Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އޭސީސީ

އެމްޕީއެލްއަށް ހަލާކުވެފައިވާ ދޯންޏެއް ގަތް މައްސަލައެއްގައި އެމްޕީއެލްގެ ވެރިއަކަށް ދައުވާކުރަން ފޮނުވައިފި

ދޯނި ގަތުމަށް ހުއްދަ ދިނީ ބަލަންވާވަރަށް ނުބަލައި

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 28 އޯގަސްޓު 2017 | ހޯމަ 15:02
އޭސީސީ: އެމްޕީއެލްގެ މައްސަލައެއް ވަނީ ދައުވާކުރަން ފޮނުވާފައި

އޭސީސީ: އެމްޕީއެލްގެ މައްސަލައެއް ވަނީ ދައުވާކުރަން ފޮނުވާފައި

އެމް.ޕީ.އެލް އަށް ބޭނުންވާ ފެރީ ދޯންޏެއް ގަތުމުގައި ވަކި ފަރާތަކަށް ނާޖާއިޒު ފައިދާއެއް ހޯދައިދީފައިވާ ކަމަށް ބުނާ މައްސަލަ ތަޙްޤީޤް ކުރުމަށް ފަހު އެކުންފުނީގެ ޕްރޮކިޔުމަންޓާ ހަވާލުވެ ހުރި ފަރާތުގެ މައްޗަށް ދަޢުވާ ކުރުމަށް ފޮނުވާފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ބުނެފިއެވެ.

އެކޮމިޝަނުން ބުނީ މިމައްސަލައިގެ ތަޙްޤީޤަށް ފާހަގަ ކުރެވުނު ކަންތައްތަކަށް ބަލާއިރު، މާލެ އާއި ތިލަފުށްޓާ ދެމެދު ފެރީއެއްގެ ގޮތުގައި ދުއްވުމަށް، އެމް.ޕީ.އެލް އިން އަމިއްލަ ފަރާތެއްގެ އަތުން 3,710,000.00 (ތިންމިލިއަން ހަތްލައްކަ ދިހަހާސް ރުފިޔާ) ރުފިޔާއަށް ފެރީ ދޯންޏެއް ގަނެފައިވަނީ “ސަރުކާރުގެ ކުންފުނިތަކުން މުދަލާއި ޚިދުމަތްތައް ހޯދުމުގައި ޢަމަލުކުރަންޖެހޭ ސްޓްރެޓެޖީއާއި ޤަވާއިދު” ގައިވާ ގޮތުގެ މަތިން ބީލަމަކަށް ދިއުމެއް ނެތި ޑިރެކްޓަރުންގެ ބޯޑުގެ ބައްދަލުވުމަކުން ނިންމައިގެން ކަމަށެވެ.

Advertisement - newsAdvertisement

އަދި މިދޯނި ގަތް ފަހުން ދޯނި މަރާމާތު ކުރުމަށްޓަކައި ތިލަފުށީގައި އޮންނަ އެމް.ޕީ.އެލްގެ ސައިޓަށް ގެންގޮސްފައިވާ ކަމަށާއި އެދޯނި މަރާމާތު ކުރުމުގެ ކަންތައް މިހާރުވެސް ކުރިއަށްދާއިރު ދޯނި އޮތީ ވަރަށް ބޮޑަށް ޙަލާކުވެފައިކަމާއި އެދޯންޏަކީ ވަރަށް ބައު ދޯންޏެއްކަން ފާހަގަކުރެވިފައިވާ ކަމަށް ބުނެފައިވެއެވެ. މީގެ އިތުރުން ދޯނީގެ މަރާމާތަށް މިހާތަނަށް 461,512.02 (ހަތަރު ލައްކަ ފަސްދޮޅަސް އެއްހާސް ފަސްސަތޭކަ ބާރަ ރުފިޔާ ދެލާރި) ޚަރަދު ކޮށްފައިވާކަން ވެސް އެނގެން އޮންނަ ކަމަށް އޭސީސީން ވަނީ ބުނެފައެވެ.

އޭސީސީން ބުނީ މިމައްސަލައިގެ ތަޙްޤީޤަށް ލިބިފައިވާ ބަޔާންތަކުން، އެ ދޯންޏަކީ ވަރަށް ބޮޑަށް ހަލާކުވެފައިވާ ދޯންޏެއްކަމާއި، އެ ދޯނީގެ މައްސަލަތަކެއް އުޅޭކަން ފަހާގަކުރެވިފައި ވަނީ އެދޯނި ގަތުމަށް ފަހު މުދާއުފުލޭ އަދި ފެރީކުރެވޭ ދޯންޏަކަށް ބަދަލުކުރުމަށްޓަކައި ތިލަފުށްޓަށް ގެންދިޔަ ފަހުންކަން އެނގެން އޮންނަ ކަމަށެވެ. އެހެންކަމުން ދޯނިގަނެފައި ވަނީ އެ ދޯނި ގަތުމުގެ ކުރިން ދޯނީގެ ކޮންޑިޝަން ރަނގަޅަށް ބަލާފައި ނޫންކަން ތަޙްޤީޤަށް ފާހަގަ ކުރެވިފައިވާ ކަމަށް ވެސް އެކޮމިޝަނުން ވަނީ ބުނެފައެވެ.

އޭސީސީން ބުނީ ދޯންޏާ ގުޅޭގޮތުން އެމް.ޕީ.އެލްއިން ތައްޔާރު ކޮށްފައިވާ އިންސްޕެކްޝަން ރިޕޯޓެއް އެމް.ޕީ.އެލްގައި ނެތްކަމާއި އެ ދޯނި ގަތުމާ ގުޅޭ މައްސަލަ ބޯޑަށް ހުށަހެޅިއިރު ވެސް އެފަދަ ރިޕޯޓެއް ބޯޑަށް ހުށަހަޅާފައި ނުވާ ކަމަށެވެ. އަދި އެދޯނި ގަތުމަށް ނިންމައި ދޯނި އެމް.ޕީ.އެލްއާ ޙަވާލުވި ފަހުން ވެސް އެދޯނީގެ ރަނގަޅު އިންސްޕެކްޝަން ހަދާފައިނުވާކަން މިމައްސަލައިގައި ބަޔާންދިން ފަރާތްތަކުގެ ބަހުންނާއި ލިބިފައިވާ ލިޔެކިއުންތަކުން އެނގެން އޮންނަ ކަމަށް ވެސް އޭސީސީން ވަނީ ބުނެފައެވެ.

މި ދޯނި ގަތުމަށް ކޯޓޭޝަން ހޯދާފައި ވަނީ ޕްރޮކިޔުމަންޓުން ކަމަށް، ޕްރޮކިޔުމަންޓާއި ހަވާލުވެހުރި ފަރާތް އިންކާރު ކޮށްފައިވީ ނަމަވެސް، ދޯނީގެ ވެރިފަރާތް އެމް.ޕީ.އެލްއަށް ކޯޓޭޝަން ހުށަހަޅާފައި ވަނީ އޭރު ޕްރޮކިއުމަންޓްގެ ހެޑް އަކަށްހުރި ފަރާތް ކޯޓޭޝަން ހުށަހެޅުމަށް އޭނާ ގާތު ބުނުމުން ކަމަށް ވާތީ އާއި، ތަޙްޤީޤަށް ލިބިފައިވާ ބަޔާނަކުން ވެސް އެކޯޓޭޝަން ހޯދާފައި ވަނީ ޕްރޮކިޔުމަންޓުންކަން އެނގެން އޮންނަ ކަމަށް އޭސީން ބުނެއެވެ. އަދި ބޯޑުން އެއްޗެއް ގަތުމަށް ނިންމުމުން އެކަން ޕްރޮސެސްކޮށް ގަތުމުގެ ހުރިހާކަމެއް ކުރުމުގެ ޒިންމާއަކީ ޕްރޮކިއުމަންޓު ޑިޕާޓްމަންޓުގެ ޒިންމާއެއް ކަމަށް ވާތީ، އެޒިންމާއަކީ ޕްރޮކިއުމަންޓު ހިންގުމާއި ޙަވާލުވެހުރި ފަރާތުގެ ޒިންމާއެއްކަން ފާހަގަކުރެވޭ ކަމަށެވެ.

މީގެ އިތުރުން ދޯނި އިންސްޕެކްޓް ކުރުމަށް އިންޖީނިއަރިންގ ޑިޕާޓްމަންޓުގައި މަސައްކަތް ކުރާ މުވައްޒަފަކާއެކު ޕްރޮކިޔުމަންޓާއި ހަވާލުވެހުރި ފަރާތް ދިޔަކަމަށް ޕްރޮކިޔުމަންޓާއި ހަވާލުވެހުރި ފަރާތް ބުނެފައިވާ ކަމަށާއި އިންޖީނިއަރިންގ ޑިޕާޓްމަންޓުގައި މަސައްކަތް ކުރާ މުވައްޒަފު އެ ދޯނި އިންސްޕެކްޓް ކުރި ކަމަށް އޭނާ އިންކާރު ކޮށްފައިވީ ނަމަވެސް، ޕްރޮކިޔުމަންޓާއި ހަވާލުވެ ހުރި ފަރާތް އެ ދޯނި އިންސްޕެކްޓްކުރިކަން އެފަރާތުގެ އިއުތިރާފުންނާއި ކޮމިޝަނަށް ލިބިފައިވާ ބަޔާނަކުން ސާބިތުވާ ކަމަށް އޭސީސީން ވަނީ ބުނެފައެވެ.

އަދި ދޯނި އިންސްޕެކްޓް ކުރި އިރު ދޯނި ހިއްލައިގެންނާއި ދޯނީގެ އަޑި ފީނައިގެން ބަލާފައި ނުވާކަން އެނގޭތީ ދޯނި ގަތުމުގެ ކުރިން ދޯނީގެ ޙާލަތު ރަނގަޅަށް ނުބަލައި ދޯނިގަނެފައިވާ ކަމަށް ބެލެވެން އޮވެއެވެ. މިކަމުގެ ސަބަބުން އެކުންފުންޏަށް މާލީ ގޮތުން ލިބުނު ގެއްލުމަކީ އިންސްޕެކްޓް ކުރުމުގައި ބައިވެރި ފަރާތްތަކުގެ ފަރުވާކުޑަ ޢަމަލެއްގެ ސަބަބުން ލިބިފައިވާ މާލީ ގެއްލުމެއްކަން ފާހަގަ ކުރެވޭ ކަމަށް އޭސީސީން ވަނީ ބުނެފައެވެ.

އޭސީސީން ބުނީ އެ ދޯނި ރަނގަޅަށް އިންސްޕެކްޓް ކޮށްފައިވާކަން ޔަޤީން ކުރުމެއް ނެތި ޕްރޮކިޔުމަންޓާއި ހަވާލުވެހުރި ފަރާތް ޕާޗޭޒް އޯޑަރ އޮތޮރައިޒްކޮށް ދޯނިގަތުމުގެ ކަންތައްތައް ކުރިޔަށް ގެންގޮސްފައިވާއިރު، ޕާޗޭޒް އޯޑަރ އޮތޮރައިޒް ކުރުމުގެ ކުރިން އެދޯނީގެ ފެންވަރު ރަނގަޅުތޯ ޔަޤީންކުރުމާއި ދޯނި ރަނގަޅަށް އިންސްޕެކްޓްކުރުމަށް ފަހު ޕާރޗޭޒް އޯޑަރ އޮތޮރައިޒްކުރުމަކީ ޕްރޮކިއުމަންޓް ހިންގުމާ ޙަވާލުވެ ހުރި ފަރާތުގެ ޒިންމާއެއް ކަމަށް އެނގެން އޮންނަ ކަމަށެވެ

އެހެންކަމުން އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫން ގެ 25ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރުގައިވާ ފަދައިން މިމައްސަލައަކީ ކޮރަޕްޝަންގެ ކުށެއް އެކުލެވިގެންވާ މައްސަލައެއް ކަމަށް ކަނޑައަޅައި، މިމައްސަލާގައި ހިމެނޭ ދޯނި ގަތް ދުވަސްވަރު އެމް.ޕީ.އެލްގެ ޕްރޮކިއުމަންޓް ހިންގުމާ ޙަވާލުވެ ހުރި ފަރާތުގެ މައްޗަށް ކޮރަޕްޝަން ހުއްޓުވުމާ މަނާކުރުމުގެ ޤާނޫން ގެ 12 ވަނަ މާއްދާގެ ދަށުން މަޤާމުގެ ނުފޫޒު ބޭނުންކޮށް ނާޖާއިޒު ފައިދާހޯދައި ދިނުމުގެ ދަޢުވާކޮށް ދިނުމަށް އެދި، މިމައްސަލަ ވަނީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވިފައި ކަމަށް އޭސީސީން ވަނީ ބުނެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ހަތަރު މީހުންނާއެކު ދަތުރު ކުރަމުންދިޔަ ދޯންޏެއް ބަންޑުން ޖަހާލައިފި

ހަތަރު މީހުންނާއެކު ދަތުރު ކުރަމުންދިޔަ ދޯންޏެއް ބަންޑުން ޖަހާލައިފި

13 ފެބުރުއަރީ 2017
ރިޔާސީ ބަޔާނަކީ، ހިސާބު އަދަދު ތަކަކުން ރައްޔިތުންނަށް ހަގީގަތް އޮޅުވާލާފައިވާ ބަޔާނެއް: މަހުލޫފު

ރިޔާސީ ބަޔާނަކީ، ހިސާބު އަދަދު ތަކަކުން ރައްޔިތުންނަށް ހަގީގަތް އޮޅުވާލާފައިވާ ބަޔާނެއް: މަހުލޫފު

09 ފެބުރުއަރީ 2017
 ރައީސް ޔާމީން ވާހަކަ ދެއްކެވީ ހަގީގަތް އޮޅުވާލަން، ޕާޓީތެރޭގައި ބައިބައިވުން އެބަ އޮތް:މައުމޫނު

ރައީސް ޔާމީން ވާހަކަ ދެއްކެވީ ހަގީގަތް އޮޅުވާލަން، ޕާޓީތެރޭގައި ބައިބައިވުން އެބަ އޮތް:މައުމޫނު

31 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު އުމުރަށް ޖަލަށް

މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު އުމުރަށް ޖަލަށް

24 ޖެނުއަރީ 2017
ތިލަފުއްޓަށް ދަތުރުކުރި ދޯންޏެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

ތިލަފުއްޓަށް ދަތުރުކުރި ދޯންޏެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

21 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

19 ޖޫން
"އިސްރާއީލާ ގުޅުން ކަނޑާލާ": ޕާކިސްތާނުން އީރާނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަޤީންކަން ދީފި
20251 އަހަރު ކުރިން
ދުނިޔެ

"އިސްރާއީލާ ގުޅުން ކަނޑާލާ": ޕާކިސްތާނުން އީރާނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަޤީންކަން ދީފި

އަލަށް ކުށްކުރާ ކުޑަކުދިން ޖަލަށްލުމަކީ އެކުދިން އަލިފާނުން ރައްކާތެރިކުރަން އަލިފާން ގެންގުޅޭ ތަނަކަށް ގެންދިއުން ކަހަލަ ކަމެއް: ޕީޖީ
20242 އަހަރު ކުރިން
ރާއްޖެ

އަލަށް ކުށްކުރާ ކުޑަކުދިން ޖަލަށްލުމަކީ އެކުދިން އަލިފާނުން ރައްކާތެރިކުރަން އަލިފާން ގެންގުޅޭ ތަނަކަށް ގެންދިއުން ކަހަލަ ކަމެއް: ޕީޖީ

ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ފިރިހެނަކު ނިޔާވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ފިރިހެނަކު ނިޔާވެއްޖެ

އެސްޓީއޯއިން "ހަމަ ހިޓާޗީ"ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯއިން "ހަމަ ހިޓާޗީ"ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި

މާލޭ ގުދަނެއްގެ ތެރެއިން ބޮޑު ހަރުފައެއް ފެނިއްޖެ
20215 އަހަރު ކުރިން
ރާއްޖެ

މާލޭ ގުދަނެއްގެ ތެރެއިން ބޮޑު ހަރުފައެއް ފެނިއްޖެ

ޑރ. ޖަމީލާއި ވަކީލް ސަލީމްގެ ފަރާތުން ހުތުރު މަންޒަރުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޑރ. ޖަމީލާއި ވަކީލް ސަލީމްގެ ފަރާތުން ހުތުރު މަންޒަރުތަކެއް!

ސަޢީދު: އެންމެ ބޭކާރު ވަޒީރު
20188 އަހަރު ކުރިން
ރިޕޯޓު

ސަޢީދު: އެންމެ ބޭކާރު ވަޒީރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު