ކ. މާލެ
|
12 ޖޫން 2025 | ބުރާސްފަތި 14:49
އެއާ އިންޑިއާ ފްލައިޓް އޭއައި-171 އިން ލަންޑަނަށް، ގުޖުރާތުގެ އަހުމަދުއާބާދުގެ މެގާނީ ނަގަރުން ނައްޓާލިތަނުން ބޯޓު ވެއްޓި ބޯ ދުން އަރަނީ. ~ ބޯޓުގައި 242 ފަސިންޖަރުން ތިބި
އެއާ އިންޑިއާ ފްލައިޓް އޭއައި-171 އިން ލަންޑަނަށް، ގުޖުރާތުގެ އަހުމަދުއާބާދުގެ މެގާނީ ނަގަރުން ނައްޓާލިތަނުން ބޯޓު ވެއްޓި ބޯ ދުން އަރަނީ. ~ ބޯޓުގައި 242 ފަސިންޖަރުން ތިބި
އެކްސް
ހޫނު ހަބަރު
އެއަރ އިންޑިއާގެ ބޯޓެއް ވެއްޓިއްޖެ - ބޯޓުގެ އެންމެ ފަހު ވަގުތުކޮޅުގެ ވީޑިއޯ އާންމު ވެއްޖެ
މަތިންދާބޯޓުގައި ތިބީ 242 މީހުންނެވެ. މީގެ ތެރޭގައި ދެ ޕައިލެޓުންނާއި 10 ކެބިން ކްރޫ ހިމެނެއެވެ.

އެއަރ އިންޑިއާގެ މަތިންދާބޯޓެއް އިންޑިއާގެ އަހްމަދާބާދު ވައިގެ ބަނދަރުން ފުރުމަށްފަހު ކުޑައިރުކޮޅެއްގެ ތެރޭގައި ވެއްޓިފައިވާ ކަމަށް އެ ޤައުމުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.

އެއަރ އިންޑިއާ އިން ބުރާސްފަތި ދުވަހު ބުނެފައި ވަނީ އިނގިރޭސިވިލާތުގެ ލަންޑަނުގައި ހުންނަ ގެޓްވިކް ވައިގެ ބަނދަރަށް ދަތުރުކުރި ފަސިންޖަރުން އުފުލި ފްލައިޓް އޭއައި171 އަށް "ހާދިސާއެއް ދިމާވެފައިވާ" ކަމަށެވެ.

"މި ވަގުތު އަޅުގަނޑުމެން ވަނީ މި ހާދިސާގެ ތަފްސީލުތައް ހޯދަމުންނެވެ. އަދި އިތުރު މަޢުލޫމާތު ލިބުމުން ހިއްސާކުރާނަމެވެ،" އެއަރ އިންޑިއާއިން އެކްސް (ކުރީގެ ޓްވިޓަރ) ގައި ބުނެފައިވެއެވެ.

ގެޓްވިކް ވައިގެ ބަނދަރުން ބުނެފައިވަނީ ފްލައިޓް އޭއައި171 އެ ބަނދަރަށް އައުމަށް ހަމަޖެހިފައިވަނީ އިނގިރޭސިވިލާތުގެ ގަޑިން ހަވީރު 6:25 (ގްރީންވިޗް މީން ޓައިމްއިން 17:25) ގައި ކަމަށެވެ.

ބޯޓު ވެއްޓޭ މަންޒަރާއި ބޯޓުގައި ގޮވާ މަންޒަރު ފެންނަ ވީޑީއޯ ތައް ސޯޝަލް މީޑިއާ ގައި ވަނީ ފެތުރިފައެވެ.

އެއަރ އިންޑިއާ އިން މިހާރު ވަނީ ބޯޓުގައި ތިބި ފަސިންޖަރުންގެ ޤައުމުތަކުގެ ތަފްސީލު ހާމަކޮށްފައެވެ.

ދަތުރުގައި ތިބީ 169 އިންޑިއާ ރައްޔިތުންނާއި، 53 އިނގިރޭސި ރައްޔިތުންނާއި، ކެނެޑާ ރައްޔިތަކާއި އަދި 7 ޕޯޗުގީޒް ރައްޔިތުންނެވެ.

އެއަރލައިނުން ބުނާ ގޮތުގައި ޙާދިސާގައި ޒަޚަމްވި މީހުން އެންމެ ކައިރީގައިވާ ހޮސްޕިޓަލްތަކަށް ގެންދެވެމުންދެއެވެ.

އިންޑިއާގެ ވައިގެ ދަތުރުފަތުރުގެ ރެގިއުލޭޓަރު ކަމުގައިވާ ޑީޖީސީއޭގެ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި ފްލައިޓް "އަހްމަދާބާދުން ފުރުމަށްފަހު ވަގުތުން ވެއްޓުނު" ކަމަށެވެ. އެ ބަޔާނުގައި ބުނެފައިވަނީ:

މަތިންދާބޯޓުގައި ތިބީ 242 މީހުންނެވެ. މީގެ ތެރޭގައި ދެ ޕައިލެޓުންނާއި 10 ކެބިން ކްރޫ ހިމެނެއެވެ. (ކުރިން އޮފިޝަލަކު ބުނެފައިވަނީ 244 މީހުން ތިބި ކަމަށެވެ)

ކެޕްޓަންގެ އުދުހުމުގެ ތަޖުރިބާ 8،200 ގަޑިއިރަށް ވުރެ ގިނަ އެވެ. ކޯ-ޕައިލެޓްގެ އުދުހުމުގެ ތަޖުރިބާ 1،100 ގަޑިއިރަށް ވުރެ ގިނައެވެ.

މަތިންދާބޯޓު އަހްމަދާބާދުން ފުރީ އިންޑިއާ ސްޓޭންޑަޑް ޓައިމްއިން 13:39 ގައި ރަންވޭ 23 އިންނެވެ.

އެއަރ ޓްރެފިކް ކޮންޓްރޯލަށް މޭޑޭ ކޯލެއް ދިނެވެ. ނަމަވެސް އޭގެ ފަހުން މަތިންދާބޯޓުން އެއްވެސް ޚަބަރެއް ނުވެއެވެ.

ފުރުމަށްފަހު، މަތިންދާބޯޓު ވެއްޓުނީ އެއަރޕޯޓު ސަރަޙައްދުން ބޭރުން އެއަރޕޯޓާ ވަރަށް ކައިރި އަށެވެ.

އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި އިންޑިއާ ގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވިދާޅުވެފައިވަނީ އަހްމަދާބާދުގައި ދިމާވި މި ހިތާމަވެރި ހާދިސާ އަކީ ލަފްޒަކުން ބަޔާންކުރަން ދަތި ހިތާމަވެރި ހާދިސާ އެއް ކަމަށެވެ.

- ކޮމެންޓް