Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއަތޮޅުތެރޭގެ ތަރައްގީ

ދާއިރާތަކުގެ ރަށްތަކުގެ ރައްޔިތުންގެ އާދެހަކީ ފެނާއި ނަރުދަމާގެ މަޝްރޫއު ނިންމާލައި، ޚިދުމަތްތައް ފޯރުކޮށްދިނުން: މެންބަރު މައުރޫފް

5 ޖުލައި 2025 | ހޮނިހިރު 11:59

ރަށްރަށުގެ ފެނާއިނަރުދަމާގެ މަޝްރޫއުގެ ބޮޑު ބައެއް ނިންމި ނަމަވެސް މިސަރުކާރާއެކު މަޝްރޫއު ވަނީ ހުއްޓިފައި

އަމްނާ އިމާދު
އަމްނާ އިމާދު | 5 ޖުލައި 2025 | ހޮނިހިރު 11:59
ރާއްޖެޓީވީގެ ވައުދުނާމާ ޕްރޮގްރާމްގައި ރައްޔިތުން މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވާހަކަ ދައްކަވަނީ

ރާއްޖެޓީވީގެ ވައުދުނާމާ ޕްރޮގްރާމްގައި ރައްޔިތުން މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވާހަކަ ދައްކަވަނީ

ދާއިރާތަކުގެ ރަށްތަކުގެ ރައްޔިތުންގެ އާދެހަކީ އެންމެ ކުޑަމިނުން ފެނާއި ނަރުދަމާގެ މަޝްރޫއު ނިންމާލައި، ޚިދުމަތްތައް ފޯރުކޮށްދިނުން ކަމަށް ރައްޔިތުން މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ވައުދުނާމާ ޕްރޮގްރާމްގައި މެންބަރު މައުރޫފް ވިދާޅުވީ ކުރީ ސަރުކާރުގައި ފަށާފައިވާ ގިނަ މަޝްރޫއުތައް ހުއްޓިފައިވާ ކަމަށާއި، އައު މަޝްރޫއުތައް ކުރިއަށް ނުދާ ކަމަށެވެ. ދާއިރާގެ ބައެއް ރަށްރަށުގައި ކުރިއަށް ގެންގޮސްފައިވާ ފެނާއިނަރުދަމާގެ މަޝްރޫއުގެ ބޮޑު ބައެއް ނިންމި ނަމަވެސް މިސަރުކާރާއެކު މަޝްރޫއު ހުއްޓިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ މިއީ ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށާއި، ދާއިރާތަކުގެ ރައްޔިތުން އާދޭހާއެކު އެދެމުންދަނީ އެންމެ ކުޑަމިނުން ފެނާއިނަރުދަމާގެ މަޝްރޫއު ނިންމާލައި، ޚިދުމަތްތައް ފޯރުކޮށްދިނުން ކަމަށެވެ.

Advertisement - newsAdvertisement

ކުޑަރިކިލުގެ ތަރައްގީގެ މަޝްރޫއުތަކަށް އިޝާރާތް ކުރައްވައި މެންބަރު މައުރޫފް ވިދާޅުވީ އެރަށުގެ ފެނާއިނަރުދަމާގެ މަޝްރޫއު މިސަރުކާރުން ހުއްޓުވާފައިވާ ކަމަށާއި، އެއްވެސް މަސައްކަތެއް ކުރިއަށް ނުދާ ކަމަށެވެ. އަދި ޒުވާނުން އެންމެ ބޮޑަށް އެދެމުންދާ ފުޓްބޯޅަ ދަނޑުގެ މަސައްކަތް ކުރިއަށް ނުދާ ކަމަށް މެންބަރު މައުރޫފް ވިދާޅުވިއެވެ.

މަސައްކަތް ހިނގަމުން ހިނގަމުން ގޮސްގޮސް ހުއްޓާ ކުއްލިއަކަށް މަސައްކަތް ހުއްޓާލީ. އަދި އަދަށްދާންދެން ވެސް މިއަދާ ހަމައަށް އެމަސައްކަތް އެއޮތީ ހުއްޓިފައި. އެއްވެސް މަސައްކަތެއް ނުހިނގާ. ސްކޫލުގެ މަސައްކަތް އޮތީ ހުއްޓިފައި. އިންތިޚާބުގެ ތެރޭގައި ވައުދުވެވަޑައިގެން އެމަސައްކަތް ކުރިއަށް ގެންދާނެ ކަމަށް. ރަށު ކައުންސިލަށް ހަވާލުކޮށްފައި އޮތް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓް ކައުންސިލަށް ނޭނގި ފެނަކައާ ހަވާލުކޮށްފި. ބަޖެޓު އޮތީ ކައުންސިލަށް ދީފައި. މިސްކިތް އަޅަން ކައުންސިލްއާ މަޝްވަރާ ކުރުމެއް ނެތި ފެނަކާއާ ހަވާލުކޮށްފި މިސަރުކާރުން. ކުރީ ސަރުކާރުގައި ބަޖެޓު ކޮށްފައި ހުރި މަސައްކަތްތައް މިއީ. މިއިން އެއްވެސް ޕްރޮޖެކްޓެއް މިއަދާ ހަމައަށްއައިރު ފެއްޓިފައި ނެތް. އެއްވެސް މަސައްކަތެއް ނުކުރެވޭ.'
ރައްޔިތުން މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު

ދޮންފަނުގެ ތަރައްގީއާ ގުޅޭގޮތުން މެންބަރު މައުރޫފް ވިދާޅުވީ ފެނަކަ ދަރާފައިވާ ކަމަށް ބުނެ، ހިނގަމުންދިޔަ ފެނާއި ނަރުދަމާގެ މަޝްރޫއު މިސަރުކާރުން ހުއްޓުވާފައިވާ ކަމަށެވެ. އަދި ބަޖެޓު ކުރެވިފައި އޮތް ސްކޫލުގެ މަލްޓިޕަރޕަސް ހޯލާއި، އިތުރު ކްލާސްރޫމްތައް އެޅުމުގެ މަޝްރޫއު ވެސް ކުރިއަށް ނުދާ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ކެންދޫއާ ގުޅޭގޮތުން މެންބަރު މައުރޫފް ވިދާޅުވީ އެރަށުގެ ފެނާއިނަރުދަމާގެ މަޝްރޫއު ނިންމާފައިވީ ނަމަވެސް މިސަރުކާރަށް އެރަށުގެ ރައްޔިތުންނަށް އެ ޚިދުމަތް ގުޅައިނުދެވޭ ކަމަށެވެ. އަދި ބަނދަރު ބޮޑު ކުރުމުގެ މަޝްރޫއާއި މިސްކިތް އިމާރާތް ކުރުމުގެ މަސައްކަތް ވަރަށް ލަސް އޭނާ ފާހަގަކުރެއްވިއެވެ.

މެންބަރު މައުރޫފް ވިދާޅުވީ ފެނަކާގެ އިންޖީނުގެ ނިމިފައިވީ ނަމަވެސް އަދިވެސް ރީލޮކޭޓް ނުކުރެވޭ ކަމަށާއި، ކަރަންޓު ވިއު ރަނގަޅު ނުކުރެވޭ ކަމަށެވެ. އަދި ފާއިތުވެދިޔަ ދުވަސްތަކުގައި ކަރަންޓު ނުލިބި އެރަށުގެ ރައްޔިތުން ވަރަށް ދަތިހާލުގައި ދިރިއުޅުނު ކަމަށް އޭނާ ވިދާޅުވިއެވެ.

ރައީސް މުއިއްޒު ކެންދޫއަށް ރިޔާސީ އިންތިޚާބުގެ ކެންޕޭން ތެރޭގައި ބަނދަރުގެ މައްސަލަ ހައްލުކޮށްދެއްވާނެ ކަމަށް އަދި ކެންދޫގެ ބިން ހިއްކައި، ކެންދޫގެ އުތުރުފަރާތަށް ފަސްއަޅައި، މަގުތައް ހައްދަވައިދެއްވާނެ ކަމަށް ވަނީ ވިދާޅުވެފައި. އެހެންނަމަވެސް މިއަދާ ހަމައަށް އައިރު ދާއިރާގެ އެހެން ރަށްތަކެކޭ އެއްގޮތަށް އެއްވެސް މަޝްރޫއެއް ކުރިއަށް ނުދޭ. ކުރީ ސަރުކާރުގައި ފަށާފައިވާ ނަރުދަމާގެ މަސައްކަތް މަހެއްހާ ދުވަސްކުރިން ނިންމާލެވިފައި. ސަރުކާރު ބަދަލުވިއިރުގައި 80 އިންސައްތަ މަސައްކަތް ވަނީ ނިމިފައި. އެހެންނަމަވެސް މިއަދާ ހަމައަށްއިރު ގޭގެއަށް އެޚިދުމަތް ފޯރުކޮށްނުދެވޭ.
ރައްޔިތުން މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު

މެންބަރު މައުރޫފް ވިދާޅުވީ ކިހާދޫގައި ވެސް ފެނާއިނަރުދަމާގެ މައްސަލަަ ވަރަށް ބޮޑު ކަމަށާއި، އެ މަޝްރޫއު ކުރީ ސަރުކާރުގައި ކުރިއަށް ގެންދިޔަ ނަމަވެސް މިސަރުކާރުގައި އެމަޝްރޫއު ހުއްޓުވާފައިވާ ކަމަށެވެ. ފުޓްބޯޅަދަނޑުގެ މަސައްކަތް ހުއްޓިފައިވާއިރު، އެމަޝްރޫއާ މެދު އުންމީދެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ. މެންބަރު މައުރޫފް ވިދާޅުވީ ކިހާދޫގެ އިންޖީނުގެ ރީލޮކޭޓް ކުރުމާއި، އެރަށު ސްކޫލުގެ މަލްޓިޕަރޕަސް ހޯލުގެ މަސައްކަތް ވެސް ކުރިއަށް ނުދާ ކަމަށެވެ. އަދި ވިދާޅުވީ މިފަހުން އެރަށުގެ ރިވެޓްމަންޓު ޖެހުމުގެ މަޝްރޫއު ނިމުނު ނަމަވެސް ރިވެޓްމަންޓު ތިރިކަމުން ރަށުތެރެއަށް ރާޅު އަރާ ކަމަށާއި، އެކަމުގެ ކަންބޮޑުވުންތަކެއް އެބަހުރި ކަމަށެވެ.

ނަމަވެސް ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއަހާނެ ސަރުކާރެއް ނެތް ކަމަށް މެންބަރު މައުރޫފް ވިދާޅުވިއެވެ.

މީގެ އިތުރުން މެންބަރު މައުރޫފް ވިދާޅުވީ ކަމަދޫގައި ވެސް ތަރައްގީގެ މަޝްރޫއެއް ކުރިއަށްނުދާ ކަމަށެވެ.

އެގޮތުން ކަމަދޫގެ ވެސް ބަނދަރާއި ރިވެންޓްމަންޓުގެ މަސައްކަތް އެއްކޮށް ނިންމާނުލެވޭ ކަމަށާއި، ސްކޫލު އިތުރަށް ތަރައްގީ ކުރުމުގެ މަސައްކަތް ފެށިފައިނުވާ ކަމަށެވެ. އަދި ކޮންވެންޝަން ސެންޓަރު މަސައްކަތް ނުފެށޭ ކަމަށާއި، ފުޓްބޯޅަދަނޑުގައި ވެސް ޓާފު ނޭޅި ހުއްޓިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މެންބަރު މައުރޫފް ވިދާޅުވީ އަތޮޅުތެރޭގެ ރަށްރަށުގެ ތަރައްގީގެ މަޝްރޫއުތައް ކުރިއަށްނުދާތީ، ޚާއްސަކޮށް ދާއިރާގެ ރަށްތަކުގައި މަޝްރޫއުތައް ކުރިއަށް ނުދާތީ ކަމާގުޅުންހުރި ވަަޒީރުން މަޖިލީހަށް ހާޒިރުކޮށް ސުވާލު ކުރަމުންދާ ކަމަށާއި، ނަމަވެސް ހަގީގަތް ހާމަނުކުރާ ކަމަށެވެ. އަދި އެވަޒީރުންގެ ފަރާތުން ރައްޔިތުން އުންމީދުކުރާ ޖަވާބެއް ނުލިބޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

4

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

13 ފެބުރުއަރީ 2017

ހެއްކާބެހޭ ބިލް ރައްޔިތުންގެ މަޖިލީހުން ބަލައިގަންނަން ފާސްކޮށްފި

13 ފެބުރުއަރީ 2017
ހެއްކާބެހޭ ބިލް ރައްޔިތުންގެ މަޖިލީހުން ބަލައިގަންނަން ފާސްކޮށްފި
05 ފެބުރުއަރީ 2017

ރައްޔިތުންގެ މަޖިލިސް: ރިޔާސީ ބަޔާން އިއްވުން މާދަމާ ދަރުބާރު ގޭގައި

05 ފެބުރުއަރީ 2017
ރައްޔިތުންގެ މަޖިލިސް: ރިޔާސީ ބަޔާން އިއްވުން މާދަމާ ދަރުބާރު ގޭގައި
03 ފެބުރުއަރީ 2017

ރައްޔިތުންގެ ވޯޓަކީ ރައީސް ޔާމީނަށް މުހިންމު އެއްޗެއް ނޫން: ޑރ. ޖަމީލް

03 ފެބުރުއަރީ 2017
ރައްޔިތުންގެ ވޯޓަކީ ރައީސް ޔާމީނަށް މުހިންމު އެއްޗެއް ނޫން: ޑރ. ޖަމީލް
30 ޖެނުއަރީ 2017

ރައްޔިތުންގެ ވޯޓަށް ޚިޔާނާތްވުމުން ފަހުން ކުރާނީ ހިތާމަ:ޑރ ޖަމީލް

30 ޖެނުއަރީ 2017
ރައްޔިތުންގެ ވޯޓަށް ޚިޔާނާތްވުމުން ފަހުން ކުރާނީ ހިތާމަ:ޑރ ޖަމީލް
27 ޖެނުއަރީ 2017

އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން

27 ޖެނުއަރީ 2017
އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން
26 ޖެނުއަރީ 2017

ސަރުކާރު ޖަވާބުދާރީ ކުރުމުގައި ރައްޔިތުންގެ މަޖިލިސް މިވަނީ ނުކުޅެދިފައި: ފަލާހު

26 ޖެނުއަރީ 2017
ސަރުކާރު ޖަވާބުދާރީ ކުރުމުގައި ރައްޔިތުންގެ މަޖިލިސް މިވަނީ ނުކުޅެދިފައި: ފަލާހު
20 ޖެނުއަރީ 2017

އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ

20 ޖެނުއަރީ 2017
އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ
18 ޖެނުއަރީ 2017

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ
16 ޖެނުއަރީ 2017

ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ

16 ޖެނުއަރީ 2017
ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ
07 ޖެނުއަރީ 2017

ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް

07 ޖެނުއަރީ 2017
ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް