Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ކައުންސިލަރުން މަދު ކުރުމުގެ ބޮޑު ސިއްރު؟

ކައުންސިލަރުން މަދު ކުޑަކުރަން ސަރުކާރުން މަސައްކަތް ކުރަނީ ޚަރަދު ކުޑަކުރުމަށް ކަމަށް ސަރުކާރުން ދަނީ ބުނަމުންނެވެ. ނަމަވެސް ސިޔާސީ މަގާމްތަކަށް ކުރާ ހޭދަ އިންތިހާއަށް ބޮޑުވެފައިވާއިރު އަދިވެސް ފެންނަނީ ސިޔާސީ މަގާމްތައް އިތުރުކުރާތަނެވެ.

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 22 ޖޫން 2025 | އާދީއްތަ 05:57
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު

ނިމިދިޔަ ހަފުތާގެ ސަރުކާރުގެ ބޮޑު އެއް ޕްރޮޖެކްޓަކީ ޚަރަދު ކުޑަކުރަން ކަމަށް ބުނެ ލާމަރުކަޒީ ނިޒާމަށް ބަދަލު ގެނެސް ކައުންސިލަރުންގެ އަދަދު މަދު ކުރުމެވެ. އަދި ބޭކާރު ބައެއްކަމަށް ބުނެ އަތޮޅު ކައުންސިލްތައް އުވާލުމުގެ މަސައްކަތް ފަށައިގަތުމެވެ.

ސަރުކާރުގެ މި ބިޔަ ބޮޑު ޕްރޮޖެކްޓަށް ވިސްނާލާއިރު ފުރަތަމަ ކަމަކީ ޚަރަދު ބޮޑުވެގެން ޚަރަދު ކުޑަކުރުމަކީ ނިޔަތްކަމުގައި ސަރުކާރުން ބުނި ނަމަވެސް ސަރުކާރުގެ އަމަލްތަކުން އެއީ ރޯ ބުހުތާނު ދޮގެއްކަން ރޯމާ ދުވާލު ފެންނަން އޮތްކަމެވެ. އެއަށް ބުރަދަން ލިބޭ ދިރިހުރި އެއް މިސާލަކީ އަޑަށް ބާރުލައްވާފައި ރައީސް މުއިއްޒު ވިދާޅުވިނަމަވެސް ސަރުކާރުގެ ސިޔާސީ މަގާމްތަކަށް މީހުން އައްޔަން ކުރުން ހުއްޓާނުލެއްވުމެވެ. ވަކިކުރި މީހަކު ފެންނާން ނެތުމެވެ. ނޫންނަމަ ހުރި މަގާމަކުން ވަކިކުރި ނަމަވެސް ހަމަ އެމީހަކު އެހެން މަގާމަކުން ފެންނާން ފެށުމެވެ. އެހެން މިނިސްޓްރީއަކުން ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏަކުންނެވެ. ގިނަ ފަހަރަށް ކުރިން ލިބުނު މުސާރައަށްވުރެ ބޮޑު މުސާރައިގައެވެ. ސަރުކާރުން މުސާރަދޭ މީހުންގެ ޕޭ ރޯލްއަށް ކުރާ ޚަރަދު ދަށަށް ނުގޮސް އިތުރަށް މައްޗަށް ދިއުމަކީ މިކަމުގެ ކާފީ އެއް ހެއްކެވެ.

ރެކޯޑް ގާއިމް ކުރުމަށް ބޭއްވި ދިގު ޕްރެސް ކޮންފަރެންސްގައި ހަމައިސްކޮޅަށް ރައީސް މުއިއްޒު ތެދަށް ހުންނަވައި ހެއްދެވި ބޮޑު ދޮގުމަތީގައި ސަރުކާރާ މުއިއްޒު އެހެރެދަނީ ކުރިއަށެވެ. ސިޔާސީ މުވައްޒަފުންގެ އަދަދު ނޭނގޭ ކަމާއި އެކަން އެޕްރެސް ކޮންފަރެންސަށްފަހު ނޫސްވެރިންނަށް ދެއްވާނެކަމަށް ވިދާޅުވެ ހެއްދެވި ބޮޑު ދޮގަށް މިހާތަނަށް ވީދުވަހެއް ވީއެވެ. އެއަދަދެއްވެސް އަދި ކުރިން ވަކިކުރާނެ ކަމަށް ވިދާޅުވި މީހުންނަކީ ކޮބައިކަމެއްވެސް ސަރުކާރުގެ ތަރުޖަމާނުވެސް ނުވަތަ ޚުދު މުއިއްޒުވެސް ވިދާޅެއް ނުވިއެވެ. އޭގެ ފަހަތުގައިވާ ބޮޑު ސިއްރަކީ އެކަން ހާމަކޮށްފިނަމަ ސަރުކާރުގެ ވަތުބަތާނަ ނެގި ބޮޑު ފަޟީހަތަކުން ފަޟީހަތް ވުމެވެ.

ކަން މިހެން އޮއްވައި، ކިތަންމެ ރީތިކޮށްލާނަމޭ ހިތާ ޚަރަދު ކުޑަކުރުމުގެ ނަމުގައި ކައުންސިލްތަކާ ކުޅެ ކައުންސިލަރުންގެ އަދަދު މަދުކުރަން ހިފުމަކީ އޭގައި ފޮރުވިފައިވާ ބޮޑު ސިއްރެއް އެކުލެވޭނެ ކަމެވެ. ދުރުރާސްތާ ޕްލޭނެއް ނުވަތަ ސަރުކާރަށް ފައިދާވާނެ މުޅިން އާ ސްޓްރެޓެޖީއެއް ވާނެކަމެވެ.

ހުޅުމާލޭ ދެކުނު ދާއިރާގެ މެމްބަރު ޑޮކްޓަރު އަޙުމަދު ޝަމްހީދު ވިދާޅުވީ ދިވެހި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ ނިޒާމުން ހިންގުމުގެ ޤާނޫނަށް އިސްލާޙު ގެނައުމުގެ ބޭނުމަކީ، އިންތިޚާބެއް ކުރިމަތިވަމުން އަންނާތީ އަނެއްކާ ވެސް ސިޔާސީ މަޤާމުތަކެއް އުފައްދައި ވަޒީފާތަކެއް ދިނުން ކަމަށެވެ. އެގޮތުން ޝަމްހީދު ވިދާޅުވީ، ދައުލަތުގެ ޚަރަދު ބޮޑުވާ ކަމަށް ބުނެ އޮޅުވާލައިގެން މަޖިލީހަށް ޤަރާރު ހުށަހަޅައިގެން އުޅޭއިރު، އޭގެއިން ފެންނަނީ ހީލަތްތެރި އެހެން ކަމެއް ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޛާކިރު (މަޓޭ) ވިދާޅުވީ ކައުންސިލަރުންގެ އަދަދު މަދު ކުރަން އުޅެނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ސަރުކާރު ބަލިވާނެކަން އިނގޭތީ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެމްބަރު ޙުސެއިން ޒިޔާދު (ފިއްޓޭ) ވިދާޅުވީ ދިވެހި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް އިސްލާޙު ގެންނަނީ، އެ ޤާނޫނުގެ ދަށުން ރަށްތަކަށް އެއްޗެއް ލިބުން ކަމު ނުގޮސްގެން ކަމަށެވެ. އަދި ލާމަރުކަޒީ ނިޒާމް ކުޑަކޮށް ކޮށަމުން ދަނީ ކައުންސިލްތަކަށް ދީފައިވާ ފައިސާގައި އަތްލެވޭނެ ގޮތެއް ހޯދަންކަން ވަރަށް ސާފުވާ ކަމަށް އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އަހުމަދު ދީދީ ވިދާޅުވިއެވެ.

މިކަމަށް ބާރުދޭފަދަ ގޮތަކަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވަނީ ވާހަކަ ދައްކަވާފައެވެ. ރައީސް މުއިއްޒު އެންމެ އަރިސްކޮށް ގެންގުޅުއްވާ އެއް މެންބަރު ކަމުގައިވާ ނާޒިމް ވިދާޅުވީ ބްރޮކްގްރާންޓަކީ އާމްދަނީން ޕަސެންޓަކަށް ހަދާފައި އޮތީމާ، އާމްދަނީ ބޮޑުވަމުންދާ ވަރަކަށް ބްލޮކް ގްރާންޓް ބޮޑުވަމުންދާ ކަމަށެވެ. ދައުލަތުގެ އާމްދަނީގެ 5 އިންސައްތަ ބްލޮކް ގްރާންޓްގެ ގޮތުގައި ދިނުމަކީ އެންމެ އެކަށީގެންވާ ގޮތް ނޫން ކަމަށް ނާޒިމް ވިދާޅުވިއެވެ.

މެންބަރުންގެ މިވާހަކަތަކެކޭ އެއްގޮތައް ގިނަ ބަޔަކު ތުހުމަތުކުރާ ގޮތުގައި ސަރުކާރުގެ ބޭނުމަކީ ޚަރަދު ކުޑަކުރުމެއް ނޫނެވެ. ސަރުކާރުގެ ބޭނުމަކީ ކައުންސިލަރުންގެ އަދަދު މަދުކޮށް އިންތިޚާބާ ދިމާކޮށް ރަށްރަށުން ސަރުކާރަށް ތާއީދު ހޯދުމަށް ގިނަ ބަޔަކަށް ސިޔާސީ މަގާމްތައް ދިނުމެވެ.

އެގޮތުން އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު ވިދާޅުވީ ލާމަރުކަޒީ ގާނޫނަށް ބަދަލުގެނެސް، ކައުންސިލަރުންގެ އަދަދު މަދުކުރަން ސަރުކާރުން އުޅެނީ ހަރަދު ކުޑަކުރާކަށް ނޫންކަމަށާއި، މަދުވާ އަދަދަށް ސްޓޭޓް މިނިސްޓަރުކަމާއި ޑެޕިއުޓީ މިނިސްޓަރުކަން ދޭން ކަމަށެވެ. އަދި ކައުންސިލްތަކުގެ އަގު ވައްޓާލުމާއި ކައުންސިލްތަކުގެ ބާރުތައް ހަނިކުރުމަށް ސަރުކާރުން ނިކުމެ އޮތީ އަންނަ އަހަރު އޮންނަ ލޯކަލް ކައުންސިލް އިންތިޚާބުން ސަރުކާރު ބަލިވާނެކަން އެނގޭތީ ކަމަށް ޝާހިދު ވިދާޅުވިއެވެ.

ކޮންމެއަކަސް މިވާހަކަތަކަށް ބާރު ލިބިދޭ ޢަމަލްތަކެއް ސަރުކާރުގެ ފަރާތުން މީގެ ކުރިންވެސް ވަނީ ފެނިފައެވެ. ކައުންސިލްތަކުގެ ބައި އިލެކްޝަންތައް ކާމިޔާބުކޮށްފައިވަނީ އިންތިޚާބުގެ އެއްދުވަސް ނުވަތަ ދެދުވަހެއްވަރު ކުރިން އެރަށެއްގެ ނުފޫޒު ގަދަ އާއިލާތަކަށް ބަހާލެވުނު ވަޒީފާތަކާއެކުގައެވެ. ކުޑަމިނުން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއަކުން ހުސްވާ މީހަކު ނަގަން ބާއްވާ ބައި އިލެކްޝަންތަކާ ދިމާކޮށް އެރަށަކުން ގިނަ އަދަދެއްގެ ވަޒީފާތަކަށް މީހުން ނަގާފައިވާކަން އެއީ އޮޅުވާލެވެން ނެތް އެރަށެއްގެ މީހުން ދަންނަ ބޮޑެތި ހަގީގަތްތަކެވެ. އެހެންކަމުން ސަރުކާރުގެ މަގްސަދަކީ ޚަރަދު ކުޑަކުރުމުގެ ރީތި ނަން ބޭނުންކޮށްގެން ކުރިއަށް އޮތް އިންތިޚާބު ކާމިޔާބު ކުރުމަށް ކާފަގެ މަސްބެހުމަށް ރަށްރަށުގައި ވަޒީފާތައް ބަހާލުން ކަމަށް ވެދާނެއެވެ. ފޮރުވިފައިވާ ބޮޑު ސިއްރަކީ އެއީކަމަށް ނުވުމަށްވުރެ އެއީ ވުން ކައިރިކަމެކެވެ. ވިސްނާންވީ އެވަޒީފާ ރަށުގެ ހުރިހާ ރައްޔިތުންނަށް ނުދެވޭނެކަމެވެ. ހޭލާތިބެންވީ އެވަޒީފާ ނުލިބޭ މީހުންނެވެ. ސަރުކާރުން ޖަހާން އުޅޭ ޗައްކަރަށް ފަރުވާތެރިވެ ނެތިއްޔާ މިހާރު ލިބިފައި އޮތް ލަނދަށްވުރެ ބޮޑު ލަނޑެއް ލިބިދާނެތީއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފާރިސް އަމިއްލަ ބޮޑުބޭބެއާ ދެކޮޅަށް: މަޤުޞަދަކީ ވެރިކަންތަ؟

ފާރިސް އަމިއްލަ ބޮޑުބޭބެއާ ދެކޮޅަށް: މަޤުޞަދަކީ ވެރިކަންތަ؟

01 އެޕްރީލު 2017
މާބަނޑު މީހުންނަށް އެޗްވަންއެންވަން ޖެހުމުން ކުރާ އަސަރު ބޮޑުވޭ!

މާބަނޑު މީހުންނަށް އެޗްވަންއެންވަން ޖެހުމުން ކުރާ އަސަރު ބޮޑުވޭ!

16 މާރިޗު 2017
ފ. އަތޮޅު ޑީލާ މެދު ވަރަށް، ވަރަށް، ބޮޑަށް ރައްޔިތުން ކަންބޮޑުވާން ޖެހެއެވެ!

ފ. އަތޮޅު ޑީލާ މެދު ވަރަށް، ވަރަށް، ބޮޑަށް ރައްޔިތުން ކަންބޮޑުވާން ޖެހެއެވެ!

11 މާރިޗު 2017
ސުނީ މިހާރު ދެކޭ އެންމެ ބޮޑު ހުވަފެނަކީ ޕްރިޔަންކާއާ އެކު ނެށުމެއް ހުށަހެޅުން!

ސުނީ މިހާރު ދެކޭ އެންމެ ބޮޑު ހުވަފެނަކީ ޕްރިޔަންކާއާ އެކު ނެށުމެއް ހުށަހެޅުން!

06 މާރިޗު 2017
19 އަހަރު ފަހުން ވެސް "އަމާނާތަށް" ބެލުންތެރިންގެ ބޮޑު ތަރުހީބެއް

19 އަހަރު ފަހުން ވެސް "އަމާނާތަށް" ބެލުންތެރިންގެ ބޮޑު ތަރުހީބެއް

19 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

10 ފެބުރުއަރީ
އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް
20242 އަހަރު ކުރިން
ރާއްޖެ

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި
20233 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް
20197 އަހަރު ކުރިން
ރިޕޯޓު

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!
20188 އަހަރު ކުރިން
ރިޕޯޓު

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު