Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ޚިޔާލުފާޅުކުރުމުގެ މިނިވަންކަން

"މި ފެންނަނީ ޤާނޫނު އަސާސީ އަށް އިސްލާހު ގެނެސްގެން ސަރުކާރުން ފެށި މަސައްކަތުގެ އަސަރު"

މިއީ ފުލުހުންގެ ވަސީލަތްތައް ވެސް އެންމެ ރަނގަޅަށް ބޭނުންކުރުން ނޫން ކަމަށް މާރިޔާ ވިދާޅުވި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 1 ޑިސެމްބަރު 2024 | އާދީއްތަ 14:48
ޝާފިއު (ތުއްތު) ފުލުހަށް ހާޒިރުކުރުމުން އެކަމާއި ދެކޮޅަށް އަޑުއުފުލުމަށް ކުރިއަށް ގެންދިޔަ އެއްވުމުގައި ކުރީގެ ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ

ޝާފިއު (ތުއްތު) ފުލުހަށް ހާޒިރުކުރުމުން އެކަމާއި ދެކޮޅަށް އަޑުއުފުލުމަށް ކުރިއަށް ގެންދިޔަ އެއްވުމުގައި ކުރީގެ ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ

މި ފެންނަނީ ޤާނޫނު އަސާސީ އަށް އިސްލާހު ގެނެސްގެން ސަރުކާރުން ފެށި މަސައްކަތުގެ އަސަރުކަމަށް އެމްޑީޕީގެ ކުރީގެ ޗެއަރޕަރސަން އަދި ކުރީގެ ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

މާރިޔާ އެފަދައިން ވިދާޅުވީ އެމްޑީޕީގެ ސޯޝަލް މީޑިއާ އެކްޓިވިސްޓް ހުސެއިން ޝާފިއު (ތުއްތު) ފުލުހަށް ހާޒިރުކުރުމާއި ގުޅިގެން އެކަމާއި ދެކޮޅަށް އަޑު އުފުލުމަށް ބޭއްވި އެއްވުމުގައި ބައިވެރިވެވަޑައިގެން ނޫސްވެރިންނަށް މައުލޫމާތުދެއްވަމުންނެވެ. މާރިޔާ ވަނީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ފުޅާ ދާއިރާއެއްގައި ހޯދާފައި ވަނިކޮށް ސުލްހަވެރިކަމާއި އެކު ޚިޔާލު ފާޅުކުރަން ފުރުސަތު ނުދިނުމަކީ ސިޔާސީ ގޮތުން ވަކި މަޤްސަދެއް ހާސިލްކުރަން ކުރާ ކަމެއް ކަމަށް ވިދާޅުވެފައެވެ. ޝާފިއު ފުލުހަށް ހާޒިރުކުރުމަކީ ސިޔާސީ ކުލަ ޖެހިގެން ހިނގާ ކަމެއް ކަމަށް މާރިޔާ ވަނީ ވިދާޅުވެފައެވެ. އެކަމުގެ ސަބަބުން ނަޒާހަތްތެރިކަމާއި އެކު ފުލުހުން މަސައްކަތް ކުރާ ކަމާއި މެދު ސުވާލު ކުރަން ފުރުސަތު ލިބޭ ކަަމަށް ވެސް މާރިޔާ ވިދާޅުވިއެވެ. އެއީ ފުލުހުންގެ ވަސީލަތްތައް ވެސް އެންމެ ރަނގަޅަށް ބޭނުންކުރުން ނޫން ކަމަށް މާރިޔާ ވިދާޅުވިއެވެ. މާރިޔާ ވަނީ ވަކި ވަކި ބައެއްގެ މައްސަލަތަކެއް ބެލުމަކީ ފުލުހުންގެ ނިޒާމް ކަތިކުރުން ކަމަށް ވިދާޅުވެފައެވެ.

Advertisement - newsAdvertisement

އެ އެއްވުމުގައި މަޖިލީހުގެ މިހާރުގެ މެމްބަރުންނާއި މަޖިލީހުގެ ކުރީގެ މެމްބަރުން ވަނީ ބައިވެރިވެފައެވެ. މިއީ ޤާނޫނު އަސާސީ އަށް ބަދަލުގެނެސްގެން ސަރުކާރުން ބޭނުން ވަނީ ޚިޔާލު ފާޅުކުރުން އެއްކޮށް ނައްތާލަންކަން މިހާރު ހާމަވަމުންދާ ކަމަށް އެބޭފުޅުން ފާހަގަކުރައްވާފައި ވެއެވެ. އެގޮތުން މިއީ ފެށުމެއް ކަމަށް މެމްބަރުން ވަނީ ސިފަކުރައްވާފައެވެ. އެ ބޭފުޅުން ވިދާޅުވީ މިކަމުން އެނގެނީ ސަރުކާރުގެ ވިޔާނުދާ ވިސްނުން ކަމަށެވެ. ސަރުކާރުގެ ވިސްނުން ހުރީ ނޫސްވެރިކަމާއި ޚިޔާލުފާޅުކުރުން އެތައްތަނެއް ފަހަތަށް ސޮއްސާލާނެ ފަދަ ގޮތަކަށް ކަމަށް އެބޭފުޅުން ވަނީ ވިދާޅުވެފައެވެ. މިއީ އިދިކޮޅު ޕާޓީ އަަށް ބިރު ދައްކާ ސަރުކާރާއި ދެކޮޅަށް ބަސްބުނުން ހުއްޓުވުން ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ. ފުލުހަށް ހާޒިރުކޮށްގެން ހާސިލްކުރަން ބޭނުންވާކަމަކީ ބިރުވެރިކަން އުފެއްދުން ކަމަށް މެމްބަރުން ވަނީ ފާހަގަކުރައްވާފައެވެ. ޤާނޫނާއި ޤަވައިދުތަކަށް ބަދަލު ގެނެސްގެން ކުރަމުންދާ ކަމަކީ މީޑިއާގެ ކޮންޓްރޯލް ހާސިލްކުރުން ކަމަށް އެ ބޭފުޅުން ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން އެ އެއްވުމުގައި ބައިވެރިވި އެމްޑީޕީގެ ޤައުމީ މަޖިލީސް މެމްބަރުންނާއި، އެމްޑީޕީގެ ޤާނޫނީ ޓީމްގައި ހިމެނިވަޑައިގަންނަވާ ބޭފުޅުން ވެސް ވަނީ މިއީ ޤާނޫނީ ގޮތުން ލިބިފައިވާ ހައްގުތައް ހަނިކުރުމަށް ސަރުކާރުން ހިންގާ އަމަލެއްގެ ގޮތުގަ ސިފަކުރައްވާފައެވެ.

އިތުރަށް ކިޔާލަން

22 ފެބުރުއަރީ 2017

ބޭރު މީހުންނަށް ބިން ނުވިއްކޭ ގޮތަށް ގާނޫނޫއަސާސީއަށް އެމްޑީޕީން އިސްލާހު ހުށަހަޅަން ނިންމައިފި

22 ފެބުރުއަރީ 2017
ބޭރު މީހުންނަށް ބިން ނުވިއްކޭ ގޮތަށް ގާނޫނޫއަސާސީއަށް އެމްޑީޕީން އިސްލާހު ހުށަހަޅަން ނިންމައިފި
22 ފެބުރުއަރީ 2017

ޤާނޫން އަސާސީއަށް ބަދަލު ގެނައުމުގެ ކުރިން 58 މެންބަރުންނަށް ބިރު ދެއްކި: މުސްތަފާ

22 ފެބުރުއަރީ 2017
ޤާނޫން އަސާސީއަށް ބަދަލު ގެނައުމުގެ ކުރިން 58 މެންބަރުންނަށް ބިރު ދެއްކި: މުސްތަފާ
15 ފެބުރުއަރީ 2017

ކައުންސިލަށް ކުރިމަތިލުމުގެ ޝަރުތުތަކަށް ބަދަލުގެނައި އިސްލާހުގެ ބިލް ރައީސް ތަސްދީގުކުރައްވައިފި

15 ފެބުރުއަރީ 2017
ކައުންސިލަށް ކުރިމަތިލުމުގެ ޝަރުތުތަކަށް ބަދަލުގެނައި އިސްލާހުގެ ބިލް ރައީސް ތަސްދީގުކުރައްވައިފި
14 ފެބުރުއަރީ 2017

ސިނގިރޭޓާއި އެނަރޖީ ޑްރިންކުގެ އަގުބޮޑު ކުރަން ހުށަހެޅި އިސްލާހު ދިރާސާ ކުރުމަށް ކޮމެޓީއަށް ފޮނުވައިފި

14 ފެބުރުއަރީ 2017
ސިނގިރޭޓާއި އެނަރޖީ ޑްރިންކުގެ އަގުބޮޑު ކުރަން ހުށަހެޅި އިސްލާހު ދިރާސާ ކުރުމަށް ކޮމެޓީއަށް ފޮނުވައިފި
14 ފެބުރުއަރީ 2017

ގާނޫނު އަސާސީގައި ރައީސް ޔާމިން މުގުރާނުލާ އެންމެ ބާބެއްވެސް ނެތް:ފައްޔާޒް

14 ފެބުރުއަރީ 2017
ގާނޫނު އަސާސީގައި ރައީސް ޔާމިން މުގުރާނުލާ އެންމެ ބާބެއްވެސް ނެތް:ފައްޔާޒް
ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު