Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ކުލަބު ވޯލްޑް ކަޕް 2025

ފަހަތުން އަރައި ބެންފީކާ އިން ބޮކާ ޖޫނިއާސްއާ އެއްވަރުކޮށްފި

17 ޖޫން 2025 | އަންގާރަ 06:47

ހޯމަ ދުވަހުގެ ރޭ ހާޑް ރޮކް ސްޓޭޑިއަމްގައި ކުޅުނު މެޗު ނިމުނީ ދެ ޓީމު 2-2 އިން އެއްވަރުވެގެންނެވެ.

މެޗުގައި ބޮކާ ޖޫނިއާސް އިން ދެ ލަނޑު ޖަހައި ކުރި ހޯދާފައި ވަނިކޮށް، ބެންފީކާ އިން ވަނީ ފަހަތުން އަރައި ދެ ލަނޑު ޖަހައިގެން ނަތީޖާ ހަމަހަމަ ކޮށްފަ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 17 ޖޫން 2025 | އަންގާރަ 06:47
މުބާރާތުގައި ބޮކާ ޖޫނިއާސް އާއި ބެންފީކާއާ ކުޅުނު މެޗުގެ ތެރެއިން

މުބާރާތުގައި ބޮކާ ޖޫނިއާސް އާއި ބެންފީކާއާ ކުޅުނު މެޗުގެ ތެރެއިން

ފީފާ ކުލަބު ވޯލްޑް ކަޕްގެ ގުރޫޕް ސީގައި ބެންފީކާ އާއި ބޮކާ ޖޫނިއާސް ބައްދަލު ކުރި މެޗު އެއްވަރުވެގެން ނިމިއްޖެ އެވެ.

ހޯމަ ދުވަހުގެ ރޭ ހާޑް ރޮކް ސްޓޭޑިއަމްގައި ކުޅުނު މެޗު ނިމުނީ ދެ ޓީމު 2-2 އިން އެއްވަރުވެގެންނެވެ. މެޗުގައި ބޮކާ ޖޫނިއާސް އިން ދެ ލަނޑު ޖަހައި ކުރި ހޯދާފައި ވަނިކޮށް، ބެންފީކާ އިން ވަނީ ފަހަތުން އަރައި ދެ ލަނޑު ޖަހައިގެން ނަތީޖާ ހަމަހަމަ ކޮށްފަ އެވެ.

މެޗު ފަށައިގެން 21 ވަނަ މިނެޓުގައި ބޮކާ ޖޫނިއާސް އިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ މިހުއޭލް މެރެންޓިއޭލް އެވެ. އެއީ ލައުޓާރޯ ބަލަންކޯ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ޖެހި ލަނޑެކެވެ.

އޭގެ ހަ މިނެޓު ފަހުން ބޮކާ ޖޫނިއާސް އިން ވަނީ ދެ ވަނަ ލަނޑެއް ޖަހައި ލީޑު ފުޅާ ކޮށްފަ އެވެ. އައިޓަން ކޮސްޓާ ތަނަވަސްކޮށްދިން ފުރުސަތެއްގައި އެ ޓީމުގެ ދެ ވަނަ ލަނޑު ޖެހީ ރޮޑްރީގޯ ބަޓްގްލިއާ އެވެ.

އޭގެ ފަހުން މެޗުގެ ފުރަތަމަ ހާފުގެ 45 ވަނަ މިނެޓުގައި ބޮކާ ޖޫނިއާސްގެ އެންޑާ ހެރޭރާ އަށް ވަނީ ސީދާ ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލައިފަ އެވެ. އޭގެ ސަބަބުން މެޗުގެ ބާކީ ބައި އެ ޓީމުން ފުރިހަމަ ކުރަން ޖެހުނީ އެއް ކުޅުންތެރިޔަކު މަދުކޮށެވެ.

ބެންފީކާ އަށް ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް އެންހެލް ޑި މާރިއާ އެ ޓީމަށް ފަރަގު ކުޑަ ކޮށްދިނީ މެޗުގެ ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގަ އެވެ. އޭގެ ފަހުން މެޗުގެ ދެ ވަނަ ހާފުގެ 70 ވަނަ މިނެޓުގައި ބެންފީކާގެ އަންޑްރިއާ ބެލޮޓީ އަށް ވަނީ ސީދާ ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލައިފަ އެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަ މިނެޓަށް ވެފައި ވަނިކޮށް ބެންފީކާގެ ދެ ވަނަ ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ކޮށްދިނީ ނިކޮލަސް އޮޓަމެންޑީ އެވެ.

މުބާރާތުގައި ބޮކާ ޖޫނިއާސްގެ ދެ ވަނަ މެޗުގައި އެ ޓީމު ނިކުންނާނީ ޖަރުމަނުގެ ބަޔާން މިއުނިކާ ދެކޮޅަށެވެ. ބެންފީކާގެ ދެ ވަނަ މެޗުގައި އެ ޓީމު ނިކުންނާނީ އޯކްލޭންޑް ސިޓީއާ ދެކޮޅަށެވެ.

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

3

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

27 އެޕްރީލު 2017

ނިއު އަތުންވީ ބަލިން އަރައިގަންނަން އީގަލްސް މެޗު މުހިންމު:ނިޒާމްބެ

27 އެޕްރީލު 2017
ނިއު އަތުންވީ ބަލިން އަރައިގަންނަން އީގަލްސް މެޗު މުހިންމު:ނިޒާމްބެ
23 އެޕްރީލު 2017

އީގަލްސް ބަލިކޮށް ގްރީން ސްޓްރީޓް ތާވަލުގެ އެއްވަނައަށް އަރައި ފެންވަރު ދައްކާލައިފި

23 އެޕްރީލު 2017
އީގަލްސް ބަލިކޮށް ގްރީން ސްޓްރީޓް ތާވަލުގެ އެއްވަނައަށް އަރައި ފެންވަރު ދައްކާލައިފި
20 އެޕްރީލު 2017

ވިލާ ސްކޫލުން ފަހަތުން އަރައި އަހުމަދިއްޔާ ސްކޫލް ބަލިކޮއްފި

20 އެޕްރީލު 2017
ވިލާ ސްކޫލުން ފަހަތުން އަރައި އަހުމަދިއްޔާ ސްކޫލް ބަލިކޮއްފި
02 އެޕްރީލު 2017

ކްރިސްޓަލް ޕެލަސްއިން ފަހަތުންއަރާ ޗެލްސީ ބަލިކޮށްފި

02 އެޕްރީލު 2017
ކްރިސްޓަލް ޕެލަސްއިން ފަހަތުންއަރާ ޗެލްސީ ބަލިކޮށްފި
01 އެޕްރީލު 2017

ފަހަތުން އަރައި ނައިފަރު ބަލިކޮށް އޮޅުވެލިފުށިން ފެށުން ރަނގަޅުކޮށްފި

01 އެޕްރީލު 2017
ފަހަތުން އަރައި ނައިފަރު ބަލިކޮށް އޮޅުވެލިފުށިން ފެށުން ރަނގަޅުކޮށްފި
23 މާރިޗު 2017

މިނިވަން ޗެމްޕިއަންޝިޕް 2017: ފަހަތުން އަރައި ކުރިނބީ ބަލިކޮށް ކުޅުދުއްފުށި ފެށުން ރަނގަޅުކޮށްފި

23 މާރިޗު 2017
މިނިވަން ޗެމްޕިއަންޝިޕް 2017: ފަހަތުން އަރައި ކުރިނބީ ބަލިކޮށް ކުޅުދުއްފުށި ފެށުން ރަނގަޅުކޮށްފި
20 މާރިޗު 2017

ސްޕެނިޝް ލީގު: ފަހަތުން އަރާ ބާސާ އިން ވެލެންސިއާ ބަލިކޮށްފި

20 މާރިޗު 2017
ސްޕެނިޝް ލީގު: ފަހަތުން އަރާ ބާސާ އިން ވެލެންސިއާ ބަލިކޮށްފި
12 މާރިޗު 2017

ޓީސީގެ ރޭންކަކީ އަދިވެސް ފަހަތުން ދެވަނަ: ނިޒާމްބެ

12 މާރިޗު 2017
ޓީސީގެ ރޭންކަކީ އަދިވެސް ފަހަތުން ދެވަނަ: ނިޒާމްބެ
08 މާރިޗު 2017

ޗެމްޕިއަންސް ލީގު: ފަހަތުން އަރާ ނަޕޯލީ ބަލިކޮށް ރެއާލް ކުއާޓާ އަށް

08 މާރިޗު 2017
ޗެމްޕިއަންސް ލީގު: ފަހަތުން އަރާ ނަޕޯލީ ބަލިކޮށް ރެއާލް ކުއާޓާ އަށް
20 ފެބުރުއަރީ 2017

ޝައިހް ކަމާލް ކަޕް: ފަހަތުން އަރާ އެފްސީ އަލްގާ ބަލިކޮށް ޓީސީ ސެމީއަށް

20 ފެބުރުއަރީ 2017
ޝައިހް ކަމާލް ކަޕް: ފަހަތުން އަރާ އެފްސީ އަލްގާ ބަލިކޮށް ޓީސީ ސެމީއަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް