Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެވެލާނާ އެއަރޕޯޓް އާ ޓާރމިނަލް މަސައްކަތް

މީގެ ކުރިއަށް ބެލިނަމަވެސް އެއަރޕޯޓު ޓާރމިނަލް ޕްރޮޖެކްޓްގެ 61 އިންސައްތަ މަސައްކަތް އޮތީ ނިމިފަ: އެމްޔޫ މަނިކު

26 ޖުލައި 2025 | ހޮނިހިރު 14:22

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓާރމިނަލްގެ 61 އިންސައްތަ މަސައްކަތް މާ ކުރިން ވެސް ވަނީ ނިމިފަ

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް | 26 ޖުލައި 2025 | ހޮނިހިރު 14:22
އެމްއޭސީއެލްގެ ކުރީގެ ޗެއަރމަން މުހައްމަދު އުމަރު މަނިކު ފަށާއިރު ޕްރޮގްރާމުގައި ވާހަކަދައްކަވަނީ: ވިދާޅުވީ އެއަރޕޯޓުގެ ޓާމިނަލްގެ މަސައްކަތުގެ 61 އިންސައްތަ މާކުރިން ވެސް ނިމިފައިވާ ކަމަށް

އެމްއޭސީއެލްގެ ކުރީގެ ޗެއަރމަން މުހައްމަދު އުމަރު މަނިކު ފަށާއިރު ޕްރޮގްރާމުގައި ވާހަކަދައްކަވަނީ: ވިދާޅުވީ އެއަރޕޯޓުގެ ޓާމިނަލްގެ މަސައްކަތުގެ 61 އިންސައްތަ މާކުރިން ވެސް ނިމިފައިވާ ކަމަށް

ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯޓުގެ އައު ޓާރމިނަލް ތަރައްގީ ކުރުމުގެ މަސައްކަތް ހުރީ މީގެ ކުރިން ވެސް 61 އިންސައްތަ ނިމިފައި ކަމަށާއި އެތަނުގައި އިތުރަށް ކުރަން ހުންނާނީ އެންމެ 40 އިންސައްތައިގެ މަސައްކަތް ކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީގެ ކުރީގެ ޗެއަރމަން އަދި ޔުނިވަރސަލް އެންޓަޕްރައިސަސް ގެ ޗެއަރމަން މުޙައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) ވިދާޅުވެއްޖެ އެވެ.

އުމަރު މަނިކު މިފަދައިން ވިދާޅުވީ ރާއްޖެ ޓީވީގެ ފަށާއިރު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ނެވެ.

Advertisement - newsAdvertisement

އޭނާ ވިދާޅުވީ އެއަރޕޯޓުގެ މަސައްކަތުގެ ތެރެއަށް ޓާރމިނަލް މަސައްކަތް އެންމެ ފުރަތަމަ ކުރެވުނީ ޖަޕާން މީހުންނާއި އެކުގައި ކަމަށެވެ. އެމީހުން ޓާރމިނަލް މަސައްކަތުގެ ވަރަށް ބޮޑުބައި ނިންމާފައިވާ ކަމަށް ވެސް އުމަރުމަނިކު ވިދާޅުވި އެވެ.

އެހެން ނަމަވެސް މަސައްކަތް އެއްކޮށް ނުނިމެނީސް ޖަޕާން މީހުން މަސައްކަތް ހުއްޓާލާފައި ދިއައީ ކަމަށާއި އޭގެ ފަހުން ކޮރެއާ ބަޔަކު ވެސް މަސައްކަތް ކުރިކަމަށެވެ.

ނަމަވެސް އޭގެ ފަހުން އެއަރޕޯޓު ޓާރމިނަލްގެ މަސައްކަތް ރަނގަޅަށް ހިނގައިގަތީ، އޭރު އޮތް ސަރުކާރުން މިޑްލްއީސްޓް ކޮންސޮލިޑޭޓޭޓް، އަބޫދާބީ ފަންޑު، ކުވެއިތް ފަންޑު، އޯޕެކް ފަދަ ތަންތަނުން ހޯދި ފަންޑުތަކުގެ އެހީތެރިކަމާއި އެކުގައި ކަމަށް އުމަރުމަނިކު ވިދާޅުވިއެވެ.

އުމަރުމަނިކު ވިދާޅުވީ މިހާރު ޓާރމިނަލްގައި އެ ހުރި ޑިޒައިން އަކީ ޖަޕާން މީހުންގެ އަމިއްލަ ޑިޒައިނެއް ކަމަށާއި، އެއީ ޖަޕާނު މީހުން ކުރެހި ޑިޒައިނެއް ކަމަށެވެ. އަދި އެމީހުން ކުރެހި އެ ޑިޒައިންގެ ރައިޓްސް ގަތީކަމަށާއި މިހާރު އެއިން ޑިޒައިނަކީ އޭގެ ޑެވެލޮޕްމަންޓެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އުމަރުމަނިކު ވިދާޅުވީ އޭނާ އެއަރޕޯޓުން ވަކިވެ ވަޑައިގެން އިރު، ޓަރމިނަލްގެ ބޮޑުބައެއް ހުރީ ނިމިފައި ކަމަށެވެ. އެގޮތުން އެތަނުގެ 61 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިހާރު ޑެވެލޮޕް ކޮށްފައި އެ ހުރީ ގާތްގަނޑަކަށް ޓާރމިނަލްގެ އެ މަސައްކަތުގެ 40 އިންސައްތަ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އުމަރުމަނިކު ވިދާޅުވީ ޓާރމިނަލް މަސައްކަތް އެންމެ ފުރަތަމަ ފެށުނު ދުވަހުން ފެށިގެން ވެސް އޮތީ އެ ޓާރމިނަލްގެ މަސައްކަތް މުޅިން ނިންމާ މި އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހު ތަނުގެ ތަޅުދަނޑި ހަވާލުކުރާ ގޮތަށް ކަމަށެވެ.

އޭރުގައި ވެސް ވަނީ އެއާރޕޯޓުގެ ބޮޑުބައެއް މަސައްކަތް ނިމިފަ. 61 އިންސައްތަ މަސައްކަތް ހުރީ ނިމިފަ. އޭރު ނިންމާފައި އޮތީ އެތަން ނިންމައި 2025 ފެ ޖުލައި މަހުގެ 26 ވަނަ ދުވަހު ހަވާލުކުރާ ގޮތަށް. "ވީ ވިލް ގިވއ ޔޫ ދަ ކީސް" އޭރުވެސް ބުނެފައި އޮތީ އެހެން
މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީގެ ކުރީގެ ޗެއަރމަން އަދި ޔުނިވާސަލް އެންޓަޕްރައިސަސް ގެ ޗެއާމަން މުޙައްމަދު އުމަރު މަނިކު

އޭނާ އިތުރަށް ވިދާޅުވީ އެއަރޕޯޓުގެ އައު ޓާރމިނަލްގެ ކްރެޑިޓް އެއްވެސް ބަޔަކަށް ނުނެގޭނޭ ކަމަށެވެ. ސަބަބެއް ކަމުގައި އޭނާ ވިދާޅުވީ މަސައްކަތުގެ މިނަވަރު ތަފާތުވި ނަމަވެސް ހުރިހާ ސަރުކާރަކުން ވެސް އެތަނުގެ މަސައްކަތް ކޮށްފައިވާ ކަމަށެވެ. އެހެންކަމުން އެއްވެސް ސަރުކާރަކަށް އެ ޓާރމިނަލްގެ ކްރެޑިޓް ނުނެގޭނޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

20 ފެބުރުއަރީ 2017

ކުރިއަށް އޮތް އިންތިޚާބުގައި ސަރުކާރަކަށް މެޖޯރިޓީއެއް ނުނެގޭނެ: އެމްޔޫއޯ

20 ފެބުރުއަރީ 2017
ކުރިއަށް އޮތް އިންތިޚާބުގައި ސަރުކާރަކަށް މެޖޯރިޓީއެއް ނުނެގޭނެ: އެމްޔޫއޯ
12 ފެބުރުއަރީ 2017

އާސަހަރާއެއް ނުފުރޭ، ކުރިއަށް އޮތް ދެ އަހަރުވެސް މީހުން ވަޅުލެވޭނެ: މާލޭ ސިޓީ ކައުންސިލް

12 ފެބުރުއަރީ 2017
އާސަހަރާއެއް ނުފުރޭ، ކުރިއަށް އޮތް ދެ އަހަރުވެސް މީހުން ވަޅުލެވޭނެ: މާލޭ ސިޓީ ކައުންސިލް
27 ޖެނުއަރީ 2017

ޕީޕީއެމް ޕްރައިމަރީގެ ވޯޓުލުން ކުރިއަށް ގެންގޮސްފި

27 ޖެނުއަރީ 2017
ޕީޕީއެމް ޕްރައިމަރީގެ ވޯޓުލުން ކުރިއަށް ގެންގޮސްފި
25 ޖެނުއަރީ 2017

ބަސް ދަތުރުތައް ފެށުމަށް ވާން ޖެހޭ ތައްޔާރީތައް ދަނީ ކުރިއަށް: އެމްޓީސީސީ

25 ޖެނުއަރީ 2017
ބަސް ދަތުރުތައް ފެށުމަށް ވާން ޖެހޭ ތައްޔާރީތައް ދަނީ ކުރިއަށް: އެމްޓީސީސީ
24 ޖެނުއަރީ 2017

އެއަރޕޯޓު ޓެކުހާއި ފީ ނެގުމުގެ ގަވާއިދު ގެޒެޓުކޮށްފި

24 ޖެނުއަރީ 2017
އެއަރޕޯޓު ޓެކުހާއި ފީ ނެގުމުގެ ގަވާއިދު ގެޒެޓުކޮށްފި
22 ޖެނުއަރީ 2017

ހައި ކޯޓަށް ހުށަހެޅި މެރީޑިއަމްގެ މައްސަލަ ކުރިއަށް ނުދޭ:އެމްޕީއެލް

22 ޖެނުއަރީ 2017
ހައި ކޯޓަށް ހުށަހެޅި މެރީޑިއަމްގެ މައްސަލަ ކުރިއަށް ނުދޭ:އެމްޕީއެލް
19 ޖެނުއަރީ 2017

46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

19 ޖެނުއަރީ 2017
46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް
16 ޖެނުއަރީ 2017

ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި

16 ޖެނުއަރީ 2017
ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި
16 ޖެނުއަރީ 2017

އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

16 ޖެނުއަރީ 2017
އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް