Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޓްރޭޑްމާކުގެ ބިލު

ޓްރޭޑްމާކާއި ބެހޭ ބިލު - ޣަފޫރު ވިދާޅުވީ މިއީ ވަރިކައިވެންޏާ ބެހޭ ގާނޫނެއް އޮއްވާ ދެއަންބަތް މީހުންނާ އިނުމާ ބެހޭ ބިލެއް އަނެއްކާ ހުށަހެޅުން ކަމަށް

14 ޖުލައި 2025 | ހޯމަ 14:48

ރާއްޖޭގައި ފިކުރީ މުދާ ހިމާޔަތްކުރުމަށް ފުރިހަމަ ގާނޫނެއް ހެދިފައިވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 14 ޖުލައި 2025 | ހޯމަ 14:48
ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ (ގަޕޯ)

ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ (ގަޕޯ)

ކޮޕީރައިޓްސްއާއި ބެހޭ ގާނޫނެއް އޮއްވާ ޓްރޭޑްމާކާއި ބެހޭ ބިލެއް ހުށަހެޅުމަކީ ވަރިކައިވެންޏާ ބެހޭ ގާނޫނެއް އޮއްވާ ދެއަންބަތް މީހުންނާ އިނުމާ ބެހޭ ބިލެއް ހުށަހެޅުން ކަމަށް ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ (ގަޕޯ) ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ހޯމަ ދުވަހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ގަޕޯ ވިދާޅުވީ ވަރިކައިވެންޏާ ބެހޭ ބިލެއް، ގާނޫނެއް އޮއްވާ ދެއަންބަތް މީހުންނާ އިނުމާ ބެހޭ ގާނޫނެއް އަނެއްކާ ހުށަހެޅުން އެއީ އެންމެ ރަނގަޅު ގޮތްތޯ ސުވާލު އުފައްދަންޖެހޭ ކަމަށެވެ. އަދި ރާއްޖޭގައި ފިކުރީ މުދާ ހިމާޔަތްކުރުމަށްޓަކައި ފުރިހަމަ ގާނޫނެއް ހެދިފައިވާ ކަމަށާއި، އެ ގާނޫނުން ހިމާޔަތް ނުކުރެވޭނެ އެއްވެސް އެއްޗެއް ނެތް ކަމަށެވެ.

Advertisement - newsAdvertisement
އެއީ ކޮޕީރައިޓްސްއާ ބެހޭ ގާނޫނު. އެ ގާނޫނުގައި އެ ހުރީ އިންސާނާގެ ބުއްދިން ބޭރުކުރާ ހުރިހާ އެއްޗެއް ހިމާޔަތްކުރެވޭ ގޮތަށް. އަދި އޭގެ އިތުރަށް ކުރަހާ ކުރެހުންތަކާއި، އުފައްދާ އުފެއްދުންތަކާއި، އެންމެހައި އެއްޗެހި ހިމާޔަތްކުރެވޭ ގޮތަށް އޮތް ފުރިހަމަ ގާނޫނެއް އިއްޒަތްތެރި ރައީސް. އެހެން އެ ގާނޫނު އޮއްވާ ޓްރޭޑްމާރކޭ ކިޔާފައި އަނެއްކާ ގާނޫނެއް ނެރުނީމާ ކޮޕީރައިޓްސްއާ ބެހޭ ގާނޫނުން ވެސް އެބަ ފުށުއަރާ، ވިޔަފާރިކުރުމާ ބެހޭ ގާނޫނުވެސް އެބަ ފުށުއަރާ، މެދު ފަންތީގެ ވިޔަފާރިތަކާ ބެހޭ ގާނޫނަށް ވެސް މި ގާނޫނު އެބަ ފުށު އަރާ އިއްޒަތްތެރި ރައީސް. އަޅުގަނޑުމެން އެ ގާނޫނުގައި އުނިކަމެއް ވާނަމަ އެ އުނިކަމަށް އިޞްލާޙީ ބަދަލެއް އަޅުގަނޑުމެން ހުށަހަޅަން ޖެހޭނީ. އަނެއްކާ ވެސް ގާނޫނެއް ހަދާފައި މުޖުތަމަޢަށް ދޫކޮށްލީމާ މި ހުރިހާ ގާނޫނެއް ފުށުއެރީމާ ރައްޔިތު މީހާ ދެން އުޅޭނެ ގޮތެއް ވެސް ދެން އެބަޖެހޭ އިއްޒަތްތެރި ރައީސް، ހޯދަން. ފުލުހުން އެބަޖެހޭ މި ގާނޫނުތައް ތަންފީޒުކުރަން. އަދި ދައުލަތުގެ މުއައްސަސާތަކުން އެބަޖެހޭ މި ގާނޫނުގައި މި ހުރި އެއްޗެހި ރައްޔިތުންނަށް ކިޔައިދޭން.
ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ (ގަޕޯ)

ގަޕޯ ވިދާޅުވީ އެއްވެއް ރައްޔިތަކު އުފައްދާ އެއްވެސް އެއްޗެއް އެއީ ޓްރޭޑް މާކްކަމުގައިވިޔަސް އަދި އެ މީހާގެ ދަރިޔަކު ކަމުގައި ވިޔަސް ވުޖޫދުން ގެއްލިގެންދާނެ އެއްވެސް ގޮތެއް ނެތް ކަމަށެވެ. އަދި އެހުރިހާ ގާނޫނެއް ލިޔެވިފައި ގެޒެޓްކުރެވިފައި ގާނޫނުތަކުގެ ތެރޭގައި ހުންނާނެ ކަމަށެވެ.

ގަޕޯ ވިދާޅުވީ ގައުމު ހުއްޓުން އަރައިގެން އުޅެނީ ގާނޫނު މަދުވެގެން ނޫން ކަމަށެވެ.

ތި ބޭފުޅުން ބައްލަވާ ކޮޕީރައިޓްސްއާ ބެހޭ ގާނޫނު. އޭގައި ކޯ އްޗެއްތޯ ނެތީ؟ މިއަދު ޓްރޭޑްމާރކް ވެސް ހަމަ ބަރާބަރަށް ގާނޫނުގެ ދަށުން ރަޖިސްޓަރީކުރެވިގެން ހިމާޔަތްކުރެވިފައި ހުރީ އެ އެއްޗެހި އިއްޒަތްތެރި ރައީސް. އެހެންވީމާ، ގާނޫނެއް މި ތަނަށް، ބިލެއް މި ތަނަށް ހުށަހަޅައިގެން ސަނާ ކިޔާވަރުގެ ބިލެއްތޯ މިއީ އެ ސުވާލު ހަމަ ވަރަށް ބޮޑަށް އިއްޒަތްތެރި ރައީސް، އެބަ އުފެދޭ އިއްޒަތްތެރި ރައީސް. މިއަށްވުރެ މާ މުހިންމ ކަންތައްތައް މިއަދު ޤައުމަށް ބޭނުންވެފައި އެބަހުރި އިއްޒަތްތެރި ރައީސް. އެ ކަންކަމާ ބެހޭގޮތުން އަޅުގަނޑުމެން ގާނޫނު ހަދައިގެން މި ތަނަށް ހުށަހަޅަންވީ އިއްޒަތްތެރި ރައީސް. ރައްޔިތުންނަށް ބޭނުންވަނީ ޚިދުމަތް. އެޚިދުމަތްތައް ފޯރުކޮށްދިނުމަށް ޓަކައި އަޅުގަނޑުމެން ޖެހޭ އެބަ އެ މަސައްކަތްކުރަން އިއްޒަތްތެރި ރައީސް. މި އުޅެނީ ލޯގޯ ރަޖިސްޓަރީ ނުކުރެވިގެނެއް ނޫން. އެއީ މާ ކުރިން ވެ ނިމިފައި އޮތް ކަމެއް. އެ ކަން ބަރާބަރަށް ހިނގަމުން އެބަދޭ އިއްޒަތްތެރި ރައީސް.
ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ (ގަޕޯ)

ގަޕޯ ވިދާޅުވީ ބިލު ގާނޫނަކަށް ވެއްޖެއްޔާ ދެން ހުރި ހުރިހާ ގާނޫނެއް ފުށުއަރައިގެން އުޅެންވާ ގޮތާ ނޫޅެންވާ ގޮތާވެސް އޮންނާނީ އޮޅިފައި ކަމަށެވެ. އަދި މިއީ ފުންކޮށް ވިސްނާލަންޖެހޭ ކަމެއް ކަމަށް ގަޕޯ ވިދާޅުވިއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

އެމެރިކާގެ އަސްކަރީ އޮޕަރޭޝަންތަކަށް އެހީތެރިވާ ބޯޓުފަހަރާ ކުންފުނިތަކަށް އީރާނުގެ އަސްކަރިއްޔާ އިން ފާރަލާން ފަށައިފި

އިތުރަށް ކިޔާލަން

07 މާރިޗު 2017

ފ. އަތޮޅު ވިއްކާލުމާ ބެހޭ ބެނާއެއް ދަމައިފި ނަމަ ދިއްދޫ ޖަލްސާ ހުއްޓުވާނެކަމުގެ އިންޒާރު ފުލުހުން ދީފި

07 މާރިޗު 2017
ފ. އަތޮޅު ވިއްކާލުމާ ބެހޭ ބެނާއެއް ދަމައިފި ނަމަ ދިއްދޫ ޖަލްސާ ހުއްޓުވާނެކަމުގެ އިންޒާރު ފުލުހުން ދީފި
07 މާރިޗު 2017

އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޓީން ރައީސް ނަޝީދުގެ މަައްސަލަައިގަ މިއަހަރު ގޮތެއް ނިންމާނެ: ޖެންސަރ

07 މާރިޗު 2017
އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޓީން ރައީސް ނަޝީދުގެ މަައްސަލަައިގަ މިއަހަރު ގޮތެއް ނިންމާނެ: ޖެންސަރ
06 މާރިޗު 2017

ކުންފުނިތަކާބެހޭ ގާނޫނުތަކަށް އިސްލާހު ހުށަހަޅަނީ

06 މާރިޗު 2017
ކުންފުނިތަކާބެހޭ ގާނޫނުތަކަށް އިސްލާހު ހުށަހަޅަނީ
25 ފެބުރުއަރީ 2017

އެމްޑީޕީން ސިލްސިލާކޮށް ކެމްޕެއިންތަކަށް އަހްލުވެރިކުރުމާ ބެހޭގޮތުން ބާއްވާ ވޯކްޝޮޕެއް ބާއްވައިފި

25 ފެބުރުއަރީ 2017
އެމްޑީޕީން ސިލްސިލާކޮށް ކެމްޕެއިންތަކަށް އަހްލުވެރިކުރުމާ ބެހޭގޮތުން ބާއްވާ ވޯކްޝޮޕެއް ބާއްވައިފި
13 ފެބުރުއަރީ 2017

ހެއްކާބެހޭ ބިލް ރައްޔިތުންގެ މަޖިލީހުން ބަލައިގަންނަން ފާސްކޮށްފި

13 ފެބުރުއަރީ 2017
ހެއްކާބެހޭ ބިލް ރައްޔިތުންގެ މަޖިލީހުން ބަލައިގަންނަން ފާސްކޮށްފި
13 ފެބުރުއަރީ 2017

ހެއްކާބެހޭ ބިލަށް ބަހުސްކުރުން ހޯމަ ދުވަހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފި

13 ފެބުރުއަރީ 2017
ހެއްކާބެހޭ ބިލަށް ބަހުސްކުރުން ހޯމަ ދުވަހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފި
11 ފެބުރުއަރީ 2017

އާބާދީގެ ނިސްބަތުން މިހާރު ބޮލަކަށް 140،000 ރުފިޔާގެ ދަރަންޏެއް ޖެހޭ: ޣަފޫރު

11 ފެބުރުއަރީ 2017
އާބާދީގެ ނިސްބަތުން މިހާރު ބޮލަކަށް 140،000 ރުފިޔާގެ ދަރަންޏެއް ޖެހޭ: ޣަފޫރު
08 ފެބުރުއަރީ 2017

ހެއްކާބެހޭ ބިލް މަޖިލީހަށް ހުށަހަޅައިފި

08 ފެބުރުއަރީ 2017
ހެއްކާބެހޭ ބިލް މަޖިލީހަށް ހުށަހަޅައިފި
23 ޖެނުއަރީ 2017

އެއާޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވައިދު ގެޒެޓް ކޮށްފި

23 ޖެނުއަރީ 2017
އެއާޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވައިދު ގެޒެޓް ކޮށްފި
17 ޖެނުއަރީ 2017

ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

17 ޖެނުއަރީ 2017
ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް