Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މުޢިއްޒާއި ދޮގު ބަސްތާ

ފުއްދުނު ވައުދެއް ނެތް، ހެދީ ހުސް ދޮގު

ދޮގު ހެދުން ކުށަކަށް ހަދައިފިނަމަ، އެންމެ ފުރަތަމަ އެކުށުގެ އަދަބުގެ ހުކުމެއް އިއްވަން ޖެހޭނީ އަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒަށް ކަމަށް ބުނާ ބުނުން އިތުރުވާން މިއަދު ފަށައިފި.

އަލީ ޝާހީން
އަލީ ޝާހީން, ރާއްޖެ އެމްވީ | 14 ޖޫން 2025 | ހޮނިހިރު 14:02
ރައީސް މުޢިއްޒު

ރައީސް މުޢިއްޒު

ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ވަޑައިގަންނަވަނީ ރައްޔިތުންނަށް ހިދުމަތް ކުރުމަށެވެ. އެ މަގާމަށް ވަޑައިގަންނަވާ ބޭފުޅަކަށް ރައްޔިތުން ހިދުމަތް ކުރުމަކީ އޮންނަކަމެއް ނޫނެވެ.

ދޮގު ހެދުން ކުށަކަށް ހަދައިފިނަމަ، އެންމެ ފުރަތަމަ އެކުށުގެ އަދަބުގެ ހުކުމެއް އިއްވަން ޖެހޭނީ އަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒަށް ކަމަށް ބުނާ ބުނުން އިތުރުވާން މިއަދު ފަށައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ވަޑައިގަތުމުގެ ކުރިން އެ މީހަކު ކުރައްވާ ހުވާގައި ބުނެފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާ ކުރައްވާނީ "ތެދުވެރިކަމާއި އަމާނާތްތެރި ކަމާއެކު" ކަމަށެވެ. އެހެންކަމުން އެ މަގާމުގައި ހުންނަވައި ދޮގު ހެދުމަކީ ރައީސުލްޖުމްހޫރިއްޔާގެ ހުވަޔާ ވެސް ހިލާފު ކަމެކެވެ.

ހިތަށް އަރަނީ، ރައީސް ގެންގުޅުއްވަނީ އަލާއުއްދީނުގެ ވޮއްގަނޑު ބާވައެވެ. އަތް ކާތާލާފައި ބޭނުންވަރަކަށް މަޝްރޫއު، އަތް ކާތާލާފައި ބޭނުންވަރަކަށް ވަޒީފާ ދެއްވަމުން ތިޔަ ގެންދަވަނީ ކާކަށް ކޮންކަމެއް އޮޅުވާލަން ހެއްޔެވެ.

ދޮގުވެރިއެކޭ ބުނާ ބުނުމަށް އިތުރަށް ބާރު ލިބުނީ ނޫސްވެރިންނަށް ފިއްލަވައިގެން އުޅުއްވުމަށްފަހު އެމަނިކުފާނު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުން ނެވެ. ނޫސްވެރިންގެ ސުވާލުތަކުގައި ކަންހިނގި ގޮތުގެ ތަފްސީލު ހާދިސާއާއެކު ތަފްސީލު ކޮށްދީ ސުވާލު ކުރުމުންވެސް މޫނަށް ރުލެއް އަރުވާނުލައްވާ ރައީސް ގެންދެވީ އިންތިހާއަށް ދޮގު ހައްދަވަމުން ނެވެ. ބޮޑެތި ޖަލްސާތަކާ "ރައްޔިތުންނާއެކު" ގެ ނަމުގައި ފާޅުގައި ދޮގާއި މަކަރު ހައްދަވަން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ހައްދަވައިގެން އުޅުއްވާ ޕޮޑްކާސްޓުން އެކަން ހާމަވެއެވެ. މީގެ ތެރެއިން ފާހަގަކޮށްލެވޭ އެންމެ މަގުބޫލު ބައެއް ދޮގުތައް ކުރުގޮތަކަށް މި ރިޕޯޓުގައި ހިމަނާލާނަމެވެ.

ޑޮލަރުގެ އަގު ދެން މަތި ނުވާނެކަމަށް ރައީސް ވިދާޅުވިތާ އަހަރަކަށްވުރެ ގިނަ ދުވަސް ވެފައިވާއިރު، ޑޮލަރުގެ އަގު އިންތިހާއަށް ބޮޑުވެ މިއަދު ކަޅުބާޒާރުގައި ޑޮލަރުގެ އަގު 19.40ރ އަށް އަރައިފިއެވެ. ޑޮލަރު މާރުކުރަން މަޖުބޫރުކުރި ފަހުން ޑޮލަރު އަގު ދުވަހެއް ދުވަހަށް ދަނީ މަތިވަމުންނެވެ.

އިގްތިސާދީ ވިސްނުމެއްގައި ވިސްނާއިރު، ފައިސާ ޗާޕު ކުރުމަކީ އެންމެ ރަނގަޅު ގޮތެއް ނޫނެވެ. ފައިސާ ޗާޕު ކުރުމުން ދިމާވާ މައްސަލަތައް ބައިވަރެވެ. އަދި ހައްލެއް ލިބެނީ ކުޑަ މުއްދަތަކަށެވެ. އިންފްލޭޝަން މަތިވެ، ތަކެތީގެ އަގު ބޮޑުވުމާއި ފައިސާގެ އަގު ވެއްޓުމަކީ، ފައިސާ ޗާޕު ކުރުމުން ގައުމަކުން ތަޖުރިބާ ކުރަންޖެހޭ ނުރަނގަޅު ބައެއް ކަންކަމެވެ.

ކޮންމެހެން އެކަން ކުރަންޖެހޭ ހާލަތެއްގައި އެކަނި، އިގްތިސާދަށް އެ ބަރު ނެގޭނެ ގޮތަކަށް މެނުވީ، ފައިސާ ޗާޕު ކުރުމަކީ، ހަމަ ހިލާ ކޮށްގެންވާނޭ ކަމެއް ނޫން ކަމަށް އިގްތިސާދީ މާހިރުން ބުނަނީ އެހެންވެ، ކަމުގެ ހައްސާސް މިންވަރު ބޮޑުވީމާ އެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު، އެމަނިކުފާނު ކުރެއްވި ވަރުގަދަ ރިޔާސީ ކެމްޕެއިނުގައި ވެސް، ފައިސާ ޗާޕު ކުރުމުގެ ވާހަކަ ހާއްސަ ސަމާލުކަމެއް ދެއްވައިގެން ދެއްކެވީ ކަމުގެ މުހިންމުކަމުންނެވެ. އެމަނިކުފާނު ގެންގުޅުއްވާނެ ކަމަށް ރިޔާސީ އިންތިހާބުގައި އިއުލާނު ކުރެއްވީ އެއްވެސް މިންވަރަކަށް ފައިސާ ޗާޕު ނުކުރެއްވުމުގެ ޕޮލިސީއެކެވެ.

ރައީސް މުއިއްޒު ވިދާޅުވެފައި އޮތީ ފައިސާ ޗާޕު ކުރުމުން ދިވެހިރާއްޖޭގެ އިގްތިސާދު ވެއްޓޭނީ "ފުން އަނދަވަޅަކަށް" ކަމަށެވެ. ފައިސާ ޗާޕުކޮށްފި ނަމަ ދިވެހިރާއްޖޭގެ ތަޖުރިބާކުރަންޖެހޭނީ އަވައްޓެރި ސްރީ ލަންކާއިން ކުރިމަތިލާންޖެހުނު ފަދަ އިގްތިސާދީ ކާރިސާއަކާ ކަމަށް ރައީސް ވިދާޅުވި އެވެ. ރައީސް ވިދާޅުވީ ގައުމުގެ އިގްތިސާދު ސަލާމަތް ކުރާ ނަމަ ފައިސާ ޗާޕު ކުރުމަކީ "އޮޕްޝަނެއް ނޫން" ކަމަށެވެ. އެހެން ނަމަވެސް، ރައީސް މުއިއްޒުގެ އެ މުހިންމު ވައުދާ ހިލާފުވާން އެމަނިކުފާނާއި އެމަނިކުފާނުގެ ސަރުކާރުން ނިންމައި، އެކަމުގެ ރޭވުންތައް ރާވައި މަސައްކަތް ކުރަން ވަނީ ފަށާފައެވެ. ސަރުކާރުން ނިންމީ 14 ބިލިއަނަށް ވުރެ ގިނަ ފައިސާ ޗާޕުކޮށްލުމަށެވެ. އެއީ މީގެ ކުރިން ދުވަހަކު ވެސް ޗާޕުކޮށްފައިނުވާ ރިކޯޑު މިންވަރެއްގެ އަދަދެކެވެ. ރިކޯޑު ހެއްދެވުމުގައި މިވަރުގެ ރައީސަކު ދެކުނިން ހެއްޔެވެ.

ރައްޔިތުންނަށް އޮޅުވާލައްވަމުން ރައީސް މުއިއްޒު ވިދާޅުވި ޖުޑީޝަރީގެ ތެރެއިން ހިނގާ ކަންކަމަށް ޖުޑީޝަރީން ޖަވާބު ދެއްވާނެ ކަމަށާއި ޖުޑީޝަރީގެ ތެރެއިން ހިނގާ ކަންކަމަށް އެމަނިކުފާނު ޒިންމާ ނަގަން ޖެހޭނެ ކަމެއް ނޯންނާނެ ކަމަށެވެ. އަދި ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން ޖުޑީޝަރީގެ ތެރެއަށް ނުފޫޒު ނުފޯރުވާނެ ކަމަށެވެ.

ރައީސް ވިދާޅުވި ވާހަކަތައް ދޮގުވާ ހިސާބަކީ މިހުރިހާ ވާހަކައެއް ޖުޑީޝަރީ ގުޅުވާ ދެއްކެވުމަށްފަހު ރައީސް ދެން ވިދާޅުވަނީ ޖުޑީޝަލް ޝާވިސް ކޮމިޝަންގެ ރައީސް އަށް އަދި އެތަނުގައި ތިއްބަވާ ބޭފުޅުންނަށް އެމަނިކުފާނު ގުޅުއްވާ ކަމަށާއި އެގޮތުން ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ މައްސަލަ ހިނގާ ނުހިގާ ގޮތް ފޯނުން ގުޅުއްވައިގެން އެމަނިކުފާނު ތަކުރާރުކޮށް ބެއްލެވިން ކަމަށެވެ.

މަނިކުފާނު އެވެ. ޖޭއެސްސީ އަކީ ކޯޓުތަކުގެ ފަނޑިޔާރުންގެ މައްސަލަތައް ބަލާ ތަނަށް ވެފައި ޖޭއެސްސީ އަށް މަނިކުފާނު ގުޅުއްވާ ހެއްދެވުން އެއީ މަނިކުފާނަށް މައްސަލައަކަށް ނުވިޔަސް އެއީ މަނިކުފާނު ކޯޓުތަކުގެ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުން ކަމަށް އަމިއްލަ އިއުތިރާފުން މިހާރު ވަނީ ރައްޔިތުންނަށް ސާބިތުވެފަ އެވެ. މަނިކުފާނަކީ މިހާތަނަށް ރާއްޖޭގެ ކޯޓުތަކުގެ ފަނޑިޔާރުންގެ މައްސަލަތައް ބަލާ ޖޭއެސްސީ އަށް ގުޅުއްވާ ކަމަށް އަމިއްލައަށް އިއުތިރާފްވި ފުރަތަމަ ރައީސް އެވެ. މިއީވެސް ރެކޯޑަކަށް ވާނަމަ އަތާއި ފައި ޖައްސަވާށެވެ.

މިވަރަކުން އަދި ނިންމާލެވޭކަށް ނެތެވެ. ކިޔަންޏާ ވާނީ ހަމަ ކިޔާހާއެވެ. ދޮގު ކާސްޓުގެ ވާހަކަވެސް އަދި އޮތީއެވެ.

އޭޕްރީލް 10، ގައި "ރައްޔިތުންނާއެކު" ޕޮޑްކާސްޓުގައި، މީގެ ކުރިން ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަކު ކުރައްވާފައިނުވާ ކަމެއް ވަނީ ކުރަށްވާފައެވެ. މަނިކުފާނު އަނެއްކާވެސް ހެއްދެވީ ރެކޯޑެކެވެ.

އޭޕްރީލް 1، އިން އޭޕްރީލް 5، އަށް ރައީސް މުއިއްޒު އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުގެ ވާހަކަ ދައްކަވަމުން ކުއްލިއަކަށް އެމަނިކުފާނު ވިދާޅުވީ، އެ ދަތުރަށް އަމިއްލަ ވިޔަފާރިވެރިޔަކު ހަރަދު ކުރެއްވި ކަމަށެވެ. އެކަމަކު، އެ ދަތުރަށް ހަރަދު ކުރީ ކާކު ކަމެއް ވިދާޅެއް ނުވެ އެވެ. ހަރަދު ކުރީ ކިތައް ރުފިޔާކަމެއް ވެސް ވިދާޅެއްނުވެ އެވެ. އެކަމަކު، އެ ވިދާޅުވާ އަމިއްލަ މީހަކު ހަރަދު ކުރެއްވީ ބޮޑު އަދަދެއް ކަން ޔަގީނެވެ. ރައީސް މުއިއްޒުގެ އެންމެ ބޮޑު އެއް ވައުދަކީ ދެ ފުށް ފެންނަ ސަރުކާރެއް ހިންގުމެވެ. ސަރުކާރުން ކުރާ ހަރަދުތައް ހާމަ ކުރުމެވެ. ސަރުކާރު ތެރޭގައި ހިނގާ ކަންކަމާއި ނުހިނގާ ކަންކަމުގެ މައުލޫމާތު ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުމެވެ.

ހުރިހާ ވެސް މައްސަލައަކީ ނުފޯރާ ފޮތިން ފޫގަޅައިގެން ހިފެހެއްޓުމެއް ނެތި ކުރަމުންދާ ހަރަދުތަކެވެ. ދައުލަތަށް ލިބޭ އާމްދަނީން ހަރަދުތައް ފޫނުބެދޭ ހާލަތުގައިވެސް މަސްވެރިން މަސް އައިނަށް އެން އުކާ އުސޫލުން އިސްރާފުކުރަމުންދާ ފައިސާ އެވެ.

ވަޒީރުންތައް ވެސް ދެފައި އެއްތާ ނުޖައްސަވައެވެ. ދަތުރަކަށްފަހު ދަތުރެކެވެ. ވައުދަކަށްފަހު ވައުދެކެވެ.

ގައުމުގެ ރައީސް އެހާ އަވަހަށް ތެޅިގަނެއްޖެއެވެ. ރިޔާސީ އިންތިހާބުގައާ މަޖިލިސް އިންތިހާބުގައިވެސް ރައްޔިތުންނަށްވީ ވައުދުފުނިތައް ގޯނި ގޯނީގައި ތުން އައްސާ ބާރުކޮށް ގުދަންކޮށްފައި ބައިތިއްބައިގެން މި ފެށީ އެ ރައްޔިތުން ވޯޓު ނުދިނަސް ތިމަންނާއަށް ވެރިކަމަށް އާދެވޭނެ މަގު ފަހިކުރަންވިއްޔާއެވެ.

ރަސްމާލެ ހިއްކައި ނިންމައި ދެވަނަ ހުޅުމާލެއެއް ތަރައްގީކޮށް، ކަނޑުއަޑީގެ ޓަނަލަކުން ގުޅާލުމާއި ގދ. ތިނަދޫގެ ފަޅު ތެރޭގައި އަޅާ އިންޓަނޭޝަނަލް އެއާޕޯޓާއި ގއ. ވިލިނގިލީގައި ހަދާ އެއާޕޯޓުގެ މަސައްކަތްވެސް ކަދުރު ރުކަށް އެރި މީހާގެ ނަދުރަށްވެފައިވާއިރު މިހާރު ފެންނަމުން މިދަނީ ރައްޔިތުން ގައުމުގެ ރައީސަށް ޖޯކު ޖަހާ މަންޒަރެވެ.

ފުދޭނެއެއް ނުފުދޭނެއެއް ބެލުމެއް ނެތެވެ. ވައުދު ވަނީ ފަތުއަޑު ކިޔާފައެވެ. ކަމެއްގެ ވާހަކަ އޮންނަނީ މީހަކު ބުނަންވާ ލަހެކެވެ. ކޮށްދޭން ވައުދުވެއެވެ. މީހުން ގުނބޯ ހެދޭ ވާހަކަ އަޑުއަހަމެވެ. މިވަރުކަމެއް އެކަމަކު ނުދެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފުވައްމުލަކު ރައްޔިތުން ނިކުމެ ވޯޓު އަޅައި މަޖިލިސް ރައީސްގެ އިތުބާރު ނެތް ކަމަށް "ފާސްކޮށްފި"!

ފުވައްމުލަކު ރައްޔިތުން ނިކުމެ ވޯޓު އަޅައި މަޖިލިސް ރައީސްގެ އިތުބާރު ނެތް ކަމަށް "ފާސްކޮށްފި"!

08 މެއި 2017
ޔާމީން ރަޝީދުގެ ގޭގެ ސަރަހައްދުގައި ހުސް ކެމެރާ، ގާތިލުންނަށް ފިލޭނެތަ!؟

ޔާމީން ރަޝީދުގެ ގޭގެ ސަރަހައްދުގައި ހުސް ކެމެރާ، ގާތިލުންނަށް ފިލޭނެތަ!؟

24 އެޕްރީލު 2017
"އަބުރެއް ނެތް ޕަޕެޓުންގެ ކޮމިޝަން"

"އަބުރެއް ނެތް ޕަޕެޓުންގެ ކޮމިޝަން"

12 އެޕްރީލު 2017
ރައްޔިތުން ކަތިލުމުގައި ސިޔާސީ ލީޑަރުން ވަރެއް ނެތް

ރައްޔިތުން ކަތިލުމުގައި ސިޔާސީ ލީޑަރުން ވަރެއް ނެތް

07 މާރިޗު 2017
ސިޔާސަތެއް ނެތް ވެރިކަން!

ސިޔާސަތެއް ނެތް ވެރިކަން!

18 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

13 ފެބުރުއަރީ
ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި
20233 އަހަރު ކުރިން
ރާއްޖެ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"
20224 އަހަރު ކުރިން
ރާއްޖެ

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން
20215 އަހަރު ކުރިން
ރާއްޖެ

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު