Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުމާކް ޒަކަބާރގް

ފޭސްބުކްގެ ސީއީއޯގެ ޒަކަބާރގަށް ދެ ވަނަ ދަރިޔަކު ލިބެއްޖެ

މާރކް ޒަކަބާރގް ކައިވެނިކޮށްފައިވަނީ 2015 ވަނަ އަހަރު

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 29 އޯގަސްޓު 2017 | އަންގާރަ 07:00
ފޭސްބުކްގެ ސީއީއޯގެ އޭނާގެ އާއިލާ އާއި އެކު

ފޭސްބުކްގެ ސީއީއޯގެ އޭނާގެ އާއިލާ އާއި އެކު

ފޭސްބުކްގެ ސީއީއޯ މާކް ޒަކަބާރގް ގެ އަންހެންނުން ޕްރިސިލާ ޗަން އަންހެން ކުއްޖަކު ވިހައިފިއެވެ.

މި ދެ މަފިރިންނަށް ކުރިން ވެސް ލިބިފައިވަނީ އަންހެން ކުއްޖެކެވެ. މި އަންހެން ކުއްޖާއަށް ދީފައިވާ ނަމަކީ "އޮގަސްޓް" އެވެ.

މާކް ވަނީ އޭނާގެ އަންހެނުން ދެވަނަ ދަރި ވިހާފައިވާކަން ފޭސްބުކް ޕޯސްޓެއް މެދުވެރިކޮށް އިއުލާން ކޮށްފައެވެ. މި ޕޯސްޓުގައި މާކް ވަނީ އޭނަގެ ދެ އަންހެން ކުދިންނާއި އަންހެނުނާއި އެކު ނަގާފައި އިން ފޮޓޯއެއް ޝެއަރ ކޮށްފައެވެ.

މި ޕޯސްޓުގައި ދެމަފިރިން ވަނީ ކުއްޖާއަށް ނިސްބަތްކޮށް ސިޓީއެއް ލިޔެފައެވެ. މި ސިޓީގައި އެ ދެމަފިރިން ބުނެފައިވަނީ އެކުއްޖާ ލިބުމުން ދެމަފިރިން ވަރަށް އުފާވާ ކަމަށާއި މި ދުނިޔޭގައި އުފާވެރި އަދި ބާއްޖަވެރި މުސްތަޤުބަލެއް ދެ ވަނަ ދަރިފުޅަށް ލިބިގެންދާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.

"ދަރިފުޅާ ޅައުމުރުފުރައަކީ ޖާދޫއިން ފުރިގެންވާ ދުވަސްވަރެއް. ދިރިއުޅުމުގައި "ކުޑަ ކުއްޖެއް"ގެ ގޮތުގައި އުޅުލެން ލިބޭނީ އެންމެ ފަހަރަކު. ދިރިއުޅުމުގައި މުސްތަޤްބަލަށްޓަކައި ވިސްނާ ފިކުރު ބޮޑުކުރާނެ ކަމެއް ނެތް. އެކަމަށް މިތިބީނުން މަންމައާ ބައްޕަ. ދަރިފުޅަށްޓަކައި މަންމައާ ބައްޕައަށް ކުރެވުނު ހުރިހާ ކަމެއް ކުރަން މިދުނިޔެއަކީ އުފަލުން ފުރިގެންވާ ރަގަޅު ތަނަކަށް ހެދުމަށް" އެ ދެމަފިރިން ސިޓީގައި ބުނެފައިވެއެވެ.

މި ދެމަފިރިންނަށް ފުރަތަމަ އަންހެން ދަރި ލިބިފައިވަނީ 2015 ވަނަ އަހަރުގެ ޑިސެމްބަރ މަހުއެވެ. މި ކުއްޖާއަށް ކިޔާ ނަމަކީ "މެކްސިމާ ޗަން ޒަކަބާރގް" އެވެ.

އިތުރަށް ކިޔާލަން

21 މެއި 2020

ފޭސްބުކްގެ ކެއަރ ރިއެކްޓަށް ފަހު މިފަހަރު "ފޭސްބުކް އެވެޓާ"

21 މެއި 2020
ފޭސްބުކްގެ ކެއަރ ރިއެކްޓަށް ފަހު މިފަހަރު "ފޭސްބުކް އެވެޓާ"
01 މެއި 2020

ފޭސްބުކްގެ އާ "ކެއަރ" ރިއެކްޓް އިމޯޖީ ލިބިއްޖެ ތަ ؟

01 މެއި 2020
ފޭސްބުކްގެ އާ "ކެއަރ" ރިއެކްޓް އިމޯޖީ ލިބިއްޖެ ތަ ؟
09 ފެބުރުއަރީ 2020

ކަލްކީ ކޮޗެލިން އަށް ދަރިޔަކު ލިބިއްޖެ

09 ފެބުރުއަރީ 2020
ކަލްކީ ކޮޗެލިން އަށް ދަރިޔަކު ލިބިއްޖެ
27 ސެޕްޓެމްބަރު 2017

ސަލްމާން ދަރިޔަކު ހޯދަނީ

27 ސެޕްޓެމްބަރު 2017
ސަލްމާން ދަރިޔަކު ހޯދަނީ
01 ޖުލައި 2017

ފޭސްބުކްގެ ތާރީޚްގައި މިހާތަނަށް އެންމެ މަގްބޫލްވި ވީޑިއޯ އެނގޭތަ؟

01 ޖުލައި 2017
ފޭސްބުކްގެ ތާރީޚްގައި މިހާތަނަށް އެންމެ މަގްބޫލްވި ވީޑިއޯ އެނގޭތަ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު