Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މަޖިލިސް 20

ކައުންސިލަރުންގެ އަދަދު މަދު ކުރަނީ އިންތިޚާބުން ބަލިވާނެކަން އިނގޭތީ: މަޓޭ

އެ ޤަރާރަކީ ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި މިއަދުގެ ސަރުކާރު ބޮޑުތަނުން ބަލިވާނެކަން އިނގޭތީވެ، ކައުންސިލަރުންގެ އަދަދު މަދު ކުރުމަށް ހުށަހަޅާފައިވާ ޤަރާރެއް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 18 ޖޫން 2025 | ބުދަ 06:55
ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޛާކިރު

ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޛާކިރު

ދިވެހި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް އިސްލާޙު ގެނެސްގެން، ކައުންސިލަރުންގެ އަދަދު މަދު ކުރަން އުޅެނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ސަރުކާރު ބަލިވާނެކަން އިނގޭތީ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޛާކިރު (މަޓޭ) ވިދާޅުވެއްޖެ އެވެ.

ބުދަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މައުރޫފް މިހެން ވިދާޅުވީ، ސަރުކާރަށް ނިސްބަތްވާ ބާރަށު ދާއިރާގެ މެމްބަރު އިބްރާހީމް ޝުޖާއު ހުށަހަޅުއްވާފައިވާ ޤަރާރަށް ބަހުސް ކުރައްވަމުންނެވެ.

Advertisement - newsAdvertisement

މައުރޫފް ވިދާޅުވީ ހުށަހަޅާފައިވާ ޤަރާރުގައި ޚަރަދު ބޮޑު ވާހަކަ ހިމަނާފައިވާއިރު، ކައުންސިލްތަކަށް ދެނީ ދައުލަތުން ފާސް ކުރާ ބަޖެޓުގެ އެންމެ ފަސް އިންސައްތަ ކަމަށެވެ. އެގޮތުން ދައުލަތުގެ ބަޖެޓުގެ ގޮތުގައި ކޮންމެ އަހަރަކުު 54 ބިލިއަން ނުވަތަ 56 ބިލިއަން ރުފިޔާގެ ބަޖެޓެއް ފާސް ކުރާއިރު، ކައުންސިލްތަކަށް ދެނީ އޭގެއިން އެންމެ ފަސް އިންސައްތަ ކަމަށެވެ.

މީގެ އިތުރުން މައުރޫފް ވިދާޅުވީ ކައުންސިލަރުންގެ އަދަދު މަދު ކުރާ ވާހަކަ ދައްކާއިރު، އެ އަދަދު ތިން މެމްބަރުން ނުވަތަ ދެ މެމްބަރުންނަށް މަދު ކުރި ކަމަށް ވީ ނަމަވެސް، އަހަރެއްގެ މައްޗަށް މަދުވެގެން ދަނީ ގާތް ގަނޑަކަށް 30 މިލިއަން ނުވަތަ 40 މިލިއަން ރުފިޔާ ކަމަށެވެ.

އެހެން ނަމަވެސް މިއަދުގެ ހަގީގަތަކީ އަދަދު ނޭނގޭ ވަރަށް ސިޔާސީ މަގާމުތަކަށް މުވައްޒަފުން އައްޔަން ކުރުން ކަމުގައި މައުރޫފް ފާހަގަ ކުރެއްވި އެވެ. އެގޮތުން ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ އަދަދު 2000 އިން 3000 އިން ހުރި ކަމުގައި ވެސް މައުރޫފް ވަނީ ފާހަގަ ކުރައްވައިފަ އެވެ. އެހެންކަމުން މިއަދު ކައުންސިލްތަކުގެ އަދަދު މަދު ކުރަނީ ޚަރަދު ކުޑަ ކުރުމަށް ކަމަށް ބުނި ނަމަވެސް، އެ ވާހަކަ ޤަބޫލު ކުރާނެ ރައްޔިތަކު ނުހުންނާނެ ކަމަށް މައުރޫފް ވިދާޅުވެފައިވެ އެވެ.

މީގެ އިތުރުން މައުރޫފްް ވިދާޅުވީ ކައުންސިލްތަކަކީ ރައްޔިތުންގެ ތެރޭގައި ތިބެގެން، ރައްޔިތުންނާ އެކީގައި މަސައްކަތް ކުރާ ބައެއް ކަމަށެވެ. ކައުންސިލްގެ ނިޒާމަކީ ޑިމޮކްރަސީއެއްގައި މުހިންމު ނިޒާމެއްކަން ފާހަގަ ކުރައްވައި މައުރޫފް ވިދާޅުވީ، އެއީ ޗެން އެންޑް ބެލެންސް އަދި މަޝްވަރާގެ އުސޫލު ހިނގުމަށްޓަކައި ފެށޭ މަރުހަލާ ކަމަށެވެ.

އިތުރަށް ވާހަކަ ދައްކަވަމުން މައުރޫފް ވިދާޅުވީ، އެ ޤަރާރަކީ ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި މިއަދުގެ ސަރުކާރު ބޮޑުތަނުން ބަލިވާނެކަން އިނގޭތީވެ، ކައުންސިލަރުންގެ އަދަދު މަދު ކުރުމަށް ހުށަހަޅާފައިވާ ޤަރާރެއް ކަމަށެވެ. އެގޮތުން އެ އަދަދު ދެ ގޮނޑި އަށް ނުވަތަ އެއް ގޮނޑި އަށް ހަދައިފި ނަމަ، ފައިސާ ދީގެން އެ ގޮނޑިތައް ގަނެލެވޭނެ ކަމުގެ އުންމީދުގައި ކުރައްވާ ކަމެއް ކަމަށް ވެސް މައުރޫފް ވިދާޅުވި އެވެ.

އަޅުގަނޑުމެންނަށް މިއަދު މި ފެންނަނީ މި ޤަރާރަކީ ހަމަ ހަގީގަތުގައި ވެސް ކުދި ރަށް ރަށަށް، ރާއްޖޭގެ ރަށްތަކަށް އެއްޗެއް ދޭން ޖެހޭތީ ކަންބޮޑުވެގެން އުޅޭ އުޅުމެއް. ނުވަތަ، ކައުންސިލް އިންތިޚާބު ބޮޑުތަނުން މިއަދުގެ ސަރުކާރު ބަލިވާނެކަން އިނގޭތީވެ ކައުންސިލަރުންގެ އަދަދު މަދުކޮށްލަނީ. އޭރުން ދެ ގޮނޑިން ނުވަތަ އެއް ގޮނޑިއަށް ހަދާލައިފި ކަމުގައިވާ ނަމަ، އެ ގޮނޑިތައް ލާރި އަޅައިގެން ގަނެލެވޭނެ ކަމުގެ އުންމީދުގައި ކުރާ ކަމެއް.
މައުރޫފް ޛާކިރު / ކެންދޫ ދާއިރާގެ މެމްބަރު

މީގެ އިތުރުން އެ ޤަރާރަށް ބަހުސް ކުރައްވަމުން މެމްބަރު މައުރޫފް ވިދާޅުވީ ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކައުންސިލްތަކުން ކުރަމުން އަންނަ މަސައްކަތްތަކަކީ ރަނގަޅު މަސައްކަތްތަކެއް ކަމަށެވެ. ޚާއްސަކޮށް ރަށް ތަކުގެ ތަރައްޤީ އަށް އަދި ރައްޔިތުންގެ ކުރިއެރުމަށް މަސައްކަތް ކުރާ ވަރަށް ގިނަ ކައުންސިލްތަކެއް އޮތްކަމަށް މައުރޫފް ވަނީ ވިދާޅުވެފަ އެވެ.

ހަމަ އެހެންމެ ލާމަރުކަޒީ ނިޒާމާ ދޭތެރޭގައި ރައްޔިތުންގެ އޮތް އިތުބާރު، އަދި ކައުންސިލްތަކާ މެދު ރައްޔިތުންގެ މެދުގައި އޮތް އިތުބާރު ގެއްލޭ ގޮތަށް ޤަރާރު ހުށަހަޅާފައި އޮތުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ވެސް މައުރޫފް ވިދާޅުވެފައިވެ އެވެ.

ކައުންސިލް އިންތިޚާބު 2026 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ބޭއްވުމަށް ނިންމާފައިވާއިރު، ކައުންސިލަރުންގެ އަދަދު މަދު ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒުގެ ވިސްނުންފުޅެއް ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސަރުކާރުން މަސައްކަތްކުރަނީ ވައްކަން ކުރުމަކީ ހުއްދަކަމަކަށް ހެދުމަށް: ރޮޒައިނާ

ސަރުކާރުން މަސައްކަތްކުރަނީ ވައްކަން ކުރުމަކީ ހުއްދަކަމަކަށް ހެދުމަށް: ރޮޒައިނާ

22 ޖެނުއަރީ 2017
އޯޒޯނަށް ގެއްލުންދޭ ކެމިކަލް އެތެރެ ކުރެވޭ ފަރާތްތައް ގެޒެޓްގައި އިއުލާން ކުރަނީ

އޯޒޯނަށް ގެއްލުންދޭ ކެމިކަލް އެތެރެ ކުރެވޭ ފަރާތްތައް ގެޒެޓްގައި އިއުލާން ކުރަނީ

22 ޖެނުއަރީ 2017
މުދާ އުފުލުމުގެ ގަވައިދާ ޚިލާފުވެއްޖެ ނަމަ 750 ރުފިޔާ އިން ޖޫރިމަނާ ކުރަނީ

މުދާ އުފުލުމުގެ ގަވައިދާ ޚިލާފުވެއްޖެ ނަމަ 750 ރުފިޔާ އިން ޖޫރިމަނާ ކުރަނީ

20 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން

ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން

17 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

2 މެއި
އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟
20251 އަހަރު ކުރިން
ރާއްޖެ

އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!

 ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި
20224 އަހަރު ކުރިން
ތަފާތު ޚަބަރު

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު
20215 އަހަރު ކުރިން
ރިޕޯޓު

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި
20197 އަހަރު ކުރިން
ދުނިޔެ

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް
20188 އަހަރު ކުރިން
ރާއްޖެ

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު