Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ ހަނގުރާމަ

ޣައްޒާގައި ބޮޑު ބަނޑުހައި ހޫނުކަމެއް ފެތުރެމުންދާ ކަމަށް ބުނެ، ގިނަ ޖަމާއަތްތަކުން ކަންބޮޑުވެއްޖެ

އެގޮތުން ޣައްޒާގައި ބޮޑު ބަނޑުހައި ހޫނު ކަމެއް ފެތުރެމުންދާ ކަމަށާއި، އެ ޖަމާއަތްތަކުގެ  މުވައްޒަފުން ވެސް މިހާރު ކާބޯ ތަކެތީގެ ދަތިކަން ތަހަންމަލު ކުރަމުން ގެންދާ ކަމަށް ވަނީ ބުނެފަ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 23 ޖުލައި 2025 | ބުދަ 06:57
ޣައްޒާގެ އެހީ ބަހާ މަރުކަޒަށް އެހީ ހޯދުމަށް އެއްވެ ތިބި އާންމުންގެ ބަޔަކު

ޣައްޒާގެ އެހީ ބަހާ މަރުކަޒަށް އެހީ ހޯދުމަށް އެއްވެ ތިބި އާންމުންގެ ބަޔަކު

އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމައިގެ ސަބަބުން، މިވަގުތު ޣައްޒާގައި ބޮޑު ބަނޑުހައި ހޫނު ކަމެއް ފެތުރެމުން އަންނަ ކަމަށް ބުނެ، 100 އަށް ވުރެ ގިނަ އެހީދޭ ޖަމާއަތްތަކުން ކަންބޮޑުވުން ފާޅު ކޮށްފި އެވެ.

ބުދަ ދުވަހު އެ ޖަމާއަތްތަކުން ވަނީ ޣައްޒާ މިހާރު އޮތް ޙާލަތާ މެދު ކަންބޮޑުވެ، އެ ޙާލަތު އިތުރަށް ގޯސްވެދާނެ ކަމުގެ އިންޒާރު ދީފަ އެވެ. އެގޮތުން ޣައްޒާގައި ބޮޑު ބަނޑުހައި ހޫނު ކަމެއް ފެތުރެމުންދާ ކަމަށާއި، އެ ޖަމާއަތްތަކުގެ  މުވައްޒަފުން ވެސް މިހާރު ކާބޯ ތަކެތީގެ ދަތިކަން ތަހަންމަލު ކުރަމުން ގެންދާ ކަމަށެވެ. 

ޣައްޒާގެ އާބާދީގެ ދެ މިލިއަނަށް ވުރެ ގިނަ މީހުން، 21 މަސް ދުވަހުގެ ހަނގުރާމައިގެ ވޭންތައް ތަހަންމަލު ކުރަމުންދާއިރު، އިންސާނީ ޙާލަތު ދަށަށް ދިއުމާ ގުޅިގެން އިސްރާއީލަށް ބައިނަލްއަޤުވާމީ ފެންވަރުގައި ކުރިމަތިވަމުންދާ ފިއްތުންތައް އަންނަނީ އިތުރު ވަމުންނެވެ. 

މިއަހަރުގެ މެއި މަހުގެ ފަހު ކޮޅު އިސްރާއީލް އިން ދެ މަސް ދުވަހަށް ވުރެ ދިގު މުއްދަތަކަށް ދެމިގެން ދިޔަ ދަތި ކުރުންތަކަށް ކޮންމެ ވެސް ވަރެއްގެ ލުޔެއް ދީފައި ވީ ނަމަވެސް، ޣައްޒާގެ އާބާދީ އަށް ބޭނުންވާ ކާބޯ ތަކެއްޗާއި އަސާސީ ތަކެތީގެ ދަތިކަން ކުރިމަތި ކުރުވަމުން އަދިވެސް ގެންދެ އެވެ.

ޣައްޒާ އަށް ބޭނުންވާ އެހީ ބެހުމުގެ މަސައްކަތް ކުރަމުން އަންނަ މަރުކަޒުތައް ކައިރީގައި ވެސް އިސްރާއީލް އިން ހަމަލާ ދެމުން އަންނައިރު، އެ ސަރަހައްދުތަކުން ވެސް އަންނަނީ ގިނަ ބަޔަކު ޝަހީދު ކުރަމުންނެވެ. 

އެހީދޭ ޖަމާއަތްތަކުގެ ތެރޭގައި ހިމެނޭ ޑޮކްޓާސް ވިތައުޓް ބޯޑާސް، ސޭވް ދަ ޗިލްޑްރަން އަދި އޮކްސްފަމް ފަދަ ޖަމާއަތްތަކުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ، އެ ޖަމާއަތްތަކުގެ އެކުވެރިންނާއި، އެ ޖަމާއަތްތަކުގެ ޚިދުމަތް ދެމުން އަންނަ މީހުން ވެސް ބަނޑުހައި ހޫނުކަން ތަހަންމަލު ކުރަމުން އަންނަ ކަމަށެވެ.

ޣައްޒާގެ އެންމެ ބޮޑު ހޮސްޕިޓަލްގެ އިސްވެރިޔާ ބުނެފައި ވަނީ ވޭތުވެ ދިޔަ ތިން ދުވަހުގެ ތެރޭގައި 21 ކުޑަ ކުދިން ނިޔާވެފައި ވަނީ ބަނޑުހައި ހޫނުކަން ތަހަންމަލު ކުރަން ޖެހުމުގެ ސަބަބުން ކަމަށެވެ. އަދި ބަނޑުހައި ހޫނުކަން ތަހަންމަލު ކުރަން ޖެހުމުގެ ސަބަބުން، އެތައް ބަޔަކު ފަރުވާ ހޯދަން ޖެހިފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.  

އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމައިގެ ސަބަބުން ޣައްޒާގައި މިހާތަނަށް 59،106 މީހުން ޝަހީދުވެފައިވާ ކަމަށް ވަނީ ހާމަކޮށްފަ އެވެ.

އިތުރަށް ކިޔާލަން

23 ފެބުރުއަރީ 2017

20 މިލިއަން މީހުން ބަނޑުހައިހޫނުކަން ތަހައްމަލު ކުރަންޖެހިދާނެ

23 ފެބުރުއަރީ 2017
20 މިލިއަން މީހުން ބަނޑުހައިހޫނުކަން ތަހައްމަލު ކުރަންޖެހިދާނެ
18 ފެބުރުއަރީ 2017

އިޒްރޭލަކީ މުޅި ދުނިޔެ އާއި ސަރަހައްދުގެ ސުލްހަޔަށް އޮތް އެންމެ ބޮޑު ނުރައްކާ: އިރާން

18 ފެބުރުއަރީ 2017
އިޒްރޭލަކީ މުޅި ދުނިޔެ އާއި ސަރަހައްދުގެ ސުލްހަޔަށް އޮތް އެންމެ ބޮޑު ނުރައްކާ: އިރާން
12 ފެބުރުއަރީ 2017

ނިއުޒިލޭންޑް ގޮނޑުދޮސަށް ލައްވި ބޮޑުމަސްތައް ފުންކޮށްފި

12 ފެބުރުއަރީ 2017
ނިއުޒިލޭންޑް ގޮނޑުދޮސަށް ލައްވި ބޮޑުމަސްތައް ފުންކޮށްފި
10 ފެބުރުއަރީ 2017

ޖަޕާނުގެ ބޮޑުވަޒީރު އަބޭ އެމެރިކާއަށް ވަޑައިގެންފި

10 ފެބުރުއަރީ 2017
ޖަޕާނުގެ ބޮޑުވަޒީރު އަބޭ އެމެރިކާއަށް ވަޑައިގެންފި
09 ފެބުރުއަރީ 2017

ސޯމާލިއާގެ ރައީސްކަމުގެ ހުވާ ކުރީގެ ބޮޑުވަޒީރު މުހަންމަދު އަބްދުﷲ ފަރްމަޖޯ ކުރައްވައިފި

09 ފެބުރުއަރީ 2017
ސޯމާލިއާގެ ރައީސްކަމުގެ ހުވާ ކުރީގެ ބޮޑުވަޒީރު މުހަންމަދު އަބްދުﷲ ފަރްމަޖޯ ކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު