Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޒަކިއްޔާ މަރުގެ މައްސަލަ

ދެމަހަށް ވުރެ ގިނަ ދުވަސްވީއިރު ވެސް ޒަކިއްޔާގެ މަރުގެ އަސްލު ނުހޯދުނު

3 ޑިސެމްބަރު 2024 | އަންގާރަ 12:42

ޒަކިއްޔާގެ ހަށިގަނޑުން ވެސް އެއްވެސް އިތުރު ފަރާތެއްގެ ފުށުން ލިބިފައިވާ އަނިޔާއެއް ނުފެނޭ

އަމްނާ އިމާދު
އަމްނާ އިމާދު | 3 ޑިސެމްބަރު 2024 | އަންގާރަ 12:42
ޒަހަމްތަކާއެކު މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާ މޫސާ

ޒަހަމްތަކާއެކު މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާ މޫސާ

ޒަހަމްތަކަކާއެކު މަރުވެފައި އޮއްވާ ފެނުނު ނ.ހޮޅަދޫ، ޒަކިއްޔާ މޫސާ މަރާލިކަމުގެ އެއްވެސް ހެއްކެއް ތަހުގީގަށް މިހާތަނަށް ހޯދިފައިނުވާ ކަމަށް ފުލުހުން ބުނެފިއެވެ.

އަންގާރަ ދުވަހު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު ސާމިހު ވިދާޅުވީ ޒަކިއްޔާ އޮތް ގުދަން ތެރެއާއި، ގޭތެރޭގެ އިތުރުން ޒަކިއްޔާގެ ހަށިގަނޑުން ވެސް އެއްވެސް އިތުރު ފަރާތެއްގެ ފުށުން ލިބިފައިވާ އަނިޔާގެ އެއްވެސް ނިޝާނެއް ފާހަގަކުރެވިފައިނުވާ ކަމަށެވެ. މިމައްސަލައާ ގުޅިގެން ސީޓީ ސްކޭނެއް ހެދިފައިވާއިރު، އޭގެ ނަތީޖާއިން ޒަކިއްޔާގެ ހަށިގަނޑަށް އަނިޔާއެއް ނުވަތަ ސުވާލު އުފެދޭ ފަދަ ކަމެއް ފާހަގަކުރެވިފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ޑޮކްޓަރުގެ ބަހުން މަރުވި ސަބަބެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ ކަރަށް ލިބިފައިވާ ޒަހަމްތަކުގެ ސަބަބުންކަން އެނގޭ ކަމަށް ސާމިހު ވިދާޅުވިއެވެ.

Advertisement - newsAdvertisement

ޒަކިއްޔާގެ ހަށިގަނޑުން ފެނިފައިވާ ޒަހަމްތަކާއި ގުޅޭގޮތުން ސާމިހު ވިދާޅުވީ ޒަކިއްޔާގެ ކަރުބުރިނުވެ ހުރީ ކިރިޔާ ކަމަށް ދެކެވޭ ވާހަކަތަކަކީ ހަގީގަތެއް ނޫން ކަމަށެވެ. ނަމަވެސް އޭނާގެ ކަރުގެ ކަނާތް އަދި ވައަތް ފަރާތަށް ފުންކޮށް ގިނަ ޒަޚަމްތަކެއް ލިބިފައި ހުރި ކަމަށް އޭނާ ވިދާޅުވިއެވެ. ނޫސްވެރިން ޒަހަމްތަކާއި ގުޅޭގޮތުން ސުވާލު ކުރުމާއި ގުޅިގެން ތަފްސީލް ކޮށްދެއްވާ ސާމިހު ވިދާޅުވީ ކަނާތް ފަރާތުގައި ހުރި ޒަހަމްތަކަށް ބަލާއިރު، 9 ސެންޓިމީޓަރާއި، 7 ސެންޓިމޭޓަރ ދެމެދުގެ ޒަހަމެއް ހުރި ކަމަށާއި، ވާތް ފަޅީގައި 4 ސެންޓިމީޓަރާއި 10 ސެންޓިމީޓަރާއި އަދި 7 ސެންޓިމީޓަރުގެ މެދުމިންގެ ޒަހަމެއް ހުރި ކަމަށެވެ. އަދި މޭމަތީގައި ނިޔަފަތިން އެޅިފައިވާ ކަހަލަ ވަތްކެއް ހުރި ކަމަށާއި، ނަމަވެސް އެ ކޫރުމަކީ މީހެއްގެ ނިޔަފަތީގެ ވަތްކެއްކަން ކަަށަވަރުނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ސާމިހު ވިދާޅުވީ ޒަކިއްޔާ މަރުވެފައި އޮތް ސީންގައި އޭނާގެ ކައިރީ އޮތް ވަޅިއާއި އޭނާގެ ހެދުމުގައި ވެސް ގިނަ އަދަދަކަށް ލޭ ހުރި ކަމަށާއި، އަދި އެ ވަޅީގައި ހުރި ލެއަކީ ޒަކިއްޔާގެ ލޭ ކަމަށް ތަހުގީގަށް ފާހަގަކުރެވިފައިވާ ކަަމަށެވެ. ނަމަވެސް ޒަކިއްޔާގެ ކަރުގައި ފެންނަން ހުރި ޒަޚަމްތަކަކީ އެ ވަޅިން ލިބިފައިވާ ޒަޚަމްތަކެއްތޯ ނުވަތަ ނޫންތޯ ސާފުކޮށްދީފައެއް ނުވެއެވެ. ސާމިހު ވިދާޅުވީ އެ ވަޅިއަކީ އެގޭގެ ބަދިގޭގައި ބޭނުންކުރާ ވަޅިއެއްކަން ކަށަވަރުކުރެވިފައިވާ ކަމަށެވެ. ވަޅިން ފިންގަރ ޕްރިންޓް ފެނިފައިވައިވޭތޯ ސުވާލު ކުރުމުން ޖަވާބު ނުދެއްވާ ވިދާޅުވީ ތަހުގީގު އިތުރަށް ކުރިއަށްދާ ކަމަށެވެ.

ރަށު އާއްމު ރައްޔިތުންގެ ކަންބޮޑުވުންތަކާއި، ކުރެވޭ ތުހުމަތުތަކަށް އިޝާރާތް ކުރައްވައި ސާމިހު ވިދާޅުވީ ނަރުދަމާ ނިޒާމުގެ ތެރެއިން ބުރުގަލެއް ފެނިފައިވާއިރު، އެ ބުރުގަލަކީ ޒަކިއްޔާގެ ބުރުގަލެއް ކަމަށް ދޭހަވާ ތުހުމަތުތަކެއް އުފައްދާފައިވާ ކަމަށެވެ. ނަމަވެސް ބުރުގަލަކީ ޒަކިއްޔާގެ ބުރުގަލެއް ނޫން ކަން ތަހުގީގަަށް މިހާތަނަށް ވަނީ ދެނެގަނެވިފައި ކަމަށް އޭނާ ވިދާޅުވިއެވެ.

ސާމިހު ވިދާޅުވީ މިހާތަނަށް ކުރި ތަހުގީގުން އާއިލާ ތެރޭގައި އަދި ދޭދޭ ދެ ފަރުދެއްގެ އެއްވެސް މައްސަލައެއް ޒަކިއްޔާއާއި، ޒަކިއްޔާ އާއިލާގެ އެއްވެސް މެންބަރަކާ ޖެހިފައި އޮތް ކަމަކަށް ދެނެގަނެވިފައިނުވާ ކަމަށެވެ. ނަމަވެސް ޒަކިއްޔާއަކީ ނަފްސާނީ ބައްޔަށް ފަރުވާ ހޯދާ ފަރާތެއް ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް, ހެޑް އޮފް މޭޖާ ކްރައިމް އިންވެސްޓިގޭޝަން ހަސަން ޝިފާއު ވިދާޅުވީ ޒަކިއްޔާގެ މަރާ ގުޅޭގޮތުން ވަކި ގޮތަކަށް ނިންމޭނީ ތަހުގީގު އެއްކޮށް ނިމުމުން ކަމަށެވެ. ބޭރުގެ ފަރާތްތަކާއި ގުޅިގެން ފޮރެންސިކް ތަހުގީގުތައް ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޒަކިއްޔާ ހަށިގަނޑު ފެނުނީ އެގެއަށް ކުނި ނަގަން ވަތް މުނިސިޕަލް މުވައްޒަފުންތަކަކަށެވެ. ހަށިގަނޑު ފެނުނުއިރު ކަރުގައި ވަޅި އަޅާފައިވާއިރު، ކައިރީގައި ގިނަ އަދަދެއްގެ ލޭ ހުއްޓެވެ. މި ހާދިސާގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓު ކޮށްފައިވަނީ 10 ސެޕްޓެންބަރު 2024 ވަނަ ދުވަހުގެ ހެނދުނު 10:10 ހާއިރެވެ.

ފުލުހުންގެ ތަހުގީގަށް ޒަކިއްޔާގެ ހަށިގަނޑު މާލެ ގެނެސްފައިވެއެވެ. އަދި އޭނާގެ ހަށިގަނޑު ވަޅުލާފައިވަނީ 12 ސެޕްޓެންބަރު 2024 ގައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2017

ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ

01 ފެބުރުއަރީ 2017
ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ
01 ފެބުރުއަރީ 2017

މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ

01 ފެބުރުއަރީ 2017
މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ
31 ޖެނުއަރީ 2017

މައްސަލައެއްގަ ފުލުހުން އަތުލައިގަނެފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި

31 ޖެނުއަރީ 2017
މައްސަލައެއްގަ ފުލުހުން އަތުލައިގަނެފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި
30 ޖެނުއަރީ 2017

2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ

30 ޖެނުއަރީ 2017
2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ
26 ޖެނުއަރީ 2017

މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި

26 ޖެނުއަރީ 2017
މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި
26 ޖެނުއަރީ 2017

އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި

26 ޖެނުއަރީ 2017
އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި
15 ޖެނުއަރީ 2017

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017
ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި
15 ޖެނުއަރީ 2017

ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި

15 ޖެނުއަރީ 2017
ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް