Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަގޭ ރިޕޯޓް

އަޑުއަރުވާ އެއްވެސް ކަމެއްނުވެ ބޮޑު ފްލޮޕަކަށް

6 ޖުލައި 2025 | އާދީއްތަ 12:21

ސަރުކާރުން ބޮޑެތި ބިޔަ ޕްރޮޖެކްޓްތަކުގެ ވާހަކަ ދައްކައެވެ. ލިބޭނެ ޑޮލަރުގެ ވާހަކައެވެ. ތަރައްގީގެ ވާހަކައެވެ. އަދި މިހާތަނަކަށް އެއިން ކަމެއް ހަގީގަތަކަށް ނުވެއެވެ.

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 6 ޖުލައި 2025 | އާދީއްތަ 12:21
ރާއްޖޭގައި އިންޓަރނޭޝަނަލް ފައިނޭންޝަލް ސެންޓަރތައް ހިންގުމަށް އައު އޮތޯރިޓީއެއް ގާއިމްކުރަނީ

ރާއްޖޭގައި އިންޓަރނޭޝަނަލް ފައިނޭންޝަލް ސެންޓަރތައް ހިންގުމަށް އައު އޮތޯރިޓީއެއް ގާއިމްކުރަނީ

ފިލްމު ހަދާ މީހުން ފިލްމު އެޅުވުމުގެ ކުރިން އެފިލްމެއްގެ މޮޅު ވާހަކައާއި އެފިލްމެއް ރީތިވާނެ ވާހަކަ ވަރަށް ބޮޑަށް ދައްކާ ހަދައެވެ. ފެންވަރުގެ ޕޯސްޓްތައް ހަދަހަދައިގެން ހިތްދަމައިގަންނަ ކަހަލަ ވަރުގަދަ އިޝްތިހާރުތައް ކޮށް ހަދައެވެ. ފިލްމު އެޅުވުމުގެ ކުރިން ފިލްމަކީ ކާމިޔާބު މޮޅު ފިލްމަކަށް ވާނޭކަމަށް ޕްރޮޑިއުސަރުން ބުނެ އުޅެއެވެ. އެކަމަކު ފިލްމުގެ އަސްލު އެނގެނީ ފިލްމު އެޅުވީމައެވެ. ބަލަންދާ މީހުން ތިއޭޓަރުން ނުކުމެ ކުރާ ކޮމެންޓްތަކުންނެވެ. އެހާހިސާބުން އެފިލްމަކީ ކާމިޔާބު މޮޅު ފިލްމަކަށް ނުވަތަ ތާކުންތާކު ނުޖެހޭ ބޮޑު ފްލޮޕަކަށް ވެގެންދެވެ.

މި ބީދައިން ބަލާއިރު މިހާތަނަށް ފެނުނު ގިނަ ކަންކަމުން ހާމަވީ ޑރ މުއިއްޒުގެ ސަރުކާރަކީވެސް މިފަދަ ސަރުކާރެއް ކަމެވެ. ފިލްމު ނޫނަކަސް ބޮޑެތި ފްލޮޕް މަޝްރޫއުތައް ގެންނަ ސަރުކާރެއް ކަމެވެ. މަޝްރޫއެއްގެ މަޝްވަރާއާ ހިސާބުންވެސް އެމަޝްރޫއެއްގެ މޮޅު ވާހަކައާއި ބޮޑުވާހަކަ ނިކަން ފުޅާކޮށް މިސަރުކާރުން ދައްކައެވެ. ރައީސްގެ ފުރިހަމަ އިރުޝާދާއި އެމަނިކުފާނުގެ ލަޔާގަތާއި ގާބިލިއްޔަތުކަމުން އަދި ދުރުވިސްނުންފުޅާއެކު ދެއްވި މަޝްވަރާއާއި ޔަގީންކަމުގެ ސަބަބުން ބޮޑުބިޔަ މާސިންގާ ތަރައްގީގެ މަޝްރޫއެއް ލިބެނީ ކަމަށެވެ. ދެފަރާތުގެ ވާހަކަތަކަށްފަހު އެމްއޯޔޫއެއްގައި ސޮއިކުރުމުގެ ރަސްމިއްޔާތުވެސް އެހާމެ ފާޓް ފުޅާކޮށް ބާއްވައެވެ. ލިބޭނެ ކުރިއެރުމާއި ރާއްޖެއަށް އެކަމުން ލިބޭނެ މިލިއަން ޑޮލަރުގެ ގިނަ ކަމުގެ ވާހަކައެވެ. އެމްއޯޔޫގައި ސޮއިކުރުން ނޫންނަމަ މަޝްރޫއު ހަވާލުކުރުމުގެ ރަސްމިއްޔާތުގައި އެވާހަކަތަކުގެ އިތުރުން ބޮޑެތި ބިޔަ ޕޯސްޓަރުތައް ބަހައްޓައެވެ. މީހުން ހިތްދަމައިގަންނަ ކަހަލަ އެނިމޭޓެޑް ވީޑިއޯ ޕްރެޒެންޓޭޝަންތައް ދައްކައެވެ. އެއެއްޗެހި ފެނިފައި މީހުން ސަހަރޯ ހީވެއެވެ. ދެންވާ ތަރައްގީ އަރާ ހަމަކުރީއޭ ލިބުނު ކާމިޔާބީއެކޭ ހާއުފާވެރިކަމުގެ ބޮޑުކަމާއޭ ހިތައް އަރައެވެ.

ލޯލާރިއެއްވެސް ދައުލަތުގެ ބަޖެޓުން ނުނަގަން ބުނި ރަސްމާލެ ޕްރޮޖެކްޓެވެ. މުޅި ދުނިޔޭގައިވެސް އަލަށް އަޅާ ބިއްލޫރި ޓަނަލެވެ. ފްލޯޓިންގ ޓަރމިނަލާއެކު އަޅާ ތިނަދޫ އެއަރޕޯޓެވެ. މާލެއާ ފުނަދޫ އަދި ހުޅުލެ ގުޅާލާ މޮނޮރެއިލްއެވެ. ފޭކް ޕްރިންސުން ގެނެސް ބިންގާއެޅި 8.8 މިލިއަން ޑޮލަރުގެ ފައިނޭންޝަލް ސެންޓަރެވެ. މާލެއިން ގެންދިޔަ އެސްޓީއޯގެ ބޯޓުގަނޑެއް ބާއްވައިގެން ކަޅުހަމުގައި ކުޅުދުއްފުށިން ފެންއުފުލި އަހަރަކު 400 މިލިއަން ޑޮލަރު ލިބޭ ބަންކަރިންއެވެ. މިލިއަނުން ހަރަދުވިއިރު ޚިދުމަތް ނުފެށޭ ޑިވެލޮޕްމެންޓް ބޭންކެވެ. މިހެންގޮސް ކޮޅާކޮޅުނެތްކޮޅަށް ލިސްޓް ކިއިދާނެވެ. ފެށީ މިފަދަ އެތައް ޕްރޮޖެކްޓެކެވެ. ފޮނިކަނޑާފައި ސޮއި އެޅީއެވެ. ވީކަމެއް ހަތްހަރާމުން ހަރާމެވެ. ނިމުނު ކަމެއް ލިބުނު ފައިދާއެއް ފެނުނު މީހަކު މިއުޑުބަޅުކުރި ހިސާބަކު ފެންނާކަށް ނެތެވެ.

ހަވާލުކޮށް މަސައްކަތް ފަށައި ކުލަނުވި މިފަދަ ބޮޑެތި ޕްރޮޖެކްޓްތަކަށް އިތުރުވެގެން އެދިޔަ އަނެއްބޮޅަކީ ކައުންސިލް އިދާރާތައް އަޅަން ހަވާލުކުރި ބިޔަ ޕްރޮޖެކްޓެވެ. މެލޭޝިއާގެ ހެކްސްޓަރ ގްލޯބަލްއިން އެ ކުންފުނީގެ ހަރަދުގައި އަޅާފައި ފަހުން ސަރުކާރުން ފައިސާ ދައްކާ ގޮތަށް ހަވާލުކުރި 55 ރަށެއްގެ ކައުންސިލު އިދާރާ އެޅުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރި ފަހުން އެ ކުންފުނީގެ އެއްވެސް ހަބަރެއް ނުވެގެން މިހާރު އެވަނީ އެއްބަސްވުން ބާތިލުކޮށްފައެވެ. އޭރުވެސް އެމަޝްރޫއާމެދު އެތައް ބަޔަކު ސުވާލު އުފެއްދި އެވެ. އެ ސުވާލުތަކުގެ އަސްލަކަށްވީ، ކައުންސިލުތައް އިމާރާތްކުރުމުގެ އެއްބަސްވުމުގައި، ހެކްސްޓަރ ގްލޯބަލްގެ އެއްވެސް ހިއްސާއެއް ނުވާ، އެންމެ ދިވެހި ހިއްސާދާރެއް ހުންނަ ހެކްސްޓަރ މޯލްޑިވްސް ކިޔާ ކުންފުންޏަކާ ސޮއިކުރުމުންނެވެ .ކައުންސިލް އިމާރާތްތައް އަޅަން ހަވާލުކުރީ މެލޭޝިއާ ކުންފުންޏާތޯ މީހުން ސުވާލު އުފައްދަން ފެށުމުން މިނިސްޓަރ އާދަމް ޝަރީފް ވަނީ އެ ކަންބޮޑުވުންތަކުގައި އަސްލެއް ނެތް ކަމުގެ ޔަގީންކަންދީ، މަސައްކަތް ކުރާނީ މެލޭޝިއާ ކުންފުނިން ކަމަށް ވިދާޅުވެފަ އެވެ. އަދި، ދިވެހި ކުންފުނީގެ ހިއްސާދާރު އެ އެއްބަސްވުމުގައި ސޮއިކުރީ މެލޭޝިއާ ކުންފުނިން ޕަވަރ އޮފް އެޓާނީ ދީފައި އޮތުމުން ކަމަށް އޭނާ އޭރު ވިދާޅުވި އެވެ. އާދަމް ޝަރީފް އޭރު ވިދާޅުވި ގޮތުން ނަމަ މަސައްކަތް ހަވާލުކުރަން ނިންމީ، އެ ކުންފުނީގެ ހުށަހެޅުން އިކޮނޮމިކް ކައުންސިލަށް ހުށަހަޅައިގެން ބަލަން ޖެހޭ ކަންކަން ބެލުމަށް ފަހުގައެވެ. ހެކްސްޓާރއިން 36 މިލިއަން ޑޮލަރު އަމިއްލަ ފައިސާއިން ހަރަދުކޮށްގެން އިމާރާތްކުރާ ކައުންސިލުތަކުގެ މަޝްރޫއަކީ އޭޕްރީލްގައި މަސައްކަތް ފަށާ، 2028 އަށް ނިންމާލާ ގޮތަށް އެއްބަސްވި މަޝްރޫއުއެކެވެ. އަދި ފައިސާ ދައްކަން ފަށާ ގޮތަށް އޮތީ މަސައްކަތް ނިމޭތާ ހަ މަސް ފަހުން ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.

ނަމަވެސް އޭގެފަހުން އެކުންފުނީގެ ހަބަރެއް ނުވެ އެކަން މިހާރު އެވަނީ އެހެން ގޮތަކަށް އަނބުރާލާފައެވެ. އެއްބަސްވުން ބާތިލްކުރިކަމަށް ނުހަދާ ސަރުކާރު ގެންނަން ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ބައިއަތުހިފި ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ނާޒިމްގެ އާރުސީސީއާ ހަވާލުކުރިކަމުގެ އަޑުތައް އެވަނީ ފެތުރިފައެވެ. މެލޭޝިޔާގެ ކުންފުންޏަށް ޑޮލަރުންދޭ ފައިސާ އާރުސީސީއަށް ދޭގޮތަށެވެ.

ކޮންމެއަކަސް ކަމަކަށްފަހު ކަމެކެވެ. އަނެއްކާވެސް މިފެންމަތިވީ އިތުރު ކަމެކެވެ. ކަނޑާ އެންމެ ފޮންޏެއްވެސް ހަގީގަތަކަށް އަދި ނުވެއެވެ. ބިންނަ އެއްވެސް ބޮޑުކާއްޓެއްގައި އަދިއެއް ފެނެއް ނުހުރެއެވެ. ދައްކާ އެއްވެސް ހުވަފެނެއްގައި މިހާތަނަކަށް ކުލައެއް ނުޖެހުނެވެ. ކުރިން ކިތައްމެ ވަރަކަށް ފޮނުއެރުވިއަސް ފިލްމު އެޅުވީމާ މިވަނީ ބޮޑުފްލޮޕަކަށެވެ.

އެންމެ ހިނގާ

1

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

2

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

3

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

ވޯލްޑް ކަޕް ތެރޭގައި މެސީ މަރާލަން ރޭވިކަމުގެ ތަފްސީލު ހާމަވެއްޖެ

އިތުރަށް ކިޔާލަން

12 އެޕްރީލު 2017

އެންމެ ބޮޑު"ވީކްނެސް" އަކީ މިއަދު ކުރަންޖެހޭ ކަންތައްތައް މާދަމާއަށް ލަސްކުރުން: ޓެޑްރީ

12 އެޕްރީލު 2017
އެންމެ ބޮޑު"ވީކްނެސް" އަކީ މިއަދު ކުރަންޖެހޭ ކަންތައްތައް މާދަމާއަށް ލަސްކުރުން: ޓެޑްރީ
01 އެޕްރީލު 2017

ފާރިސް އަމިއްލަ ބޮޑުބޭބެއާ ދެކޮޅަށް: މަޤުޞަދަކީ ވެރިކަންތަ؟

01 އެޕްރީލު 2017
ފާރިސް އަމިއްލަ ބޮޑުބޭބެއާ ދެކޮޅަށް: މަޤުޞަދަކީ ވެރިކަންތަ؟
16 މާރިޗު 2017

މާބަނޑު މީހުންނަށް އެޗްވަންއެންވަން ޖެހުމުން ކުރާ އަސަރު ބޮޑުވޭ!

16 މާރިޗު 2017
މާބަނޑު މީހުންނަށް އެޗްވަންއެންވަން ޖެހުމުން ކުރާ އަސަރު ބޮޑުވޭ!
11 މާރިޗު 2017

ފ. އަތޮޅު ޑީލާ މެދު ވަރަށް، ވަރަށް، ބޮޑަށް ރައްޔިތުން ކަންބޮޑުވާން ޖެހެއެވެ!

11 މާރިޗު 2017
ފ. އަތޮޅު ޑީލާ މެދު ވަރަށް، ވަރަށް، ބޮޑަށް ރައްޔިތުން ކަންބޮޑުވާން ޖެހެއެވެ!
06 މާރިޗު 2017

ސުނީ މިހާރު ދެކޭ އެންމެ ބޮޑު ހުވަފެނަކީ ޕްރިޔަންކާއާ އެކު ނެށުމެއް ހުށަހެޅުން!

06 މާރިޗު 2017
ސުނީ މިހާރު ދެކޭ އެންމެ ބޮޑު ހުވަފެނަކީ ޕްރިޔަންކާއާ އެކު ނެށުމެއް ހުށަހެޅުން!
19 ފެބުރުއަރީ 2017

19 އަހަރު ފަހުން ވެސް "އަމާނާތަށް" ބެލުންތެރިންގެ ބޮޑު ތަރުހީބެއް

19 ފެބުރުއަރީ 2017
19 އަހަރު ފަހުން ވެސް "އަމާނާތަށް" ބެލުންތެރިންގެ ބޮޑު ތަރުހީބެއް
05 ފެބުރުއަރީ 2017

ރާއްޖެ މިހާރު ހިނގަމުންދަނީ އަވަށްޓެރި ލަންކާ ހިނގަމުންދިޔަ މަގުން: އިގްތިސާދީ އަނދަވަޅަކަށް ވެއްޓުމުގެ ބިރު ބޮޑު!

05 ފެބުރުއަރީ 2017
ރާއްޖެ މިހާރު ހިނގަމުންދަނީ އަވަށްޓެރި ލަންކާ ހިނގަމުންދިޔަ މަގުން: އިގްތިސާދީ އަނދަވަޅަކަށް ވެއްޓުމުގެ ބިރު ބޮޑު!
03 ފެބުރުއަރީ 2017

އުމުރު ނުފުރޭ ކުދިން ސައިކަލް ދުއްވުމަކީ ދިމާވާ އެންމެ ބޮޑު ގޮންޖެހުން: ޕޮލިސް

03 ފެބުރުއަރީ 2017
އުމުރު ނުފުރޭ ކުދިން ސައިކަލް ދުއްވުމަކީ ދިމާވާ އެންމެ ބޮޑު ގޮންޖެހުން: ޕޮލިސް
31 ޖެނުއަރީ 2017

ކާރޫބާރޫ ބޮޑު މާލޭ ވިޔަފާރި ބަނދަރަށް އަރާމުކޮށްލަން އެއް ދުވަސް!

31 ޖެނުއަރީ 2017
ކާރޫބާރޫ ބޮޑު މާލޭ ވިޔަފާރި ބަނދަރަށް އަރާމުކޮށްލަން އެއް ދުވަސް!
10 ޖެނުއަރީ 2017

ކޮރަޕްޝަން: ޔަހޫދީންނަށް ބޮޑުވަޒީރާ ސުވާލުކުރެވޭ، ދިވެހިންނަށް ރައީސްއާ ސުވާލުނުކުރެވޭ!

10 ޖެނުއަރީ 2017
ކޮރަޕްޝަން: ޔަހޫދީންނަށް ބޮޑުވަޒީރާ ސުވާލުކުރެވޭ، ދިވެހިންނަށް ރައީސްއާ ސުވާލުނުކުރެވޭ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް