Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމޯލްޑިވިއަން

ޖިއްދާގައި އޮތް މޯލްޑިވިއަންގެ ފުލައިޓުގެ އިންޖީނަށް ދިމާވި މައްސަލަ ހައްލުކޮށް ފުރައިފި

9 އޯގަސްޓު 2025 | ހޮނިހިރު 17:34

މައްސަލަ ޖެހުނީ މޯލްޑިވިއަން އަށް އެންމެ ފަހުން ގެނައި އެއަރބަސް ބޯޓު

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 9 އޯގަސްޓު 2025 | ހޮނިހިރު 17:34
އިންޖީނު މައްސަލަޖެހިގެން ޖިއްދާ އެއަރޕޯޓުގައި ތާށެވެފައި އޮތް މޯލްޑިވިއަންގެ ފުލައިޓް

އިންޖީނު މައްސަލަޖެހިގެން ޖިއްދާ އެއަރޕޯޓުގައި ތާށެވެފައި އޮތް މޯލްޑިވިއަންގެ ފުލައިޓް

މޯލްޑިވިއަންގެ ފުލައިޓުގެ އިންޖީނަށް ދިމާވި މައްސަލަ ހައްލުކޮށް ފުރައިފިއެވެ.

މި ފުލައިޓަކީ މިއަދު ސައުދީ ގަޑިން ހަވީރު 3:45 ގައި ދިވެހި އުމްރާވެރިން ގޮވައިގެން އަންނަން އޮތް ފުލައިޓެވެ. ނަމަވެސް ބޯޓުގެ އިންޖީނަކަށް ދިމާވި މައްސަލައަކާއި ގުޅިގެން ބޯޓު ނުފުރި ޖިއްދާ އެއަރޕޯޓުގައި އޮތުމަށްފަހު މައްސަލަ ހައްލުކޮށް ފުރާފައި ވަނީ ސައުދީ ގަޑިން 6:30 ވި ފަހުންނެވެ.

Advertisement - newsAdvertisement

ރާއްޖެއެމްވީ އަށް މައުލޫމަތު ލިބުނުގޮތުގައި ބޯޓުގެ އެއް އިންޖީނަށް މައްސަލަ ދިމާވެފައި ވަނީ ފުރަން ތައްޔާރުވެފައި އޮއްވައެވެ. އެއިރު ބޯޓު އޮތީ އެއަރ ބުރިޖުން ނެއްޓި ރަންވޭ އަށް ދިއުމަށް ތައްޔާރު ވެފައެވެ. ނަމަވެސް އިންޖީނު ސްޓާޓު ނުވެ ފުލައިޓު ލަސްވުމުން އެކަމާއި ގުޅިގެން މޯލްޑިވިއަންގެ މީޑިއާގައި ސުވާލުކުރުމުން ބުނީ ފުލައިޓް ޑިލޭވީ ކަމަށެވެ. އަދި އެކަމާއި ގުޅުންހުރި މައުލޫމާތު ހޯދުމަށްފަހު ހިއްސާ ކުރާނެ ކަމަށެވެ.

ނަމަވެސް ޖިއްދާގައި އޮތް ބޯޓުގެ އިންޖީނަށް ދިމާވި މައްސަލަ ހައްލުކޮށް ފުރައިގެން ދިޔައިރުވެސް މޯލްޑިވިއަން އިން މައުލޫމާތު ފަހުން ހިއްސާ ނުކުރިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މައްސަލަ ޖެހުނީ މި ސަރުކާރުން ފަހުން ގެނައި އެއަރބަސް ބޯޓަށެވެ.

މި މައްސަލައާއި ގުޅިގެން މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ އެމްޑީ މުހައްމަދު ޝަކީލް ވިދާޅުވީ ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި އުމްރާއަށް ދިޔަ އުމްރާވެރިން ގޮވައިގެން ހޮނިހިރު ދުވަހު ސައުދީ އަރަބިއްޔާ އިން ރާއްޖެ އަށް އައުމަށްޓަކާ ސައުދީ ގަޑިން ހަވީރު 3:45 ގައި ފުރުމަށް ހަމަޖެހިފައިވާ ފްލައިޓަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ފުރުން ލަސްވި ފްލައިޓް މައްސަލަ ހައްލުކޮށް ސައުދީ ގަޑިން އިރުއޮއްސި 6:30 ގައި ފުރުމަށް ތައްޔާރުވި ކަމަށެވެ. އަދި ޖުމްލަ ގޮތެއްގައި ހުރިހާ އުމްރާވެރިންގެ ހާލުވެސް ރަނގަޅު ކަމަށް ޝަކީލް ވިދާޅުވިއެވެ.

ރާއްޖެއެމްވީ އާ ވާހަކަ ދެއްކި މީހަކު ބުނީ ބޯޓުގައި މަސައްލަ އެއް އުޅޭކަން އެނގުނީ ފަސިންޖަރުން އެރިފަހުން ކަމަށާއި، މައުލޫމަތު ލިބުނު ގޮތުގައި މައްސަލަ ޖެހުނީ ސްޓާޓިންގ މޯޓަރުގައެވެ. އަދި މައްސަލަ ހައްލުކުރީ ޖިއްދާ އެއަރޕޯޓުގެ އިންޖިނިއަރުންގެ އެހީތެރިކަމާއެކުއެވެ.

އެއަރޕޯޓަށް ވަރަށް ކުރިން ގޮސް އަދި ބޯޓުގައި އުމުރާވެރިން ވަރަށް ގިނަ އިރު ތިބެން ޖެހުނު ނަމަވެސް ހައްޖު ކޯޕަރޭޝަން އިން މާ ބޮޑު އަޅާލުމެއް އެކަމުގައި ބަހައްޓާފައި ނުވާތީ ބައެއް ފަރާތްތަކުން ވަނީ ހިތްހަމަ ނުޖެހުން ފާޅު ކޮށްފައެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

އިތުރަށް ކިޔާލަން

20 ފެބުރުއަރީ 2017

ކުރިއަށް އޮތް އިންތިޚާބުގައި ސަރުކާރަކަށް މެޖޯރިޓީއެއް ނުނެގޭނެ: އެމްޔޫއޯ

20 ފެބުރުއަރީ 2017
ކުރިއަށް އޮތް އިންތިޚާބުގައި ސަރުކާރަކަށް މެޖޯރިޓީއެއް ނުނެގޭނެ: އެމްޔޫއޯ
12 ފެބުރުއަރީ 2017

ޗެއާޕާސަން އިންތިހާބުން ޕާޓީއަށް ތަރުހީބް އޮތްކަން ހާމަވޭ: އެމްޑީޕީ

12 ފެބުރުއަރީ 2017
ޗެއާޕާސަން އިންތިހާބުން ޕާޓީއަށް ތަރުހީބް އޮތްކަން ހާމަވޭ: އެމްޑީޕީ
12 ފެބުރުއަރީ 2017

އާސަހަރާއެއް ނުފުރޭ، ކުރިއަށް އޮތް ދެ އަހަރުވެސް މީހުން ވަޅުލެވޭނެ: މާލޭ ސިޓީ ކައުންސިލް

12 ފެބުރުއަރީ 2017
އާސަހަރާއެއް ނުފުރޭ، ކުރިއަށް އޮތް ދެ އަހަރުވެސް މީހުން ވަޅުލެވޭނެ: މާލޭ ސިޓީ ކައުންސިލް
01 ފެބުރުއަރީ 2017

އައިޖީއެމްއެޗަށް ލިބެން ޖެހޭ 360 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބި އެބައޮތް: އޮޑިޓަރ ޖެނެރަލް

01 ފެބުރުއަރީ 2017
އައިޖީއެމްއެޗަށް ލިބެން ޖެހޭ 360 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބި އެބައޮތް: އޮޑިޓަރ ޖެނެރަލް
31 ޖެނުއަރީ 2017

ރައީސް ޔާމީން ވާހަކަ ދެއްކެވީ ހަގީގަތް އޮޅުވާލަން، ޕާޓީތެރޭގައި ބައިބައިވުން އެބަ އޮތް:މައުމޫނު

31 ޖެނުއަރީ 2017
 ރައީސް ޔާމީން ވާހަކަ ދެއްކެވީ ހަގީގަތް އޮޅުވާލަން، ޕާޓީތެރޭގައި ބައިބައިވުން އެބަ އޮތް:މައުމޫނު
27 ޖެނުއަރީ 2017

ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ

27 ޖެނުއަރީ 2017
ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ
25 ޖެނުއަރީ 2017

ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް

25 ޖެނުއަރީ 2017
ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް
23 ޖެނުއަރީ 2017

ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި

23 ޖެނުއަރީ 2017
ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި
09 ޖެނުއަރީ 2017

ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ

09 ޖެނުއަރީ 2017
ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް