Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޖިރޫޑް މިލާނަށް ބަދަލުވުން

ޗެލްސީ ދޫކޮށް ޖިރޫޑް މިލާނަށް

ޖިރޫޑް ވަނީ މިލާނާއެކު ދެ އަހަރުގެ އެއްބަސްވުމެއް ހަދާފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 18 ޖުލައި 2021 | އާދީއްތަ 03:19
މިލާނާ ގުޅުނު ފްރާންސްގެ ފޯވާޑް އޮލިވިއޭ ޖިރޫޑް

މިލާނާ ގުޅުނު ފްރާންސްގެ ފޯވާޑް އޮލިވިއޭ ޖިރޫޑް

ހިލޭ ޓްރާންސްފާއެއްގެ ދަށުން ފްރާންސްގެ ފޯވާޑް އޮލިވިއޭ ޖިރޫޑް އޭސީ މިލާނަށް ބަދަލުވެއްޖެއެވެ.

ޗެލްސީ ދޫކޮށް އުމުރުން 34 އަހަރުގެ ޖިރޫޑް މިލާނަށް ބަދަލުވިއިރު، އޭނާ އެންމެ ފުރަތަމަ އެ ޓީމާ ގުޅުނީ 2018 ވަނަ އަހަރުގެ ޖެނުއަރީ މަހު 18 މިލިޔަން ޕައުންޑުގެ ފީއަކަށެވެ.

ހިލޭ ޓްރާންސްފާއެއްގެ ދަށުން ޖިރޫޑް މިލާނަށް ބަދަލުވިއިރު، އޭނާ އެންމެ ފަހުން ޗެލްސީގެ އެއްބަސްވުން އާކުރީ މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައި، މި ނިމުނު ސީޒަނުގެ ނިޔަލަށެވެ. އެކަމަކު މިދިޔަ އަހަރުގެ ހޫނު މޫސުމުގެ ޓްރާންސްފާ ބާޒާރުގައި ޗެލްސީން ޖަރުމަނުގެ ފޯވާޑް ޓިމޯ ވާނާ ގެނައި ފަހުން ޖިރޫޑަށް ޗެލްސީގެ ފުރަތަމަ އެގާރައިން ފުރުސަތު ލިބުން މަދުވިއެވެ.

ރިޕޯޓުތައް ބުނާ ގޮތުން ޖިރޫޑް ވަނީ މިލާނާއެކު ދެ އަހަރުގެ އެއްބަސްވުމެއް ހަދާފައެވެ. މިލާނުން ޖިރޫޑުގެ ސޮއި ހޯދިއިރު، އޭނާ ހޯދަން ޔުވެންޓަސްއިންވެސް މަސައްކަތްކުރި ކަމަށް ރިޕޯޓުތައް ބުނެއެވެ.

މީގެ ކުރިން އާސެނަލުން ވިދާލި ޖިރޫޑް ޗެލްސީ ދޫކޮށްލިއިރު، އޭނާ ވަނީ ޗެލްސީއާއެކު ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. އެގޮތުން ޖިރޫޑް ވަނީ ޗެލްސީއާއެކު އެފްއޭ ކަޕާއި ޔުއެފާ ޗެމްޕިއަންސް ލީގު އަދި ޔުއެފާ ޔޫރޮޕާ ލީގުވެސް ކާމިޔާބުކޮށްފައެވެ. އަދި ޖިރޫޑް ވަނީ ޗެލްސީއަށް ކުޅެދިން 119 މެޗުގައި 39 ލަނޑު ކާމިޔާބުކޮށްފައެވެ.

އޮލިވިއޭ ޖިރޫއޭސީ މިލާން

އިތުރަށް ކިޔާލަން

29 ސެޕްޓެމްބަރު 2025

ނަޕޯލީ ބަލިކޮށް، އޭސީ މިލާާން އެއް ވަނަ އަށް

29 ސެޕްޓެމްބަރު 2025
ނަޕޯލީ ބަލިކޮށް، އޭސީ މިލާާން އެއް ވަނަ އަށް
28 ޖޫން 2025

ޖިރޫޑް، ފްރާންސްގެ ލީލް އަށް ބަދަލުވަނީ

28 ޖޫން 2025
ޖިރޫޑް، ފްރާންސްގެ ލީލް އަށް ބަދަލުވަނީ
15 މެއި 2025

މިލާން ބަލިކޮށް ބޮލޯނިއާ އިޓާލިއަން ކަޕްގެ ޗެމްޕިއަންކަން ހޯދައިފި

15 މެއި 2025
މިލާން ބަލިކޮށް ބޮލޯނިއާ އިޓާލިއަން ކަޕްގެ ޗެމްޕިއަންކަން ހޯދައިފި
19 ފެބުރުއަރީ 2025

އޭސީ މިލާން ކަޓުވާލައި، ފެޔެނޫޑް ގަދަ 16 އަށް

19 ފެބުރުއަރީ 2025
އޭސީ މިލާން ކަޓުވާލައި، ފެޔެނޫޑް ގަދަ 16 އަށް
07 ޑިސެމްބަރު 2024

އޭސީ މިލާން ބަލިކޮށް، އެޓަލަންޓާ އިން މަގާމު ދަމަހައްޓައިފި

07 ޑިސެމްބަރު 2024
އޭސީ މިލާން ބަލިކޮށް، އެޓަލަންޓާ އިން މަގާމު ދަމަހައްޓައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު