކާ އެމްބަސީ އިން މާލޭގައި ބޭއްވުނު އެ ގައުމުގެ މިނިވަން ދުވަސް ފާހަގަ ކުރުމުގެ ރިސެޕްޝަން ގައި ދިވެހިރާއްޖޭ ގައި އެމެރިކަން ޗެމްބަރ އޮފް ކޮމާސް (އެމްޗެމް) ގެ ޗެޕްޓަރ އެއް ގާއިމުކުރުމުގެ ޕްލޭން ވަނީ ހާމަ ކޮށްފައެވެ. މީގެ މަޤްޞަދަކީ ދިވެހިރާއްޖެ އާއި އެމެރިކާ އާ ދެމެދު ވިޔަފާރީގެ ގުޅުން ބަދަހިކުރުން ކަމަށް ސަފީރު ވިދާޅުވިއެވެ.

އެމެރިކާގެ މިނިވަން ދުވަހުގެ ރިސެޕްޝަން ގައި ރާއްޖޭގެ ޚާރިޖީ ވަޒީރު އާއި، ޑިޕްލޮމެޓުންނާއި، ސަރުކާރުގެ އިސް ވެރިންނާއި، އުއްތަމަ ފަނޑިޔާރާއި، ވިޔަފާރީގެ އިސް ފަރާތްތަކާއި، ބައިނަލްއަޤްވާމީ މުޖުތަމަޢުގެ މަންދޫބުން ބައިވެރިވިއެވެ.

ދިވެހިރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ އެމެރިކާރިކާގެ ސަފީރު ހިއުގޯ ޔޮން ވިދާޅުވީ އައު ޗެމްބަރަކީ އެމެރިކާ އާއި ދިވެހި ވިޔަފާރިތަކުގެ ދެމެދު ފާލަމެއްގެ ގޮތުގައި މަސައްކަތް ކުރާނެ އަދި ސަރުކާރުގެ އިޤްތިޞާދީ ލަނޑުދަނޑިތަކަށް އެހީތެރިވެދޭނެ ތަނެއް ކަމަށެވެ.

"އެމްޗެމް މޯލްޑިވްސް އިން އެމެރިކާގެ އަދި ރާއްޖޭގެ ވިޔަފާރިތަކަށް ބްރިޖެއްގެ ގޮތުގައި ޚިދުމަތް ކުރާނެ، އަދި ފަތުރުވެރިކަމާއި، އިއާދަކުރަނިވި ހަކަތަ އާއި، ދެމެހެއްޓެނިވި ތަރައްޤީގެ ދާއިރާގައި ސަރުކާރުން އިސްކަންދޭ ކަންތައްތަކާ އެއްގޮތަށް ވަސީލަތްތަކާއި، ނެޓްވޯކިންގ ފުރުޞަތުތަކާއި، ސްޓްރެޓެޖިކް މަގުދެއްކުން ފޯރުކޮށްދޭނެ،" އެމަނިކުފާނު ވިދާޅުވިއެވެ.

ހުށަހެޅިފައިވާ މި ޗެޕްޓަރުން އެޑްވޮކަސީ އާއި، މާކެޓް އިންސައިޓްސް އާއި، ޕްރޮފެޝަނަލް ތަރައްޤީގެ ޕްރޮގްރާމްތައް މެދުވެރިކޮށް ދިވެހިރާއްޖޭގައި ހިންގާ ވިޔަފާރިތަކަށް އެހީތެރިވުމަށް މަސައްކަތް ކުރާނެ އެވެ.

މިހާތަނަށް 100 އަށްވުރެ ގިނަ ޤައުމުތަކުގައި އެމްޗެމް ނެޓްވޯކް ތައް ވަނީ ގާއިމު ކުރެވިފައެވެ.

ޗެމްބަރުގެ އޮނިގަނޑާއި، މެންބަރޝިޕާއި، ފެށުމުގެ ތާވަލާ ބެހޭ ތަފްޞީލުތައް ކުރިއަށް އޮތް މަސްތަކުގައި ހިއްސާކުރެވޭނެ ކަމަށް ބެލެވެއެވެ. އަދި މި މަސައްކަތުގައި ހަރަކާތްތެރިވާ ވާރކިން ގްރޫޕެއް ވަނީ އުފައްދާފައެވެ. މި ގްރޫޕުން ގަވާއިދުން އަޕްޑޭޓްތައް ދޭނެކަމަށް ބުނެފައިވެއެވެ. މި ކަމުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ވިޔަފާރިތަކަށް ވާރކިންގ ގްރޫޕާ ނުވަތަ ޔޫއެސް އެމްބަސީ އާ ގުޅުމަށް ވެސް ވަނީ އެދިފައެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

17 އޯގަސްޓު 2017

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ތައުލީމީ ފެއާ ފަށައިފި

17 އޯގަސްޓު 2017
ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ތައުލީމީ ފެއާ ފަށައިފި
08 ޖުލައި 2017

ކަންގެން ވޯޓާ ފިލްޓާ މެޝިން ރާއްޖޭގައި ތައާރަފުކޮށްފި

08 ޖުލައި 2017
ކަންގެން ވޯޓާ ފިލްޓާ މެޝިން ރާއްޖޭގައި ތައާރަފުކޮށްފި
08 ޖުލައި 2017

ބޭންކް އޮފް ސިލޯނުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ހައުސިންގް ލޯނެއް ތައާރަފުކޮށްފި

08 ޖުލައި 2017
ބޭންކް އޮފް ސިލޯނުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ހައުސިންގް ލޯނެއް ތައާރަފުކޮށްފި
27 ޖޫން 2017

"ޗާޓައިމް" ގެ ފްރެންޗައިޒް ރާއްޖޭގައި ރަސްމީކޮށް ހުޅުވައިފި

27 ޖޫން 2017
 "ޗާޓައިމް" ގެ ފްރެންޗައިޒް ރާއްޖޭގައި ރަސްމީކޮށް ހުޅުވައިފި
29 މެއި 2017

އިންޓަރނޭޝަލް ބޯޓް އެންޑް ޑައިވް ޝޯވް އަންނަ އަހަރު ރާއްޖޭގައި

29 މެއި 2017
އިންޓަރނޭޝަލް ބޯޓް އެންޑް ޑައިވް ޝޯވް އަންނަ އަހަރު ރާއްޖޭގައި
18 އެޕްރީލު 2017

އުރީދޫ އަކީ ރާއްޖޭގައި ބޭރުގެ އިންވެސްޓަރުންނަށް ކާމިޔާބު ވިޔަފާރި ކުރެވޭ ކަމުގެ ފުރިހަމަ މިސާލެއް: އަޒީމާ

18 އެޕްރީލު 2017
އުރީދޫ އަކީ ރާއްޖޭގައި ބޭރުގެ އިންވެސްޓަރުންނަށް ކާމިޔާބު ވިޔަފާރި ކުރެވޭ ކަމުގެ ފުރިހަމަ މިސާލެއް: އަޒީމާ
27 ފެބުރުއަރީ 2017

ބީއެމްއެލްއިން ރާއްޖޭގައި ޑައިނަމިކް ކަރަންސީ ކޮންވަރޝަންގެ ޚިދުމަތް ފަށައިފި

27 ފެބުރުއަރީ 2017
ބީއެމްއެލްއިން ރާއްޖޭގައި ޑައިނަމިކް ކަރަންސީ ކޮންވަރޝަންގެ ޚިދުމަތް ފަށައިފި
15 ފެބުރުއަރީ 2017

ދި މެންހަޓަން ފިޝް މާކެޓް ރާއްޖޭގައި ހުޅުވައިފި

15 ފެބުރުއަރީ 2017
ދި މެންހަޓަން ފިޝް މާކެޓް ރާއްޖޭގައި ހުޅުވައިފި
30 ޖެނުއަރީ 2017

ޕޮއިސްގެ ނަން މުޅި ރާއްޖޭގައި

30 ޖެނުއަރީ 2017
ޕޮއިސްގެ ނަން މުޅި ރާއްޖޭގައި
06 ޖެނުއަރީ 2017

ސަބްމެރިން ކޭބަލް މުޅި ރާއްޖޭގައި އެޅުމުގެ އަމަލީ މަސައްކަތް އުރީދޫ އިން ނިންމާލައިފި

06 ޖެނުއަރީ 2017
ސަބްމެރިން ކޭބަލް މުޅި ރާއްޖޭގައި އެޅުމުގެ އަމަލީ މަސައްކަތް އުރީދޫ އިން ނިންމާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް