Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިސްރާއީލް-އީރާން ހަނގުރާމަ

އީރާނުން އެމެރިކާ އަށް ހަމަލާ ދީފި ނަމަ، މިހާތަނަށް ނުފެންނަ ވަރުގެ ޖަވާބެެއް ދޭނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެެ

15 ޖޫން 2025 | އާދީއްތަ 08:23

އެ ޕޯސްޓުގައި ޓްެރަމްޕް ވިދާޅުވެފައި ވަނީ އީރާނަށް އަމާޒުކޮށް އިސްރާއީލް އިން ދެމުން އަންނަ ހަމަލަތަކާ، އެމެރިކާއާ އެއްވެސް ގުޅުމެއް ނޯންނާނެ ކަމަށެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 15 ޖޫން 2025 | އާދީއްތަ 08:23
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އީރާނުން އެމެރިކާ އަށް އަމާޒުކޮށް އެއްވެސް ހަމަލާއެއް ދީފި ނަމަ، މިހާތަނަށް ނުފެންނަ ވަރުގެ ޖަވާބެއް އެމެރިކާ އިން ދޭނެ ކަމަށް ވިދާޅުވެ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިންޒާރު ދެއްވައިފި އެވެ.

އާދިއްތަ ދުވަހު ޓްރަމްޕް ވިދާޅުވެފައި ވަނީ، އީރާނުން އެއްވެސް ގޮތަކަށް އެމެރިކާ އަށް ހަމަލާ ދީފި ނަމަ، އެމެރިކާގެ އަސްކަރިއްޔާ އިން މިހާތަނަށް ނުފެންނަ ވަރުގެ ބާރު ހުރި ޖަވާބެއް އީރާނަށް ދޭނެ ކަމަށެވެ. ޓްރަމްޕް މިހެން ވިދާޅުވެފައި ވަނީ އޭނާގެ ޓްރުތު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

އެ ޕޯސްޓުގައި ޓްެރަމްޕް ވިދާޅުވެފައި ވަނީ އީރާނަށް އަމާޒުކޮށް އިސްރާއީލް އިން ދެމުން އަންނަ ހަމަލަތަކާ، އެމެރިކާއާ އެއްވެސް ގުޅުމެއް ނޯންނާނެ ކަމަށެވެ. އަދި އޭނާ ވިދާޅުވީ، އީރާނާއި އިސްރާއީލާ ދެމެދު އެއްބަސްވުމަކަށް އާދެވި، މިހާރު ހިނގަމުން އަންނަ ލޭއޮހޮރުވުންތައް ނިންމާލުމަކީ އެމެރިކާ އަށް ކުރެވިދާނެ، "ފަސޭހެ" ކަމެއް ކަމަށެވެ. 

ޓްރަމްޕް މިހެން ވިދާޅުވެފައި ވަނީ ހޮނިހިރު ދުވަހުގެ ރޭ އީރާނާއި އިސްރާއީލާ ދެމެދު ވަރުގަދަ ހަމަލާތަކެއް ބަދަލު ކޮށްފައިވާ ދަނޑިވަޅައެއްގަ އެވެ. އީރާނަށް އަމާޒުކޮށް އިސްރާއީލް އިން ދިން ހަމަލާތަކުގެ ބަދަލުގައި އީރާނުން އަންނަނީ ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ. 

އީރާނާއި އިސްރާއީލާ ދެމެދު ހަމަލާތައް ބަދަލު ކުރަން ފެށުމާ އެކު، މެދު އިރުމަތީގެ ހަނގުރާމައިގެ ޙާލަތު ގޯސްވެދާނެ ކަމުގެ ބިރު އިންތިހާ އަށް ބޮޑުވެފައިވާ މި ދަނޑިވަޅުގައި، ޓްރަމްޕް މިހެން ވިދާޅުވުމަކީ ކަންބޮޑުވުންތަކަށް އިތުރު ބާރެއް ލިބިގެން ދާނެ ކަމެއް ކަމަށް ސިޔާސީ މާހިރުން އަންނަނީ ފާހަގަ ކުރަމުންނެވެ. 

އެމެރިކާ އަކީ އިސްރާއީލަށް އެންމެ ބޮޑަށް ވާގިވެރިވާ ޤައުމެވެ. އިސްރާއީލް އިން އީރާނަށް ދިން ހަމަލާތަކާ ގުޅިގެން، އީރާނުން ަނީ އެކި އިންޒާރުތައް ދީފަ އެވެ. އެގޮތުން އިސްރާއީލާ ގުޅުން ހުރި ޓާގެޓުތަކަށް ވެސް ހަަމަލާ ދިނުމުގައި އެ ޤައުމުން ފަސް ނުޖެހޭނެ ކަމަށް ބުނެ އީރާނުން ވަނީ އިންޒާރު ދީފަ އެވެ.

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2017

އެމެރިކާއަށް އެރި ތޫފާނުގައި 11 މީހުން މަރުވެއްޖެ

22 ޖެނުއަރީ 2017
އެމެރިކާއަށް އެރި ތޫފާނުގައި 11 މީހުން މަރުވެއްޖެ
17 ޖެނުއަރީ 2017

ތުރުކީގެ ނައިޓް ކްލަބަށް ހަމަލާދިނުމުގައި އިންޓެލިޖެންސް ބައިވެރިވާ ކަމަށް ސަރުކާރުން ތުހުމަތުކޮށްފި

17 ޖެނުއަރީ 2017
ތުރުކީގެ ނައިޓް ކްލަބަށް ހަމަލާދިނުމުގައި އިންޓެލިޖެންސް ބައިވެރިވާ ކަމަށް ސަރުކާރުން ތުހުމަތުކޮށްފި
16 ޖެނުއަރީ 2017

ސީރިއާ ސަރުކާރާ ގުޅިފައިވާ ފައުޖަކުން ދިން ހަމަލާތަކެއްގައި އާއްމުންގެ ހަތް މީހުން މަރާލައިފި

16 ޖެނުއަރީ 2017
ސީރިއާ ސަރުކާރާ ގުޅިފައިވާ ފައުޖަކުން ދިން ހަމަލާތަކެއްގައި އާއްމުންގެ ހަތް މީހުން މަރާލައިފި
14 ޖެނުއަރީ 2017

ކިއުބާގެ ރައްޔިތުންނަށް ވިސާއާ ނުލައި އެމެރިކާގައި ތިބެވޭ ތިބުން ނިމުމަކަށް

14 ޖެނުއަރީ 2017
ކިއުބާގެ ރައްޔިތުންނަށް ވިސާއާ ނުލައި އެމެރިކާގައި ތިބެވޭ ތިބުން ނިމުމަކަށް
12 ޖެނުއަރީ 2017

އެމެރިކާގެ ޖާސޫސީ އިދާރަތައް ޓްރަމްޕް ކުށްވެރިކުރައްވައިފި

12 ޖެނުއަރީ 2017
އެމެރިކާގެ ޖާސޫސީ އިދާރަތައް ޓްރަމްޕް ކުށްވެރިކުރައްވައިފި
11 ޖެނުއަރީ 2017

އުތުރު ކޮރެއާގެ "ނުރައްކާތެރި މިސައިލްތަަކަކަށް ނުވާ ނަމަ" ވައްޓައެއް ނުލާނެ: އެމެރިކާ

11 ޖެނުއަރީ 2017
އުތުރު ކޮރެއާގެ "ނުރައްކާތެރި މިސައިލްތަަކަކަށް ނުވާ ނަމަ" ވައްޓައެއް ނުލާނެ: އެމެރިކާ
11 ޖެނުއަރީ 2017

އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ
11 ޖެނުއަރީ 2017

އަފްޣާނިސްތާނުގައި ޖާނުންފިދާވެގެން ދިން ބޮމުގެ ދެހަމަލާއެއްގައި 20 މީހުން މަރުވެއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި ޖާނުންފިދާވެގެން ދިން ބޮމުގެ ދެހަމަލާއެއްގައި 20 މީހުން މަރުވެއްޖެ
07 ޖެނުއަރީ 2017

އެމެރިކާގައި ތިބި ރަޝިއާގެ ޑިޕްލޮމޭޓުން ފުރައިފި

07 ޖެނުއަރީ 2017
އެމެރިކާގައި ތިބި ރަޝިއާގެ ޑިޕްލޮމޭޓުން ފުރައިފި
07 ޖެނުއަރީ 2017

ރަޝިއާގެ ޑިޕްލޮމޭޓުން އެމެރިކާއިން ފުރައިފި

07 ޖެނުއަރީ 2017
ރަޝިއާގެ ޑިޕްލޮމޭޓުން އެމެރިކާއިން ފުރައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް