Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައްޔިތުންގެ މަޖިލިސް

ޤަރާރުގެ ބޭނުމަކީ އިންތިޚާބެއް އަންނާތީ ސިޔާސީ ވަޒީފާތައް އުފެއްދުން: ޝަމްހީދު

އެހެން ނަމަވެސް، މިއަދު އެލްޖީއޭ "ނިންދަވާފައި" އޭގެ ބަދަލުގައި އެހެން ވުޒާރާއެއް އުފައްދަވާފައި ހުރިކަން ޝަމްހީދު ފާހަގަ ކުރެއްވި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 17 ޖޫން 2025 | އަންގާރަ 08:26
ހުޅުމާލޭ ދެކުނު ދާއިރާގެ މެމްބަރު ޑޮކްޓަރު އަޙުމަދު ޝަމްހީދު

ހުޅުމާލޭ ދެކުނު ދާއިރާގެ މެމްބަރު ޑޮކްޓަރު އަޙުމަދު ޝަމްހީދު

ދިވެހި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ ނިޒާމުން ހިންގުމުގެ ޤާނޫނަށް އިސްލާޙު ގެނައުމުގެ ބޭނުމަކީ، އިންތިޚާބެއް ކުރިމަތިވަމުން އަންނާތީ އަނެއްކާ ވެސް ސިޔާސީ މަޤާމުތަކެއް އުފައްދައި ވަޒީފާތަކެއް ދިނުން ކަމަށް، ހުޅުމާލޭ ދެކުނު ދާއިރާގެ މެމްބަރު ޑޮކްޓަރު އަޙުމަދު ޝަމްހީދު ވިދާޅުވެއްޖެ އެވެ.

ޝަމްހީދު މިހެން ވިދާޅުވީ އަންގާރަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ބާރަށު ދާއިރާގެ މެމްބަރު އިބްރާހީމް ޝުޖާއު ހުށަހަޅާފައިވާ ޤަރާރުގެ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ.

Advertisement - newsAdvertisement

އެގޮތުން ޝަމްހީދު ވިދާޅުވީ، ދައުލަތުގެ ޚަރަދު ބޮޑުވާ ކަމަށް ބުނެ އޮޅުވާލައިގެން މަޖިލީހަށް ޤަރާރު ހުށަހަޅައިގެން އުޅޭއިރު، އޭގެއިން ފެންނަނީ ހީލަތްތެރި އެހެން ކަމެއް ކަމަށެވެ.

ޝަމްހީދު ވިދާޅުވީ ލާމަރުކަޒީ ނިޒާމު ހިންގުމަށް އުފައްދާފައި އޮންނަ ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ހިންގުމަށް މިދިޔަ އަހަރު ވެސް ދައުލަތުން 76 މިލިއަން ރުފިޔާ މިދިޔަ އަހަރު ވެސް ހޭދަކޮށްފައިވާ އިދާރާއެއް ކަމަށެވެ. އެހެން ނަމަވެސް، މިއަދު އެލްޖީއޭ "ނިންދަވާފައި" އޭގެ ބަދަލުގައި އެހެން ވުޒާރާއެއް އުފައްދަވާފައި ހުރިކަން ޝަމްހީދު ފާހަގަ ކުރެއްވި އެވެ.

އެގޮތުން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒުގެ މި ސަރުކާރުން، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތް ތަކާ ބެހޭ ވުޒާރާއެއް އުފައްދަވާފައިވާއިރު، މިދިޔަ އަހަރު އެ ވުޒާރާ އަށް 144 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް ޝަމްހީދު ފާހަގަ ކުރެއްވި އެވެ. އޭގެ އިތުރުން 2025 ވަނަ އަހަރަށް އޮތީ 288 މިލިއަން ރުފިޔާކަން ފާހަގަ ކުރައްވައި ޝަމްހީދު ވިދާޅުވީ، ބޭނުން ވަނީ އެ ވުޒާރާ އަށް ވަޒީފާތަކެއް އުފެއްދުމަށް ބަޖެޓު ހޯދުމަށް ކަމަށެވެ.

މީގެ އިތުރުން ޝަމްހީދު ވިދާޅުވީ ޤަރާރުގައި ޚަރަދު ކުޑަ ކުރަން ކަމަށް ހިމަނާފައި ވީ ނަަމަވެސް، އެކަމަގެ ސަބަބުން ދައުލަތުގެ ބަޖެޓުން ސަލާމަތް ވަނީ 0.1 އިންސައްތަ ކަމަށެވެެ. އެހެންކަމުން އެ ޤަރާރުގެ ހަމައެކަނި ބޭނުމަކީ އަނެއްކާ ވެސް އިންތިޚާބެއް އަންނާތީ، ސިޔާސީ ވަޒީފާތަކެއް ރަށް ރަށުގައި އުފެއްދުން ކަމަށް ޝަމްހީދު ވަނީ ވިދާޅުވެފަ އެވެ.

އެހެންވީމާ މި އަދަދު މަދުކޮށްފައި މި އުޅެނީ އަނެއްކާ ވެސް މި ބޭފުޅުން މި ވުޒާރާ އަށް، ލޯކަލް ގަވަމަންޓް މިނިސްޓްރީ އަށް ލ އަތޮޅުންނާއި ތަންތަނުން ވަޒީފާތަކެއް ކްރިއޭޓް ކުރުމަށް ބަޖެޓު ހޯދުމުގެ ގޮތުން ހުށަހަޅާާފައި އޮތް ޤަރާރެއް. މި ނޫން އެހެން އެއްވެސް މަޤުސަދެއް ނެތް. މިޔަކުން ދިވެހި ދައުލަތުގެ ބަޖެޓުން ސަލާމަތް ވަނީ 0.1 ޕަސެންޓް. މެކްސިމަމް ސޭވް ވާނީ. އެހެންވީމާ މިއީކީ، މީގެ ހަމައެކަނި ބޭނުމަކީ މި ބުނާހެން އަނެއްކާ ވެސް އިންތިޚާބެއް އަންނާނީ ސިޔާސީ ވަޒީފާތަކެއް ރަށް ރަށުގައި ކްރިއޭޓް ކުރުން. އެހެން އެއްވެސް މަޤުސަދެއް ނެތް.
ޑޮކްޓަރު އަޙުމަދު ޝަމްހީދު / ހުޅުމާލޭ ދެކުނު ދާއިރާގެ މެމްބަރު

މީގެ އިތުރުން މެމްބަރު ޝަމްހީދު ވެސް ވިދާޅުވެފައި ވަނީ ރަށް ރަށުގެ ކައުންސިލުން ރަނގަޅު މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. ޚާއްސަކޮށް ލާމަަރުކަޒީ ނިޒާމުގެ ތެރެއިން ރަށް ރަށުގެ ރައްޔިތުންނަށް ތަރައްޤީ ލިބެމުން އަންނަ ކަމަށް ވެސް ޝަމްހީދު ވިދާޅުވެފައިވެ އެވެ.

އެހެންކަމުން ލާމަރުކަޒީ ނިޒާމު ޤަބޫލު ނުކުރާ ކަމަށާއި، އެ ނިޒާމުގެ ބަދަލުގައި އަނެއްކާ ވެސް ކަތީބުންގެ ނިޒާމަށް ދާންވީ ކަމަށް ބުނެ ބާރަށު ދާއިރާގެ މެމްބަރު ޝުޖާއު ހުށަހަޅާފައިވާ ޤަރާރު ބަލައި ނުގަން ކަމަށް ވެސް ޝަމްހީދު ވަނީ ވިދާޅުވެފަ އެވެ.

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު

27 ޖެނުއަރީ 2017
ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު
26 ޖެނުއަރީ 2017

ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް

26 ޖެނުއަރީ 2017
ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް
24 ޖެނުއަރީ 2017

ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ

24 ޖެނުއަރީ 2017
ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ
23 ޖެނުއަރީ 2017

ބޯޓްގެ މިލްކުވެރިޔަކު ހޯދުމަށް އިއުލާންކުރީ ސިޔާސީގޮތުން ފިއްތާލުމަށް: މުސްތަފާ

23 ޖެނުއަރީ 2017
ބޯޓްގެ މިލްކުވެރިޔަކު ހޯދުމަށް އިއުލާންކުރީ ސިޔާސީގޮތުން ފިއްތާލުމަށް: މުސްތަފާ
13 ޖެނުއަރީ 2017

މިނިވަން އިންސާފުވެރި އިންތިޚާބެއް ހޯދުމަށް ގޮވާލައި އެމްޔޫއޯއިން އެއްވުމެއް ބާއްވަނީ

13 ޖެނުއަރީ 2017
 މިނިވަން އިންސާފުވެރި އިންތިޚާބެއް ހޯދުމަށް ގޮވާލައި އެމްޔޫއޯއިން އެއްވުމެއް ބާއްވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު