Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއިދިކޮޅު ގުޅިފައިވާ ޕާޓީތައް

ހެޔޮނިޔަތާއެކު ހުކުމް ތަންފީޒް ކުރާ ސަރުކާރެއް ނަމަ ޤާސިމް މިހާރު ހުންނަވާނީ ބޭރުގަ:ޕާޓީތައް

ކްރިމިނަލް ކޯޓުން ޤާސިމަށް ކުރީ އެއްބައި ފުރިހަމަ ކުރުމަށްފަހު އަނެއްބައި ފުރިހަމަ ނުކުރުމަށް ކުރި ހުކުމެއް ނޫން

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 29 އޯގަސްޓު 2017 | އަންގާރަ 14:08
އިންތި ޕްރެސް ކޮންފަރެންސްގައި

އިންތި ޕްރެސް ކޮންފަރެންސްގައި

ކޯޓުތަކުން ކުރާ ހުކުމްތައް ސަރުކާރުން ހެޔޮ ނިޔަތެއް އޮވެގެން ތަންފީޒް ކުރައްވާނަމަ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިވަގުތު ހުންނަވާނީ ރާއްޖެއިން ބޭރުގައި ކަމަށް ގުޅިފައިވާ އިދިކޮޅު ޕާޓީތަކުން ބުނެފި އެވެ.

އިދިކޮޅު ޕާޓީތަކުގެ ފަރާތުން މ ކުނޫޒްގައި އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މާފަންނު އުތުރު ދާއިރާގެ މެމްބަރު އަދި ޤާނޫނީ ވަކީލް އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހީމަށް ސަރުކާރުން ޖައްސަވާ ހާލާމެދު ކަންބޮޑުވެވަޑައިގަންނަވާ ކަމަށާއި މިސަރުކާރަކީ ކޯޓުތަކުން ކުރާ ހުކުމްތަކަށް ވެސް އިހްތިރާމް ކުރާ ސަރުކާރެއް ނޫން ކަމަށެވެ.

އެގޮތުން ކްރިމިނަލް ކޯޓުން ޤާސިމަށް ކުރީ އެއްބައި ފުރިހަމަ ކުރުމަށް ފަހު އަނެއްބައި ފުރިހަމަ ނުކުރުމަށް ކުރި ހުކުމެއް ނޫން ކަމަށާއި ސަރުކާރުން 5 ދުވަސް ވެގެންދާއިރު ވެސް އެވަނީ އެހުކުމުގައިވާ އެއްބައި ތަންފީޒް ނުކޮށް ކަމަށެވެ.

އިންތި ވިދާޅުވީ ކުރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމާ އެއްގޮތަށް އެމަނިކުފާނު ފަރުވާއަށް ރާއްޖެއިން ބޭރަށް ދެވޭނެ ގޮތެއް ސަރުކާރުން ހަމަޖައްސާދީފައި ނުވުމަކީ ކޯޓުތަކުން ކުރާ ހުކުމްތައް ހެޔޮނިޔަތެއް އޮވެގެން ތަންފީޒް ނުކުރާތީ ފެންނަމަންޒަރެއް ކަމަށެވެ. . ކިރިޔާ ވެސް ހެޔޮ ނިޔަތެއް އޮތްނަމަ ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމާ އެއްގޮތައް ޤާސިމް އިބްރާހީމް މިހާރު ހުންނަވާނީ ބޭސްފަރުވާއަށް ރާއްޖެއިން ބޭރުގައި ކަމަށް އިންތި ވިދާޅުވިއެވެ. "މިހުކުމުގައި ވަނީ ހަމައެކަނި އެމަނިކުފާނު ޖަލަށް ލުމުގެ ބައެއް ނޫން. ނާއިންސާފް ހުކުމަކަށް ވީނަމަވެސް އޭގައި އެބަ އޮވޭ އެމަނިކުފާނަށް ބޭސްފަރުވާ ކުރުމުގެ ވާހަކަ. މިސަރުކާރުން ހެޔޮ ނިޔަތުގައި ޤާނޫނާ އެއްގޮތަށް އަދި ހުކުމާ އެއްގޮތަށް ޢަމަލް ކުރާނަމަ ޤާސިމް އިބްރާހީމް ހުންނަވާނީ ރާއްޖެއިން ބޭރުގައި" އިންތި ވިދާޅުވިއެވެ. ގާސިމް ބޭސްފަރުވާއަށް ނުފޮނުވައިގެން އިދިކޮޅު ފަރާތްތަކުންނާއި އެމަނިކުފާނުގެ އާއިލާއިން ކަންބޮޑުވުން ފާޅު ކުރަމުން އަންނަ އިރު، ރޭގެ ވަގުތެއްގައި ރައީސްްގެ މަންދޫބުންގެ ގޮތުގައި ހޯމް މިނިސްޓަރު އަޒްލީން އަހުމަދު އާއި ރާއްޖެއިން ލަންކާއަށް ކަނޑައަޅަން ނިންމާފައިވާ ސަފީރު މުހައްމަދު ހުސެއިން ޝަރީފް (މުންދު) ވަނީ ގާސިމްއާ ބައްދަލު ކުރައްވާފަ އެވެ.

މީގެ އިތުރުން އިންތިވަނީ މިވަގުތު ޖަލުގައި އޮންނެވި ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫނަށް ސަރުކާރުން ކަންކުރާ ގޮތުން ވެސް ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

އިންތި ވިދާޅުވީ ފާރިޝްގެ މައްސަލަ ބައްލަވާ ފަނޑިޔާރުގެ އަތުން އެމައްސަލަ ނަންގަވައި ކްރިމިނަލް ކޯޓުގެ އިސް ޤާޒީގެ ބިއުރޯއަށް ބަދަލު ކުރައްވާފައިވާ ކަމަށާއި އެއީ ޤާނޫނާ ޚިލާފަށް ކުރައްވާފައިވާ ކަމެއް ކަމަށެވެ.

އިތުރަށް ކިޔާލަން

17 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!

17 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!
16 ޖެނުއަރީ 2017

ގާޒީ ސަލާމުގައި ހުންނެވުމުން ޒަރީރަށް ހުކުމް ކުރުން ފަސްކޮށްފި

16 ޖެނުއަރީ 2017
ގާޒީ ސަލާމުގައި ހުންނެވުމުން ޒަރީރަށް ހުކުމް ކުރުން ފަސްކޮށްފި
16 ޖެނުއަރީ 2017

ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

16 ޖެނުއަރީ 2017
ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު
14 ޖެނުއަރީ 2017

އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު

14 ޖެނުއަރީ 2017
އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު
14 ޖެނުއަރީ 2017

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު