Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެބަންކަރިން ޚިދުމަތް

އުތުރުގައި ފެށި ބަންކަރިން ފެއިލްވެފައި ވަނިކޮށް، ލ. އަތޮޅުގައި ބަންކަރިންގެ މަޝްރޫއަށް އިންވެސްޓަރުން ހޯދަނީ

1 ޖުލައި 2025 | އަންގާރަ 13:17

ލ.އަތޮޅުގައި ބަންކަރިންގެ ޚިދުމަތް ފެށުމަށް އިންވެސްޓަރުން ހޯދުމަށް ފުރުސަތު ހުޅުވާލީ އަންގާރަ ދުވަހު ކުރިއަށް ގެންދިޔަ އިންވެސްޓްމަންޓް ފޯރަމްގައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 1 ޖުލައި 2025 | އަންގާރަ 13:17
އިހަވަންދިއްޕޮޅުގައި ބަންކަރިންގެ ޚިދުމަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި މަޖިލިސް މެމްބަރުން އަދި ވަޒީރު ސައީދު

އިހަވަންދިއްޕޮޅުގައި ބަންކަރިންގެ ޚިދުމަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި މަޖިލިސް މެމްބަރުން އަދި ވަޒީރު ސައީދު

މި ސަރުކާރުން އުތުރުގައި ފެށި ބަންކަރިންގެ ޚިދުމަތް ރަނގަޅަށް ނުދެވި ފެއިލްވެފައި ވަނިކޮށް، ލ.އަތޮޅުގައި ބަންކަރިންގެ ޚިދުމަތުގެ މަޝްރޫއު ފެށުމަށް އިންވެސްޓަރުން ހޯދަން ހުޅުވާލައިފި އެވެ.

ލ.އަތޮޅުގައި ބަންކަރިންގެ ޚިދުމަތް ފެށުމަށް އިންވެސްޓަރުން ހޯދުމަށް ފުރުސަތު ހުޅުވާލީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު މިހާރު ސިންގަޕޫރަށް ކުުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، އަންގާރަ ދުވަހު ކުރިއަށް ގެންދިޔަ އިންވެސްޓްމަންޓް ފޯރަމްގެ ތެރެއިންނެވެ.

ލ.އަތޮޅުގައި ބަންކަރިންގެ ޚިދުމަތް ފެށުމަށް އިންވެސްޓަރުންނަަށް ފުރުސަތު ހުޅުވާލުމަށް ފަހު، އިކޮނޮމިކް މިނިސްޓްރީ އިން ބުނެފައި ވަނީ، އެ މަޝްރޫއުގެ ދަށުން އެ ސަރަހައްދުން ދަތުރު ކުރާ ބޯޓު ފަހަރުތަކަށް ބަންކަރިންގެ ޚިދުމަތް ދިނުމުގައި ފަސޭހަތަކެއް ހުންނާނެ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން ލ.އަތޮޅުގައި ބަންކަރިންގެ ޚިދުމަތް ދިނުމުގެ އިތުރުން، ބަނދަރާ ގުޅުން ހުރި އިންފްރާސްޓްރަކްޗާ ޤާއިމު ކުރުން، ސަޕޯޓް އިންފްރާސްޓްރަކްޗާ ޤާއިމު ކުރުން އަދި ސްޓޮރޭޖް ފެސިލިޓީ ޤާއިމު ކުރުން ހިމެނެ އެވެ. ނަމަވެސް، މި މަޝްރޫއާ ގުޅޭ އިތުރު ތަފްސީލެއް އެ ފޯރަމްގައި ވެސް ހާމަކޮށްފައި ނުވެ އެވެ.

ލ.އަތޮޅުގައި ބަންކަރިންގެ ޚިދުމަތް ފެށުމަށް ސަރުކާރުން އިންވެސްޓަރުން ހޯދުމަށް ހުޅުވާލިއިރު، މި ސަރުކާރުން އިހަވަންދިއްޕޮޅުގައި ފެށި ބަންކަރިންގެ ޚިދުމަތް ކާމިޔާބު ކަމާ އެކު ކުރިއަށް ގެންދެވޭ ގޮތެއް ނުވި އެވެ. 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހު އިހަވަންދިއްޕޮޅުގައި ބަންކަރިންގެ ޚިދުމަތް ފެށިއިރު، އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު އޭރު ވިދާޅުވެފައި ވަނީ ބަންކަރިންގެ ޚިދުމަތުގެ ސަބަބުން ރާއްޖޭގެ އިޤްތިސާދު ބަދަލުވެގެން ދާނެ ކަމަށާއި، އެއް އަހަރު ދުވަހުގެ ތެރޭގައި 400 މިލިއަން ޑޮލަރު ލިބޭނެ ކަމަށެވެ.

ނަމަވެސް، އޭގެ ފަހުން ބަންކަރިންގެ ޚިދުމަތުން ލިބުނު އާމްދަނީގެ ތަފުސީލު ހޯދުމަށް އެކި ފަަހަރު މަތިން ނޫސްވެރިން ސުވާލު ކުރިއިރު ވެސް، މިނިސްޓަރު ސައީދު އެކަން ބުނެދެއްވާފައި ނުވެ އެވެ. އޭގެ ބަދަލުގައި ވަޒީރު ވިދާޅުވަމުން ގެންދެވީ ބަންކަރިންގެ ޚިދުމަތް ކުރިއަށް ގެންދަނީ ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ކަމަށާއި، ބަންކަރިންގެ އާމްދަނީގެ މައުލޫމާތު އެސްޓީއޯ އިން ސާފު ކުރެއްވުމަށް އެދޭ ކަމަަށެވެ.

ބަންކަރިން ޚިދުމަތްބަންކަރިންގމިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް

އިތުރަށް ކިޔާލަން

28 އޮކްޓޯބަރު 2025

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!
28 އޮކްޓޯބަރު 2025

ބަންކަރިން އިން އިހަވަންދިއްޕޮޅަށް ލިބުނު އާމްދަނީ ވަޒީރަށް ބުނެ ނުދެވުނު، އުޅުއްވީ އޮޅުވާލައްވަން!

28 އޮކްޓޯބަރު 2025
ބަންކަރިން އިން އިހަވަންދިއްޕޮޅަށް ލިބުނު އާމްދަނީ ވަޒީރަށް ބުނެ ނުދެވުނު، އުޅުއްވީ އޮޅުވާލައްވަން!
16 އޮކްޓޯބަރު 2025

އަހަރެއްވީއިރު ބަންކަރިންގެ ހިދުމަތުން ލިބުނީ، ރައީސް މުއިއްޒު އަންދާޒާކުރެއްވި އަދަދުގެ 3 އިންސައްތަ

16 އޮކްޓޯބަރު 2025
އަހަރެއްވީއިރު ބަންކަރިންގެ ހިދުމަތުން ލިބުނީ، ރައީސް މުއިއްޒު އަންދާޒާކުރެއްވި އަދަދުގެ 3 އިންސައްތަ
15 އޮކްޓޯބަރު 2025

ސައީދެވެ. މަނިކުފާނަށް އެނގޭނީ ފޮނިބައިސާ ކަނޑަައި ފިނިފެންމަލުން ހުޝާމަދުކުރާށެވެ.

15 އޮކްޓޯބަރު 2025
ސައީދެވެ. މަނިކުފާނަށް އެނގޭނީ ފޮނިބައިސާ ކަނޑަައި ފިނިފެންމަލުން ހުޝާމަދުކުރާށެވެ.
28 ފެބުރުއަރީ 2025

ވިޔަފާރިތަކަށް ރޯދަ މަހުގެ މުހިންމު ގަޑިތައް

28 ފެބުރުއަރީ 2025
ވިޔަފާރިތަކަށް ރޯދަ މަހުގެ މުހިންމު ގަޑިތައް
03 ފެބުރުއަރީ 2025

ވޯޓަރ ބަންކަރިންނަށް ހެދި އުޅަނދު ތިލަފުށީ ފަޅުތެރޭގައި އޮވެ ހަލާކުވަނީ

03 ފެބުރުއަރީ 2025
ވޯޓަރ ބަންކަރިންނަށް ހެދި އުޅަނދު ތިލަފުށީ ފަޅުތެރޭގައި އޮވެ ހަލާކުވަނީ
02 ފެބުރުއަރީ 2025

ބަންކަރިން މަޝްރޫޢުއަކީ މިހާރު އެންމެ ބޮޑު ޖޯކަށް ވެއްޖެ - ނާޒިލް

02 ފެބުރުއަރީ 2025
ބަންކަރިން މަޝްރޫޢުއަކީ މިހާރު އެންމެ ބޮޑު ޖޯކަށް ވެއްޖެ - ނާޒިލް
04 އޮކްޓޯބަރު 2024

ފެން ބަންކަރިންގެ ޚިދުމަތް ފެށިގޮތް ރައީސް ޔާމީން ވިދާޅުވެ ދެއްވައިފި

04 އޮކްޓޯބަރު 2024
ފެން ބަންކަރިންގެ ޚިދުމަތް ފެށިގޮތް ރައީސް ޔާމީން ވިދާޅުވެ ދެއްވައިފި
30 ސެޕްޓެމްބަރު 2024

ބަންކަރިންގެ ޚިދުމަތް ފެށިފަހުން 10 ދުވަސް ފާއިތުވެގެން ދިޔައިރު އަދި އެއްވެސް ބޯޓެއް ތެޔޮއަޅާކަށް ނާދޭ

30 ސެޕްޓެމްބަރު 2024
ބަންކަރިންގެ ޚިދުމަތް ފެށިފަހުން 10 ދުވަސް ފާއިތުވެގެން ދިޔައިރު އަދި އެއްވެސް ބޯޓެއް ތެޔޮއަޅާކަށް ނާދޭ
21 ސެޕްޓެމްބަރު 2024

ބަންކަރިންގެ ޚިދުމަތުން 400 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭނެ ޒަމާނެއް ސާފުކޮށްދޭން ޖެހޭ: އަމްރު

21 ސެޕްޓެމްބަރު 2024
ބަންކަރިންގެ ޚިދުމަތުން 400 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭނެ ޒަމާނެއް ސާފުކޮށްދޭން ޖެހޭ: އަމްރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް