Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ސުޕްރީމް ކޯޓަށް ސަލީމް އައްޔަންކުރުން

"ރައީސް މުއިއްޒު، ސަލީމް ސުޕްރީމް ކޯޓަށް އައްޔަންކުރައްވަން ބޭނުންފުޅުވީ ހައިކޯޓުގައި އަޅުގަނޑުގެ މައްސަލަ ތާށިކުރުމުން ކައްފާރާ ދެއްކުމަށް."

ދެ ފަނޑިޔާރުންނަށް ވެސް ރުހުން ދީފައިވަނީ އެ ވޯޓުގައި ބައިވެރިވެވަޑައިގެން މެންބަރުންގެ އިއްތިފާގުން

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 13 ޖޫން 2025 | ހުކުރު 05:55
ކުރީގެ ރައީސް އަބްދުﷲ ޔާމީން ޕީއެންއެފްގެ ޖަގަހަ ޖަލްސާގައި ވާހަކަދައްކަވަނީ - 12.06.2025

ކުރީގެ ރައީސް އަބްދުﷲ ޔާމީން ޕީއެންއެފްގެ ޖަގަހަ ޖަލްސާގައި ވާހަކަދައްކަވަނީ - 12.06.2025

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް ހައި ކޯޓު ކުރީގެ ފަނޑިޔާރު އަލްއުސްތާޛް މުޙައްމަދު ސަލީމް އައްޔަންކުރައްވާފައި ވަނީ ކައްފާރާ ދެއްކުމަށް ކަމަށް ކުރީގެ ރައީސް ޔާމީން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް ޔާމީން އެފަދައިން ވިދާޅުވީ ޕީއެންއެފް ޖަގަހަ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

Advertisement - newsAdvertisement

އެމަނިކުފާނު ވިދާޅުވީ ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތީ ކުރީގެ ރައީސް ޔާމީނަށް ކޮށްފައިވާ ޙުކުމަކީ ޙަރާމް ޚުރުމެއް ކަމަށް ބުނެ އެ ކަމާއި މެދު ފިޔަވަޅު އަޅާނެ ކަމަށް ވައުދުވެގެން ކަމަށެވެ. އެހެންނަމަވެސް ވެރިކަމަށް ވަޑައިގެން ޢަމަލުކުރެއްވީ އެ މަނިކުފާނު ވެވަޑައިގެންނެވި ވައުދާއި ޚިލާފަށް ކަމަށް ވެސް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ. އަދި ހައިކޯޓުގެ ކުރީގެ ފަނޑިޔާރު ސުޕްރީމް ކޯޓަށް އައްޔަންކުރުމަށް ރައީސް މުއިއްޒު ބޭނުންފުޅުވި ސަބަބަކީ 2018 ވަނަ އަހަރު ރައީސް ޔާމީންގެ ކެނޑިޑެސީ ބާތިލް ވަންދެން އެ މަނިކުފާނުގެ މައްސަލަ ހައިކޯޓުގައި ތާށިކޮށްފައި ބޭއްވުމަށް މަގުފަހިކޮށްދިން ބޭފުޅަކީ ސަލީމްކަމަށް ވުމުން ކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.

"މުއިއްޒު އަށް ކޮން ކޮމްޕަލްޝަން އެއްތޯ އޮތީ ސަލީމް ސުޕްރީމް ކޯޓަށް ގެންދަން." ރައީސް ޔާމީން ވިދާޅުވިއެވެ. ހައިކޯޓުގައި ރައީސް ޔާމީނާއި ގުޅުން ހުރި މައްސަލަ ކުރިއަށް ދިޔަ އިރު ސުވާލު އުފެދޭ ފަދަ ކަންތައްތަކެއް ހިނގި ކަމަށް ފާހަގަކުރައްވާ ރައީސް ޔާމީން ވަނީ އެކަމަށް ފާޑު ވިދާޅުވެފައެވެ. އަދި ސަލީމް ދޮޅުމަސް ވަންދެން ފިލާ ހުންނެވި ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ. އެފަދަ ބޭފުޅަކު ސުޕްރީމް ކޯޓަށް އައްޔަންކުރުމުން ސަލީމް ސުޕްރީމްކޯޓަށް އައްޔަން ކުރުމަށް ރައީސަށް ބާރު ލިބޭ ސަބަބާއި މެދު އެމަނިކުފާނު ސުވާލު އުފެއްދެވިއެވެ. ރައީސް ޔާމީން ވަނީ އެއީ ރައީސް މުއިއްޒު ސަލީމަށް ދައްކަން ޖެހޭ ދަރަންޏެއް ދެއްކުމަށް ކުރި ކަމެއް ކަމަށް ވެސް ސިފަކުރައްވާފައެވެ.

މީގެ އިތުރުން ސަލީމަކީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ޝަރުތު ހަމަވާ ބޭފުޅެއް ނޫން ކަމަށާއި އެއަށް ވުރެ ބޮޑަށް ޤާބިލް، އެއަށް ވުރެ ތައުލީމީ މީހުން އެބަ ތިބި ކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ. ޖޭއެސްސީ އަށް ނުފޫޒު ނުފޯރުވާ ކަމަށް ރައީސް މުއިއްޒު ވަކާލާތުކުރެއްވި ނަމަވެސް ސަލީމް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ޝަރުތު ހަމަވާ ކަމަށް ޖޭއެސްސީން ނިންމީ ރައީސް މުއިއްޒުގެ ނުފޫޒާއި އެކު ކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.

ޕީއެންއެފް ޖަގަހަ ޖަލްސާގައި އިތުރަށް ވާހަކަދައްކަވަމުން އެމަނިކުފާނު ވަނީ ރާއްޖޭގެ ޝަރުއީ ދާއިރާގެ އިންސާފުވެރިކަމާއި މެދު ސުވާލު އުފައްދަވާ ވާހަކަދައްކަވާފައެވެ. އެގޮތުން ޝަރުޢީ ދާއިރާގެ ދިގު އަތް ކުށްވެރިންނާއި ހިސާބަށް ފޯރާ އިރު މައްސަލަ އޮންނަނީ މަރުވެފައި ކަމަށް އެ މަނިކުފާނު ސިފަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް ހައި ކޯޓު ކުރީގެ ފަނޑިޔާރުން ކަމަށްވާ އަލްއުސްތާޛް މުޙައްމަދު ސަލީމާއި އަލްއުސްތާޛް ޢަބްދުﷲ ހަމީދު އައްޔަންކުރައްވާފައި ވަނީ 11 ޖޫން 2025 ގައެވެ.

ޖޫން 11 ވަނަ ދުވަހުގެ މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައި މި ދެ ބޭފުޅުންނަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމުގެ ހުވާ ކުރައްވާފައިވެއެވެ. ސުޕްރީމް ކޯޓަށް ސަލީމާއި ހަމީދު އައްޔަންކުރަން, ރައީސް ޑރ. މުޙައްމަދު މުއިއްޒު އެ ދެ ބޭފުޅުންގެ ނަން މަޖިލީހަށް ފޮނުއްވީ މި ހިނގާ ޖޫން މަހު ދެވަނަ ދުވަހެވެ. އަދި އެ މަހުގެ ހަތަރުވަނަ ދުވަހު ޖުޑީޝަރީ ކޮމިޓީން ވަނީ ދެ ބޭފުޅުންނަށް ވެސް ރުހުންދޭން ފާސްކޮށްފައެވެ. އެ ބޭފުޅުންނަށް މަޖިލީހުގެ ތަޅުމުން ރުހުން ދީފައި ވަނީ ވެސް ޖޫން 11 ވަނަ ދުވަހުއެވެ.

ދެ ފަނޑިޔާރުންނަށް ވެސް ރުހުން ދީފައިވަނީ އެ ވޯޓުގައި ބައިވެރިވެވަޑައިގެން މެންބަރުންގެ އިއްތިފާގުންނެވެ. އެ ގޮތުން، ފަނޑިޔާރު ހަމީދަށް ރުހުން ލިބުނީ 60 ވޯޓުންނެވެ. އަދި، ފަނޑިޔާރު ސަލީމަށް ރުހުން ލިބުނީ 61 ވޯޓުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ސުޕްރީމް ކޯޓުގެ ދެ މަގާމެއް ހުސްވީ ސުލޫކީ މައްސަލައެއްގައި އެ ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް ޢަލީ ޒާހިރު މަޤާމުން ވަކިކުރުމާ ގުޅިގެންނެވެ. ސުޕްރީމް ކޯޓުގައި 7 މެންބަރުން ތިއްބަވައެވެ.

އެ ފުރުސަތުގައި ކުރިމަތިލެއްވި ފަރާތްތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ހައި ކޯޓުގެ ފަނޑިޔާރު މުހައްމަދު ސަލީމާއި އެ ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ހަމީދުގެ ނަން ފޮނުއްވެވީ ޖޭއެސްސީގެ ލަފަޔާއެކުގައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

23 އެޕްރީލު
ރައުދު ހައްޔަރުކުރީ ޔުމްނު ވައްޓާލުމުގެ އަތެއް އޮވެގެން
20251 އަހަރު ކުރިން
ރާއްޖެ

ރައުދު ހައްޔަރުކުރީ ޔުމްނު ވައްޓާލުމުގެ އަތެއް އޮވެގެން

އިސްރާއިލުން ދެން އީރާނަށް ހަމަލާދީފިނަމަ އެ"ޒަޔަނިސްޓް ރެޖީމް" އެއްކޮށް ނައްތާލާނަން: އިބްރާހީމް ރައީސީ
20242 އަހަރު ކުރިން
ދުނިޔެ

އިސްރާއިލުން ދެން އީރާނަށް ހަމަލާދީފިނަމަ އެ"ޒަޔަނިސްޓް ރެޖީމް" އެއްކޮށް ނައްތާލާނަން: އިބްރާހީމް ރައީސީ

އާސެނަލްގެ ކުޅުންތެރިން ދަތުރުކުރި ބޯޓެއްގައި އަލިފާން ރޯވެއްޖެ
20233 އަހަރު ކުރިން
ކުޅިވަރު

އާސެނަލްގެ ކުޅުންތެރިން ދަތުރުކުރި ބޯޓެއްގައި އަލިފާން ރޯވެއްޖެ

ލަމްހާގެ ބަންދު މުރާޖައާގައި އޭނާ: "މިތާ އުޅެން މިހާރު ވަރަށް ވަރަށް އުނދަގޫވޭ"
20224 އަހަރު ކުރިން
ރާއްޖެ

ލަމްހާގެ ބަންދު މުރާޖައާގައި އޭނާ: "މިތާ އުޅެން މިހާރު ވަރަށް ވަރަށް އުނދަގޫވޭ"

ކޮވިޑުގެ ރެކޯޑު އިންޑިޔާއަށް: މުޅި ގައުމު ރޮނީ އޮކްސިޖަން ނުލިބިގެން
20215 އަހަރު ކުރިން
ރިޕޯޓު

ކޮވިޑުގެ ރެކޯޑު އިންޑިޔާއަށް: މުޅި ގައުމު ރޮނީ އޮކްސިޖަން ނުލިބިގެން

ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!
20197 އަހަރު ކުރިން
ރިޕޯޓު

ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!

ފަހުމީ ގެއްލުމުގެ އެއްދުވަސް ކުރިން މަންމައަށް ކުރެވުނު އާދަޔާ ހިލާފް އިހްސާތަކުގެ ވާހަކަ
20188 އަހަރު ކުރިން
ރިޕޯޓު

ފަހުމީ ގެއްލުމުގެ އެއްދުވަސް ކުރިން މަންމައަށް ކުރެވުނު އާދަޔާ ހިލާފް އިހްސާތަކުގެ ވާހަކަ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު