Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެގާޒީ އަބްދުލް ބާރީ

ގާޒީ ބާރީގެ އާއިލާއަށް ސެކިއުރިޓީ ދިނުން ހުއްޓާލި ސަބަބެއް ފުލުހުން ނުބުނި!

28 އޯގަސްޓު 2017 | ހޯމަ 03:56

އަނބިދަރިންނަށް ސެކިއުރިޓީ ދިނުން ހުއްޓާލާފައިވާ ކަމަށް ބާރީ ވިދާޅުވޭ

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު | 28 އޯގަސްޓު 2017 | ހޯމަ 03:56
ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުލްބާރީ ޔޫސުފް، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއެކު

ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުލްބާރީ ޔޫސުފް، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއެކު

ކްރިމިނަލް ކޯޓުގެ ކުރީގެ އިސްގާޒީ އަބްދުލް ބާރީ ޔޫސުފްގެ އާއިލާއަށް ފޯރުކޮށްދެމުން އައި ސެކިއުރިޓީ ކަނޑާލުމާ ގޮތުން ބަހެއް ބުނުމަށް ފުލުހުން ދެކޮޅު ހަދައިފި އެވެ.

މިހާރު ޖުވެނައިލް ކޯޓުގެ ގާޒީގެ މަގާމުގައި ހުންނެވި ބާރީ ފޭސްބުކްގައި ވިދާޅުވެފައިވަނީ އަނބިދަރިންނަށް ފުލުހުންގެ ފަރާތުން ދެމުން އައި ސެކިއުރިޓީ ކަނޑާލީ ބިރުދައްކަން ކަމަށްވާނަމަ އަދި ތި ހީކުރެވުނީ ރަނގަޅަށް ނޫން ކަމަށެވެ. "ކެރެންޏާ އަޅުގަނޑު މަރާލާ" ބާރީ ވިދާޅުވެފައިވެއެވެ.

Advertisement - newsAdvertisement

ގާޒީ ބާރީގެ އާއިލާއަށް ދެމުން އައި ސެކިއުރިޓީ ކަނޑާލީ ކޮން ސަބަބަކާ ގުޅިގެންތޯ ރާއްޖެއެމްވީ އިން ސުވާލުކުރުމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ފުލުހުންގެ އުސޫލުތައް އޮންނަނީ ވީއައިޕީންނަށް ދެމުން އަންނަ ސެކިއުރިޓީއާ ގުޅޭ މައުލޫމާތު ހާމަކުރާ ގޮތަށް ނޫން ކަމަށެވެ. ތަކުރާރުކޮށް ރާއްޖެއެމްވީއިން ސުވާލުކުރުމުން ވެސް ފުލުހުންގެ މީޑިއާ އޮފިޝަލް ދެއްވީ އެ ޖަވާބެވެ.

ގާޒީ ބާރީގެ އާއިލާއަށް ދެމުން އައި ސެކިއުރިޓީ ކަނޑާލާފައި މިވަނީ ތަފާތު ވާހަކަތަކެއް ބާރީ ދައްކަވަމުންދާ ދަނޑިވަޅެއްގަ އެވެ.

އެގޮތުން ސިންގާއަކާއި ބަކަރިއެއްގެ މިސާލެއް ހުކުރު ދުވަހު ވަނީ ނަންގަވާފަ އެވެ. އޭނާ ވިދާޅުވެފައިވަނީ، ސިންގާ ބޭނުންވަނީ ބަކަރި ކާލަން ކަމަށްވާނަމަ، ކާލަންނުޖެހޭ ސަބަބެއް ބަކަރީގެ ފަރާތުން ސިންގާއަކަށް ނުދެއްކޭނެ ކަމަށެވެ.

ބާރީ ވަނީ ކުރިންވެސް ފޭސްބުކްގައި ސުވާލެއް ވެސް ކުރައްވާފަ އެވެ. "މީސްތަކުންނަށް އަނިޔާވެރިވާނެ ގޮތާއި، މީސްތަކުންގެ މުދަލާއި ފައިސާ ފޭރޭނެ ގޮތް ބަޔަކު ކިޔައިދިނުމުން، އެމީޙުން އެދޭ ހުރިހާ ކަމެއް، އެމީހުން އެދޭހާ ގޮތަަށް ކޮށްދޭ މީހާއަށް ވުރެ އަނިޔާވެރި މީހަކު ހުންނާނެތޯ" ބާރީ ވަނީ ސުވާލުކުރައްވާފަ އެވެ.

މީގެ އިތުރުން ބާރީ ވިދާޅުވެފައިވަނީ "ގާނޫނުތަކާއި ގަވާއިދުތަކާއި އުސޫލުތަކަށް އަމަލުކުރަން ބޭނުންނުވާނަމަ އެ ތަކެތި ހަދައި، ތަސްދީގުކޮށް، ގެޒެޓުކޮށް، ޝާއިއު ކުރުމުގެ އެއްވެސް ބޭނުމެއް ނެތް" ކަމަށެވެ.

ބުރާސްފަތި ދުވަހުގެ މެންދުރު ގާޒީ ބާރީ ވަނީ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވަރުގަދަ އިންޒާރެއް ވެސް ދެއްވާފަ އެވެ. ނަމަވެސް އެއީ ކޮން ބަޔަކަށް ނުވަތަ ކާކަށް ނިސްބަތްކޮށް ލިޔުއްވި އެއްޗެއް ކަމެއް ވިދާޅުވެފައެއް ނުވެ އެވެ.

ގާޒީ ބާރީ ވިދާޅުވީ "ހަމަ ކަށަވަރުން "އެބައި މީހުންނަކީ" އަނިޔާވެރި ޖާހިލު ބައެއް" ކަމަށެވެ. އަދި "އެއީ ކޮން ބައެއް ކަމާއި، އެބައިމީހުންގެ އަނިޔާވެރިކަމާއި ޖާހިލުކަމުގެ ތަފްސީލު އަންނަނީ...." ކަމަށް ގާޒީ ބާރީ ވިދާޅުވެފައިވެއެވެ.

ޖުޑިޝަލް ސަރވިސް ކޮމިޝަން(ޖޭއެސްސީ) އިން ބާރީ ޖުވެނައިލް ކޯޓަށް ބަދަލުކުރީ ޖުލައި މަހުގެ 11 ވަނަ ދުވަހުގެ ރޭ އެވެ. ޖޭއެސްސީއިން އެ ނިންމުން ނިންމުމުގެ ކުރިން ބާރީ ވަނީ ކޯޓުގައި އޮތް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ މައްސަލަ ބާތިލްކޮށް ބޭރުކޮށްލާފަ އެވެ. ނަމަވެސް އަލުން އެ ދައުވާކޮށް، މިދިޔަ ބުރާސްފަތި ދުވަުހުގެ ރޭ ގާސިމްގެ ޣައިރު ހާޒިރުގައި ވަނީ ހުކުމްކޮށްފަ އެވެ. ހޮސްޕިޓަލުގައި ގާސިމް އެޑްމިޓް ކޮށްފައިވަނިކޮށް، ތިން އަހަރާއި ދެ މަހާއި 12 ދުވަހަށް އެމަނިކުފާނު ޖަލަށް ލުމަށް ވަނީ ހުކުމް ކޮށްފަ އެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

18 ފެބުރުއަރީ 2017

ގާޒީ "އެކަހެރިކުރީ" ރަނގަޅަށްތޯ ސުވާލު އުފައްދައިފި

18 ފެބުރުއަރީ 2017
ގާޒީ "އެކަހެރިކުރީ" ރަނގަޅަށްތޯ ސުވާލު އުފައްދައިފި
16 ފެބުރުއަރީ 2017

ގާޒީ މަރިޔަމް ވަހީދުގެ ކިބައިން ޝަރީއަތްކުރުމުގެ ހައިސިއްޔަތު ނަގައިފި!

16 ފެބުރުއަރީ 2017
ގާޒީ މަރިޔަމް ވަހީދުގެ ކިބައިން ޝަރީއަތްކުރުމުގެ ހައިސިއްޔަތު ނަގައިފި!
08 ފެބުރުއަރީ 2017

ގާޒީ ބަރީގެ ބޭބެގެ ޝަރީއަތް ސިއްރުކޮށްފި

08 ފެބުރުއަރީ 2017
ގާޒީ ބަރީގެ ބޭބެގެ ޝަރީއަތް ސިއްރުކޮށްފި
06 ފެބުރުއަރީ 2017

ސާކް ސަމިޓާ ގުޅިގެން ފުވައްމުލަކުގައި ސެކިއުރިޓީ ބަލަހައްޓަން ބަޔަކާ ހަވާލުކުރުމުގައި ކޮރަޕްޝަނެއްނެތް: އޭސީސީ

06 ފެބުރުއަރީ 2017
ސާކް ސަމިޓާ ގުޅިގެން ފުވައްމުލަކުގައި ސެކިއުރިޓީ ބަލަހައްޓަން ބަޔަކާ ހަވާލުކުރުމުގައި ކޮރަޕްޝަނެއްނެތް: އޭސީސީ
29 ޖެނުއަރީ 2017

ފިޝަރީޒްގެ ސެންޓަރުތަކުގެ ސެކިއުރިޓީ ބެލެހެއްޓުން ހަވާލުކުރުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

29 ޖެނުއަރީ 2017
ފިޝަރީޒްގެ ސެންޓަރުތަކުގެ ސެކިއުރިޓީ ބެލެހެއްޓުން ހަވާލުކުރުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ
25 ޖެނުއަރީ 2017

ސީއެމްބިއުލާންސުގެ ފަޅުވެރިން ހަމަނުވުމުން، ފަޅުވެރިން ހަމަޖައްސަން ޖެހުނީ އާއިލާއަށް!

25 ޖެނުއަރީ 2017
ސީއެމްބިއުލާންސުގެ ފަޅުވެރިން ހަމަނުވުމުން، ފަޅުވެރިން ހަމަޖައްސަން ޖެހުނީ އާއިލާއަށް!
20 ޖެނުއަރީ 2017

އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!

20 ޖެނުއަރީ 2017
އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!
18 ޖެނުއަރީ 2017

ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ

18 ޖެނުއަރީ 2017
ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ
16 ޖެނުއަރީ 2017

ގާޒީ ސަލާމުގައި ހުންނެވުމުން ޒަރީރަށް ހުކުމް ކުރުން ފަސްކޮށްފި

16 ޖެނުއަރީ 2017
ގާޒީ ސަލާމުގައި ހުންނެވުމުން ޒަރީރަށް ހުކުމް ކުރުން ފަސްކޮށްފި
14 ޖެނުއަރީ 2017

ރިޔާސީ އިންތިހާބު ރައީސް ޔާމީނަށް ކާމިޔާބުކޮށްދިނުން ލާޒިމް: އަދުރޭ

14 ޖެނުއަރީ 2017
ރިޔާސީ އިންތިހާބު ރައީސް ޔާމީނަށް ކާމިޔާބުކޮށްދިނުން ލާޒިމް: އަދުރޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް