Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަޝިޔާ - ތުރުކީ

ސީރިޔާއާ ގުޅޭ މަޝްވަރާތަކަށް ޕުޓިން އާއި އުރުދުގާން ބައްދަލު ކުރައްވަނީ

23 ޖެނުއަރީ 2019 | ބުދަ 17:47

މަޝްވަރާ ކުރަނީ ސަރަހައްދީ ރޮނގުގައި ސެކިއުރިޓީ ޒޯނެއް ގާއިމްކުރަން

އަމަން ހަލީމް
އަމަން ހަލީމް | 23 ޖެނުއަރީ 2019 | ބުދަ 17:47
ރަޝިޔާގެ ރައީސް ވްލަޑަމިއަރ ޕުޓިން އާއި ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުގާން

ރަޝިޔާގެ ރައީސް ވްލަޑަމިއަރ ޕުޓިން އާއި ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުގާން

ސީރިޔާއާ ގުޅޭ ގޮތުން ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕުޓިނާ މަޝްވަރާ ކުރެއްވުމަށް ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުގާން މޮސްކޯއަށް ވަޑައިގަންނަވައިފި އެވެ.

ބުދަ ދުވަހު ބާއްވަން ހަމަޖެހިފައިވާ ބައްދަލުވުމުގައި ދެ ގައުމުގެ ވެރިން މައިގަނޑު ގޮތެއްގައި ވާހަކަދައްކަން ހަމަޖެހިފައި ވަނީ ސީރިޔާ އާއި ތުރުކީގެ ސަރަހައްދީ ރޮނގުގައި 30 ކިލޯމީޓަރުގެ ސެކިއުރިޓީ ޒޯނެއް ގާއިމްކުރުމާ ބެހޭ ގޮތުންނެވެ. ތުރުކީން އެ ސެކިއުރިޓީ ޒޯން ގާއިމް ކުރަން ނިންމާފައި ވަނީ ސީރިޔާ އާއި އެމެރިކާގެ ވާގިވެރިކަމާ އެކު ހަރަކާތްތެރިވާ ކުރިދީ ހަނގުރާމަވެރިން އެ ގައުމަށް އެރުން ހުއްޓުވުމަށެވެ.

Advertisement - worldAdvertisement

ތުރުކީން ވަނީ ކުރުދީ ހަނގުރާމަވެރިން ހަރަކާތްތެރިވާ ކުރުދިޝް ޕީޕަލްސް ޕްރޮޓެކްޝަން ޔުނިޓް (ވައިޕީޖީ) އަކީ ޓެރަރިސްޓު ޖަމާއަތެއްގެ ގޮތުގައި ކަނޑައަޅާފައެވެ. ނަމަވެސް އެ މީހުން ތަމްރީނުކޮށް އަދި ހަތިޔާރު ފޯރުކޮށްދީފައި ވަނީ އެމެރިކާއިންނެވެ. އެމެރިކާގެ ސިފައިން ސީރިޔާއިން ފޭބުމަށް ތުރުކީއަށް ހުށަހެޅި ހުށަހެޅުމުގައި އެމެރިކާއިން ވަނީ ކުރުދީ ހަނގުރާމަވެރިންނަށް ތުރުކީން ހަމަލާ ނުދޭނެ ކަމުގެ ޔަގީންކަން އަރުވަން ހިމަނާފައެވެ. މިހާތަނަށް ތުރުކީއިން ވަނީ އެކަމަށް އެއްބަސްވުމަށް ދެކޮޅު ހަދާފައެވެ.

ތުރުކީ އާއި އެއް ފަދައިން ރަޝިޔާއިން ވެސް ބޭނުންވަނީ ވައި.ޕީ.ޖީއިން އެ މީހުން ހިފާފައިވާ ސަރަހައްދުތައް އަނބުރާ ސީރިޔާގެ ސަރުކާރަށް ރައްދުކުރުމަށެވެ. ރަޝިޔާއިން ވަނީ މި ފަހުން ކުރުދީ ހަނގުރާމަވެރިންނާއި ސީރިޔާގެ ސަރުކާރާއި ބޭއްވި މަޝްވަރާތަކަށް މަރުހަބާ ކިޔާފައެވެ.

މާހިރުން ބުނެފައިވަނީ ރަޝިޔާއިން މި ސެކިއުރިޓީ ޒޯނު ގާއިމު ކުރުމަށް ދެކޮޅު ނެހެދި ނަމަވެސް، އޭގެ ބަދަލުގައި ސީރިޔާ އާއި ގުޅޭ އެހެން ކަންކަމުގައި ތުރުކީގެ އެއްބާރުލުން ހޯދުމަށް މި ބައްދަލުމުވުމުގައި ދެ ފަރާތުގެ މެދުގައި މަޝްވަރާތައް ކުރެވޭނެ ކަމަށެވެ.

ތުރުކީ އާއި ރަޝިޔާގެ ވެރިންގެ ބައްދަލުވުމަށް ފަހު، ތުރުކީ އާއި އިރާން އާއި ރަޝިޔާ އެކުވެގެން މަޝްވަރާ ބައްދަލުވުންތަކެއް ބާއްވަން ވަނީ ހަމަޖެހިފައެވެ. އެ ތިން ގައުމުން ވަނީ ސީރިޔާ ހަނގުރާމައިގެ އެކި ދުވަސްވަރުގައި އެ ހަނގުރާމަ ނިންމުމަށް އެކި ވަރުގެ މަޝްވަރާތައްކޮށް ނާކާމިޔާބުވެފައިވެއެވެ.

ސީރިޔާގެ ހަނގުރާމައިގައި ރަޝިޔާ އާއި އިރާނުން ސީރިޔާގެ ރައީސް ބައްޝާރު އަލް-އައްސަދަށް ވާގިވެރިވާ އިރު، ތުރުކީއިން މަސައްކަތް ކޮށްފައި ވަނީ ސީރިޔާގައި ހަރަކާތްތެރިވާ މެދުމިނުގެ މުސްލިމް ހަނގުރާމަވެރި ޖަމާއަތްތަކާއި އެކީގައިއެވެ.

އެންމެ ހިނގާ

1

ކޮންމެ މީހަކުވެސް އެމީހަކު އުފައްދާ ކުނިބުނި އަމިއްލައަށް ސާފުކުރުން ޖެހޭނެ ކަމަށް ބުނެ ޣައްޒާއާ ބެހޭގޮތުން ދެއްކި ވާހަކަތަކަށް، ރަސްމާލޭގެ ބޮޑު ސަރަހައްދެއް ދީފައިވާ އީގަލް ހިލްސްގެ ވެރިޔާ އަލައްބާރަށް ގިނަ ބައެއްގެ ނުރުހުން!

2

ރަސްމާލޭގެ ބޮޑު ސަރަހައްދެއް ދީފައިވާ އީގަލް ހިލްސްގެ ވެރިޔާ އަލައްބާރު ޔަހޫދީންގެ ކައިވެނީގެ ހަފުލާއެއްގައި ދުޢާކުރި މަައްސަލަ، މިއީ އަނިޔާ ލިބެމުންދާ ފަލަސްތީނުގެ އަޚުންނާއި އުޚުތުންނަށް ކުރެވޭ ފުރައްސާރައެއް!

3

ރަސްމާލެ މަޝްރޫއަކީ ރާއްޖޭގައި ކާފަރުން ދާއިމީކޮށް ވަޒަންވެރިވެ، އެހެން ދީންތަކަށް އުޅުމުގެ މިނިވަންކަން ހޯދުމަށް ހުޅުވޭ ދޮރަކަށް ވެގެން ހިނގައިދާނެ: ޝެއިހް ނިޝާން

4

ރާއްޖޭގައި ހަރުކަށި ފިކުރު ފެތުރެމުންދާދިއުމާ މެދު ރައީސް ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފި

5

ގަލޮޅު ގެއަކަށް ބަޔަކު ވަދެ ފޭރުނު މައްސަލައެއް!

އިތުރަށް ކިޔާލަން

18 ފެބުރުއަރީ 2017

އިޒްރޭލަކީ މުޅި ދުނިޔެ އާއި ސަރަހައްދުގެ ސުލްހަޔަށް އޮތް އެންމެ ބޮޑު ނުރައްކާ: އިރާން

18 ފެބުރުއަރީ 2017
އިޒްރޭލަކީ މުޅި ދުނިޔެ އާއި ސަރަހައްދުގެ ސުލްހަޔަށް އޮތް އެންމެ ބޮޑު ނުރައްކާ: އިރާން
15 ފެބުރުއަރީ 2017

ގެމްބިއާ ވަރަށް އަވަހަަށް އަލުން ކޮމަންވެލްތާ ގުޅޭނެ: އިނގިރޭސި ޚާރިޖީ ވަޒީރު

15 ފެބުރުއަރީ 2017
 ގެމްބިއާ ވަރަށް އަވަހަަށް އަލުން ކޮމަންވެލްތާ ގުޅޭނެ: އިނގިރޭސި ޚާރިޖީ ވަޒީރު
13 ފެބުރުއަރީ 2017

މިސައިލް ޓެސްޓް ކާމިޔާބު ކަމަށް އުތުރުކޮރެއާއިން ބުނެފި

13 ފެބުރުއަރީ 2017
މިސައިލް ޓެސްޓް ކާމިޔާބު ކަމަށް އުތުރުކޮރެއާއިން ބުނެފި
12 ފެބުރުއަރީ 2017

އުތުރު ކޮރެއާއިން އަނެއްކާވެސް ބެލަސްޓިކް މިސައިލެއް ފޮނުވާލައިފި

12 ފެބުރުއަރީ 2017
އުތުރު ކޮރެއާއިން އަނެއްކާވެސް ބެލަސްޓިކް މިސައިލެއް ފޮނުވާލައިފި
26 ޖެނުއަރީ 2017

އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން

26 ޖެނުއަރީ 2017
އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން
26 ޖެނުއަރީ 2017

މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި

26 ޖެނުއަރީ 2017
މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި
25 ޖެނުއަރީ 2017

ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ

25 ޖެނުއަރީ 2017
ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ
13 ޖެނުއަރީ 2017

ގެމްބިއާގެ ރައީސް ޔަހްޔާ ޖަމްމޭހް އަށް ނާއިޖީރިއާއިން ސިޔާސީ ހިމާޔަތް ދިނުމަށް ފާސްކޮށްފި

13 ޖެނުއަރީ 2017
ގެމްބިއާގެ ރައީސް ޔަހްޔާ ޖަމްމޭހް އަށް ނާއިޖީރިއާއިން ސިޔާސީ ހިމާޔަތް ދިނުމަށް ފާސްކޮށްފި
07 ޖެނުއަރީ 2017

އިންތިހާބަށް ނުފޫޒް ފޯރުވުމުގެ ކެމްޕޭނެއް ހިންގުމަށް ޕުޓިން އަމުރުކުރެއްވި: އިންޓެލް ރިޕޯޓް

07 ޖެނުއަރީ 2017
އިންތިހާބަށް ނުފޫޒް ފޯރުވުމުގެ ކެމްޕޭނެއް ހިންގުމަށް ޕުޓިން އަމުރުކުރެއްވި: އިންޓެލް ރިޕޯޓް
07 ޖެނުއަރީ 2017

އިޖިޕްޓް އެއާ ފްލައިޓުގެ ކްރޫއިންގެ ހަށިތައް އާއިލާތަކާ ހަވާލުކޮށްފި

07 ޖެނުއަރީ 2017
އިޖިޕްޓް އެއާ ފްލައިޓުގެ ކްރޫއިންގެ ހަށިތައް އާއިލާތަކާ ހަވާލުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް