Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭރިޕޯޓް

ރާއްޖެ އިޝްތިހާރުކުރަން ކެޓްރީނާ ކައިފް، ގައުމިއްޔަތުގެ އިންތިހާ!

ރާއްޖޭގެ ފަތުރުވެރިކަން ފެށުނީއްސުރެ، މިއަދާއި ހަމައަށް ދިވެހިން ކުރަމުން އައި، ފަޙްރުވެރި ދިވެހި ވަންތަ މަސައްކަތެކެވެ. މިވިޔަފާރި ފެށީވެސް ދިވެހިންނެއެވެ. މިވިޔަފާރި ތަރައްޤީކުރީވެސް ދިވެހިންނެއެވެ. އިޝްތިހާރުކުރީވެސް، ޕްރޮމޯޓްކުރީވެސް، ވިއްކީވެސް ހަމަ ދިވެހިންނެއެވެ.

އާމިރު ސަލީމް
އާމިރު ސަލީމް, ރާއްޖެ އެމްވީ | 10 ޖޫން 2025 | އަންގާރަ 14:25
ރާއްޖޭގެ ފަތުރުވެރިކަމުގެ ގްލޯބަލް ބްރޭންޑް އެމެބްސެޑަރަކަށް ކެޓްރީނާ ކައިފް

ރާއްޖޭގެ ފަތުރުވެރިކަމުގެ ގްލޯބަލް ބްރޭންޑް އެމެބްސެޑަރަކަށް ކެޓްރީނާ ކައިފް

އެއްވެސް ކަމެއްގައި އިހްލާސްތެރިކަމެއް ނެތެއެވެ. ބަހަކާއި އަމަލަކާއި ދިމައެއް ނުވެއެވެ. ބުނާ ބަހެއްގައި އަމުދުން ތެދުވެރިކަމެއް ނެތެއެވެ.

ވެރިކަމަށް ވަޑައިގަންނަވަން ހުރިހާ ކެމްޕެއިނެއްގައި ގޮވަމުން ދިއަޔީ އިންޑިއާ އައުޓް ކަމަށެވެ. ވިދާޅުވަމުން ގެންދެވީ އިންޑިއާގެ އަޅުވެތި ކަމަށް ރާއްޖެދާ ވާހަކައެވެ. އިންޑިއާގެ އުނގަށް ރާއްޖެ ވެއްޓި އިންޑިއާ މީހުންނާއި ނުލައި އެއްވެސް ކަމެއް ސަރުކާރަށް ނުވާ ވާހަކައެވެ. އަޑު ހަރުކޮށް ވިދާޅުވަމުން ގެންދެވީ އިންޑިއާއިން ގެންނަ މުގާއި ،އަލުތްވާއި، ފިޔަޔާއި، ބިހާއި، ހަނޑޫ، ހަކުރު، ފުށްވެސް ބޭނުން ނުވާ ވާހަކައެވެ. އިންޑިއާއިން އުފައްދާ ބޭހަކީވެސް ލޯ ކުއަލިޓީ އެއްޗެއް ކަމަށާއި އޭގެ ބަދަލުގައި ބޭސް ގެންނާނީ ޔޫރަޕުން ކަމަށެއެވެ. މިހެންގޮސް އިންޑިއާއަށް ބޭސްފަރުވާއަށް ދިވެހިން ފޮނުވުންވެސް އެއީ ދެރަ ކަމަކަށްވެ، އެކަންވެސް ދުބާއީ އާއި ތައިލެންޑަށް ބަދަލުކުރާ ވާހަކައެވެ.

ދެވަނައަށް އެންމެ ގިނައިން ދެއްކެވި ވާހަކައަކީ ގައުމިއްޔަތުގެ ވާހަކައެވެ. އަމިއްލަ ވަންތަ ކަމުގެ ވާހަކައެވެ. އަމިއްލަ ފައިމައްޗަށް ދެތުވާ ވާހަކައެވެ. ދިވެހިންގެ ކަންކަން ދިވެހިން އަމިއްލައަށް ކުރަންޖެހޭ ވާހަކައެވެ.

އެކަމަކު ކަންހިނގާ މިދާ ގޮތް ފެނޭތޯއެވެ. ދެއްކެވި ހުރިހާ ވާހަކައެއް ދޮގަށްވެ، ވިދާޅުވި ހުރިހާ ޅެމެއް ފަރިއްސަވެ، ނިމުނީއެވެ. އެންމެ ފަހުން ރާއްޖޭގެ ފަތުރުވެރިކަން، ބޭރު ދުނިޔޭގައި އިޝްތިހާރުކުރާނެ ގްލޯބަލް އެބްސަރަޑރެއްވެސް މިހޯއްދެވީ އިންޑިއާއިންނެއެވެ.

އިންޑިއާގެ ފިލްމީ ތަރި ކެޓްރީނާ ކައިފްއާއި އެކު ރައީސް މުއިއްޒުގެ ސަރުކާރުން ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމުގެ އެއްބަސް ވުމެއް ހަދައިފިއެވެ. މިއީ ރާއްޖޭގެ ފަތުރުވެރިކަން ފެށުނީއްސުރެ، މިއަދާއި ހަމައަށް ދިވެހިން ކުރަމުން އައި، ފަޙްރުވެރި ދިވެހި ވަންތަ މަސައްކަތެކެވެ. މިވިޔަފާރި ފެށީވެސް ދިވެހިންނެއެވެ. މިވިޔަފާރި ތަރައްޤީކުރީވެސް ދިވެހިންނެއެވެ. އިޝްތިހާރުކުރީވެސް، ޕްރޮމޯޓްކުރީވެސް، ވިއްކީވެސް ހަމަ ދިވެހިންނެއެވެ.

ކޮވިޑް 19ގެ ހާލަތުގައި ދުނިޔޭގެ ހުރިހާ ބޯޑަރުތަކެއް ބަންދުކޮށްފައި، އޮތް އިރު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަމުންދިޔައީ އިންޑިއާއިންނެއެވެ. ރާއްޖޭގެ ގެސްޓްހައުސްތައް އިންޑިއާގެ ފަތުރުވެރިންނާއިގެން ފުރި ގޭގެއިންވެސް އެނދު ވިއްކަމުން ދިޔައެވެ. އޭރު މިހާރުގެ ސަރުކާރުގެ ބޭފުޅުން ތިއްބެވީ އިދިކޮޅުގައެވެ. ރައީސް މުއިއްޒުވެސް ހިމެނިވަޑައިގަންނަވާ ގޮތުންނެއެވެ. އެދުވަހު އޭރުގެ އިދިކޮޅު ފަރާތްތަކުން އެކަމާއިވެސް ގޮވީ އެއްޗެސްއެވެ. ކުރަމުން ގެންދިއައީ ފުރައްސާރައެވެ. އާހިރުގައި މިސަރުކާރުގެ ވިޔާނުދާ އަމަލުތަކުގެ ސަބަބުން އިންޑިއާގެ ފިލްމީ ތަރިން ރާއްޖޭގެ ފަތުރުވެރިކަން ބޮއިކޮޓް ކުރުމަށް ގޮވައި ކެމްޕެއިންތައްވެސް ހިންގިއެވެ.

އެކަމަކު މިހާރު މިޖެހުނީ ކޮންތާކުތޯއެވެ. ގައުމިއްޔަކުން ސަލާމަތްނުވެވިގެން އުޅޭ ބޭފުޅަކު، ގައުމިއްޔަތުން ހެދުން ކަނޑައިގެން ލައި އުޅޭ ބޭފުޅަކު، ގައުމިއްޔަތުން ފަނި ގިރައިގެން ބޮއެ އުޅޭ ބޭފުޅަކު، ގައުމު އިޝްތިހާރު ކުރަން މިހޯއްދެވީ އެއްކަލަ އެބުނާ އިންޑިއާގެ ފިލްމީ ތަރިއެކެވެ. އެއީ ދިވެހިންނަށް ބުލީ ކުރާ ކަމަށް ރައީސް މުއިއްޒު އަމިއްލަފުޅަށް ވިދާޅުވި އިންޑިއާއެވެ. ލަދު ނޫންތޯއެވެ.

ޤަބޫލުފުޅުކުރައްވާށެއެވެ. ގައުމިއްޔަތު މިނިސްޓްރީއެއް ހެއްދެވުމަކުން، އެތަނުގެ ވަޒީރަކަށް ޅެންވެރިއަކު ލެއްވުމަކުން، ދިދައާއި ވާހަކަ ދެއްކެވުމަކުން، އަނގަނުޖެހި ގައުމިއްޔަތޭ ވިދާޅުވުމަކުން، އަދި ގައުމީ މީހަކަށް މީހާއެއް ނުވެއެވެ. ވާހަކަފުޅެއް ދައްކަވާނަމަ، ދެ ބަހުން އެއްބަސް ވިދާޅުވަނީ އިނގިރޭސިބަހުންނެއެވެ. ދިވެހިންގެ ސަތޭކަ އިންސައްތަ އުފެއްދުމެއް ކަމުގައިވާ ދިވެހި ފަތުރުވެރިކަން އިޝްތިހާރުކުރަންވެސް ހޯއްދެވުނު ކަމަށް މިވީ ބިދޭސީއެކެވެ. މަނިކުފާނާއި މަނިކުފާނުގެ ސަރުކާރާއި، މަނިކުފާނުގެ ވިސްނުންފުޅާއި، ކިހާ ދޭސީތޯއެވެ. ފަހަރުގައި ކެޓްރީނާ ކައިފް ތިޔަ ނެންގެވީ، ޖުލައި މަހުގެ 26 ވަނަ ދުވަހު ރާއްޖޭގެ މިނިވަން ދުވަހުގެ ރަސްމިއްޔާތަށް އިންޑިއާގެ ބޮޑުވަޒީރު ގެންނަވާތީ އިތުރަށް މަތި އޮމާންކޮށްލަން ކަމަށްވެސް ވެދާނެ ނޫންތޯއެވެ. ނުވަތަ މަނިކުފާނު އައްޔަންކޮށްފައި ތިބި ސިޔާސީ ބޭބޭފުޅުން އިންޑިއާ އަށާއި އިންޑިއާގެ ބޮޑުވަޒީރަށް ގޮވާފައިހުރި ހުތުރު އެއްޗެސްއާއި ކުރަހާފައިހުރި ހުތުރު ކާޓޫނުތައް މިދަތުރުފުޅާއި ދިމާކޮށް ބަޔަކު ނަގައިގެން ދައްކަފާނެތީ ދުރާލާ ރޭއްވެވި، ހީލަތްތެރި ރޭއްވެވުމަކަށްވެސް ވެދާނެ ނޫންތޯއެވެ. ކޮންމެއަކަސް ތިޔަ ކުރެއްވެވީ ވަރަށްމޮޅު ކަމެއް ކަމަށް އަރިސް ބޭފުޅުން ވިދާޅުވަމުން ދިޔަ ނަމަވެސް، ތިޔަ ކަމުގެ ސަބަބުން ރައްޔިތުންގެ ކުރިމަތީގައި އަނެއްކާވެސް ގެއްލުނީ މަނިކުފާނުގެ އިތުބާރު ނޫންތޯއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ބްރިޖެއް އަޅައިގެން ސިންގަޕޫރަށްވާން އުޅޭ ރާއްޖެ!

ބްރިޖެއް އަޅައިގެން ސިންގަޕޫރަށްވާން އުޅޭ ރާއްޖެ!

02 ޖޫން 2017
އެންމެ ގިނަބަޔަކު ބަލާ ޗެނަލްއަކަށް ވުމަކީ ރާއްޖެ ޓީވީގެ ކުށެއް ނޫން

އެންމެ ގިނަބަޔަކު ބަލާ ޗެނަލްއަކަށް ވުމަކީ ރާއްޖެ ޓީވީގެ ކުށެއް ނޫން

03 މެއި 2017
ފުލުހުންގެ ބަންދުގައި 9 ދުވަސް: ރާއްޖެޓީވީގެ މައިކްގެ ދުލުން

ފުލުހުންގެ ބަންދުގައި 9 ދުވަސް: ރާއްޖެޓީވީގެ މައިކްގެ ދުލުން

27 އެޕްރީލު 2017
އިންޑިއާގެ ޔަތީމްހާނާއަކަށް ލި ދިވެހި ތިން ކުދިން ރާއްޖެ ގެނެވޭނެ ގޮތެއް ނެތިފައި!

އިންޑިއާގެ ޔަތީމްހާނާއަކަށް ލި ދިވެހި ތިން ކުދިން ރާއްޖެ ގެނެވޭނެ ގޮތެއް ނެތިފައި!

01 އެޕްރީލު 2017
ފްރީހޯލްޑް ކުރުން ރާއްޖެއާ ގުޅޭ ސިސްޓަމެއްތަ؟

ފްރީހޯލްޑް ކުރުން ރާއްޖެއާ ގުޅޭ ސިސްޓަމެއްތަ؟

19 މާރިޗު 2017

އަހަރުތަކުން މިއަދު

22 ޖެނުއަރީ
ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.
20251 އަހަރު ކުރިން
ރާއްޖެ

ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި
20242 އަހަރު ކުރިން
ރާއްޖެ

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު
20224 އަހަރު ކުރިން
ރާއްޖެ

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް
20215 އަހަރު ކުރިން
ރާއްޖެ

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!
20197 އަހަރު ކުރިން
ރާއްޖެ

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!
20188 އަހަރު ކުރިން
ރިޕޯޓު

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު