Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލިސް

އިންޑިއާ އައުޓް ޓީޝާޓެއްގައި ހުއްޓާ އެއްވެސް މީހަކަށް ނުފެންނާނެ ކަމަށް ވިދާޅުވެ ޚަލީލް އިތުރުފުޅު ހައްދަވައިފި

13 އޯގަސްޓު 2025 | ބުދަ 05:28

ޚަލީލް ވިދާޅުވެފައި ވަނީ، އިންޑިއާ އައުޓް ޓީޝާޓު ލައިގެން އެމަނިކުފާނު ހުންނަވަނިކޮށް އެއްވެސް ބޭފުޅަކަށް ސޯޝަލް މީޑިއާ އިން ނުފެންނާނެ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 13 އޯގަސްޓު 2025 | ބުދަ 05:28
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ފޮރިން މިނިސްޓަރު ޢަބްދުﷲ ޚަލީލް

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ފޮރިން މިނިސްޓަރު ޢަބްދުﷲ ޚަލީލް

މިހާރު ސަރުކާރުގައި ތިއްބެވި ބޭފުޅުން އިދިކޮޅުގައި ތިއްބެވިއިރު ކުރިއަށް ގެންދިޔަ އިންޑިއާ އައުޓް ކެމްޕެއިންގެ ޓީޝާޓެއް ތުރު ކުރައްވައިގެން ހުއްޓާ އެއްވެސް މީހަކަށް ނުފެންނާނެ ކަމަށް ވިދާޅުވެ، ފޮރިން މިނިސްޓަރު ޑޮކްޓަރު ޢަބްދުﷲ ޚަލީލް ރައްޔިތުންގެ މަޖިލީހުގައި އިތުރުފުޅު ހައްދަވައިފި އެވެ.

ބުދަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އަށް މިނިސްޓަރު ޚަލީލް ޙާޟިރުވެފައި ވަނީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަޙުމަދު ނަސީމް ކުރެއްވި ސުވާލަށް ޖަވާބު ދިނުމަށެވެ. އިތުރު ސުވާލުގެ ފުރުސަތުގައި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު އިބްރާހީމް ނާޒިލް ވަނީ މިނިސްޓަރު ޚަލީލްއާ ސުވާލު ކުރައްވައިފަ އެވެ.

Advertisement - newsAdvertisement

އެގޮތުން އިންޑިއާ އައުޓް ކެމްޕެއިންގެ އިންޑިއާ އައުޓް ޓީޝާޓް ތުރު ކުރައްވައިގެން ޚަލީލް ހުންނެވިތޯ އާއި، އިންޑިއާ އާއެކު އެއްވެސް ގުޅުމެއް ބާއްވައިގެން ނުވާނެ ކަމަށް އެއްވެސް ސޯޝަލް މީޑިއާގެ ވަސީލަތެއްގައި ވިދާޅުވެފައި ވާނެތޯ ނާޒިލް ވަނީ ސުވާލު ކުރައްވައިފަ އެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން ޚަލީލް ވިދާޅުވެފައި ވަނީ، އިންޑިއާ އައުޓް ޓީޝާޓު ލައިގެން އެމަނިކުފާނު ހުންނަވަނިކޮށް އެއްވެސް ބޭފުޅަކަށް ސޯޝަލް މީޑިއާ އިން ނުފެންނާނެ ކަމަށެވެ. އެހެން ނަމަވެސް، ރާއްޖޭގެ މިނިވަންކަމާއި، އިސްތިޤުލާލާ ގުޅުން ހުރި ޓީޝާޓެއް ލައިގެން ހުއްޓާ ފެނިދާނެ ކަމަށް ޚަލީލްް ވިދާޅުވި އެވެ. އެކަން ފާހަގަ ކުރައްވައި ޚަލީލް ވިދާޅުވީ އެއީ އެމަނިކުފާނު ފަޚުރުވެރިވެ ވަޑައިގަންނަވާ ކަމެއް ކަމަށެވެ.

ސޯޝަލް މީޑިއާ އިން ތިއިން އެއްވެސް ބޭފުޅަކަށް ފެނިވަޑައި ނުގަންނަވާނެ އިންޑިއާ އައުޓް ޓީޝާޓު ލައިގެން އަޅުގަނޑު ހުއްޓައެއް. އެކަމަކު ރާއްޖޭގެ މިނިވަންކަމާއި އިސްތިޤުލާލާ ގުޅުން ހުރި ޓީޝާޓެއް ލައިގެން ހުއްޓާ ފެނިވަޑައިގެންފައި އޮވެ ދާނެ. އަޅުގަނޑު އެކަމާ ފަޚުރުވެރިވަން. މިނިވަން ކަމުގެ ދިފާއުގައި، އެއީ އަޅުގަނޑު ފަޚުރުވެރިވާ ކަމެއް އެއީ. އެހެން ވީމާ އެކަން ފެނިވަޑައިގަންނަވާނެ.
ފޮރިން މިނިސްޓަރު ޑޮކްޓަރު ޢަބްދުﷲ ޚަލީލް

މީގެ ކުރިން އިންޑިއާ އާއި އެ ޤައުމުގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ އަށް ވަރަށް ބޮޑަށް ފުރައްސާރަކޮށް ވާހަކަ ދައްކަވަފާފައިވާ ޚަލީލް، މަޖިލީހުގައި ވިދާޅުވީ އިންޑިއާ އާއެކު އޮންނަން ވާނީ ވަރަށް ގާތް ގުޅުމެއް ކަމަށް އަބަދު ވެސް ޤަބޫލު ކުރައްވާ ކަމަށެވެ.

މީގެ އިތުރުން ރާއްޖެ އާއި އަވަށްޓެރި ޤައުމުތަކާ ދެމެދު އޮންނަން ވާނީ ވަރަށް ގާތް ގުޅުމެއް ކަމަށެވެ. ރާއްޖެ އަށް އެހީތެރިކަން ދެމުން އަންނަ ޤައުމުތަކާ ރާއްޖެއާ ދެމެދު އޮންނަން ވާނީ ވަރަށް ގާތް ގުޅުމެއް ކަމަށް އަބަދު ވެސް ޤަބޫލުފުޅު ކުރައްވާ ކަމަށް ވެސް ޚަލީލް ވިދާޅުވެފައިވެ އެވެ.

އިންޑިއާ އަށް ނިސްބަތްކޮށް ސޯޝަލް މީޑިއާގައި ވާހަކަ ދައްކަވާފައިވުމާ ގުޅޭ ގޮތުން ކުރެއްވި ސުވާލަށް ޚަލީލް ޖަވާބު ދެއްވާފައި ނުވެ އެވެ. މިނިސްޓަރު ޚަލީލްގެ ޖަވާބާ ގުޅިގެން މަރަދޫ ދާއިރާގެ މެމްބަރު އަޙުމަދު ދީދީ ވިދާޅުވީ، ސީދާ ކަނޑައެޅިގެން މަޖިލީހުގެ ޖަލްސާގައި ޚަލީލް އިތުރުފުޅު ހައްދަވާފައިވާ ކަމަށެވެ.

އެގޮތުން އިންޑިއާ އައުޓް ކެމްޕެއިންގެ ޓީޝާޓުގައި ޚަލީލް ހުންނެވި މަންޒަރުތައް ހިމެނޭ ފޮޓޯތަކާއި، ވީޑިއޯތައް ޕްބަލިކް ޑޮމެއިންގައި ހުންނެވި ކަމަށް މެމްބަރު ފާހަގަ ކުރެއްވި އެވެ. ނަމަވެސް މަޖިލީހުގެ ރިޔާސަތުން ވަނީ އެއީ ނިޒާމީ މައްސަލައެއް ނޫން ކަމަށް ވިދާޅުވެފަ އެވެ.

އަށާރަ ވަނަ ރައްޔިތުންގެ މަޖިލީހުގައި ނިލަންދޫ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާފައިވާ ޚަލީލް މީގެ ކުރިން ވަނީ އިންޑިއާ އާއި މޯދީ އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަ ދައްކަވައިފަ އެވެ. ޚަލީލްގެ ރަސްމީ އެކްސް އެކައުންޓުގައި މިއަދު ވެސް އެ ޕޯސްޓުތައް ފެންނަން އެބަ ހުއްޓެވެ.

އެގޮތުން އިންޑިއާގެ ބޮޑު ވަޒީރު މޯދީ ރާއްޖޭގައި ބަޣާވާތް ކުރައްވަން އުޅުއްވާ ކަމަށް ޚަލީލް ވިދާޅުވެފައިވާއިރު، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް މޯދީ ވަޑައިގެންނެވީ ޑީލެއްގެ ދަށުން ކަމަަށް ވެސް ޚަލީލް އޭރު ވިދާޅުވެފައިވެ އެވެ.

މީގެ އިތުރުން ރާއްޖެ އިން އިންޑިއާ އަށް ބަރޯސާވެފައި އޮތް އޮތުން، ނިމުމަކަށް ގެންނަން ޖެހޭ ކަމަށް ވެސް ޚަލީލް އޭރު ވިދާޅުވެފައިވެ އެވެ. މި ސަރުކާރުގެ އިސްވެރިން އިދިކޮޅުގައި ތިބެ ކުރިއަށް ގެންދިޔަ އިންޑިއާ އައުޓް ކެމްޕެއިންގައި އެންމެ އިސްކޮށް އުޅުއްވި ބޭފުޅުންގެ ތެރޭގައި މިނިސްޓަރު ޚަލީލް ހިމެނިވަޑައިގަންނަވަ އެވެ.

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

06 ފެބުރުއަރީ 2017

ކޮރަޕްޝަނާއި އަދުލު އިންސާފުގެ އެއްވެސް ވާހަކައެއް ރިޔާސީ ބަޔާނަކު ނެތް

06 ފެބުރުއަރީ 2017
ކޮރަޕްޝަނާއި އަދުލު އިންސާފުގެ އެއްވެސް ވާހަކައެއް ރިޔާސީ ބަޔާނަކު ނެތް
04 ފެބުރުއަރީ 2017

އެމްޑީޕީގެ ކޮންޓްރޯލް އެއްވެސް ބޭފުޅަކަށް ނެގިދާނެ ކަމަކަށް ޤަބޫލެއް ނުކުރަން: ރައީސް ނަޝީދު

04 ފެބުރުއަރީ 2017
އެމްޑީޕީގެ ކޮންޓްރޯލް އެއްވެސް ބޭފުޅަކަށް ނެގިދާނެ ކަމަކަށް ޤަބޫލެއް ނުކުރަން: ރައީސް ނަޝީދު
30 ޖެނުއަރީ 2017

ސަރުކާރު އެއްވެސް ސްކޫލެއްގެ ޓީޗަރަކަށް މޫނު ބުރުގާ އަޅައިގެން ސްކޫލަކަށް ނުދެވޭނެ: އެޑިއުކޭޝަން

30 ޖެނުއަރީ 2017
ސަރުކާރު އެއްވެސް ސްކޫލެއްގެ ޓީޗަރަކަށް މޫނު ބުރުގާ އަޅައިގެން ސްކޫލަކަށް ނުދެވޭނެ: އެޑިއުކޭޝަން
29 ޖެނުއަރީ 2017

މަޖްލިސް މެންބަރުންގެ ބޮލަށް އެއްވެސް ކަމެއް ނުކެނޑޭނެ، ހުރިހާ ގޯހެއް ހަދަނީ ރައްޔިތުން: މުސްތޮފާ

29 ޖެނުއަރީ 2017
މަޖްލިސް މެންބަރުންގެ ބޮލަށް އެއްވެސް ކަމެއް ނުކެނޑޭނެ، ހުރިހާ ގޯހެއް ހަދަނީ ރައްޔިތުން: މުސްތޮފާ
27 ޖެނުއަރީ 2017

ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ

27 ޖެނުއަރީ 2017
ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ
24 ޖެނުއަރީ 2017

މާލޭގެ ގެއެއްގެ ތެރޭގައި ލަންކާ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ

24 ޖެނުއަރީ 2017
މާލޭގެ ގެއެއްގެ ތެރޭގައި ލަންކާ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ
23 ޖެނުއަރީ 2017

ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް

23 ޖެނުއަރީ 2017
ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް
10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

06 ޖެނުއަރީ 2017
!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

06 ޖެނުއަރީ 2017
!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް