Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސުޕްރީމް ކޯޓުގެ ހުކުމް

މެމްބަރުން ހައްޤަށް ސުޕްރީމް ކޯޓުން ފަރުވާއެއް ނުދިނިމަކީ ހިޔާނާތެއް: ދިޔާނާ

ސުޕްރީމް ކޯޓުގެ މި ހުކުމާއި ގުޅުގެން އިދިކޮޅު ފަރާތްތަކުން ބުނަމުންދަނީ ހަތަރު މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަަމަށް

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 28 އޯގަސްޓު 2017 | ހޯމަ 07:10
ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު

ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު

މެމްބަރުން ހައްޤަށް ސުޕްރީމް ކޯޓުން ފަރުވާއެއް ނުދިނިމަކީ ހިޔާނާތެއް ކަމަށް ކުރީގެ ބަންޑާރަ ނައިބް އަލްއުސްތާޒާ ދިޔާނާ ސައީދު ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހު ދިޔާނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހަތަރު މެމްބަރުންނާއި އެ ދާއިރާގެ ރައްޔިތުންގެ ހައްގު ސަރުކާރުން ފޭރުނު މައްސަލާގައި، ކަޅާއި ހުދުގެ ސާފު ފަރުވާއެއް ސުޕްރީމް ކޯޓުން ނުދެވުމަކީ ހިޔާނާތެއް ކަމަށް ދެކޭ ކަމަށެވެ.

Advertisement - newsAdvertisement

ރައްޔިތުންގެ މަޖިލީހުގެ ހަތަރު މެންބަރުންގެ ގޮނޑި ގެއްލުނު ކަމަށް ބުނާ މައްސަލައިގައި އިތުރު ސުވާލުތަކެއް އުފެދޭ ގޮތަށް ސުޕްރީމް ކޯޓުންވަނީ އާދިއްތަ ދުވަހު ހުކުމް ނެރެފައެވެ.

ސުޕްރީމް ކޯޓުގެ މި ހުކުމާއި ގުޅުގެން އިދިކޮޅު ފަރާތްތަކުން ބުނަމުންދަނީ ހަތަރު މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށެވެ. އެހެންނަމަވެސް މިކަމާއި ގުޅިގެން ޕީޕީއެމް އިން ބުނެފައިވަނީ މެންބަރުންގެ ގޮނޑި ގެއްލިއްޖެކަން ކަށަވަރުވެއްޖެކަމަށާއި، އިދިކޮޅު ފަރާތްތައް ދަނީ ރައްޔިތުންނަށް އޮޅުވާލަމުންކަމަށެވެ.

މި ހަތަރު މެންބަރުންގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި އެދިފައި ވަނީ އެ މެންބަރުންނަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ނޫން ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުމަކީ ބާތިލް ނިންމުމެއް ކަމަށް ކަނޑައަޅައި ދެއްވުމަށެވެ. މީގެ އިތުރުން، މި މައްސަލަތަކުގައި ސުޕްރީމް ކޯޓުން ވަކި ގޮތެއް ކަނޑައަޅަންދެން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮތުގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރެވޭނެ ފުރުސަތު ފަހިކޮށްދިނުމަށާއި، ބާއްވަން ނިންމާފައިވާ ބައި-އިލެކްޝަންތައް ހުއްޓުވައި ދިނުމުގެ ވަގުތީ އަމުރަކަށް މެންބަރުން އެދުނެވެ.

ސުޕްރީމް ކޯޓުން މީގެ ކުރިން ޝަރީއަތުގެ މަޖިލިސް ބާއްވައިގެން ހުކުމް ކުރި ނަމަވެސް، މި ހުކުމް ކޮށްފައިވަނީ ޝަރީއަތުގެ މަޖިލީހެއްގައެއް ނޫނެވެ. މެންބަރުންގެ ވަކީލުންތައް ކޯޓަށް ހާޒިރުކޮށްގެން ހުކުމް ހަވާލުކުރީ އިރުއޮއްސި 6:00 ހާއިރު އެވެ

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2017

ވިލާ ކުންފުނީގެ އަތުން ކާޑެއްދޫ އެއާޕޯޓް ނެގުން ފަސްކުރުމުށް ކޯޓުން އަމުރުކޮށްފި

01 ފެބުރުއަރީ 2017
ވިލާ ކުންފުނީގެ އަތުން ކާޑެއްދޫ އެއާޕޯޓް ނެގުން ފަސްކުރުމުށް ކޯޓުން އަމުރުކޮށްފި
30 ޖެނުއަރީ 2017

އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި

30 ޖެނުއަރީ 2017
އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި
30 ޖެނުއަރީ 2017

އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި

30 ޖެނުއަރީ 2017
އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި
29 ޖެނުއަރީ 2017

ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް

29 ޖެނުއަރީ 2017
ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް
24 ޖެނުއަރީ 2017

ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި

24 ޖެނުއަރީ 2017
ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު