Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއަލިފާނުގެ ހާދިސާ

ތ.ވިލުފުށީގައި އޮތް ތެޔޮ ބޯޓެއްގައި ރޯވެއްޖެ، އަނިޔާ ލިބުނު މީހާ އަށް ފަރުވާ ދެނީ

މިހާދިސާގައި އެކަކަށް އަނިޔާ ލިބިފައިވާ ކަމަށާއި އޭނާ އަށް ވިލުފުށީ ސިއްހީ މަރުކަޒުގައި ފަރުވާ ދެމުންދާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 1 ޖުލައި 2025 | އަންގާރަ 05:27
ތ.ވިލިފުށީ ފަޅުތެރޭގައި އޮތް ތެޔޮބޯޓެއްގައި އަލިފާން ރޯވެގެން، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑްގެ ފަޔަރ ކޮމްޕޯނަންޓްގެ ސިފައިން ދަނީ އަލިފާން ނިއްވުމުގައި ހަރަކާތްތެރި ވަމުން - 01.07.2025

ތ.ވިލިފުށީ ފަޅުތެރޭގައި އޮތް ތެޔޮބޯޓެއްގައި އަލިފާން ރޯވެގެން، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑްގެ ފަޔަރ ކޮމްޕޯނަންޓްގެ ސިފައިން ދަނީ އަލިފާން ނިއްވުމުގައި ހަރަކާތްތެރި ވަމުން - 01.07.2025

ތ.ވިލުފުށީގައި އޮތް ތެޔޮ ބޯޓެއްގައި ރޯވެ، އެކަކަށް އަނިޔާވެއްޖެއެވެ.

މީސްމީޑިއާގައި ދަުރުވަމުންދާ ވީޑިއޯ އިން ފެންނަ މަންޒަރުތަކުން އެނގޭ ގޮތުން މި ބޯޓުގައި ވަނީ ވަރަށް ބޮޑަށް ރޯވެފައެވެ.

Advertisement - newsAdvertisement

މި ހާދިސާ އާއި ގުޅޭ ގޮތުން ފުލުހުންނާއި ސުވާލުކުރުމުން ފުލުހުން ރާއްޖެ އެމްވީ އަށް ބުނެފައި ވަނީ މި ހާދިސާގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ އަންގާރަ ދުވަހުގެ ހެނދުނު 09:15 ހާއިރު ކަމަށެވެ. އަދި ރޯވެފައި ވަނީ ތެޔޮ ބޯޓެއްގައި ކަމަށް ފުލުހުންނަށް މިހާތަނަށް ލިބުނު މައުލޫމާތުތަކުން އެނގޭ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލަކު ވަނީ މި ނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައެވެ.

މީގެ އިތުރުން މިހާދިސާގައި އެކަކަށް އަނިޔާ ލިބިފައިވާ ކަމަށާއި އޭނާ އަށް ވިލުފުށީ ސިއްހީ މަރުކަޒުގައި ފަރުވާ ދެމުންދާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ. ނަމަވެސް އަނިޔާވި މީހާ އަކީ ބިދޭސީއެކަން ނުވަތަ ދިވެއްސެއްކަން ފުލުހުން ސާފުކޮށްދީފައެއް ނުވެއެވެ. އަދި އޭނާ އަށް ލިބުނު އަނިޔާގެ ތަފްސީލް ވެސް އަދި ހާމަކޮށްފަ އެއް ނުވެއެވެ.

މި ހާދިސާ އާއި ގުޅިގެން އެމްއެންޑީއެފުން ބުނީ ތ.ވިލިފުށީ ފަޅުތެރޭގައި އޮތް ތެޔޮބޯޓެއްގައި އަލިފާން ރޯވެގެން، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑްގެ ފަޔަރ ކޮމްޕޯނަންޓްގެ ސިފައިން ދަނީ އަލިފާން ނިއްވުމުގައި ހަރަކާތްތެރިވަމުން ކަމަށެވެ. އެމްއެންޑީއެފުން ބުނީ އެ ހާދިސާގެ މައުލޫމާތު މި ހާދިސާގެ މަޢުލޫމާތު ލިބިފައިވަނީ އަންގާރަ ދުވަހު 09:41ގައި ކަމަށެވެ.

މިހާދިސާ ހިނގަން މެދުވެރިވި ސަބަބު މިހާތަނަށް ސާފުވެފަ އެއް ނުވެއެވެ.

ވިލުފުށީތެޔޮ ޓޭންކަރުމަދުވެގެންވީ ބޭކާރަކުޕޮލިސް

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

އެމެރިކާ ސިފައިން ވެނެޒުއެލާ ކައިރިން ބޮޑު ތެޔޮ ޓޭންކަރެއް ހިފައިފި، ވެނެޒުއޭލާ އިން ބުނީ މިއީ ކަނޑުފޭރުން ކަމަށް!

11 ޑިސެމްބަރު 2025
އެމެރިކާ ސިފައިން ވެނެޒުއެލާ ކައިރިން ބޮޑު ތެޔޮ ޓޭންކަރެއް ހިފައިފި، ވެނެޒުއޭލާ އިން ބުނީ މިއީ ކަނޑުފޭރުން ކަމަށް!
11 ޑިސެމްބަރު 2025

މަސްވެރިންގެ މުޒާހަރާގެ ތެރެއިން 2 ދޯންޏާއި 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި، މެންބަރ މައުރޫފު ވެސް ހިމެނޭ

11 ޑިސެމްބަރު 2025
މަސްވެރިންގެ މުޒާހަރާގެ ތެރެއިން 2 ދޯންޏާއި 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި، މެންބަރ މައުރޫފު ވެސް ހިމެނޭ
11 ޑިސެމްބަރު 2025

ލައިވް ކުރަމުން ދިޔަ މަސްވެރިންގެ މުޒާހަރާ މެދު ކަނޑާލަން ފުލުހުން އަންގައިގެން ރާއްޖެޓީވީގެ ލައިވް މެދުކަނޑާލައިފި

11 ޑިސެމްބަރު 2025
ލައިވް ކުރަމުން ދިޔަ މަސްވެރިންގެ މުޒާހަރާ މެދު ކަނޑާލަން ފުލުހުން އަންގައިގެން ރާއްޖެޓީވީގެ ލައިވް މެދުކަނޑާލައިފި
11 ޑިސެމްބަރު 2025

އިހުތިޖާޖު ކުރަމުންދާ މަސްދޯނި ތަކަށް ފުލުހުން އަރައިފި

11 ޑިސެމްބަރު 2025
އިހުތިޖާޖު ކުރަމުންދާ މަސްދޯނި ތަކަށް ފުލުހުން އަރައިފި
11 ޑިސެމްބަރު 2025

ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު

11 ޑިސެމްބަރު 2025
ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު