Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެގާސިމްގެ ޝަރީޢަތް

ގާސިމްގެ ބައްޔަކީ ކޯޓަށް ހާޒިރު ނުވެވޭފަދަ ބައްޔެއް ނޫން: ކޯޓް

31 އޯގަސްޓު 2017 | ބުރާސްފަތި 09:43

ގާސިމްގެ ސިއްހީ ހާލަތު ހުރި ގޮތުން އެންމެ ތަނަވަސްމިނުގައި ދޭން ޖެހޭ ފުރުސަތުތައް ޝަރީއަތުން ދީފައިވާނެ

ސަހުބާން  ފަހުމީ
ސަހުބާން ފަހުމީ | 31 އޯގަސްޓު 2017 | ބުރާސްފަތި 09:43
ގާސިމް އިބްރާހީމް

ގާސިމް އިބްރާހީމް

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެމައްޗަށް ދައުލަތުން ހުށައެޅި ރިޝްވަތުދޭން ހުށައެޅުމުގެ ދައުވާގެ ހުކުމް ގާސިމްގެ ޣައިރު ހާޒިރުގައި އިއްވީ ގާސިމްގެ ބައްޔަކީ ކޯޓަށް ހާޒިރު ނުވެވޭފަދަ ބައްޔެއްކަން ޝަރީޢަތަށް ހުށަހެޅުނު ލިޔުންތަކުން އެނގެން ނެތުމުން ކަމަށް ގާސިމްގެ މައްސަލަ ނިންމި ގޮތުގެ ރިޕޯޓުގައި ބުނެފިއެވެ.

ޤާސިމް އިބްރާހީމްގެ މައްޗަށް ދައުލަތުން ކުރި ރިޝްވަތު ދިނުމަށް ހުށައެޅުމުގެ ކުށުގެ ދަޢުވާގެ ޝަރީޢަތުގެ ޚުލާސާ ރިޕޯޓް ކްރިމިނަލް ކޯޓުން ވަނީ ޢާންމުކޮށްފައެވެ. ޤާސިމްގެ މައްޗަށް މި ދަޢުވާ ސާބިތުވެ 3 އަހަރާއި 2 މަހާއި 12 ދުވަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން މިމަހުގެ 25 ވަނަ ދުވަހުވަނީ ޙުކުމްކޮށްފައެވެ.

Advertisement - newsAdvertisement

ރިޕޯޓްގައި ބުނީ، ގާސިމްގެ ސިއްހީ ހާލަތު ހުރި ގޮތުން އެންމެ ތަނަވަސްމިނުގައި ދޭން ޖެހޭ ފުރުސަތުތައް ޝަރީއަތުން ދީފައިވާނެ ކަމަށެވެ.އެގޮތުން ޝަރީއަތުގެ މަޖިލީހުގައި އިށީނދެވަޑައިގެން ވާހަކަ ދެއްކެވުމުގެ ފުރުސަތު ގާސިމަށް ދެއްވި ކަމަށް ވަނީ ބުނެފައެވެ. ހަމައެހެންމެ ޝަރީއަތުގެ މަޖިލިސްތަކުގައި ގާސިމްގެ ސެކިއުރިޓީންނަށް ތިބުމުގެ ފުރުސަތު ދިނުން ފަދަ ކަންކަން މަގުފަހިކޮށްދީފައިވާނެ ކަމަށް ވެސް ގާސިމްގެ މައްސަލަ ނިންމި ރިޕޯޓުގައި ވަނީ ބުނެފައެވެ.

ރިޕޯޓުގައި ބުނިެފައި ވަނީ ގާސިމް ޝަރީއަތަށް ހާޒިރުވުމަށް ޗިޓު ފޮނުވާ ދުވަސްތަކާ ގުޅުވައިގެން ހޮސްޕިޓަލްގައި އެޑްމިޓްވާ ކަން ފާހަގަކުރެވިފަ އިވާ ކަމަށެވެ. ކޯޓަށް ހާޒިރުވުމަށް ފަހު، ބަލި ހާލަތު ބަޔާން ކުރުމުގެ ގޮތުން ދައްކާ ވާހަކަތަކާއި ކޯޓުގެ އަޑުއެހުން ނިމުމުން މީޑިއާއާ ވާހަކަ ދައްކާ ގޮތުގައި ބޭރު ފުށުން ފެންނަން ހުރި ތަފާތުތައް ފާހަގަ ކުރެވޭ ކަމަށް ރިޕޯޓުގައި ވެ އެވެ.

މީގެ އިތުރުން ގާސިމް އެޑްމިޓްކުރި ކޮންމެ ފަހަރަކު ވެސް ސިއްހީ ފުރިހަމަ ފަރުވާ ހޯދައި ކޯޓަށް ހާޒިރުވެވޭނެ މިންވަރަށް ރިކަވާ ވެފައިވާކަން އެނގޭ ކަމަށް ވެސް ރިޕޯޓްގައިއެވެ."ގާސިމްގެ ގައިގައި ހުރި ބައްޔެއް ދެނެގަތުމަށް ރާއްޖެއިން ހެދެން ނެތް ޓެސްޓުތައް ހެދުމަށް ގާސިމް ބެއްލެވި ޑޮކްޓަރު ލަފާ ދީފައިވާ ކަމާއި ނަމަވެސް އެ ބައްޔަކީ ކޯޓަށް ހާޒިރު ނުވެވޭ ފަދަ ބައްޔެއްކަން ޝަރީއަތަށް ހުށަހެޅި ލިޔުންތަކުން އެނގެން ނެތް، ރިޕޯޓުގައި ވެ އެވެ.

ރިޕޯޓްގައިވާ ގޮތުން ގާސިމްގެ ޝަރީއަތް ހިންގާފައިވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން އޭނާ އަށް ލިބިދޭ ހައްގުތައް ފުރިހަމައަށް ދީ، އެ ގާނޫނުގައިވާ އިޖުރާއަތުތަކާ އެއްގޮތަށެވެ.

ޖިނާއީ މައްސަލަތައް ޣައިރު ޙާޟިރުގައި ނިންމުމަކީ އާ ކަމެއް ނޫންކަން މިމައްސަލއިގެ ޚުލާސާ ރިޕޯޓްގައި ފާހަގަކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި ހިމެނެއެވެ. އެގޮތުން ޝަރީޢަތުގެ ޙުކުން އިއްވުން ފިޔަވައި ހުރިހާ މަރުހަލާއެއް ކުރިއަށްގެންގޮސްފައިވަނީ ޤާސިމްގެ ޙާޟިރުގައި ކަމުން، މިކަމުގައި ޤާސިމްގެ ޙައްގެއް އުނިވެގެން ދާނެ ތަނެއް ނެތްކަމަށް ޤާޟީ ފާހަގަކޮށްފައިވެއެވެ. އަދި ގާސިމްގެ ޣައިރު ހާޒިރުގައި މައްސަލައިގެ ހުކުމް އިއްވާފައި ވަނީ ގާނޫނޫލް އުގޫބާތުގެ ދަށުން ފަނޑިޔާރަށް ލިބެދޭ ބާރުގެ ދަށުން ކަމަށް ހުލާސާ ރިޕޯޓުގައި ބުނެފައުވެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

އެސްބީޓީ އުމްރާ ގުރޫޕްގެ ވެރިޔާ ބާގިރު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރަން އަމުރުކޮށްފި

30 ޖެނުއަރީ 2017
އެސްބީޓީ އުމްރާ ގުރޫޕްގެ ވެރިޔާ ބާގިރު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރަން އަމުރުކޮށްފި
29 ޖެނުއަރީ 2017

ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ

29 ޖެނުއަރީ 2017
ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ
22 ޖެނުއަރީ 2017

ހައި ކޯޓަށް ހުށަހެޅި މެރީޑިއަމްގެ މައްސަލަ ކުރިއަށް ނުދޭ:އެމްޕީއެލް

22 ޖެނުއަރީ 2017
ހައި ކޯޓަށް ހުށަހެޅި މެރީޑިއަމްގެ މައްސަލަ ކުރިއަށް ނުދޭ:އެމްޕީއެލް
15 ޖެނުއަރީ 2017

ކެންޑިޑެސީ ބާތިލްކުރި މައްސަލަ ހައި ކޯޓަށް ހުށަހަޅައިފި

15 ޖެނުއަރީ 2017
ކެންޑިޑެސީ ބާތިލްކުރި މައްސަލަ ހައި ކޯޓަށް ހުށަހަޅައިފި
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
11 ޖެނުއަރީ 2017

ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ

11 ޖެނުއަރީ 2017
ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ
10 ޖެނުއަރީ 2017

ޔުމްނާ މައުމޫނު ފުލުހަށް ހާޒިރުވުމަށް އަންގައިފި

10 ޖެނުއަރީ 2017
ޔުމްނާ މައުމޫނު ފުލުހަށް ހާޒިރުވުމަށް އަންގައިފި
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް