Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެވެލިދޫގައި ސީޕްލޭންގެ ޚިދުމަތް

ރައީސްގެ މުއިއްޒުގެ އިތުރު ވައުދެއް، ''އަންނަ ޖެނުއަރީ މަހު ވެލިދޫގައި ސީޕްލޭންގެ ޚިދުމަތް ފަށާނަން''

24 ޖުލައި 2025 | ބުރާސްފަތި 07:18

ވިހަފަރުގައި ވައިގެބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް ބާރު ދުވެލީގައި ކުރިއަށް ގެންދާނަން

އަމްނާ އިމާދު
އަމްނާ އިމާދު | 24 ޖުލައި 2025 | ބުރާސްފަތި 07:18
ނ. ވެލިދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވާހަކަދައްކަވަނީ

ނ. ވެލިދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވާހަކަދައްކަވަނީ

އަންނަ ޖަނަވަރީ މަހު ވެލިދޫގައި ސީ ޕްލޭން ޕްލެޓްފޯމެއް ގާއިމުކުރައްވައި ސީޕްލޭންގެ ޚިދުމަތް ފައްޓަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިކަން އިއުލާންކުރައްވާފައިވަނީ، ނ. ވެލިދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

Advertisement - newsAdvertisement

ރައީސް މުއިއްޒު ވިދާޅުވީ، ވިހަފަރުގައި ވައިގެބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް ބާރު ދުވެލީގައި ގޮސް ނިންމާލުމަށް ކަނޑައަޅުއްވާފައިވިޔަސް، ވެލިދޫއަށް ޚާއްސަކޮށްގެން ސީޕްލޭން ޚިދުމަތް ފައްޓަވާނެ ކަމަށެވެ. މީގެ އިތުރުން، ވެލިދޫގައި ސްޓޭޝަންކޮށްފައި އޮންނަ ގޮތަށް، ސީ އެމްބިއުލާންސެއްގެ ޚިދުމަތްވެސް، އަންނަ އަހަރުގެ ޖަނަވަރީ މަހު ފައްޓަވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ވިހަފަރުގައި ވައިގެބަނދަރުގެ މަޝްރޫއު ތަކުރާރު ކުރެއްވިއިރު، އެމަނިކުފާނު އެ އެއާޕޯޓެއް އެޅުމުގެ ވައުދު ފުރަތަމަ ވެވަޑައިގެންނެވީ ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައެވެ. އަދި އެރއާޕޯޓުގެ ސަބަބުން ވެލިދޫގެ އިތުރުން ހޮޅުދޫ، ފޮއްދޫ އަދި މުޅި އެ ސަރަހައްދާއި އަތޮޅަށް ފައިދާ ކުރާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.

އަތޮޅުގެ އެންމެ އާބާދީ ބޮޑު ރަށްކަމަށްވާ ވެލިދޫގެ ތަރައްގީއަށްޓަކައި ކުރައްވަމުން ގެންދަވާ އިތުރު މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ރައީސް މުއިއްޒު ވަނީ، އެ ރަށުގައި އިފްތިތާހުކުރެއްވި މަސައްކަތްތަކަށް އިޝާރާތްކުރައްވާފައެވެ.

އެގޮތުން ވެލިދޫގައި ވަނީ، ހޮސްޕިޓާ އިމާރާތްކުރުމުގެ މަސައްކަތާއި ކޮމިއުނިޓީ ބޭސްޑް ރިހެބިލިޓޭޝަން ސެންޓަރުގެ މަސައްކަތް ފައްޓަވާފައެވެ. އަދި އޮޑިދޯނިފަހަރުގެ މަސައްކަތްތަކަށް ޚާއްސަކޮށް ހިއްކާ ސަރަހައްދުގެ މަސައްކަތް ފައްޓަވައި، ވެލިދޫ ޕޮލިސް ސްޓޭޝަންގެ ބިންގާއެޅުން ވެސް ކުރިއަށްގެންގޮސްފައިވެއެވެ.

މީގެ އިތުރުން ރައީސް މުއިއްޒު ވަނީ، ބަނދަރުގައި ހުރި ދަތިތައް ތަފްސީލުކޮށްދެއްވައި ވެލިދޫގެ 600 ރައްޔިތުންގެ ސޮޔާއެކު އެމަނިކުފާނަށް ހުށަހެޅި ޕެޓިޝަނާ ބެހޭގޮތުންވެސް ވާހަކަފުޅުދައްކަވާފައެވެ.

އެގޮތުން، އެ ޕެޓިޝަންގައިވާ ކަންކަން، ކަމާބެހޭ ވުޒާރާއިން ފަންނީގޮތުން ދިރާސާކުރެއްވުމަށްފަހު، ރައްޔިތުން އެދޭ ބަދަލުތައް ގެނެސްދެއްވައިގެން ވެލިދޫ ބަނދުރުން ރައްޔިތުންނަށް ހިތްހަމަޖެހުން ހޯދޭނެ މަގުފަހިކޮށްދެއްވުމަށް މަސައްކަތްކުރައްވާނޭކަމުގެ ޔަގީންކަން އެ މަނިކުފާނު ދެއްވިއެވެ. މި އަހަރުގެ ބަޖެޓުން އެ މަސައްކަތަށް ޖާގަ ހޯދެން ނެތްނަމަ، އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވައިގެން، މަސައްކަތް ކުރިއަށްގެންދަވާނޭކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

އަންނަ އަހަރަށް އެ މަނިކުފާނު އިއުލާންކުރެއްވި އިތުރު މަޝްރޫއުތަކުގެ ތެރޭގައި، ގެދޮރުވެރިކަމުގެ މަޝްރޫއަކާއި، ސްކޫލަށް ކްލާސްރޫމާއި ވަސީލަތްތައް އިތުރުކުރުމުގެ މަޝްރޫއެއް ހިމެނެއެވެ. އަދި ވެލިދޫގައި ފުޓްސަލް ދަނޑަކާއި، އެކި ކަހަލަ ކުޅިވަރު ކުޅޭ ކޯޓެއް ބިނާކުރުމުގެ މަސައްކަތްތައް ކުރިއަށްގެންދިއުމަށް މި އަހަރުގެ ސެޕްޓެމްބަރު މަހު ސޮއިކުރައްވާނޭކަމަށްވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

ރައްޔިތުންގެ ގާލަތު ގާތުން ބައްލަވައި ރައްޔިތުން އެދޭ ގޮތަށް ޚިދުމަތްތައް ފުރިހަމަކޮށްދެއްވުމަކީ މި ސަރުކާރުގެ ސިޔާސަތުކަން ވެސް، ރައީސް ވަނީ ތަކުރާރުކުރައްވާފައެވެ.

ރައީސް މުއިއްޒު ނ.އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި މީގެ ކުރިން އެމަނިކުފާނު ވެވަޑައިގެންނެވި ވައުދުތަކުގެ އިތުރުން ވެސް އިތުރު ވައުދުތައް ދަނީ ވެވަޑައިގަންނަވަމުންނެވެ.

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

4

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

ރައީސްގެ ދެކަނބަލުންނަށް ތައުރީފް ކުރައްވަނީ ރުއްސަން: ނާޒިމް

15 ޖެނުއަރީ 2017
ރައީސްގެ ދެކަނބަލުންނަށް ތައުރީފް ކުރައްވަނީ ރުއްސަން: ނާޒިމް
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
12 ޖެނުއަރީ 2017

ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި

12 ޖެނުއަރީ 2017
ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި
11 ޖެނުއަރީ 2017

އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް

11 ޖެނުއަރީ 2017
އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް
10 ޖެނުއަރީ 2017

ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!

10 ޖެނުއަރީ 2017
ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ

07 ޖެނުއަރީ 2017
މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް