Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔޫއެސް އޯޕަން

ޔޫއެސް އޯޕަން: ފެޑެރާއާ ނަދާލްވެސް ދެވަނަ ބުރަށް

ރަފައޭލް ނަދާލް ދެވަނަ ބުރުގެ ޖާގައެއް ކަށަވަރު ކޮށްފައިވަނީ ސާބިއާގެ ޑޫސާން ލަޖޮވިޗް ސީދާ ތިން ސެޓުން ބަލިކޮށްގެން

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 30 އޯގަސްޓު 2017 | ބުދަ 07:33
ދުނިޔޭގެ އެއްވަނައިގައި ރޭންކް ކުރެވިފައިވާ ރަފައޭލް ނަދާލް

ދުނިޔޭގެ އެއްވަނައިގައި ރޭންކް ކުރެވިފައިވާ ރަފައޭލް ނަދާލް

ނިއު ޔޯކުގައި މިހާރު ކުރިޔަށްދާ ޔޫއެސް އޯޕަން ޓެނިސް މުބާރާތުގައި ރަފައޭލް ނަދާލް އަދި ރޯޖާ ފެޑެރާވެސް ދެވަނަ ބުރުގެ ޖާގައެއް ކަށަވަރު ކޮށްފިއެވެ.

އޭޓީޕީ ރޭންކިންގެ އެއްވަނައިގާ މިވަގުތު އޮތް ސްޕެއިންގެ ރަފައޭލް ނަދާލް ދެވަނަ ބުރުގެ ޖާގައެއް ކަށަވަރު ކޮށްފައިވަނީ 85 ވަނައިގައި ރޭންކް ކުރެވިފައި އޮތް ސާބިއާގެ ޑޫސާން ލަޖޮވިޗް ސީދާ ތިން ސެޓުން ބަލިކޮށްގެންނެވެ. ނަދާލް ސެޓުތަށް ގެންގޮސްފައި ވަނީ 7-6، 6-2 އަދި 6-2 އަކުންނެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ނަދާލް ވަނީ ވާރޭގެ ސަބަބުން ކުރިމަތިވި އުނދަގޫތަށް ހައްލު ކޮށްދިނުމަށް މުބާރާތް އިންތިޒާމް ކުރާ ފަރާތުގައި އެދިފައެވެ. ވާރޭގެ ސަބަބުން މުބާރާތުގެ 44 މެޗެއް ވަނީ ލަސް ކުރެވިފައެވެ.

މިއީ ނަދާލް މި ސީޒަނުގައި ކާމިޔާބުކުރި 50 ވަނަ މެޗެވެ. އޭނާއާ އެއް އަދަދަކަށް އެހެން އެއްވެސް ކުޅުންތެރިޔަކަށް މެޗުތަށް ކާމިޔާބު ކުރެވިފައި ނުވެއެވެ.

މި މުބާރާތުގައި ތިން ވަނައަށް ސީޑު ކުރެވިފައިވާ ރޯޖާ ފެޑެރާ ދެވަނަ ބުރުގެ ޖާގައެއް ކަށަވަރު ކުރީ އުނދަގޫ މެޗަކަށް ފަހު ފްރާންސްގެ ފްރާނަސެސް ޓިއަފޯ ތިން ސެޓު ދެ ސެޓުން ބަލިކޮށްގެންނެވެ.

ފެޑެރާއަށް 6-4 އަކުން ފުރަތަމަ ސެޓު ގެއްލުނު ނަމަވެސް އޭނާ ވަނީ ދެވަނަ ސެޓާއި ތިންވަނަ ސެޓު 6-2 އަދި 6-1 އަކުން ގެންގޮސްފައެވެ. އެހެން ނަމަވެސް ޓިއަފޯ ވަނީ ހަތަރު ވަނަ ސެޓު 6-1 ކާމިޔާބުކޮށް ފަސް ވަނަ ސެޓަކަށް މެޗު ގެންގޮސްފައެވެ. އެހެން ނަމަވެސް މެޗުގެ ނަތީޖާ ނެރެން ކުޅުނު ފަސް ވަނަ މެޗު ފެޑެރާ ވަނީ 6-4 އަކުން ގެންގޮސް މެޗު ކާމިޔާބު ކޮށްފައެވެ.

މުބާރާތުގެ އަންހެން ސިންގަލްސް އިވެންޓުގައި މިދިޔަ އަހަރުގެ ޗެމްޕިއަން ޖަރުމަނުގެ އެންޖެލިކް ކަރްބާ ވަނީ ޖަޕާނުގެ ނައޯމީ އޮސާކާއަތުން ސީދާ ދެ ސެޓުން ބަލިވެ މުބާރާތުން ކަޓާފައެވެ. އެހެން ނަމަވެސް އެއްވަނައަށް ސީޑު ކުރެވިފައިވާ ކެރޮލީނާ ޕްލިސްކޯވާ ވަނީ 6-2 އަދި 6-1 އަކުން ޕޮލެންޑުގެ މަގްޑާ ލިނެޓް ބަލިކޮށް ދެވަނަ ބުރުގެ ޖާގައެއް ކަށަވަރު ކޮށްފައެވެ.

ފެޑެރާ މި އަހަރުގެ މުބާރާތް ކާމިޔާބު ކޮށްފިނަމަ ވެގެންދާނީ އޭނާ ކާމިޔާބު ކުރާ ހަވަނަ ޔޫއެސް އޯޕަން ޗެމްޕިއަންޝިޕަށެވެ. އަދި އޭނާ ވެގެން ދާނީ އޯޕެން އެރާގައި މި މުބާރާތް ކާމިޔާބު ކުރާ އެންމެ އުމުރުން ދުވަސްވީ ކުޅުންތެރިޔާއަށެވެ.

އިތުރަށް ކިޔާލަން

09 ފެބުރުއަރީ 2017

އޮފީސް ހޭންޑްބޯލް: ފައިނަލްގެ ދެވަނަ ޖާގަ ޔޫތު މިނިސްޓްރީއަށް

09 ފެބުރުއަރީ 2017
އޮފީސް ހޭންޑްބޯލް: ފައިނަލްގެ ދެވަނަ ޖާގަ ޔޫތު މިނިސްޓްރީއަށް
09 ފެބުރުއަރީ 2017

ދެވަނަ އެމްބީއޭ ކަޕް: ދަ ބައުސްގެ މައްޗަށް ޓީރެކްސް ކުރިހޯދައިފި

09 ފެބުރުއަރީ 2017
ދެވަނަ އެމްބީއޭ ކަޕް: ދަ ބައުސްގެ މައްޗަށް ޓީރެކްސް ކުރިހޯދައިފި
08 ފެބުރުއަރީ 2017

ދެވަނަ އެމްބީއޭކަޕް: އެލްޓީ އާއި ސްޓްރިންގާސް އިން ފެށުން ރަނގަޅުކޮށްފި

08 ފެބުރުއަރީ 2017
ދެވަނަ އެމްބީއޭކަޕް: އެލްޓީ އާއި ސްޓްރިންގާސް އިން ފެށުން ރަނގަޅުކޮށްފި
01 ފެބުރުއަރީ 2017

ދެވަނަ އޮފީސް ހޭންޑްބޯޅަ މުބާރާތް ފަށައިފި

01 ފެބުރުއަރީ 2017
ދެވަނަ އޮފީސް ހޭންޑްބޯޅަ މުބާރާތް ފަށައިފި
30 ޖެނުއަރީ 2017

އޮސްޓްރޭލިއަން އޯޕަން: ނަޑާލް ބަލިކޮށް 18 ވަނަ ގްރޭންޑް ސްލޭމް ފެޑެރާ އުފުލާލައިފި

30 ޖެނުއަރީ 2017
އޮސްޓްރޭލިއަން އޯޕަން: ނަޑާލް ބަލިކޮށް 18 ވަނަ ގްރޭންޑް ސްލޭމް ފެޑެރާ އުފުލާލައިފި
25 ޖެނުއަރީ 2017

ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

25 ޖެނުއަރީ 2017
ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ
23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް
22 ޖެނުއަރީ 2017

ދެވަނަ ޑިވިޝަން ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސީ ލައިފަށް

22 ޖެނުއަރީ 2017
ދެވަނަ ޑިވިޝަން ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސީ ލައިފަށް
15 ޖެނުއަރީ 2017

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

15 ޖެނުއަރީ 2017
ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް
08 ޖެނުއަރީ 2017

ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި

08 ޖެނުއަރީ 2017
ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު